އަހަރެއް ވާއިރު ވެސް ގުޅީފަޅުގެ ޔުޓިލިޓީތައް "އަވަސްކުރަން" އެމްޓީސީސީއާ ހަވާލުކުރާ ވާހަކަ

Nov 10, 2026, 9:10 AM
ޖެނުއަރީ 6، 2025 ގައި މުއްތަލިބު ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި އެއްބަސްވުމެއްގައި ސޮއިކުރަނީ: މި ދުވަހު މުއްތަލިބު ސޮއިކުރި އެއްބަސްވުމަކީ ގުޅީފަޅުގެ މުނިސިޕަލް ހިދުމަތްތަކާއި މަގުތައް ހަދަން ސޮއިކުރި އެއްބަސްވުމެއް --- ފޮޓޯ: ރައީސް އޮފީސް

ޖެނުއަރީ 6، 2025 ގައި މުއްތަލިބު ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި އެއްބަސްވުމެއްގައި ސޮއިކުރަނީ: މި ދުވަހު މުއްތަލިބު ސޮއިކުރި އެއްބަސްވުމަކީ ގުޅީފަޅުގެ މުނިސިޕަލް ހިދުމަތްތަކާއި މަގުތައް ހަދަން ސޮއިކުރި އެއްބަސްވުމެއް --- ފޮޓޯ: ރައީސް އޮފީސް

ގުޅީފަޅުގެ އަސާސީ ހިދުމަތްތައް ގާއިމުކުރުމުގެ މަސައްކަތް އަވަސްކުރުމަށްޓަކައި ޕަބްލިކް ވޯކްސް ސާވިސް އާއި އެމްޓީސީސީ ގުޅިގެން ފެނާއި ނަރުދަމާ ވިއުގަ އެޅުމުގެ މަސައްކަތް ފަށަން ނިންމާފައިވާ އިންފްރާސްޓްރަކްޗާ މިނިސްޓަރު އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެ އެވެ.

މި އަހަރުގެ ކުރީކޮޅު ވެސް މުއްތަލިބު ވަނީ ހަމަ މި ބީދައިން، ގުޅީފަޅުގެ މަސައްކަތްތައް އަވަސްކުރުމަށްޓަކައި ބައެއް ބައިތައް ހަވާލުކުރާ ވާހަކަ ވިދާޅުވެފަ އެވެ. އެ ފަހަރު ވިދާޅުވީ އެ މަސައްކަތްތައް ހަވާލުކުރަނީ އެމްޓީސީސީ އާއި މިހާރު އެ ކުންފުނީގެ ދަށަށް ބަދަލުކުރަން ނިންމާފައިވާ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އާ ކަމަށެވެ.

ގުޅީފަޅުގެ އަސާސީ ހިދުމަތްތައް ގާއިމުކުރުމާ ގުޅޭ ގޮތުން "އަހާ" ފޯރަމްގައި މުއްތަލިބު ވިދާޅުވީ، ހިއްކާފައި ހުރި ތަންތަނުގައި ފެނާއި ނަރުދަމާ އަދި ކަރަންޓު ގާއިމުކުރުމަކީ ބިން ހިއްކަން ދިޔަ ހަރަދަށް ވުރެ ވެސް ބޮޑު ހަރަދެއް ހިނގާ ކަމެއް ކަމަށެވެ. އެ ފައިސާ ދައުލަތުގެ ބަޖެޓުން އެއްފަހަރާ ހަރަދުކުރުމަކީ ދަތި ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

Advertisement

"މިސާލަކަށް ދަންނަވާ ކަމަށް ވަންޏާ، ގުޅީފަޅުގައި މި ދެންނެވި ހުރިހާ ހިދުމަތްތަކެއް ގާއިމުކޮށް، މަގުހެދުމަށް ޓަކައި 400 މިލިއަން ޑޮލަރަށް ވުރެ ބޮޑު އަދަދެއް ދާކަމަށް ބެލެވިފައި ވަނީ" މުއްތަލިބި ވިދާޅުވި އެވެ. 

ސަރުކާރަށް މި މަޝްރޫއު ނުހިންގިގެން އުޅޭއިރު، ގުޅީފަޅުގައި ފެނާއި ނަރުދަމާ އަދި ކަރަންޓު ވިއުގަ އަޅައި، މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރުމަށް ޖެނުއަރީ 12، 2024 ގައި ޗައިނާ މެޝީނަރީ އިންޖިނިއަރިން ކޯޕަރޭޝަން (ސީއެމްއީސީ) އާއެކީ  އެއްއޯޔޫއެއްގައި ސޮއިކުރި އެވެ. އަދި، މިދިޔަ އަހަރުގެ ޖެނުއަރީ 6، ގައި މި ކުންފުންޏާ އެކީ އެއްބަސްވުމެއްގައި ސޮއިކުރި އެވެ. 

