ރާއްޖޭން ޓީ20 ވޯލްޑް ކަޕް ކޮލިފައިންގައި ވާދަކުރުމުގެ ކުރިން ސްރީ ލަންކާ ކޭމްޕަކަށް

Sep 27, 2026, 1:08 PM
ޓީ20 ވޯލްޑް ކަޕް ކޮލިފައިންގައި ވާދަކުރާ ރާއްޖޭގެ ގައުމީ ސްކޮޑާއި ސީބީއެމްގެ އޮފިޝަލުންގެ އިތުރުން އިސްލާމިކް ބޭންކުގެ އިސް ފަރާތްތައް.

ޓީ20 ވޯލްޑް ކަޕް ކޮލިފައިންގައި ވާދަކުރާ ރާއްޖޭގެ ގައުމީ ސްކޮޑާއި ސީބީއެމްގެ އޮފިޝަލުންގެ އިތުރުން އިސްލާމިކް ބޭންކުގެ އިސް ފަރާތްތައް.

އަންނަ މަހު މެލޭޝިއާގައި ކުރިއަށްދާ އައިސީސީ ޓީ20 ކްރިކެޓް ވޯލްޑް ކަޕް ކޮލިފައިންގައި ވާދަކުރުމުގެ ކުރިން ރާއްޖޭގެ ގައުމީ ކްރިކެޓް ޓީމުން ސްރީ ލަންކާގައި ނުވަ ދުވަހުގެ ޓްރެއިނިން ކޭމްޕެއް ކުރިއަށްގެންދިއުމަށް މިއަދު ފުރައިފި އެވެ. 

އަންނަ މަހު ފަސް ވަަނަ ދުވަހު ލަންކާގައި މި ޓްރެއިނިން ކޭމްޕް ކުރިއަށްދާއިރު، ޓީ20 ވޯލްޑް ކަޕް ކޮލިފައިން ސަބް ރީޖަނަލް ކޮލިފައިން އޮތީ އަންނަ މަހު 6-15 އަށެވެ. ރާއްޖެ ހިމެނެނީ ގްރޫޕް ބީގަ އެވެ. ދެން، އެ ގްރޫޕްގައި އޮތީ ޗައިނާ، ސައުދީ އަރަބިއްޔާ، ސިންގަޕޫރު، މެލޭޝިއާ، ހޮންގް ކޮންގް އެވެ. ކޮންމެ ގްރޫޕަކުން ވެސް އެއް ވަަނަ އާއި ދެ ވަނަ ރީޖަނަލް ފައިނަލްސް އަށް ހޮވޭއިރު، ގްރޫޕް އޭގައި ވާދަކުރަނީ، ބަހުރެއިން، ކުވެއިތު، މޮންގޯލިއާ، މިޔަންމާ، ގަތަރު އަދި ތައިލެންޑް އެވެ. 

ލަންކާގައި ކުރިއަށްގެންދާ ޓްރެއިނިން ކޭމްޕްގެ ތެރެއިން ދެ މެޗެއް ކުޅޭ ގޮތަށް ވަނީ ހަމަޖެހިފަ އެވެ. ގޯލް އިންޓަނޭޝަނަލް ކްރިކެޓް ސްޓޭޑިއަމްގައި ކުޅޭ މި ދެ މެޗަކީ، ޓީ20 ވޯލްޑް ކަޕް ކޮލިފައިންގެ ކުރިން ރާއްޖެ އަށް މެޗު ފިޓްނަސް އާއި ނެޗުރަލް ޓާފުގައި ކުޅެލައި، އެހެނިހެން ކަންކަމަށް މަސައްކަތް ކުރަން ލިބޭ ފުރުސަތެއް ކަމަށް ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް (ސީބީއެމް) އިން ވަނީ ފާހަގަކޮށްފަ އެވެ. 

Advertisement

ޓްރެއިނިން ކޭމްޕްގެ ކަންކަން ގައުމީ ކްރިކެޓް ޓީމުން ކުރިއަށްގެންދަނީ ދާދި ފަހުން ކްރިކެޓް ޓީމުގެ ކޯޗަކަށް ގެނައި އަފްގާނިސްތާންގެ އަސަދުﷲ ހާން (އަސަދު)ގެ ބެލުމުގެ ދަށުންނެވެ. ކޭމްޕް ނިންމާލުމަށް ފަހު، މެލޭޝިއާ އަށް ދާން ގައުމީ ޓީމު ލަންކާ މަގުން ފުރާނީ އަންނަ މަހު ފަސް ވަނަ ދުވަހު އެވެ. ކޮލިފައިން ފުރަތަމަ މެޗު އޮތީ އަންނަ މަހު އަށް ވަނަ ދުވަހު ޗައިނާއާ ދެކޮޅަށެެވެ. 

