ގުޅީފަޅާއި ގިރާވަރުފަޅު މިހާރަށް ވުރެ ބޮޑުކޮށް، 128 ހެކްޓަރުގެ ބިން އިތުރުކުރަނީ

ގިރާވަރު ފަޅު ހިއްކުމުގެ މަޝްރޫއުގެ ދަށުން ފުރަތަމަ ފިޔަވަހި ހިއްކަނީ: މި ފިޔަވައްސާއި ދެވަނަ ފިޔަވައްސަށް ބޭނުންވާ ބިން ހިއްކައި ނިންމައި މިހާރު ކުރިއަށް ދަނީ ތިންވަނަ ފިޔަވަހީގެ ބިން ހިއްކުމުގެ މަސައްކަތް -- ފޮޓޯ/މިރާޝް ނާޝިމް

ގިރާވަރު ފަޅު ހިއްކުމުގެ މަޝްރޫއުގެ ދަށުން ފުރަތަމަ ފިޔަވަހި ހިއްކަނީ: މި ފިޔަވައްސާއި ދެވަނަ ފިޔަވައްސަށް ބޭނުންވާ ބިން ހިއްކައި ނިންމައި މިހާރު ކުރިއަށް ދަނީ ތިންވަނަ ފިޔަވަހީގެ ބިން ހިއްކުމުގެ މަސައްކަތް -- ފޮޓޯ/މިރާޝް ނާޝިމް

ގްރޭޓާ މާލޭގެ ތަރައްގީއަށް މި ސަރުކާރުން ގެންގުޅޭ ތަސައްވުރުގެ ތެރެއިން ގުޅީފަޅާއި ގިރާވަރުފަޅު މިހާރަށް ވުރެ ބޮޑު ކުރަން ނިންމާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ފުށިދިއްގަރު ފަޅު ހިއްކައިގެން ތަރައްގީކުރާ "ރަސްމާލެ" ޕްރޮޖެކްޓު އިފްތިތާހުކުރަން ބޭއްވި ރަސްމިއްޔާތުގައި ރައީސް މުއިއްޒު ވިދާޅުވީ ގުޅިފަޅަށް 85 ހެކްޓަރުގެ ބިން އަދި ގިރާވަރުފަޅަށް 50 ހެކްޓަރުގެ ބިން އިތުރުކުރަން ނިންމާފައިވާ ކަމަށެވެ.

"...85 ހެކްޓަރުގެ ލޭންޑް، ބިން އިތުރުވެގެންދާނެ ގުޅިފަޅަށް. ހަމަ އެއާއެކީގައި، ގިރާވަރުފަޅުގައި ވެސް، މިހާރު އެ ކުރިއަށްދާ މިންވަރަށް ވުރެ މާބޮޑުތަނުން އިތުރުކުރެވި، އިތުރު 50 ހެކްޓަރު، ގިރާވަރު ފަޅުން ވެސް އަޅުގަނޑުމެން ހިއްކާނަން،" ރައީސް ވިދާޅުވި އެވެ.

ކުރިން ހިއްކަމުން އައި ތަންތަނާއި އަލަށް ފެށި ރަސްމާލެ މަޝްރޫއުގެ މަސައްކަތް ނިމުމުން މާލޭ ރައްޔިތުންނަށާއި ރަށްވެހިންގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ދާއިމީ ހައްލެއް ލިބޭނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.

އޭގެ އިތުރުން މި މަޝްރޫއުތައް ނިމިގެންދާއިރު މިހާރު މަސައްކަތް ކުރެވެމުންދާ ތިލަމާލެ ބްރިޖުގެ މަޝްރޫއު ނިންމާއި އިތުރު ބްރިޖަކުން ގިރާވަރުފަޅާ ހަމައަށް ގުޅާލުމަކީ މަސައްކަތް ވެސް ނިމިގެންދާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.

"މި ދެންނެވި ތަންތަން ބުރިޖުން ގުޅި، މުޅި އެ ސަރަޙައްދަކީ އެކުއެކީގައި ލާމެހިފައިވާ ސަރަޙައްދަކަށް ވެގެންދާނެއޭ," ރައީސް ވިދާޅުވި އެވެ.

ގުޅީފަޅު ހިއްކުމާއި ގިރާވަރުފަޅު ހިއްކުމުގެ މަސައްކަތް ފެށީ ކުރީ ސަރުކާރުގަ އެވެ. އޭރު އެ ސަރުކާރުން ފެށި މަޝްރޫއުތަކުގައި އޮތީ ގުޅީފަޅުން 150 ހެކްޓަރު އަދި ގިރާވަރުފަޅުން 169 ހެކްޓަރު ހިއްކާށެވެ.

މި ސަރުކާރުން އިތުރުކުރަން ނިންމާފައިވާ ބިމާ އެކީ، ގުޅީފަޅުގެ ބިމުގެ ޖާގަ 303 ހެކްޓަރަށް އަދި އަދި ގިރާވަރުފަޅުގެ ބިމުގެ ޖާގަ 200 ހެކްޓަރަށް ބޮޑު ވާނެ އެެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox