ފްލެޓު ލިސްޓުގެ މަސައްކަތްތަކެއް ކުރާތާ އަހަރެއް ފަހުން އަލުންބަލުން ފޯމުތަކުގެ ސައްހަކަން ބަލަނީ

ހައުސިން އަދި ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު: ފްލެޓް ލިސްޓް އިވެލިއޭޓް ކުރުން ހުއްޓާލައި، ސައްހަކަން ކަށަަވަރު ކުރަން ފަށަން ނިންމާފައިވާ ކަމަށް ވިދާޅުވި -- ފޮޓޯ؛ ރައީސް އޮފީސް

ހައުސިން އަދި ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު: ފްލެޓް ލިސްޓް އިވެލިއޭޓް ކުރުން ހުއްޓާލައި، ސައްހަކަން ކަށަަވަރު ކުރަން ފަށަން ނިންމާފައިވާ ކަމަށް ވިދާޅުވި -- ފޮޓޯ؛ ރައީސް އޮފީސް

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ދޫކުރި 4000 ފްލެޓު މައްސަލަތަކެއް އަދި ސްކީމުގެ ސައްހަކަން ކަށަވަރުކުރާ ކަމަށް ބުނިތާ އަހަރެއް ފާއިތުވިފަހުން، ފްލެޓު ލިިބުނު އެންމެންގެ ލިސްޓު އަލުންބަލުން ވެރިފައި ކުރަން ފަށާފައިވާ ކަމަށް ސަރުކާރުން މިއަދު ބުނެފި އެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހައުސިން އެންޑް ކޮންސްޓްރަކްޝަން މިނިސްޓަރު އަބްދުﷲ މުއްތަލިބު ވިދާޅުވީ، ގެދޮރުވެރިޔާ ސްކީމަށް ހުށަހަޅާފައިވާ އެންމެންގެ ފޯމުތައް ވެރިފައި ނުކުރަން ނިންމާފައިވާ ކަމަށެވެ. ދެން ވެރިފައި ކުރާނީ ފްލެޓު ލިބުނު 4000 މީހުންގެ ފޯމުތައް އެކަނި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ފޯމުތަކުގެ ސައްހަކަން ކަށަވަރު ކުރާނީ ފްލެޓު ދޫކުރާ އުސޫލާއި ގެދޮރުވެރިޔާ ޕޯޓަލްގައި ދީފައިވާ އިރުޝާދުތަކަށް އެކަނި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެހެންކަމުން ފޯމުގައި ހުށަހަޅަން ބުނެފައިވާ ލިޔުންތައް ފިޔަވައި އިތުރު ލިޔުމެއް ހުށަހަޅާފައިވާ ނަމަ ފޯމު ވެރިފައި ކުރާއިރު އެ ލިޔުމަށް ނުބަލާނެ އެވެ.

"މި ވެރިފިކޭޝަން ޕްރޮސެސް ކުރިއަށްދާއިރު ބަލާނީ ޖޫން 26، 2022 ގައި ގެޒެޓް ކުރެވުނު ގެދޮރުވެރިޔާ ސްކީމްގެ ފްލެޓް ދޫކުރާ އުސޫލު G20/2022 އަށް. އަދި އެޕްލިކޭޝަން ހުށަހެޅުމަށް ތައްޔާރުކޮށްފައިވާ ގެދޮރުވެރިން ޕޯޓަލްގައި ދީފައިވާ އިރުޝާދުތަކަށް،" މުއްތަލިބު ވިދާޅުވި އެވެ.

ލިސްޓުގެ ސައްހަކަން ކުރިއަށްގެންދާއިރު މާލޭގައި ދިރިއުޅޭ ކަމުގެ މުއްދަތަށް މެދުކެނޑުމެއް އައުން ބަޔާން ކޮށްފައި ނުވާތީ، އެ މެދުކެނޑުމަކީ އެއް އަހަރަށްވުރެ އިތުރު މުއްދަތަކަށް މެދުކެނޑުމެއް އައިސްފައިވާނަމަ ކަމަށް މުއްތަލިބު ވިދާޅުވި އެވެ.

މުއްތަލިބު ވިދާޅުވީ މާލޭގެ ނެތް މުއްދަތެއްގެ ސަބަބުން ޝަރުތު ހަމަނުވެދާނެތީ އެގޮތަށް ނިންމެވީ ވީހާވެސް ގިނަ ބަޔަކަށް ލިސްޓުން ފުރުސަތު ދިނުމުގެ ގޮތުން ކަމަށެވެ.

"މިދެންނެވި ކަންކަމަށް ރިއާއަތް ކުރަން ނިންމި މައިގަނޑު ސަބަބަކީ ވެރިފައި ކުރެވޭ ސަބަބަކާ ހެދި، މުއްދަތު ނުގުނާނަމަ އެމީހުންގެ ހައްގުތައް ގެއްލިގެންދިއުން. އެހެންކަމުން މިހާރު ކުރަން މިއުޅޭ މަސައްކަތަކީ ނޮވެމްބަރު 15، 2023 ގައި އިއުލާން ކުރެވުނު ފްލެޓް ލިބޭ 4،000 މީހުންގެ ލިސްޓު އޭސީސީ އާއި އޮޑިޓާ ޖެނެރަލް އޮފީހުން ދީފައިވާ ލަފަޔާ އެއްގޮތަށް އަދި ފޯމުލީ ބައެއް ފަރާތްތަކުގެ ކަންބޮޑުވުންތަކާ ގުޅިގެން ވެރިފައި ކުރުމަށް ކުރެވޭ މަސައްކަތެއް،" މުއްތަލިބު ވިދާޅުވި އެވެ.

