ގައުމީ ކްރިކެޓް ޓީމުގެ ކޯޗަކަށް އަފްގާނިސްތާންގެ އަސަދުﷲ

Aug 4, 2026, 8:10 PM
ރާއްޖޭގެ ގައުމީ ކްރިކެޓް ޓީމުގެ ކޯޗަކަށް ހަމަޖެއްސި އަފްގާނިސްތާންގެ ކުރީގެ ކުޅުންތެރިޔާ އަސަދު،

ރާއްޖޭގެ ގައުމީ ކްރިކެޓް ޓީމުގެ ކޯޗަކަށް ހަމަޖެއްސި އަފްގާނިސްތާންގެ ކުރީގެ ކުޅުންތެރިޔާ އަސަދު،

ގައުމީ ކްރިކެޓް ޓީމުގެ ކޯޗަކަށް އަފްގާނިސްތާންގެ ތަޖުރިބާކާރެއް ކަމަށްވާ އަސަދުﷲ ހާން (އަސަދު) ހަމަޖައްސާފައިވާ ކަމަށް ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް (ސީބީއެމް) އިން އިއުލާނުކޮށްފި އެވެ. 

އިންޓަނޭޝަނަލް ކްރިކެޓް ކައުންސިލް (އައިސީސީ)ގެ ލެވަލް ތިނެއް ހާސިލްކޮށްފައިވާ އަސަދު ވަނީ މީގެ ކުރިން އަފްގާނިސްތާން ގައުމީ ޓީމަށް ކުޅެފަ އެވެ. އެއީ، 2003 އިން 2012 ވަނަ އަހަރާ ހަމަށެވެ. އޭގެ ފަހުން، ކޯޗިން އަށް ނިކުމެ، އަސަދު ވަނީ އަފްގާނިސްތާންގެ 19 އަހަރުން ދަށުގެ ޓީމުގެ ކޯޗަކަށް 2009 އިން 2012 ވަނަ އަހަރާ ހަމައަށް މަސައްކަތްކޮށްފަ އެވެ. 

އޭގެ ފަހުން، އަފްގާނިސްތާންގެ ސީނިއާ ކްރިކެޓް ޓީމުގެ އެސިސްޓަންޓް ކޯޗަކަށް މަސައްކަތްކުރިއިރު، ޕާފޯމަންސް އެނަލިސްޓެއްގެ ޒިންމާ ވެސް އަދާކުރަމުންދިޔައީ، 2014 އިން 2018 އާ ހަމައަށެވެ. އައިސީސީގެ ލެވަލް 2 ކޯޗިން އެޑިއުކޭޓަރެއްގެ ފާސް ވެސް އޮތް އަސަދު ވަނީ 2009 އިން 2014 އަށް އަފްގާނިސްތާންގެ 16 އާއި 19 އަހަރުން ދަށުގެ ކްރިކެޓް ޓީމުގެ ހެޑް ކޯޗެއްގެ ގޮތުގައި އެކި ލެވަލްގައި މަސައްކަތްކޮށްފަ އެވެ. 

އައިސީސީގެ ހައި ޕާފޯމަންސް ޕްރޮގްރާމްގައި 2014، 2105 އަދި 2016 ވަނަ އަހަރު ބައިވެރިވެ، ކްރިކެޓްގެ އެޑްމިނިސްޓްރޭޓިވް ކަންކަމުގައި. ވެސް އިސް މަސައްކަތްތަކެއްކޮށްފައިވާ އަސަދު ވަނީ އަފްގާނިސްތާންގެ ކްރިކެޓް ބޯޑްގައި ޗީފް އޮޕަރޭޓިން އޮފިސަރު (ސީއީއޯ)ގެ ޒިންމާ އަދާކޮށް މަސައްކަތްތަކެއް ކޮށްފަ އެވެ. 

ކެނަޑާ ކްރިކެޓް ޓީމުގެ ހައި ޕާފޯމަންސް ޑިރެކްޓަރުގެ ޒިންމާއާ އެކު، ހެޑް ކޯޗަކަށް ވެސް 2019 އާއި 2020 ވަނަ އަހަރު ހުރި އަސަދު 2021 ވަނަ އަހަރު މަސައްކަތްކުރީ އަފްގާނިސްތާން ކްރިކެޓް ބޯޑުގެ ޑިރެކްޓަރާއި ޗީފް ސެލެކްޓަރުގެ މަގާމުގަ އެވެ. އޭގެ ފަހުން، 2021 އިން 2023 އަށް ގަަތަރު ކްރިކެޓް ޓީމުގެ ހެޑް ކޯޗަކަށް ހުރި އަސަދު އެންމެ ފަހުން، މަސައްކަތްކުރީ، ކްރިކެޓް ފެޑެރޭޝަން އޮފް އުޒްބެކިސްތާންގެ ޑިރެކްޓަރަކަށެވެ. 

ރާއްޖޭގެ ކްރިކެޓް ޓީމުގެ ކޯޗަކަށް އެންމެ ފަހުން، ބިދޭސީ ކޯޗަކަށް މަސައްކަތްކުރީ، ސްރީލަންކާގެ ޕަސިންދު ލިޔަނާރަޗީ އެވެ. އޭނާ މީގެ ދޮޅު އަހަރު ކުރިން އެ މަގާމުން ވަކިވީ ކޮންޓްރެކްޓް ހަމަވުމުންނެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox