ރަސްމާލެ ހިއްކަން ފެށީ އެކަށީގެންވާ ވަރަށް ވެލި ނުހޯދައި: މުއްތަލިބު

ރަސްމާލެ; ފުށިދިއްގަރުފަޅުގައި ހިއްކާފައިވާ ބިން; އެތަން ހިއްކަން ފެށީ އެކަށީގެންވާ ވަރަށް ވެލި ނުހޯދައި ކަމަށް މިނިސްޓަރު މުއްތަލިބު ވިދާޅުވި -- ފޮޓޯ: މިރާޝް/ އަދަދު

ރަސްމާލެ; ފުށިދިއްގަރުފަޅުގައި ހިއްކާފައިވާ ބިން; އެތަން ހިއްކަން ފެށީ އެކަށީގެންވާ ވަރަށް ވެލި ނުހޯދައި ކަމަށް މިނިސްޓަރު މުއްތަލިބު ވިދާޅުވި -- ފޮޓޯ: މިރާޝް/ އަދަދު

މި ސަރުކާރުގެ އެންމެ ބޮޑު އެއް މަޝްރޫއު ކަމަށްވާ ރަސްމާލެ ހިއްކުމުގެ މަސައްކަތް ފެށީ އެކަމަށް އެކަށީގެންވާ ވެލި ނުހޯދައި ކަމަށް ކޮންސްޓްރަކްޝަން މިނިސްޓަރު އަބްދުالله މުއްތަލިބު ވިދާޅުވެއްޖެ އެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މުއްތަލިބު ވިދާޅުވީ, ރަސްމާލެ ހިއްކުމުގެ މަސައްކަތް ފެށީ ވެލި ނަގަން މާބޮޑު ސަރަހައްދެއް ދިރާސާ ނުކޮށް ކަމަށެވެ. އަދި ޕްލޭންކޮށްފައި އޮތީ ހިއްކަން ފެށުމަށްފަހު ވެލި ހޯދާ ގޮތަށް ކަމަށް އޭނާ ވިދާޅުވި އެވެ.

"ނަމަވެސް މިހާރު އެބޭފުޅުން ދެއްވާ މައުލޫމާތަކީ ވެލި ނެގިތަނުގައި, [ހިއްކުމުގެ މަސައްކަތް] ކުރިއަށް ގެންދާވަރަށް ވެލި ނެތީމައި އެ ބޭފުޅުން ބޭނުންވޭ ތަންކޮޅެއް އެކްސްޓެންޝަލްކޮށް ސޭންޑް ސާޗް ކެމްޕޭނެއް ކުރިއަށް ގެންދަން," މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ރަސްމާލެ ހިއްކުމުގެ އަމަލީ މަސައްކަތް މިވަގުތު ކުރިއަށް ނުދިޔަ ނަމަވެސް, އެ މަސައްކަތް ހުއްޓިފައޭ ބުނުން ރަނގަޅު ނުވާނެ ކަމަށެވެ. އޭނާ ވިދާޅުވީ ރަސްމާލެ ހިއްކަން ފެށުމަށްފަހު ބަންޑްވޯލް އެޅުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

ވެލި ނެތުމުގެ އިތުރުން، ރަސްމާލެ ހިއްކުމުގެ މަސައްކަތް ކުރާ ބޮސްކާލިސްއިން މިވަގުތު ގުޅީފަޅު ހިއްކުމުގެ މަސައްކަތް ކުރަމުންދާތީ އާއި އެ މަސައްކަތަށް ރާއްޖެ ގެނެސްފައި ވަނީ އެންމެ ޑްރެޖަރަކަށްވާތީ, ރަސްމާލެ ހިއްކުމުގެ މަސައްކަތް ކުރެވެން ވަނީ ގުޅީފަޅު ހިއްކުމަށްފަހު ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

"ބޮސްކާލިސްއިން މިވަގުތު ގުޅީފަޅު ހިއްކަން ބޭނުންކުރާ ޑްރެޖަރު, އެއީ އެންމެ ޑްރެޖަރެއް. އެ ޑްރެޖަރުން ގުޅީފަޅު ހިއްކާފައި އެ މޫވް ކުރުމުގެ ވިސްނުމެއް އެބޭފުޅުން ގެންގުޅުއްވަނީ. އެއީ ދައުލަތުން ހަރަދު ކުރާ ޕްރޮޖެކްޓަކަށް ނުވެފައި އާ ޑްރެޖަރެއް ގެނައުމަކީ ހަރަދު ބޮޑުވާނެ ކަމަކަށް ވާތީ," މިނިސްޓަރު މުއްތަލިބު ވިދާޅުވި އެވެ.

މުއްތަލިބު ވިދާޅުވީ, ވީހާވެސް އަވަހަކަށް ރަސްމާލެ މަޝްރޫއު ފެށުމަށްޓަކައި ކުރި މަސައްކަތުގެ ކޮންޓްރެކްޓަރާއެކު ސޮއިކުރީ އެއްވެސް ފައިސާއެއް ކުރިއާލާ ދައްކަން ނުޖެހޭ ގޮތަށް ކަމަށެވެ. އެހެންކަމުން, މަޝްރޫއަށް ފަންޑުކުރަނީ ކޮންޓްރެކްޓަރަށް ދީފައިވާ ބިންތައް ވިއްކާލައިގެން ލިބޭ ފައިސާއިންކަން އޭނަ ފާހަގަކުރެއްވި އެވެ.

"އެހެންވީމަ ހަރަދު ކުޑަކުރުމުގެ ގޮތުން ކަމަށް އަޅުގަނޑަށް ގަބޫލު ކުރެވެނީ މިކޮޅުގައި އޮތް ޑްރެޖަރު ބޭނުން ކުރުމުގެ ވިސްނުން ގެންގުޅުއްވަނީ. އެއީ މިވަގުތަށް ވެލި އެޅުމުގެ މަސައްކަތް ކުރިއަށް ނުދާ މައިގަނޑު ސަބަބަކީ،" މުއްތަލިބު ވިދާޅުވި އެވެ.

ރަސްމާލެ މަޝްރޫއު ފެށުމަށްޓަކައި އަންނަ އަހަރަށް ލަފާކުރާ ބަޖެޓުގައި 400 މިލިއަން ރުފިޔާ ހިމަނާފައި އޮތެވެ. ނަމަވެސް ރައްޔިތުންގެ މަޖިލީހުން އެ ބަޖެޓު އުނިކުރުމާ އެކު އާބަންކޯ މެދުވެރިކޮށް ސަރުކާރުން އެ މަޝްރޫއުގެ މަސައްކަތް ފެށި އެވެ.

މާލޭގެ ދެކުނުގައި އޮންނަ 1280 ހެކްޓަރުގެ ފުށިދިއްގަރު ފަޅުން 1153 ހެކްޓަރުގެ ބިން އަށް މަސްދުވަހުގެ ތެރޭގައި ނިންމުމަށް އަމާޒު ހިފައި މަސައްކަތް ފެށީ މުޅި އެ ފަޅުގެ އެންވަރަމަންޓް އިމެޕެކްޓު އެސެސްމެންޓު (އީއައިއޭ) ވެސް ނުހަދަ އެވެ. އީއައިއޭ ހަދާފައި ވަނީ ހަމައެކަނި 29 ހެކްޓަރުގެ ސައިޓު ޖޭ އަށް އެކަންޏެވެ.

އަށް މަސް ދުވަހުން ރަސްމާލެ ހިއްކައި ނިންމާނެ ކަމަށް ރައީސް ވިދާޅުވެފައިވާއިރު، މަޝްރޫއުގެ އަގުގެ ގޮތުގައި ނަގުދު ފައިސާ ދިނުމުގެ ބަދަލުގައި، އަގު އަދާކުރަނީ އެ ބިން ހިއްކަން ހަވާލުކޮށްފައިވާ ސްރީ ލަންކާގެ ކެޕިޓަލް މެރިން އެންޑު ކޮންސްޓަރަކްޝަން ކޮމްޕެނީ (ސީއެމްސީސީ) އަށް 70 ހެކްޓަރުގެ ބިން ދޫކޮށްލައިގެންނެވެ. އެއީ ހުޅުމާލެއިން 10 ހެކްޓަރާއި ފުށިދިއްގަރުފަޅުން ހިއްކާ 60 ހެކްޓަރު ބިމެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓެކްސް ނުދައްކާ ލިސްޓުގައި ބައްސާމްގެ ނަން

ޖުމްލަ 33 ފަރާތެއް ހިމެނޭ މި ލިސްޓުގައި ބައެއް ކުންފުނިތަކާއި މަޝްހޫރު ފަރާތްތައް ހިމެނޭއިރު، މީގެ ތެރެއިން ކޮންމެ ފަރާތަކުންވެސް ދައުލަތަށް އެއް މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައްކަން ޖެހެއެވެ.

ބްރިޖަށް އުރުނު ދެ ބޯޓު އޮޔާދިޔަ މައްސަލަ ތަހުގީގުކުރަނީ

ކަސްޓަމްސްގެ ބެލުމުގެ ދަށުގައި އޮތް ދެ ބޯޓެއް އޮޔާގޮސް ސިނަމާލެ ބްރިޖުގެ ތަނބެއްގައި ޖެހުނު ހާދިސާގައި، އެ މުއައްސަސާއިން ގާނޫނާއި ގަވާއިދާ ހިލާފު ކަމެއް ކޮށްފައިވޭތޯ ބެލުމަށް ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުން (އެންއައިސީ) ތަހުގީގެއް ފަށައިފިއެވެ.

ވަގުތުން ފައިސާ ލިބޭގޮތަށް ހަރުމުދާ ވިއްކުން މުހިންމު: ނަޝީދު

ރަސްމާލޭގައި މެރީނާއެއް ތަރައްގީކުރަން ބޭރު ކުންފުންޏަކާ ހަވާލުކުރުމަކީ މާލީ ދަތިކަމުން އަރައިގަތުމާ ގުޅުންހުރި ކަމެއް ނޫން ކަމަށާއި، އެ މަޝްރޫއުން މަންފާއެއް ލިބެން ގިނަ ދުވަސް ނަގާނެ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ފުލުހުންނާ މާރާމާރީ ހިންގި ހަ މީހަކަށް ދައުވާކޮށްދޭން އެދިއްޖެ

ކ. މާފުށީގައި މަސްތުވާތަކެތީގެ މައްސަލައެއްގައި މީހަކު ބަލައިފާސްކުރަނިކޮށް ފުލުހުންނަށް ހަމަލާދީ މާރާމާރީ ހިންގި ހަ މީހެއްގެ މައްޗަށް ދައުވާކުރުމަށް ޕީޖީ އޮފީހަށް ފޮނުވައިފިއެވެ. މި މައްސަލައިގައި ހިމެނޭ މީހުންގެ ތެރެއިން ފަސް މީހަކު މިހާރުވެސް ބަންދުގައި ތިބިއިރު، ކޯޓުން ދޫކޮށްލި މީހެއްގެ މައްސަލަ ހައިކޯޓުގައި ވަނީ އިސްތިއުނާފުކޮށްފައެވެ.

ރަސްމާލޭން ޑުބާއީ ކުންފުންޏަށް ޓެކްސް ލުޔެއް ނުދެން: މުއްތަލިބު

ރަސްމާލޭ އިންޓަގްރޭޓަޑް ޒޯން ތަރައްގީކުރާ ޔޫއޭއީގެ ކުންފުންޏަށް އެއްވެސް ޓެކްސް ލުޔެއް ނުދޭނެ ކަމަށާއި، އެތަނުގައި ހިންގާ ހުރިހާ ވިޔަފާރިތަކަކުން އާންމު އުސޫލުން ޓެކްސް ނަގާނެ ކަމަށް މުއްތަލިބު ވިދާޅުވި. މި މަޝްރޫއުގެ މުއާމަލާތްތަކުން ލިބޭ އާމްދަނީގެ ވަކި ޕަސެންޓެއް ސަރުކާރަށް ލިބޭއިރު، 11 ބިލިއަން ޑޮލަރު ބަޖެޓަށް ވަންނާނެ ކަމަށް ވެސް ވިދާޅުވި.

ރަސްމާލޭން ޑުބާއީ ކުންފުންޏަށް ދޭ ބިމުގެ ސައިޒާއި އަގެއް ނުބުނި

ޑުބާއީގެ އީގަލް ހިލްސް ކުންފުންޏަށް ފުށިދިއްގަރު ފަޅުން ދޫކުރާ ބިމުގެ ބޮޑުމިނާއި އަގު ސަރުކާރުން ހާމަކޮށްފައެއް ނުވޭ. މި މަޝްރޫއުގެ ދަށުން ރަސްމާލޭގައި ބައިނަލްއަގުވާމީ ފެންވަރުގެ ހޮޓާތަކާއި، ރިސޯޓުތަކާއި، ސިއްހީ މަރުކަޒުތައް ފަދަ ވަސީލަތްތައް ގާއިމުކުރުމަށް ވަނީ ހަމަޖެހިފަ.

ރަސްމާލެއަށް އިންވެސްޓުކުރާ ކުންފުނިން ހައުސިން އަޅައިދެނީ

ރަސްމާލޭގައި 20 ބިލިއަން ޑޮލަރުގެ މަޝްރޫއެއް ހިންގުމަށް ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏާއެކު ސަރުކާރުން އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގެ ދަށުން އެ ކުންފުނިން ކޮންޓްރެކްޓާ ފައިނޭންސިން އުސޫލުން ހުޅުމާލޭގައި 5،000 ހައުސިން ޔުނިޓް އަޅާނެއެވެ. މީގެ އިތުރުން ރަސްމާލޭގައި ބައިނަލްއަގުވާމީ ފެންވަރުގެ ހޮޓާތަކާއި، މެރީނާއެއްގެ އިތުރުން އެކި ވަސީލަތްތައް ތަރައްގީކުރުމަށް ވަނީ ހަމަޖެހިފައެވެ.

Newsletter

Get the latest news delivered straight to your inbox