މާލޭގައި ދިރިއުޅޭތާ 15 އަހަރުވިކަން ސާބިތު ކުރެވިދާނެ ކަމަށް ޕޯޓަލްގައި ބަޔާން ކޮށްފައިވާ ލިޔުންތަކުގެ ތެރޭގައި ހިމެނެނީ:

  1. ވޭތުވެދިޔަ 15 އަހަރު ތެރޭގައި މާލޭގައި ވަޒީފާ އަދާކުރި އަދި މިހާރު ވަޒީފާ އަދާކުރަމުންދާ ތަންތަނުގެ ލިޔުން
  2. ހުށަހަޅާ ފަރާތުގެ އަނބިމީހާ ނުވަތަ ފިރިމީހާ ކައިވެންޏަށްފަހު ވޭތުވެދިޔަ 15 އަހަރު ތެރޭގައި ވަޒީފާ އަދާކުރި އަދި މިހާރު ވަޒީފާ އަދާ ކުރަމުންދާ ތަންތަނުގެ ލިޔުން.
  3. ވޭތުވެދިޔަ 15 އަހަރުގެ ތެރޭގައި ހުށަހަޅާ ފަރާތުން މާލޭގެ ސްކޫލް، ކޮލެޖު، ޔުނިވާސިޓީއެއްގައި ކިޔެވިކަން، ކިޔަވަމުންދާކަން އަންގައިދޭ ލިޔުން.
  4. ހުށަހަޅާ ފަރާތުގެ އަނބިމީހާ ނުވަތަ ފިރިމީހާ ކައިވެންޏަށްފަހު ވޭތުވެދިޔަ 15 އަހަރު ތެރޭގައި މާލޭގެ ކޮލެޖު ޔުނިވާސިޓީއެއްގައި ކިޔެވިކަން ނުވަތަ ކިޔަވަމުންދާކަން އަންގައިދޭ ލިޔުން.
  5. ހުށަހަޅާ ފަރާތުގެ ލިޔުން ވޭތުވެދިޔަ 15 އަހަރު ތެރޭގައި މާލޭގެ ސްކޫލް ކޮލެޖު، ޔުނިވާސިޓީއެއްގައި ކިޔެވިކަން ނުވަތަ ކިޔަވަމުންދާ ކަމުގެ ލިޔުން.
  6. ހުށަހަޅާ ފަރާތުގެ ޕެންޝަނާއި ބެހޭ ލިޔުންތައް.

މިދިޔަ ސަރުކާރުގެ ގެދޮރުވެރިޔާ ސްކީމަށް ފޯމު ހުށަހެޅި މީހުންގެ ތެރެއިން 15،046 މީހުން ޝަރުތު ހަމަވާ ކަމަށް އޭރުގެ ސަރުކާރުން ކަނޑައެޅި އެވެ. އެމްޑީޕީ ސަރުކާރުން ނިންމީ އެ ހުރިހާ އެންމެންނަށް ވެސް ފްލެޓު ދިނުމަށެވެ. އަދި ފުރަތަމަ ނިމޭ 4،000 ފްލެޓު ހަވާލުކުރަން ބުނީ އޭގެ ތެރެއިން އެންމެ މަތިން މާކްސް ލިބުނު މީހުންނަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ކުޑަކުދިންގެ ކަރާމާތަށް އަރައިނުގަންނަން އަންގައިފި

ޖިންސީ ގޯނާގެ މައްސަލަތަކުގައި ހިމެނޭ ކުޑަކުދިންގެ ކަރާމާތަށް ގެއްލުންވާ ފަދަ އެއްވެސް ޒާތީ މައުލޫމާތެއް ނުވަތަ ފޮޓޯއެއް މީޑިއާގެ އެއްވެސް މަންސައެއްގައި އާންމު ނުކުރުމަށް ހެލްތު މިނިސްޓްރީން އަންގައިފި. މިއީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން، އެކުދިންގެ މަސްލަހަތު ހިމާޔަތްކުރުމަށްޓަކައި އެންގި އެންގުމެއް.

ތިން ދުވަސް ތެރޭ ތިން ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި

ޕޯސްޓާއި ކޫރިއާ މެދުވެރިކޮށް ރާއްޖެ އެތެރެކުރަން އުޅުނު 3.15 ކިލޯގެ މަސްތުވާތަކެތި (ސިންތެޓިކް ކެތިނޯން) ކަސްޓަމްސްއިން އަތުލައިގެންފި. މިދިޔަ މަހުގެ ފަހުކޮޅު ވަކިވަކިން އަތުލައިގަތް މި ތަކެއްޗާއެކު، ފާއިތުވި ހަފުތާއެއްހާ ދުވަހުގެ ތެރޭގައި މި ބާވަތުގެ ޖުމްލަ 10 ކިލޯގެ ޑްރަގް ވަނީ އަތުލައިގަނެފަ.

ރަންވޭ އާއި ހުޅުލޭ ބިން ރަހުނުކޮށްފަ 56 މިލިއަން ޑޮލަރު ނަގައިފި

ވީއައިއޭގެ ރަންވޭ އާއި ހުޅުލޭގެ ބިން ބީއެމްއެލްއަށް ރަހުނުކޮށްފަ ނެގި 56 މިލިއަން ޑޮލަރާއެކީ އެމްއޭސީއެލްއިން ބީއެމްއެލްއަށް ދައްކަންޖެހޭ ދަރަނި ވަނީ 112 މިލިއަން ޑޮލަރަށް އަރާފަ. މީގެ ބޮޑުބަޔަކީ މި ސަރުކާރުގެ ދައުރުގައި ނަގާފައިވާ ފައިސާ. އެމްއޭސީއެލްގެ ޖުމްލަ ދަރަނި މިހާރު 1.08 ބިލިއަން ޑޮލަރަށް އަރާފައިވާއިރު، ކުންފުނީގެ މާލީ ހާލަތު ވަރަށް ގޯސް.

ރަސްމާލޭގައި ވެސް ރާ ވިއްކޭނެ ކަމަށް އުޝާމް ވިދާޅުވެއްޖެ

ރަސްމާލޭގައި ބަނގުރާ ނުވިއްކޭނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވެފައި ވަނިކޮށް، އެތަނުގެ ހޮޓާތަކުގައި ހުއްދަ ނަގައިގެން ރާ ވިއްކިދާނެ ކަމަށް ބަންޑާރަނައިބު އަހުމަދު އުޝާމް ވިދާޅުވެއްޖެ. އުޝާމް މިހެން ވިދާޅުވީ ދީނީ އިލްމުވެރިންނާއެކު ބޭއްވި ބައްދަލުވުމެއްގައި ކަމަށްވާއިރު، މިހެ

ސީއެމްސީން ހިއްކި ބިމަށް 1.7 ބިލިއަން ރުފިޔާ ދޭން އެއްބަސްވުމެއް

ހުޅުމާލެ، ގިރާވަރުފަޅު އަދި ތިލަފުށީގެ ބިން ހިއްކުމުގެ މަސައްކަތުގެ ބަދަލުގައި ސީއެމްސީ އަށް 1.76 ބިލިއަން ރުފިޔާ ދައްކަން އެމްއޭސީއެލް އިން އެއްބަސްވެފައިވާކަން އޮޑިޓް ރިޕޯޓުތަކުން ވަނީ ހާމަވެފަ. ސިއްރިއްޔާތުގައި ކުރިއަށްގެންދިޔަ މި މުއާމަލާތުގެ ދަށުން 1.4 ބިލިއަން ރުފިޔާ މި އަހަރު ދައްކަން ޖެހޭ.

ރިސޯޓެއްގައި އެއް ޖިންސުން ކައިވެނިކުރި މައްސަލައެއް ބަލަނީ

ރާއްޖޭގެ ރިސޯޓެއްގައި އެއްޖިންސުން ކައިވެނިކުރި މައްސަލައެއް ސޯޝަލް މީޑިއާގައި ފެންމަތިވުމާ ގުޅިގެން ފުލުހުން އެ މައްސަލަ ތަހުގީގު ކުރަން ފަށައިފި. ފުލުހުން ބުނީ މިއީ ރާއްޖޭގެ ދީނާއި ގާނޫނުތަކާ ހިލާފު އަމަލެއް ކަމަށާއި، މިފަދަ ކަންކަން ކުރާ ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް.

ހެލްތު އެކްސްޕޯގައި ޓްރީޓޮޕްގެ ޑޮކްޓަރުންނާ ބައްދަވުމުގެ ފުރުސަތު

ހުޅުމާލެ ސެންޓްރަލް ޕާކުގައި ކުރިއަށްދާ "މޯލްޑިވްސް ހެލްތު އެންޑް ފެމިލީ އެކްސްޕޯ 2026" ގައި ޓްރީ ޓޮޕް ހޮސްޕިޓަލުން ބައިވެރިވެ، އެ ހޮސްޕިޓަލުގެ ޚާއްސަ ބަލިތަކުގެ ޑޮކްޓަރުންނާ ބައްދަލުކޮށް މަޝްވަރާކުރުމުގެ ފުރުސަތު އާންމުންނަށް ވަނީ ހުޅުވާލާފައެވެ. މި މަހުގެ 7 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި ހަރަކާތުގެ މަގުސަދަކީ ސިއްހީ ހޭލުންތެރިކަން އިތުރުކުރުމާއި، އާއިލީ ދުޅަހެޔޮކަމަށް ބޭނުންވާ މައުލޫމާތު ފަސޭހަކަމާއެކު ފޯރުކޮށްދިނުމެވެ.

Newsletter

Get the latest news delivered straight to your inbox