ނަމަވެސް އެ މަސައްކަތް އަމަލީ ގޮތުން ނުފެށެ އެވެ. އޭގެ އަހަރެއް ފަހުން، މި އަހަރު ކުރީކޮޅު މުއްތަލިބު ވިދާޅުވީ ސަރުކާރަށް އެހެން ގޮތެއް ހޯދަން ޖެހުނީ، އެ ކުންފުންޏަށް އެ މަޝްރޫއަށް ބޭނުންވާ ލޯނު ހަމަނުޖެހިގެން ކަމަށެވެ. 

ބިންވެރިޔާ ސްކީމުގެ ދަށުން ގޯތި ދޫކުރާށާއި، އޭރު ޕޯޓު ވެސް ތަރައްގީކުރާ ގޮތަށް، ގުޅީފަޅުން 192 ހެކްޓަރަށް ވުރެ ބޮޑު ސަރަހައްދެއް ވަނީ ހިއްކާފަ އެވެ. މި ތަނުން 3،500 އަށް ވުރެ ގިނަ މީހުންނަށް ވަނީ ގޯތި ދޫކޮށްފަ އެވެ. އެއް އިރެއްގައި އެ ފަޅުގެ ފުން ސަރަހައްދު ހިމެނޭހެން 85 ހެކްޓަރު އިތުރުކުރަން ވެސް މި ސަރުކާރުން އުޅުނެވެ.

ސަރުކާރުން ވަނީ މި ތަނުން ގޯތި ލިބުނު މީހުންނާ ގޯތިތައް ހަވާލުކޮށްފަ އެވެ. އަދި އެ ތަނުން ބިން ލިބުނު ފަރާތްތަކަށް ވަށާފާރު ރޭނުމުގެ ހުއްދަ ދޭން އެޗްޑީސީން އިންތިޒާމު ހަމަޖައްސަމުން އަންނަ ކަމަށް ބުނެފަ އެވެ. ނަމަވެސް އަސާސީ ހިދުމަތްތައް ނިމި، އެ ތަނުގައި ރައްޔިތުންނަށް އާބާދުވެވޭނެ ސީދާ ތާރީހެއް އަދިވެސް ނޭނގެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގައުމިއްޔަތު މާއްދާގެ ފޮތްތަކަށް ބައެއް ބަދަލު ގެންނަނީ

ސްކޫލްތަކުގައި ކިޔަވައިދޭ ގައުމިއްޔަތު މާއްދާގެ ތެރެއަށް ކާބަފައިންގެ ރިވެތި އަހުލާގާއި ސުލޫކު ހިމެނުމަށް އެޑިއުކޭޝަން މިނިސްޓްރީން ނިންމައިފި. މި ބަދަލުތައް ގެންނަނީ "ބިންގާ" ޕްރޮގްރާމުން ލިބުނު ތަޖުރިބާގެ އަލީގައި ކަމަށާއި، ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި މި މާއްދާގެ ފޮތްތަކަށް ބަދަލު ގެނައުމަށް ވަނީ ހަމަޖެހިފަ.

ރަސްމާލެ ހިއްކަން ހަރަދު ވާނީ 330 މިލިއަން ޑޮލަރު: މުއްތަލިބު

ރަސްމާލެ މަޝްރޫއަށް ކުރިން އަންދާޒާކުރި 500-700 މިލިއަން ޑޮލަރުގެ ބަދަލުގައި، މިހާރު މުޅި މަޝްރޫއަށް ހަރަދުވާނީ 330 މިލިއަން ޑޮލަރު ކަމަށް މުއްތަލިބު ވިދާޅުވެއްޖެ. އޭނާ ވިދާޅުވީ މި އަގު ކުޑަކުރެވުނީ ޑްރެޖަރު ޗާޓަރުކޮށްގެން ސަރުކާރު ކުންފުނިތައް މެދުވެރިކޮށް މަސައްކަތް ކުރިއަށްގެންދާތީ ކަމަށް.

ރަސްމާލެ މަޝްރޫއަށް ރައްޔިތުންގެ ރުހުން ހޯދަން ޖެހޭ: އަލިމަނިކު

ރަސްމާލެ މަޝްރޫއުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ކުރިމަތިވެދާނެ މައްސަލަތަކުން ރައްކާތެރިވުމަށްޓަކައި، އެ މަޝްރޫއު ކުރިއަށްގެންދިއުމާ މެދު އާންމު ވޯޓަކުން ރައްޔިތުންގެ ރުހުން ހޯދުމަށް އިޖުތިމާއީ ހިދުމަތްތެރިޔާ އަހުމަދު އަލިމަނިކު ގޮވާލައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ބޮޑު މަޝްރޫއެއް މަދު ބަޔަކު ނިންމުމުގެ ބަދަލުގައި، ގިނަ ރައްޔިތުންގެ ބައިވެރިވުން ހިމެނޭ ގޮތަށް ނިންމުމަކީ މުސްތަގުބަލަށްޓަކައި މުހިންމު ކަމެއް ކަމަށެވެ.

ރަޝިއާއަށް ހާއްސަ ސިޔާސަތެއް ނުގެންގުޅެން: ބީއެމްއެލް

ބީއެމްއެލްއިން ބުނީ ރަޝިއާގެ އެއްވެސް މީޑިއާއަށް މައުލޫމާތު ނުދޭ ކަމަށް. އަދި އެ ގައުމަށް އަމާޒުކޮށް ވަކި ހާއްސަ ސިޔާސަތެއް ނުގެންގުޅޭ ކަމަށް ވެސް ބުނި. ބީއެމްއެލްއިން ބުނި ގޮތުގައި ބޭރު ފައިސާގެ މުއާމަލާތްތައް ނިންމުމުގައި ބަރޯސާވަނީ ބައިނަލްއަގުވާމީ ކޮރެސްޕޮންޑެންޓް ބޭންކުތަކުގެ ކޮމްޕްލަޔަންސް ސިޔާސަތުތަކަށް.

ޗާގޯސް ކޮމިޝަންގެ ރައީސާއި އިތުރު މެންބަރަކު ބަދަލުކޮށްފި

ޗާގޯސް މައްސަލަ ތަހުގީގުކުރަން އުފެއްދި ރިޔާސީ ކޮމިޝަނަށް އަށް ދުވަސް ނުވަނީސް، އޭގެ ރައީސާއި އިތުރު މެންބަރަކު ރައީސުލްޖުމްހޫރިއްޔާ މިއަދު ބަދަލުކުރައްވައިފި. މިގޮތުން ކޮމިޝަނުގެ އާ ރައީސަކަށް އަބްދުލްއަޒީޒު ޔޫސުފް އައްޔަންކުރައްވާފައިވާއިރު، ތިން މަސް ދުވަހުގެ ތެރޭގައި ތަހުގީގު ނިންމުމަށް އެ ކޮމިޝަނަށް ވަނީ މުއްދަތު ދެއްވާފަ.

ދިވެހިން ހިއްސާވާ ރިސޯޓުތައް ތަރައްގީ ކުރަން ކުންފުންޏެއް

މި މަޝްރޫއުގެ ދަށުން ތަރައްގީކުރާ 10 ރިސޯޓުން ލިބޭ ފައިދާ، ގާނޫނަކުން ކަނޑައެޅޭ އުސޫލެއްގެ މަތިން ކޮންމެ ދިވެހި ރައްޔިތެއްގެ ބޭންކް އެކައުންޓަށް ބޭރު ފައިސާއިން އަހަރަކު އެއްފަހަރު ޖަމާކޮށްދިނުމަށް ވަނީ ނިންމާފައެވެ.

ބަހުސްކުރާނެ މެންބަރަކު ނުވެގެން ބަޖެޓު ޖަލްސާ ނިންމާލައިފި

އަންނަ އަހަރަށް ލަފާކުރާ ބަޖެޓަށް ބަހުސްކުރާނެ އިތުރު މެންބަރަކު ނެތުމުން، ދޮޅު ގަޑިއިރަށް ފަހު މަޖިލީހުގެ މިއަދުގެ ޖަލްސާ ވަނީ ނިންމާލާފަ. ރިޔާސަތުން ވަނީ ބަޖެޓު ބަހުސް ވަކި ތާރީޚަކަށް ނިންމަންޖެހޭތީ، ފަހު ވަގުތަށް މަޑުނުކޮށް މެންބަރުން ވާހަކަދެއްކެވުމަށް ބާރުއަޅުއްވާފަ.

Newsletter

Get the latest news delivered straight to your inbox