އަފްގާނިސްތާންގެ ކޯޗާ އެކު ރާއްޖޭގެ ކްރިކެޓަށް ބޮޑު ޕްލޭންތަކެއް

Aug 13, 2026, 12:13 PM
ގައުމީ ކްރިކެޓް ޓީމުގެ ކޯޗު އަަަސަދުﷲ (އަސަދު): އޭނާއާ އެކު ގިނަ ކަންތައްތަކެއް ހާސިލްކުރަން ކްރިކެޓް ބޯޑުން އުންމީދުތައް ކުރޭ.

ގައުމީ ކްރިކެޓް ޓީމުގެ ކޯޗު އަަަސަދުﷲ (އަސަދު): އޭނާއާ އެކު ގިނަ ކަންތައްތަކެއް ހާސިލްކުރަން ކްރިކެޓް ބޯޑުން އުންމީދުތައް ކުރޭ.

ރާއްޖޭގެ ގައުމީ ކްރިކެޓް ޓީމުގެ ކޯޗަކަށް އަފްގާނިސްތާންގެ ތަޖުރިބާކާރެއް ކަމަށްވާ އަސަދުﷲ ހާން (އަސަދު) ހަމަޖައްސަން، ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް (ސީބީއެމް) އިން ނިންމީ މައިގަނޑު ގިނަ ޓާގެޓްތަކަކާ އެކުގަ އެވެ. 

އިންޓަނޭޝަނަލް ކްރިކެޓް ކައުންސިލް (އައިސީސީ)ގެ ލެވަލް ތިނެއް ހާސިލްކޮށްފައިވާ އަސަދު ވަނީ މީގެ ކުރިން އަފްގާނިސްތާން ގައުމީ ޓީމަށް ކުޅެފަ އެވެ. އެއީ، 2003 އިން 2012 ވަނަ އަހަރާ ހަމަށެވެ. އޭގެ ފަހުން، ކޯޗިން އަށް ނިކުމެ، އަސަދު ވަނީ އަފްގާނިސްތާންގެ 19 އަހަރުން ދަށުގެ ޓީމުގެ ކޯޗަކަށް 2009 އިން 2012 ވަނަ އަހަރާ ހަމައަށް މަސައްކަތްކޮށްފަ އެވެ. އޭގެ ފަހުން، އަފްގާނިސްތާންގެ ސީނިއާ ކްރިކެޓް ޓީމުގެ އެސިސްޓަންޓް ކޯޗަކަށް މަސައްކަތްކުރިއިރު، ޕާފޯމަންސް އެނަލިސްޓެއްގެ ޒިންމާ ވެސް އަދާކުރަމުންދިޔައީ، 2014 އިން 2018 އާ ހަމައަށެވެ. އައިސީސީގެ ލެވަލް 2 ކޯޗިން އެޑިއުކޭޓަރެއްގެ ފާސް ވެސް އޮތް އަސަދު ވަނީ 2009 އިން 2014 އަށް އަފްގާނިސްތާންގެ 16 އާއި 19 އަހަރުން ދަށުގެ ކްރިކެޓް ޓީމުގެ ހެޑް ކޯޗެއްގެ ގޮތުގައި އެކި ލެވަލްގައި މަސައްކަތްކޮށްފަ އެވެ. 

ގައުމީ ކްރިކެޓް ޓީމުގެ ކޯޗަކަށް އަފްގާނިސްތާންގެ އަސަދުﷲ

ދިވެހިރާއްޖޭގެ ގައުމީ ކްރިކެޓް ޓީމުގެ ހެޑް ކޯޗަކަށް، އަފްގާނިސްތާންގެ ތަޖުރިބާކާރު ކޯޗު އަސަދުﷲ ހާން (އަސަދު) ހަމަޖައްސައިފި. އޭނާއަކީ އަފްގާނިސްތާނާއި ގަތަރުގެ ގައުމީ ޓީމުތަކުގެ އިތުރުން ކެނަޑާގެ ޓީމަށްވެސް އިރުޝާދުދީ، ކްރިކެޓްގެ އިދާރީ ދާއިރާގައި ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ފަރާތެއް.

ކުޅުމުގެ ކެރިއަރެއް ބިނާކުރުމުގެ އިތުރުން، އަސަދު އަންނަނީ، ކްރިކެޓްގައި ކުޅުންތެރިންނާއި ކޯޗުން އަދި ޓެކްނިކަލް އޮފިޝަލުން ޑިވެލޮޕްކުރުމުގައި މުހިންމު މަސައްކަތްތަކެއް ކުރަމުންނެވެ. އެކަމުގައި، އޭނާ އަށް ގިނަ ގައުމުތަކަކުން ތަޖުރިބާ ވެސް ލިބިފައިވެ އެވެ. 

"އަދަދު ސްޕޯޓްސް" އަށް ކްރިކެޓް ބޯޑްގެ ރައީސް، މުހައްމަދު ފައިސަލް ވިދާޅުވީ، އެންމެ ބޮޑު ޓާގެޓެއްގެ ގޮތުގައި މަސައްކަތްކުރާނެ އެއް ކަމަކީ، ކޯޗު އަސަދުގެ އެހީތެރިކަމާ އެކު، މިހާރު އޮތް 19 އަހަރުން ދަށުގެ ގައުމީ ޓީމާ އެލީޓް ކުޅުންތެރިން، 2030 އާއި އޭގެ ފަހަށް ވަރުގަދަ ޓީމެއްގެ ގޮތުގައި ތައްޔާރު ކުރުން ކަމަށެވެ. 

"ގައުމީ ކޯޗު (އަސަދު) ވާނީ މި ޓީމު ބިނާކުރުމުގައި އޮވައޯލް ޓްރެއިނިން އާއި ޑިވެލޮޕްމަންޓްގެ އެންމެ އިސް ފަރާތަށް،" ފައިސަލް ވިދާޅުވި އެވެ. 

އައިސީސީގެ ހައި ޕާފޯމަންސް ޕްރޮގްރާމްގައި 2014، 2105 އަދި 2016 ވަނަ އަހަރު ބައިވެރިވެ، ކްރިކެޓްގެ އެޑްމިނިސްޓްރޭޓިވް ކަންކަމުގައި. ވެސް އިސް މަސައްކަތްތަކެއްކޮށްފައިވާ އަސަދު ވަނީ އަފްގާނިސްތާންގެ ކްރިކެޓް ބޯޑްގައި ޗީފް އޮޕަރޭޓިން އޮފިސަރު (ސީއީއޯ)ގެ ޒިންމާ އަދާކޮށް މަސައްކަތްތަކެއް ކޮށްފަ އެވެ. ކެނަޑާ ކްރިކެޓް ޓީމުގެ ހައި ޕާފޯމަންސް ޑިރެކްޓަރުގެ ޒިންމާއާ އެކު، ހެޑް ކޯޗަކަށް ވެސް 2019 އާއި 2020 ވަނަ އަހަރު ހުރި އަސަދު 2021 ވަނަ އަހަރު މަސައްކަތްކުރީ އަފްގާނިސްތާން ކްރިކެޓް ބޯޑުގެ ޑިރެކްޓަރާއި ޗީފް ސެލެކްޓަރުގެ މަގާމުގަ އެވެ. އޭގެ ފަހުން، 2021 އިން 2023 އަށް ގަަތަރު ކްރިކެޓް ޓީމުގެ ހެޑް ކޯޗަކަށް ހުރި އަސަދު އެންމެ ފަހުން، މަސައްކަތްކުރީ، ކްރިކެޓް ފެޑެރޭޝަން އޮފް އުޒްބެކިސްތާންގެ ޑިރެކްޓަރަކަށެވެ. 

ފައިސަލް ވިދާޅުވީ، ކޯޗު އަސަދުގެ ބެލުމުގެ ދަށުން ރާއްޖޭގެ ކްރިކެޓް ޓީމު ކުރިއަށްދާނެ ފިލޯސަފީއެއް ބައްޓަންކުރުމުގެ އިތުރުން، ހައި ޕާފޯމަންސް ޓީމެއްގެ ގޮތުގައި ކުރިއަށް ދިއުމުގެ ސަގާފަތެއް އަށަގެންނެވުމަކީ ވެސް ޕްލޭނުގެ ބައެއް ކަމަށެވެ. 

މި ކަންކަން ހާސިލްކުރުމަށްޓަކައި، ސީބީއެމް އިން ވަަނީ ޕްލޭންތަކެއް ވެސް ހަދައިފަ އެެވެ.

އޭގެ ތެރޭގައި ހިމެނޭ އެއް ކަމަކީ، ފުވައްމުލަކާއި ކުނަހަންދޫ ފަދަ ކްރިކެޓްގެ އެކި ހަރަކާތްތައް ހިންގަމުން އަންނަ ރީޖަންތަކުގައި މަސައްކަތްކުރާ ސްޓާފުންނާއި ކޯޗުންނާ އެކު، ގައުމީ ކޯޗު އަސަދު އަށް މަސައްކަތްކުރެވޭނެ ގޮތްތަކެއް އެކުލަވާލައި، ގައުމީ ޓީމަށް ހުނަރުވެރި ކުޅުންތެރިން އިތުރު ކުރުމެވެ. އޭގެ އިތުރުން، ރާއްޖޭގެ ކްރިކެޓް ކޯޗުންނަށް ބޭނުންވާނެ ޕްރެކްޓިކަލް ކޯޗިން ސަޕޯޓާއި އެޑިއުކޭޝަން ފޯރުކޮށްދިނުމާއި ކޯޗިން ކޯސްތައް ހިންގުމާއި ގަވާއިދުން މި ކަންކަމާ ގުޅޭ ޕާފޯމަންސް ރިޕޯޓް ކްރިކެޓް ބޯޑަށް ހުށަހެޅުން ހިމެނެ އެވެ. 

އިންޑިވިޖުއަލް ކުޅުންތެރިންނާއި ގައުމީ ޓީމުގެ ކުޅުންތެރިން އަދި އެލީޓް ކުޅުންތެރިންނާ ގުޅޭ ކަންކަން ގަވާއިދުން ރިޕޯޓް ކުރުމާއި ގައުމީ ސިލެކްޝަން ކޮމިޓީ އަށް ކުޅުންތެރިން ހޮވުމުގެ ކަންކަންކުރުމުގައި އެކި ގޮތްގޮތުން ސަޕޯޓް ދިނުން ވެސް ކޯޗު އަސަދުގެ ޒިންމާތަކުގެ ތެރޭގައި ހިމެނެ އެވެ. ގައުމީ ޓީމުތައް، 16 އަހަރުން ދަށް، 19 އަހަރުން ދަށް އަދި ސީނިއާ އަންހެން އަދި ފިރިހެން ޓީމު ހޮވުމުގައި، ކޯޗު އަސަދުގެ ލަފާ ވަރަށް ބޮޑަށް ހޯދާނެ އެވެ. 

ރާއްޖޭގެ ކްރިކެޓް ޓީމުގެ ކޯޗަކަށް އެންމެ ފަހުން، ބިދޭސީ ކޯޗަކަށް މަސައްކަތްކުރީ، ސްރީލަންކާގެ ޕަސިންދު ލިޔަނާރަޗީ އެވެ. އޭނާ މީގެ ދޮޅު އަހަރު ކުރިން އެ މަގާމުން ވަކިވީ ކޮންޓްރެކްޓް ހަމަވުމުންނެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox