މިއީ އިގްތިސާދީ އަދި އިޖްތިމާއީ ގޮތުން ރާއްޖެއަށް އެންމެ ގެއްލުން ބޮޑު ދައުރު: ފައްޔާޒު

ފައްޔާޒް އިސްމާއިލް:- ފޮޓޯ__ ފައްޔާޒް އިސްމާއިލް ކެންޕެއިން ޓީމް

ފައްޔާޒް އިސްމާއިލް:- ފޮޓޯ__ ފައްޔާޒް އިސްމާއިލް ކެންޕެއިން ޓީމް

އިޖްތިމާއީ އަދި އިގްތިސާދީ ގޮތުން ރާއްޖެއަށް އެންމެ ގެއްލުންވީ މިހާރު ހިނގަމުންދާ ރިޔާސީ ދައުރުގައި ކަމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް މިރޭ ވިދާޅުވެއްޖެ އެވެ.

ހއ. ދިއްދޫގައި މިރޭ ބޭއްވި ކެމްޕެއިން ހަރަކާތެއްގައި ވާހަކަދައްކަވަމުން ފައްޔާޒް ވިދާޅުވީ, މިހާރު ރާއްޖޭގެ އިގްތިސާދު އޮތީ 20 ނުވަތަ 30 އަހަރު ފަހަތުގައި ކަމަށެވެ.

"މިހާރު ކުރިއަށްދާ މި ފަސްއަހަރަކީ އިގްތިސާދީ ގޮތުންނާ އިޖުތިމާއީ ގޮތުން ދިވެހިރާއްޖެއަށް މިފަހަކުން އެންމެ ބޮޑެތި ގެއްލުން ލިބެމުންދާ ވަގުތު. އަޅުގަނޑުމެންގެ އިގްތިސާދު މިއޮތީ ގާތްގަނޑަކަށް 20، 30 އަހަރަށް ހަގީގަތުގަ ފަހަތަށް ސޮއްސާލާފަ. މީގެ އަސަރުތައް އަޅުގަނޑުމެންނަށް ފެންނާނީ ހަމަ ކުރިއަށް އޮތް ދުވަސްތަކުން މަސްތަކުން އަހަރުތަކުގެ ތެރެއިން،" ފައްޔާޒު ވިދާޅުވި އެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާކަން އިއުލާންކުރައްވާފައިވާ ފައްޔާޒް ވިދާޅުވީ, ބޮޑު ބަދަލުގެ އެންމެ ބޮޑު އެއް ބޭނުމަކަށްވީ ވެރިޔަކަށް އަންނަ މީހާއަށް އޭނާގެ އަމިއްލަ މުދާގަނޑެއްގެ ގޮތުގައި ރާއްޖެ ބޭނުންކުރާ ކުރުން ހުއްޓުވުން ކަމަށެވެ.

"އެހެންވީމަ ބޮޑު ބަދަލުގެ އެންމެ ބޮޑު ބޭނުމަކަށް މިވީ، ވެރިޔަކަށް އަންނަ މީހަކު އަމިއްލައަށް، އޭނާގެ އަމިއްލަ މުދާގަނޑެއްގެ ގޮތުގަ ރާއްޖެ ދެކި، ބޭނުން ގޮތަކަށް، ވަލިއްޔުލް އަމުރު ވީމާ އޭނާ ބޭނުން ގޮތަކަށް، ބޭނުން އެއްޗެއް އޭނަ މާނަ ކުރާ ގޮތަށް ބަދަލުވެގެން ނުދިޔުން،" ފައްޔާޒް ވިދާޅުވިއެވެ.

މިގޮތުން ބޮޑު ބަދަލުގައި ގެނެސްފައިވާ މައިގަނޑު ކަންތައްތަކުގެ ތެރެއިން އެއް ކަމެއްގެ ތެރޭގައި ރައްޔިތުން ބޭނުންވާ ގޮތަށް މެނުވީ ގާނޫނުއަސާސީއަށް ބަދަލުތަކެއް ނުގެނެވޭނެ ކަމަށް ފައްޔާޒް ފާހަގަކުރެއްވި އެވެ.

