ބޫޓާން މުބާރާތުގައި ގައުމީ ކްރިކެޓް ކެޕްޓަން ބޭންޑް އާދަމް އަށް

Nov 29, 2026, 5:10 PM
ރާއްޖޭގެ ގައުމީ ކްރިކެޓް ޓީމުގެ މެޗެއްގެ ތެރެއިން އާދަމް ނާސިފް

ރާއްޖޭގެ ގައުމީ ކްރިކެޓް ޓީމުގެ މެޗެއްގެ ތެރެއިން އާދަމް ނާސިފް

ބޫޓާނުގައި މި ފެށޭ މަހު ކުރިއަށްދާ ގަލެފޫ މެންސް ޓީ20 ސީރީސްގައި ވާދަކުރާ ރާއްޖޭގެ ގައުމީ ކުރިކެޓް ޓީމުގެ ކެޕްޓަނަކަށް އާދަމް ނާސިފް އުމަރު ހަމަޖައްސައިފި އެވެ.

މި މަހު 4-13 އަށް ކުރިއަށްދާ މި މުބާރާތުގައި ކުޅޭ ރާއްޖޭގެ ގައުމީ ކްރިކެޓް ޓީމުގެ ވައިސް ކެޕްޓަނަކީ އިސްމާޢީލް އަލީ އެވެ. 

ބޫޓާނުގައި ފެސްޓިވަލެއް ގޮތަށް ކުރިއަށްގެންދާ މި ކްރިކެޓް އިވެންޓްތަކަށް ބަލާއިރު، ފުރަތަމަ މުބާރާތް، ގަލެފޫ މެންސް ޓީ20 ސީރީސްގައި ރާއްޖެ ވާދަކުރާނީ ބޫޓާން، ބަހުރެއިން، ނޭޕާލް އަދި ތައިލެންޑާ ދެކޮޅަށެވެ.  އެ އަށް ފަހު، ޓްރައި-ސީރީސް މުބާރާތުގައި ރާއްޖެ ކުޅުމަށް ހަމަޖެހިފައިވަނީ ބޫޓާނާއި ބަހްރައިނާ ދެކޮޅަށެވެ.

ރާއްޖޭން ފުރަތަަމަ މެޗުގައި މި މަހު ހަތަރު ވަނަ ދުވަހު ކުޅޭނީ ތައިލެންޑާ އެވެ. 

އަފްގާނިސްތާންގެ ކޯޗު އަސަދުﷲ ހާން (އަސަދު)ގެ ބެލުމުގެ ދަށުން ރާއްޖޭން ދާދިފަހުން، މެލޭޝިއާގައި ކުރިއަށްދިޔަ އައިސީސީ ޓީ20 ކްރިކެޓް ވޯލްޑް ކަޕް ކޮލިފައިންގައި ވާދަކުރި އެވެ. އެ މުބާރާތުގައި ރާއްޖޭން 10 ވިކެޓުން ޗައިނާ ބަލިކުރި އެވެ. 

ނާސިފް އާއި އިސްމާއިލްގެ އިތުރުން، ބޫޓާން މުބާރާތުގައި ނެގި ސްކޮޑުގައި ހިމެނޭ ކުޅުންތެރިންނަކީ، އިބްރާހިމް ރިޒާން، މަބްސަރު އަބްދުﷲ އިބްރާހިމް، އަހުމަދު އަމީލް މައުރޫފް، ލީމް ޝަފީޤް، ލިޔަނާ ބަޑަލްގޭ،  ޕްރިޔަސާދު ގުނަތިލަކާ، އިގްބާލް ޝެރާޒް، އަލީ އިމާން އަހުމަދު، އިބްރާހިމް ޝައުފް ހަސަން، ވެޑަގޭ ޖަނަކާ، ހެމްބާ ތަންތިރިގޭ އޮޝެން، އިހަލާ ގެދަރާ ސަމްޕަތު އަދި މުހައްމަދު ނަޒްމީ މުހައްމަދު ނިފްރާސް އެވެ. 

ގައުމީ ޓީމުގެ ކެޕްޓަނަކަށް ހަމަޖެއްސި އާދަމް އަކީ މި ވަގުތު ޓީމުގައި ހިމެނޭ އެންމެ މުހިންމު އެއް ކުޅުންތެރިޔާ އެވެ. އާދަމް އަންނަނީ 2013 ވަނަ އަހަރުން ފެށިގެން ގައުމީ ޓީމަށް ކުޅެމުންނެވެ. އޭނާ ވަނީ މޯލްޑިވްސް ސްޕޯޓްސް އެވޯޑްސްގައި ހޮވި ރާއްޖޭގެ އެންމެ މޮޅު ކްރިކެޓް ކުޅުންތެރިޔާގެ މަގާމު ވެސް ހޯދައިފަ އެެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް ބުރުން ފޯމުގައި ކުރިއަށް

ދިވެހި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން ޓީސީ ސްޕޯޓްސް ކްލަބް 3-1 އިން ބަލިކޮށް، ބުރު ސްޕޯޓްސް ކްލަބުން އެންމެ ފަހުން ކުޅުނު ދެ މެޗުން ވެސް މޮޅުވެ ފޯމު ދަމަހައްޓައިފިއެވެ. މި މޮޅާއެކު ބުރު ލީގު ތާވަލުގެ ހަތްވަނައަށް ޖެހިލާފައިވާއިރު، މެޗުގެ ހުރިހާ ލަނޑެއްވެސް ފެނިގެންދިޔައީ ފުރަތަމަ ހާފުގައެވެ.

ޓާފް އާ ކުރުމަކީ ފުޓްބޯޅައިގެ ޑިވެލޮޕްމަންޓަށް ބޭނުންތެރިކަމެއް

މާފަންނު ޓާފް އެއް ނަމްބަރު ދަނޑުގެ ޕިޗު 12 އަހަރަށް ފަހު އާކޮށް ބޭނުންކުރަން ފެށުމަކީ ރާއްޖޭގެ ފުޓްބޯޅަ ކުރިއެރުވުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް މިނިސްޓަރު ރާފިއު ވިދާޅުވެއްޖެއެވެ. މި މަސައްކަތަކީ ދަނޑު ހަލާކުވުމުގެ ސަބަބުން ކުޅުންތެރިންނަށް ދިމާވާ އަނިޔާގެ މައްސަލަތަކަށް ހައްލެއް ހޯދައިދިނުމަށް ސްޕޯޓްސް މިނިސްޓްރީއާއި އެފްއޭއެމް ގުޅިގެން ކުރިއަށް ގެންދިޔަ މަޝްރޫއެކެވެ.

މެންޗެސްޓާ ޔުނައިޓެޑް ރެލިގޭޝަން ޒޯނުން ގުޑައެއް ނުލި

އިނގިރޭސި ޕްރިމިއާ ލީގުގައި ބްރެންޓްފޯޑް އަތުން 4-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 19 ވަނައިގައި އޮވެ ރެލިގޭޝަންގެ ބިރުވެރިކަމާ ކުރިމަތިލާން ޖެހިއްޖެ. މިއީ އާ ކޯޗު ޕޮޗެޓީނޯގެ އިރުޝާދުގެ ދަށުން ކުޅުނު ތިންވަނަ މެޗު ނަމަވެސް، އަދިވެސް ޓީމަށް މޮޅެއް ނުލިބި ރެކޯޑް ދަށް ނަތީޖާތަކެއް ދަނީ ފެންނަމުން

ބިސް ބުރު އަތުން މޮޅުވެ ނިއު ރޭޑިއަންޓް ތިން ވަނަ އަށް

ދިވެހި ޕްރިމިއާ ލީގުގައި ބިސް ބުރު ސްޕޯޓްސް ކްލަބް އަތުން 4-1 އިން މޮޅުވެ، ނިއު ރޭޑިއަންޓް ތާވަލުގެ ތިން ވަނަ އަށް ޖެހިލައިފި. މި ނަތީޖާއާއެކު ނިއު އާއި އޮޑި ސްޕޯޓްސް ކްލަބަށް 14 ޕޮއިންޓް ލިބިފައިވާއިރު، ބިސް ބުރު ވަނީ ފަސް ވަނަ އަށް ވެއްޓިފައި.

ޓާގެޓްތައް މެޗުން މެޗަށް، ބުރަށް ޓީސީގެ ކުރިމަތިލުން މުހިންމު

ދިވެހި ޕްރިމިއާ ލީގުގައި ބުރު ސްޕޯޓްސް ކްލަބުން މެޗުން މެޗަށް ލަނޑުދަނޑިތަކެއް ކަނޑައަޅައިގެން ކުރިއަށްދާއިރު، ކުރިއަށް އޮތް ޓީސީ މެޗަކީ ތިން ޕޮއިންޓް ހޯދަން ވަރަށް މުހިންމު މެޗެއް ކަމަށް އެ ޓީމުގެ ކޯޗު ބުނެފިއެވެ. އީގަލްސް އަތުން ލިބުނު މޮޅުގެ ރޫހުގައި، ކުޅުންތެރިންގެ ރިކަވަރީއަށް އިސްކަންދީގެން ޓީސީގެ ކުޅުމަށް ބަލައި ރަނގަޅު ބެލެންސެއް ހޯދުމަށް ބުރުން އަންނަނީ ތައްޔާރުވަމުންނެވެ.

ފޮރެސްޓް އަތްދަށުވެ ޗެލްސީގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ނޮޓިންހަމް ފޮރެސްޓް އަތުން 3-2 އިން ބަލިވެ، ޗެލްސީ ލީގުގައި އެންމެ ފަހުން ކުޅުނު ތިން މެޗުން ވެސް ވަނީ ނާކާމިޔާބީއާ ކުރިމަތިލާން ޖެހިފައި. މި މޮޅާއެކު ފޮރެސްޓް ތާވަލުގެ 14 ވަނައަށް ޖެހިލިއިރު، މިއީ 1997 ވަނަ އަހަރަށް ފަހު އަމިއްލަ ދަނޑުގައި ޗެލްސީގެ މައްޗަށް އެ ޓީމުން ކުރިހޯދި ފުރަތަމަ ފަހަރު.

ޔުނައިޓެޑްގެ ހާލަތު ބަދަލުކުރަން ކެރޭނެ ކަމަށް ޕޮޗެޓީނޯ ބުނެފި

މެންޗެސްޓާ ޔުނައިޓެޑްގެ ހާލަތު ބަދަލުކުރުމަށްޓަކައި ކޮންމެ ފިޔަވަޅެއް އަޅަންވެސް ތައްޔާރަށް ހުރި ކަމަށް އެ ޓީމުގެ އާ ކޯޗު ޕޮޗެޓީނޯ ބުނެފި. ޕޮޗެޓީނޯގެ އިރުޝާދުގެ ދަށުން ކުޅުނު ފުރަތަމަ ދެ މެޗުން މޮޅެއް ނުލިބި ލީގުގެ 19 ވަނައިގައި ޔުނައިޓެޑް އޮތްއިރު، އޭނާ ގަބޫލުކުރާ ގޮތުގައި ޓީމުގެ ނަތީޖާތައް ރަނގަޅު ކުރެވޭނެ ވަރަށް މަސައްކަތް ކުރެވޭނެ

Newsletter

Get the latest news delivered straight to your inbox