ބޯޓުގެ ނަގިލި ކަހާލާއިގެން ރޭ ހިނގި ހާދިސާގައި ސިނަމާލެ ބްރިޖަށް މާބޮޑު ގެއްލުމެއް ނުވޭ: މުއްތަލިބު

ނަގިލި ކަހާލައިގެން ގޮސް ސިނަމާލެ ބްރިޖަށް އުރުނު ދެ ބޯޓު: މި ހާދިސާ ހިނގިއިރު، އެ ބޯޓުތަކުގައި މީހުން ވެސް ތިބި -- ފޮޓޯ: ސްނެޕްޝޮޓް

ނަގިލި ކަހާލައިގެން ގޮސް ސިނަމާލެ ބްރިޖަށް އުރުނު ދެ ބޯޓު: މި ހާދިސާ ހިނގިއިރު، އެ ބޯޓުތަކުގައި މީހުން ވެސް ތިބި -- ފޮޓޯ: ސްނެޕްޝޮޓް

ރޭގެ ވަގުތެއްގައި ނަގިލި ކަހާލައިގެން ގޮސް ސިނަމާލެ ބްރިޖުގެ ތަނބަކަށް ދެ ބޯޓު އުރުނު ހާދިސާގައި ބްރިޖުގެ އޮނިގަނޑަށް އެއްވެސް ގެއްލުމެއް ލިބިފައިނުވާ ކަމަށް ހައުސިން އަދި އިންފްރާސްޓްރަކްޗާ މިނިސްޓަރު، އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެ އެވެ.

އެކްސްގައި މުއްތަލިބު ކުރެއްވި ޕޯސްޓެއްގައި ބުނީ ސިނަމާލެ ބްރިޖު ތަރައްގީކުރި ކުންފުނި، ސެކަންޑް ހާބާ އިންޖިނިއަރިން ކޮމްޕެނީ (އެސްއެޗްެއީސީ) ގެ އިންޖިނިއަރުން ރެއާއި މިއަދުގެ ވަގުތެއްގައި ބްރިޖުގެ އިންސްޕެކްޝަންތަކެއް ކުރިއަށް ގެންދިޔަ ކަމަށެވެ.

"މާތްﷲގެ އިރާދަފުޅާއެކު، ބްރިޖްގެ އޮނިގަނޑަށް އެއްވެސް ގެއްލުމެއް ލިބިފައެއް ނުވޭ، ކުދިކުދި ގެއްލުން ލިބިފައި ވަނީ ހަމައެކަނި ބޭރު ފަށަލައަށް. ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން އެސްއެޗްއީސީއާއެކު ގާއިމުކޮށްފައިވާ ބްރިޖް ބެލެހެއްޓުމާއި މަރާމާތުކުރުމުގެ އެއްބަސްވުމުގެ ދަށުން، އެ ކުންފުނިން އެކަށީގެންވާ މިންގަނޑުތަކާ އެއްގޮތަށް އެ ތަންތަން މަރާމާތު ކުރާނެ،" މުއްތަލިބު ކުރެއްވި ޕޯސްޓުގައި ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެގޮތަށް ކޮންޓްރޯލުން ނެއްޓިގެންދާ އުޅަނދެއްގެ ސަބަބުން ބްރިޖުގެ އިތުރުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާއި އަދިވެސް އެހެން ބައެއް މުހިންމު ވަސީލަތްތަކަށް ނުރައްކާވެ މުޅި މާލެ ސަރަހައްދަށް ބޮޑު ކާރިސާއެއް ކުރިމަތިވުމަކީ ވެދާނެ ކަމެއް ކަމަށެވެ.

އެހެންކަމުން އެފަދަ ކަމެއް ހިނގުމުން ރައްކާތެރިވުމުގެ ގާބިލުކަން ހޯދުމަށްޓަކައި، އެގޮތަށް ކޮންޓްރޯލުން ނައްޓައިގެންދާ އުޅަނދެއް ބްރިޖާ ހަމައަށް ފޯރުމުގެ ކުރިން ހުއްޓުވުމުގެ ގާބިލުކަން ލިބިފައިވާ ދެ ޓަގު ބޯޓު ހޯދުމުގެ މަސައްކަތް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ކުރަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ކުރިއަށް އޮތް ދެ މަސްދުވަހުގެ ތެރޭގައި މި ޓަގުތައް ލިބޭނެ ކަމަށް ބެލެވޭ. މީގެ އިތުރުން، ބަނދަރުގައި އުޅަނދުފަހަރު އަޅާފައި ބަހައްޓާ އުސޫލުތައް މުރާޖައާކޮށް، ކޯސްޓްގާޑާއި ކަމާބެހޭ އެހެނިހެން އިދާރާތަކާ ގުޅިގެން ކުއްލި ހާލަތްތަކުގައި މުއާމަލާތް ކުރާނެ ސާފު އުސޫލުތަކާއި އިޖާބަދޭނެ ގޮތްތައް ސަރުކާރުން އެކުލަވާލާނެ،" މުއްތަލިބު ވިދާޅުވި އެވެ.

ނަގިލި ކަހާލައިގެން ރޭ ގޮސް ބްރިޖުގެ ތަނބަކަށް އުރުނު ދެ ބޯޓަކީ މިދިޔަ އޭޕްރިލް މަހު އެއްވެސް ހުއްދައެއް ނެތި ރާއްޖެ ސަރަހައްދަށް ވަދެ މާލެ ސަރަހައްދުގައި ބަނދަރުކޮށްފައި އޮއްވާ ފެނުނު ދެ ބޯޓެވެ. އެ ދެ ބޯޓު ރާއްޖެ ސަރަހައްދުގައި އޮތްކަން ސަލާމަތީ ބާރުތަކަށް އެނގުނީ ވެސް މާލެ ސަރަހައްދުގައި އެ ދެ ބޯޓު ބަނދަރުކުރިތާ ހަފުތާއެއް ފަހުންނެވެ.

އިތުބާރުކުރެވޭ މަސްދަރުތަކުން އަދަދު ނޫހަށް މައުލޫމާތު ދިން ގޮތުގައި އެމްޓީ ކޭޖީ 1 އަދި އޭއެލް 1 ނަމަކަށް ކިޔާ މި ދެ އުޅަނދު ރާއްޖޭގެ ސަރަހައްދަށް ވަދެފައިވަނީ އޭޕްރީލް 26، ގަ އެވެ. 

މި ދެ އުޅަނދު ރާއްޖެއަށް ވަދެފައިވަނީ ކަމާބެހޭ އެއްވެސް އިދާރާއަކަށް ކުރިން އެންގުމަކާ ނުލައެވެ. މިހާރު މާލޭ ސަރަހައްދުގައި ބަނދަރުކޮށްފައި އޮތް ދެ އުޅަނޑުގެ ތެރެއިން އޭއެލް 1 އަކީ އައިއެމްއޯ ނަންބަރެއް ނެތް އުޅަނދެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ މަޝްރޫއު ކުރިއަށްނުގެންދަން އަދާލަތުން އެދިއްޖެ

ރަސްމާލެ މަޝްރޫއުގެ ދަށުން ބޭރު މީހުންނަށް ދިގު މުއްދަތަކަށް ދިރިއުޅެވޭނެ ވަކި ސަރަހައްދުތަކެއް އުފެދޭތީ، އެކަމުގެ ސަބަބުން ރާއްޖޭގެ ދީނީ އެއްބައިވަންތަކަމާއި ސަލާމަތަށް ނުރައްކާވެދާނެ ކަމަށް ބުނެ އަދާލަތު ޕާޓީން ކަންބޮޑުވުން ފާޅުކޮށްފިއެވެ. އެ ޕާޓީން ސަރުކާރަށް އިލްތިމާސްކުރީ ބޭރު މީހުން ވަޒަންވެރިވާ ގޮތަށް މަޝްރޫއު ކުރިއަށް ނުގެންގޮސް، އޭގެ ބަދަލުގައި ހޮލިޑޭ ހޯމްސް ފަދަ ވަސީލަތްތައް ތަރައްޤީކުރުމަށެވެ.

ރިސޯޓުތައް އޮޑިޓް ކުރަން ޖެހޭ ކަމަށް ގަވަރުނަރު ވިދާޅުވެއްޖެ

ރާއްޖޭގައި ހިންގާ 150 ރިސޯޓުގެ ތެރެއިން އިންކަމް ޓެކްސް ދައްކަނީ އެންމެ 50 ރިސޯޓުން ކަމަށްވާތީ، އެ ތަންތަނުގެ ހިސާބުތައް މީރާއިން އޮޑިޓްކުރަން ޖެހޭ ކަމަށް ގަވަރުނަރު ވިދާޅުވި. އަދި ބޭންކިން ސިސްޓަމަށް ވަންނަންޖެހޭ ޑޮލަރު އިތުރުކުރުމަށްޓަކައި އަންނަ އަހަރު މޮނިޓަރިން ވަރުގަދަކޮށް، ބައެއް އުސޫލުތައް ހަރުކަށި ކުރާނެ ކަމަށް ގަވަރުނަރު ފާހަގަކުރެއްވި.

ޑޮލަރުގެ އަގު މިއަދު ހުރީ 23.55ރ. އަށް ކަމަށް ސަލީމް ވިދާޅުވެއްޖެ

ރާއްޖޭގެ ކަޅުބާޒާރުގައި ޑޮލަރުގެ އަގު މިހާރު ހުރީ 23.55ރ. އަށް ކަމަށް މަޖިލީހުގެ ނައިބުރައީސް ސަލީމް ވިދާޅުވި. މިއީ އިއްޔެއާ އަޅާބަލާއިރު ބޮޑު އަދަދެއް ނަމަވެސް، މީގެ ކުރިން ޑޮލަރުގެ އަގު 23.70ރ. އަށް އުފުލުނު ކަމަށް އޭނާ ފާހަގަކުރެއްވި.

2027 ގެ ބަޖެޓަކީ ގައުމު ލޫޓުވައިލަން ހުށަހެޅި ސްކޭމެއް: އަމީން

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހެޅި ބަޖެޓަކީ ރައްޔިތުންނަށް އޮޅުވާލައި ގައުމު ލޫޓުވާލުމަށް ހިންގާ ބޮޑު "ސްކޭމެއް" ކަމަށް މެންބަރު އަމީން ވަނީ ތުހުމަތު ކުރައްވާފައި. އޭނާ ވިދާޅުވީ ބަޖެޓުގައި މަޝްރޫއުތަކުގެ ތަފްސީލު ނެތުމާއި، ސަރުކާރުން ވެފައިވާ ވައުދުތައް ފުދެމުން ނުދިއުމަކީ ރައްޔިތުންނަށް ވާ ފައިދާއެއް ނެތް ކަމެއްގެ ހެއްކެއް ކަމަށް.

ބޮޑު އަގުގައި ތަކެތި ގަތް މައްސަލަ: މުވައްޒަފުންނަށް ދައުވާކުރަނީ

އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލަށް ބޭނުންވާ ތަކެތި މާކެޓް އަގަށް ވުރެ ބޮޑު އަގުގައި ގަނެ ދައުލަތަށް މާލީ ގެއްލުން ދިން މައްސަލައިގައި، އެ ހޮސްޕިޓަލުގެ ހަތަރު މުވައްޒަފަކަށް ދައުވާކުރަން އޭސީސީން ވަނީ ނިންމާފައި. މީގެ ތެރޭގައި އޭއީއެޗްގެ ޕްރޮކިއުމަންޓް ހެޑާއި ބިޑް ކޮމިޓީގެ ތިން މުވައްޒަފަކު ހިމެނޭ.

ތަރައްގީގެ 22 މަޝްރޫއެއް ހިންގަން އެމްޓީސީސީއާ ހަވާލުކޮށްފި

ރާއްޖޭގެ އެކި ރަށްރަށުގައި މަގުހެދުމާއި، ބަނދަރު ތަރައްގީކުރުމާއި، ގޮނޑުދޮށް ހިމާޔަތްކުރުން ހިމެނޭހެން ތަރައްގީގެ 22 މަޝްރޫއެއް ހިންގުމަށް އެމްޓީސީސީއާ މިއަދު ވަނީ ހަވާލުކޮށްފައި. އޭގެ ތެރޭގައި ފުވައްމުލައް ސިޓީގައި އޮފީސް ކޮމްޕްލެކްސްއެއް އެޅުންވެސް ހިމެނޭއިރު، މީގެ ކުރިން އެ ކުންފުންޏާ ހަވާލުކުރި ގިނަ މަޝްރޫއުތަކެއް ހުއްޓިފައިވާކަން ފާހަގަކުރެވޭ.

"އިންވޮސްއަށް މަކަރުހަދާތީ ދައުލަތަށް ބޮޑެތި ގެއްލުންތަކެއް ލިބޭ"

މުދާ އެތެރެކުރާއިރު އިންވޮއިސްތަކުގެ އަސްލު އަގަށް މަކަރު ހަދައިގެން (އަންޑަ އިންވޮއިސް ކޮށްގެން) ދައުލަތަށް ލިބެންޖެހޭ އާމްދަނީން އަހަރަކު 2.5 ބިލިއަން ރުފިޔާ ގެއްލޭ ކަމަށް މަޖިލީހުގެ ނައިބު ރައީސް އަހުމަދު ސަލީމް ވިދާޅުވެއްޖެއެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި ކަސްޓަމްސްއަށް ލިބެންޖެހޭ ޑިއުޓީގެ ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި މި މަކަރުވެރި އަމަލުތަކުގެ ސަބަބުން ދައުލަތަށް ނުލިބި ގެއްލިގެންދެއެވެ.

Newsletter

Get the latest news delivered straight to your inbox