މީގެ އިތުރުން ރާއްޖޭގައި ވެރިޔަކަށް އަންނަ މީހާ އަކީ އަބަދުވެސް ރައްޔިތުންނަށް ހިދުމަތް ކުރުމަށް ހުންނަ މީހަކަށް ވާން ޖެހޭނެ ކަމަށް ވެސް ފައްޔާޒް ވިދާޅުވި އެވެ. 

"އަޅުގަނޑުމެން ބޭނުންވަނީ ރައްޔިތުންނާއެކު އިށީނދެ އިނދެ މައްސަލަތައް ހައްލުކޮށްދެވޭނެ ކަހަލަ ސަރުކާރެއް،" އޭނާ ވިދާޅުވި އެވެ. 

ފައްޔާޒް ހއ. އަތޮޅަށް ކުރައްވާ ދަތުރަކީ ރިޔާސީ ޕްރައިމަރީއަށް ތާއީދު ހޯއްދެވުމަށް ކުރައްވަމުން ގެންދަވާ ދަތުރެކެވެ. މި ދަތުރުގައި ހއ އަތޮޅުގެ ރަށްތަކަށް ޒިޔާރަތްކޮށް ދޮރުން ދޮރަށް ހަރަކާތް ވެސް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ކުޑަކުދިންގެ ކަރާމާތަށް އަރައިނުގަންނަން އަންގައިފި

ޖިންސީ ގޯނާގެ މައްސަލަތަކުގައި ހިމެނޭ ކުޑަކުދިންގެ ކަރާމާތަށް ގެއްލުންވާ ފަދަ އެއްވެސް ޒާތީ މައުލޫމާތެއް ނުވަތަ ފޮޓޯއެއް މީޑިއާގެ އެއްވެސް މަންސައެއްގައި އާންމު ނުކުރުމަށް ހެލްތު މިނިސްޓްރީން އަންގައިފި. މިއީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން، އެކުދިންގެ މަސްލަހަތު ހިމާޔަތްކުރުމަށްޓަކައި އެންގި އެންގުމެއް.

ތިން ދުވަސް ތެރޭ ތިން ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި

ޕޯސްޓާއި ކޫރިއާ މެދުވެރިކޮށް ރާއްޖެ އެތެރެކުރަން އުޅުނު 3.15 ކިލޯގެ މަސްތުވާތަކެތި (ސިންތެޓިކް ކެތިނޯން) ކަސްޓަމްސްއިން އަތުލައިގެންފި. މިދިޔަ މަހުގެ ފަހުކޮޅު ވަކިވަކިން އަތުލައިގަތް މި ތަކެއްޗާއެކު، ފާއިތުވި ހަފުތާއެއްހާ ދުވަހުގެ ތެރޭގައި މި ބާވަތުގެ ޖުމްލަ 10 ކިލޯގެ ޑްރަގް ވަނީ އަތުލައިގަނެފަ.

ރަންވޭ އާއި ހުޅުލޭ ބިން ރަހުނުކޮށްފަ 56 މިލިއަން ޑޮލަރު ނަގައިފި

ވީއައިއޭގެ ރަންވޭ އާއި ހުޅުލޭގެ ބިން ބީއެމްއެލްއަށް ރަހުނުކޮށްފަ ނެގި 56 މިލިއަން ޑޮލަރާއެކީ އެމްއޭސީއެލްއިން ބީއެމްއެލްއަށް ދައްކަންޖެހޭ ދަރަނި ވަނީ 112 މިލިއަން ޑޮލަރަށް އަރާފަ. މީގެ ބޮޑުބަޔަކީ މި ސަރުކާރުގެ ދައުރުގައި ނަގާފައިވާ ފައިސާ. އެމްއޭސީއެލްގެ ޖުމްލަ ދަރަނި މިހާރު 1.08 ބިލިއަން ޑޮލަރަށް އަރާފައިވާއިރު، ކުންފުނީގެ މާލީ ހާލަތު ވަރަށް ގޯސް.

ރަސްމާލޭގައި ވެސް ރާ ވިއްކޭނެ ކަމަށް އުޝާމް ވިދާޅުވެއްޖެ

ރަސްމާލޭގައި ބަނގުރާ ނުވިއްކޭނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވެފައި ވަނިކޮށް، އެތަނުގެ ހޮޓާތަކުގައި ހުއްދަ ނަގައިގެން ރާ ވިއްކިދާނެ ކަމަށް ބަންޑާރަނައިބު އަހުމަދު އުޝާމް ވިދާޅުވެއްޖެ. އުޝާމް މިހެން ވިދާޅުވީ ދީނީ އިލްމުވެރިންނާއެކު ބޭއްވި ބައްދަލުވުމެއްގައި ކަމަށްވާއިރު، މިހެ

ސީއެމްސީން ހިއްކި ބިމަށް 1.7 ބިލިއަން ރުފިޔާ ދޭން އެއްބަސްވުމެއް

ހުޅުމާލެ، ގިރާވަރުފަޅު އަދި ތިލަފުށީގެ ބިން ހިއްކުމުގެ މަސައްކަތުގެ ބަދަލުގައި ސީއެމްސީ އަށް 1.76 ބިލިއަން ރުފިޔާ ދައްކަން އެމްއޭސީއެލް އިން އެއްބަސްވެފައިވާކަން އޮޑިޓް ރިޕޯޓުތަކުން ވަނީ ހާމަވެފަ. ސިއްރިއްޔާތުގައި ކުރިއަށްގެންދިޔަ މި މުއާމަލާތުގެ ދަށުން 1.4 ބިލިއަން ރުފިޔާ މި އަހަރު ދައްކަން ޖެހޭ.

ރިސޯޓެއްގައި އެއް ޖިންސުން ކައިވެނިކުރި މައްސަލައެއް ބަލަނީ

ރާއްޖޭގެ ރިސޯޓެއްގައި އެއްޖިންސުން ކައިވެނިކުރި މައްސަލައެއް ސޯޝަލް މީޑިއާގައި ފެންމަތިވުމާ ގުޅިގެން ފުލުހުން އެ މައްސަލަ ތަހުގީގު ކުރަން ފަށައިފި. ފުލުހުން ބުނީ މިއީ ރާއްޖޭގެ ދީނާއި ގާނޫނުތަކާ ހިލާފު އަމަލެއް ކަމަށާއި، މިފަދަ ކަންކަން ކުރާ ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް.

ހެލްތު އެކްސްޕޯގައި ޓްރީޓޮޕްގެ ޑޮކްޓަރުންނާ ބައްދަވުމުގެ ފުރުސަތު

ހުޅުމާލެ ސެންޓްރަލް ޕާކުގައި ކުރިއަށްދާ "މޯލްޑިވްސް ހެލްތު އެންޑް ފެމިލީ އެކްސްޕޯ 2026" ގައި ޓްރީ ޓޮޕް ހޮސްޕިޓަލުން ބައިވެރިވެ، އެ ހޮސްޕިޓަލުގެ ޚާއްސަ ބަލިތަކުގެ ޑޮކްޓަރުންނާ ބައްދަލުކޮށް މަޝްވަރާކުރުމުގެ ފުރުސަތު އާންމުންނަށް ވަނީ ހުޅުވާލާފައެވެ. މި މަހުގެ 7 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި ހަރަކާތުގެ މަގުސަދަކީ ސިއްހީ ހޭލުންތެރިކަން އިތުރުކުރުމާއި، އާއިލީ ދުޅަހެޔޮކަމަށް ބޭނުންވާ މައުލޫމާތު ފަސޭހަކަމާއެކު ފޯރުކޮށްދިނުމެވެ.

Newsletter

Get the latest news delivered straight to your inbox