މެލޭޝިއާ އިންޓަ ސްޓޭޓް މުބާރާތުގައި ރާއްޖޭގެ އަޒްޔާންގެ ވިދުންގަދަ މެޗެއް

May 9, 2026, 3:30 PM
ކުއަލަ ލަމްޕޫރުން ސަރަވަކް ބަލިކުރި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި އަޒްޔާން.--- ފޮޓޯ: މެލޭޝިއަން ކްރިކެޓް އެސޯސިއޭޝަން

ކުއަލަ ލަމްޕޫރުން ސަރަވަކް ބަލިކުރި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި އަޒްޔާން.--- ފޮޓޯ: މެލޭޝިއަން ކްރިކެޓް އެސޯސިއޭޝަން

މިހާރު ކުރިއަށްދާ މެލޭޝިއާ ކްރިކެޓް އެސޯސިއޭޝަން (އެމްސީއޭ)ގެ އިންޓަ ސްޓޭޓް 50 އޯވަރުގެ މުބާރާތުގައި، ކުއަލަ ލަމްޕޫރު ޓީމަށް ކުޅެމުން އަންނަ ރާއްޖޭގެ ހުނަރުވެރި ތަރި، ޔޫސުފް އަޒްޔާން ފަރުހަތުގެ ތަފާތު ކުޅުމަކާ އެކު އޭނާގެ ޓީމު އެންމެ ފަހުން ކުޅުނު މެޗުން މޮޅުވެއްޖެ އެވެ. 

ސްކޮލަޝިޕެއްގައި މެލޭޝިއާގައި ކިޔަވަމުން އަންނަ އަޒްޔާން، މެލޭޝިއާގައި ދިރިއުޅެމުން ވެސް އަންނަނީ ކްރިކެޓް ކެރިއަރު ކުރިއަށްގެންދަމުންނެވެ. ގައުމީ ކްރިކެޓް ޓީމުގެ ކެޕްޓަންކަން ކުރުމުގެ އިތުރުން. ރާއްޖޭގެ އެންމެ މޮޅު  ކްރިކެޓް ކުޅުންތެރިޔާގެ މަގާމު ހޯދި އަޒްޔާން ކުޅޭ ކުއަލަ ލަމްޕޫރު ޓީމު އެންމެ ފަހުން ކުޅުނު މެޗުގައި ވާދަކުރީ، ސަރަވަކްއާ އެވެ. 

އެ މެޗުގައި، ޓޮސް ދިމާވުމުން، ކުއަލަ ލަމްޕޫރުން ނިންމީ ހޮވާށެވެ. ސަރަަވަކުން ކުޅެން އަރައި، 50 އޯވަރުގެ ތެރޭގައި، ހަތް ކުޅުންތެރިން ނުބައިވެގެން ހެދީ 190 ލަނޑެވެ. އަޒްޔާން ވަނީ 10 އޯވަރަށް ދެ ވިކެޓް ނަގައިފަ އެވެ. އަދި، މި އޯވަރު ތަކުގައި ޖުމްލަ، 45 ޑޮޓް ބޯޅަ ވަނީ އުކައިފަަ އެވެ. 

ޖަވާބުގައި ކުޅެން އަރައި، ކުއަލަ ލަމްޕޫރުން މޮޅުވީ 43.1 އޯވަރަށް ތިން ކުޅުންތެރިން ނުބައިވެގެން 191 ލަނޑު ހަދައިގެންނެވެ. އަޒްޔާން ވަނީ ނުބައިނުވެ، 75 ބޯޅައިން 105 ލަނޑު ހަދައިފަ އެވެ. ހަތަރަކަށް ދެ ބޯޅަ އަދި ހަޔަކަށް ދެ ބޯޅަ ޖެހި އެވެ. 

ޖުމްލަ ހަ ޓީމު ވާދަކުރަމުން އަންނަ މި މުބާރާތުގައި ކޮންމެ ޓީމެއް ތިން މެޗު ކުޅުނުއިރު، އެއް ވަނައިގައި އޮތީ ތިން މެޗުން ވެސް މޮޅުވެ، ހަ ޕޮއިންޓް ހޯދާފައިވާ ޕެރާކް އެވެ. ދެ ވަނައިގައި އޮތް ޖޮހޯރަށް ތިން މެޗުން ފަސް ޕޮއިންޓް ލިބިފައިވާއިރު، ކުއަަލަ ލަމްޕޫރު ތިން ވަނަިއގައި އޮތީ ތިން މެޗުގެ ތެރެއިން ދެ މެޗުން މޮޅުވެގެން، ހަތަރު ޕޮއިންޓާ އެކު އެވެ. 

އަޒްޔާން ވަނީ 2019 ވަނަ އަހަރު އޭނާގެ އުމުރުން އެންމެ 19 އަހަރުގައި ރާއްޖޭގެ އެންމެ މޮޅު ކްރިކެޓް ކުޅުންތެރިޔާގެ މަގާމު ހޯދައިފަ އެވެ. އެކި އަނިޔާގެ މައްސަލަތައް ދިމާވި ނަމަވެސް ކެރިއަރު ކުރިއަށްގެންދިއުމަށްޓަކައި ހިތްވަރު ދެއްކި، އަޒްޔާން ވަނީ، 2022 ވަނަ އަހަރު އޮސްޓްރޭލިއާގެ ވިކްޓޯރިއާގެ ކުލަބެއް ކަމަށްވާ ފްރެންކްސްތަން ޕެނިންސޫލާ ކްރިކެޓު ކުލަބަށް ވެސް ކުޅެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox