އަކަފޫޓަކަށް 2،000ރ. ގެ ރޭޓުން މާލެއިން 48 ބިމެއް ވިއްކަނީ

މާލޭގެ އޭރިއަލް ފޮޓޯއެއް: ވިއްކަން އިއުލާނުކުރި ގިނަ ބިންތަކަކީ ނިސްބަތުން ވަރަށް ކުޑަ ބިންތަކެއް ---

މާލޭގެ އޭރިއަލް ފޮޓޯއެއް: ވިއްކަން އިއުލާނުކުރި ގިނަ ބިންތަކަކީ ނިސްބަތުން ވަރަށް ކުޑަ ބިންތަކެއް ---

ވެށިފަހި މާލެ ޕްރޮގްރާމްގެ ދަށުން ދައުލަތަށް މިލްކުވެފައިވާ ބިންތަކުގެ ތެރެއިން 48 ބިމެއް ގަންނަން ބޭނުންވާ މީހުންނަށް އެ ފުރުސަތު މިއަދު ހުޅުވާލައިފި އެވެ.

މި ބިންތައް ވިއްކުމަށް ހަމަޖެހިފައިވަނީ އަކަފޫޓަކަށް 2،000 ރުފިޔާގެ މަގުންނެވެ. ހައުސިން މިނިސްޓްރީން އިއުލާނުކުރީ މާފަންނުން 21 ބިން، މައްޗަންގޮޅިން 10 ބިން، ހެންވޭރުން ނުވަ ބިން، ގަލޮޅުން ހަތް ބިން އަދި ވިލިމާލެއިން ބިމެއް ވިއްކުމަށެވެ. 

މި ބިންތައް ގަތުމުގެ ފުރުސަތު އޮތީ އެ ބިންތައް ހިމެނޭ ގޯތިތަކުގެ ބެހެނެވެރިންނަށާއި، އެ ބިންތަކާ އިންވެގެންވާ ގޯތިތަކުގެ ވެރިފަރާތްތަކަށް އެކަނި އެވެ.  މިއީ 2011 ވަނަ އަހަރު ހިންގި ވެށިފަހި މާލެ ޕްރޮގްރާމްގެ ދަށުން ފްލެޓް ނުވަތަ ގޯތި ބަދަލުގައި ދިނުމުން ދައުލަތަށް ދޫކޮށްލާފައިވާ ކުދި ބިންތަކެކެވެ.  

މި ބިންތައް ވިއްކުމުގައި އަމަލުކުރާނީ 28 ޖޫން، 2021 ގައި ގެޒެޓުގައި ޝާއިއުކޮށްފައިވާ "ވެށިފަހި މާލެ ޕްރޮގްރާމްގެ ދަށުން ދައުލަތަށް މިލްކުވެފައިވާ ބިންތައް ވިއްކުމާބެހޭ އުސޫލު" އާ އެއްގޮތަށް ކަމަށް މިނިސްޓްރީން ބުނެ އެވެ.

މި އުސޫލުގެ ދަށުން ބިން ގަންނަން ޝައުގުވެރިވާ ފަރާތްތަކަށް ފޯމު ހުށަހެޅުމުގެ ފުރުސަތު އަންނަ އާދީއްތަ ދުވަހުން ފެށިގެން ހުޅުވާލާނެ އެވެ. ބިން ގަންނަން އެދޭ ފަރާތްތަކުން ފޯމު ފުރިހަމަކުރުމަށްފަހު، ބޭނުންވާ އެންމެހާ ލިޔެކިޔުންތަކާއެކު ޑިސެމްބަރު އަށްވަނަ ދުވަހުގެ މެންދުރުފަހު 14:00 ގެ ކުރިން ހުށަހަޅަން ޖެހެ އެވެ. 

ވެށިފަހި މާލެ ޕްރޮގްރާމަކީ މާލޭގެ ތޮއްޖެހުން ކުޑަކުރުމަށާއި، ދިރިއުޅުމަށް ދަތިވާ ވަރަށް ކުދިކޮށް ހުރި ގޯތިތަކުގެ ވެރިންނަށް އެހެން ސަރަހައްދުތަކުން ބިން ނުވަތަ ފްލެޓް ދޫކޮށް، އެމީހުންގެ މިލްކިއްޔާތުގައިވާ ކުދި ބިންތައް ދައުލަތަށް ނެގުމަށް ހިންގި މަޝްރޫއެކެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ސުޕްރީމްކޯޓު ފަނޑިޔާރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

މި މަގާމަށް ކުރިމަތިލުމުގެ ސުންގަޑިއަކީ އަންނަ އާދީއްތަ ދުވަހުގެ ހެނދުނު 10:00 ކަމަށްވާއިރު، ޖޭއެސްސީގެ ޕޯޓަލް މެދުވެރިކޮށް ނުވަތަ އެ ކޮމިޝަނަށް ފޯމު ހުށަހެޅޭނެއެވެ.

ޑޮލަރުގެ އަގުބޮޑުވުމުގެ ޒިންމާ އުފުލަންޖެހޭނީ އެމްއެމްއޭއިން

މިނިސްޓަރު މިހެން ވިދާޅުވީ އޭނާގެ އިތުބާރު ނެތްކަމުގެ މައްސަލައަށް ޖަވާބުދެއްވަމުން، ފޮރިން އެކްސްޗޭންޖް ސިޔާސަތުތައް ކަނޑައަޅައި ތަންފީޒުކުރުމަކީ ގާނޫނީގޮތުން އެމްއެމްއޭގެ މަސްއޫލިއްޔަތެއްކަން ފާހަގަކުރައްވަމުންނެވެ.

ހޯމް ސްކޫލިން ހުއްދަކުރާ ބިލަށް ރައްޔިތުންގެ ހިޔާލު ހޯދަނީ

މި އިޞްލާޙުގައި ނުކުޅެދުންތެރިކަން ހުންނަ ކުދިންނާއި ޚާއްޞަ ޙާލަތްތަކުގައިވާ ކުދިންނަށް އިސްތިސްނާ ދިނުމާއި، މިކަމާ ގުޅޭ އުޞޫލުތައް ކަނޑައެޅުމަށް ބަޔާންކޮށްފައިވެއެވެ. މި ބިލަށް ޚިޔާލު ހުށަހެޅުމުގެ ފުރުޞަތު ނޮވެމްބަރު 12 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ.

ދެ ފިރިހެނުންގެ ކައިވެނީގެ މައްސަލަ ތަހުގީގުކުރަން ގޮވާލައިފި

ފިރާގު ވިދާޅުވީ ބޭރުގެ އިންވެސްޓަރުން ހިންގާ ރިސޯޓުތަކުން ވެސް ރާއްޖޭގެ ގާނޫނުތަކާއި ސަގާފީ ހަމަތަކަށް ބޯލަނބަންޖެހޭނެ ކަމަށެވެ. އާންމުންގެ ބޮޑު ފާޑުކިޔުމެއް މިކަމަށް އަމާޒުވެފައިވާއިރު، މިއީ ރަމްޒީ ކައިވެންޏެއް ކަމަށް ބެލެވެއެވެ.

ގޭސްފުޅިއަށް، ގޭސް އަޅައިދޭ މިންވަރު މަދުކޮށްފި

އަންނަ ހޮނިހިރު ދުވަހުން ފެށިގެން ގެންނަ މި ވަގުތީ ބަދަލުގައި، ގޭހުގެ އަގު ނަގާނީ ފުޅިއަށް އަޅާ ކިލޯގެ ނިސްބަތުން ކަމަށާއި، މި މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށް އެ ކުންފުނިން ބުނެއެވެ.

ރަސްމާލެއަށް އިންކުއަރީ ހިންގަން ގޮވާލައި މަޖިލީހަށް ޕެޓިޝަނެއް

އިދިކޮޅު ޕީއެންއެފްގެ އެކްޓިވިސްޓު، ހަލީމަތު ޒުހައިރާ ހުށަހެޅި އެ ޕެޓިޝަނުގައި ގޮވާލާފައި ވަނީ ރަސްމާލެ ވިއްކާލުމަށް އެއްވެސް ގާނޫނެއް ހެދުމުގެ ކުރިން އިންކުއަރީއެއް ހިންގުމަށެވެ.

ރަސްމާލެ ވިއްކުމާ ދެކޮޅު އެއްވުން ނޮވެންބަރު 13 އަށް ފަސްކޮށްފި

ރަސްމާލެ ވިއްކުމާ ދެކޮޅަށް "ގައުމީ ހަރަކާތުން" ބާއްވަން ނިންމި އެއްވުން، އެމްޑީޕީއާ ގުޅިގެން އިތުރަށް ތައްޔާރުވުމަށްޓަކައި ނޮވެންބަރު 13 އަށް ފަސްކޮށްފިއެވެ. މި ހަރަކާތުގެ އިސްވެރިޔާ އިމްރާން އަބްދުﷲ ވިދާޅުވީ، ރަސްމާލެ ވިއްކާލުމާ ދެކޮޅަށް ގިނަ ބަޔަކު ގުޅެމުންދާތީ ސަރުކާރު އޮތީ ބޮޑު ޕްރެޝަރެއްގެ ތެރޭގައެވެ.

Newsletter

Get the latest news delivered straight to your inbox