މި ފަަހަރުގެ ކޮލިފައިންގައި ރާއްޖޭގެ ކެޕްޓަނަކީ ހަސަން ހާޒިގެވެ. އަދި، ވައިސް ކެޕްޓަނަކީ ޔޫސުފް އަޒްޔާން އެވެ. ޓީމުގައި ދެން ހިމެނެނީ، މުހައްމަދު ރިޝްވާން، އިސްމާއިލް ނަޒްވާން، ހަރްޝާ އަމަރަސިންގޭ، އިގްބާލް ޝެރާޒް، އާދަމް ނާސިފް، އަހުމަދު އަމީލް، އިސްމާއިލް އަލީ، މަބްސަރު އަބްދުﷲ، އިބްރާހިމް ރިޒާން، އަޝަން ޔާޕާ، ތަރުޝާ ކަވިންދާ އަދި ޝަފްރާޒް ޖަލީލް އެެވެ. 

ކޯޗު އަސަދުﷲ ހާން އަށް އެހީވުމަށް އެސިސްޓަންޓް ކޯޗަކަށް މުހައްމަދު ޖާވިދު މަސައްކަތްކުރާއިރު، ފިޒިއޯ އަކީ ދަނުޝްކާ ސްރިމަލް އެެެވެ. އަދި، ޓީމުގެ މެނޭޖަރަކީ އާރިފް ރިޒާ އެވެ. 

ރާއްޖޭން ކޮލިފައިން ދެ ވަނަ މެޗުގައި, ނުވަ ވަނަ ދުވަހު ސިންގަޕޫރާ ކުޅުމަށް ފަހު, 11 ވަނަ ދުވަހު މެލޭޝިއާއާ ވާދަކުރާނެ އެވެ. އަންނަ މަހު 12 ވަނަ ދުވަހު ހޮންގް ކޮންގާ ކުޅުމަށް ފަހު، ގްރޫޕްގެ ފަހު މެޗުގައި 14 ވަނަ ދުވަހު ސައުދީ އަރަބިއްޔާއާ ވާދަކުރާނެ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ބެޓިސް ބަލިކޮށް ބާސެލޯނާ ފަސްބެލުމެއްނެތި ކުރިއަށް

ސްޕެނިޝް ލީގުގައި ރެއާލް ބެޓިސް 5-2 އިން ބަލިކޮށް، ބާސެލޯނާ އިން ޖެހިޖެހިގެން ނުވަ ވަނަ މެޗުން މޮޅުވެ ތާވަލުގެ އެއްވަނައިގައި ސައްތަ އިން ސައްތަ ރެކޯޑެއް ދަމަހައްޓައިފި. މި މެޗުގައި ބާސެލޯނާގެ ލަމީން ޔަމާލް، ރޮޑްރީ، ޖީސޫސް، އެރިކް ގާސިއާ އަދި އޮލްމޯ ލަނޑުތައް ކާމިޔާބުކުރި

ބޮޑު ތަފާތަކުން ލައިޕްޒިގު ބަލިކޮށް ބަޔާން އެއް ވަނަ އަށް

ޖަރުމަނު ލީގުގައި އާރްބީ ލައިޕްޒިގު އަތުން 6-1 އިން މޮޅުވެ، ބަޔާން މިއުނިކުން ތާވަލުގެ އެއްވަނައަށް ޖެހިލައިފި. ބަޔާނުން އެއްވަނަ ހޯދީ ޑޯޓްމަންޑާ ޕޮއިންޓުގެ ގޮތުން އެއްވަރުވި ނަމަވެސް، ހެޑް ޓު ހެޑްގެ ތަފާތުން ކުރިލިބޭތީ. މި މެޗުގައި ބަޔާންގެ ލުއިސް ޑިއާޒް ހެޓްރިކެއް ހެދިއިރު، ހެރީ ކޭން އާއި ޕަވްލޮވިޗް އަދި އޮލީސޭ ވެސް ލަނޑު ޖެހި

ޗެލްސީ އާއި ލިވަޕޫލަށް މޮޅެއް، ސިޓީގައި މަރެސްކާ އަށް ރެކޯޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން ލިވަޕޫލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ސިޓީގެ ކޯޗު އެންޒޯ މަރެސްކާ ވަނީ ލީގުގެ ފުރަތަމަ ހަތް މެޗުން މޮޅުވެ އާ ރެކޯޑެއް ގާއިމްކޮށްފައި. ޗެލްސީން އެވަޓަން ބަލިކުރީ 2-0 އިންނެވެ. އަދި ލިވަޕޫލުން ވަނީ ފަހަތުން އަރައި ބްރެންޓްފޯޑްގެ މައްޗަށް 2-1 އިން ކުރިހޯދާފައި

ސާފް ޗެމްޕިއަންޝިޕުން އިންޑިއާ ނަން ނުނަގާ ކަމަށް ބުނެފި

މިއަހަރު ބާއްވާ ސާފް ޗެމްޕިއަންޝިޕުން އިންޑިއާ ވަކިވި ކަމަށް ދެކެވޭ ވާހަކަތައް ސައުތު އޭޝިއަން ފުޓްބޯލް ފެޑެރޭޝަން (ސާފް) އިން ވަނީ ދޮގުކޮށްފައި. ސާފް އިން ބުނިގޮތުގައި ކުރިންވެސް ނިންމާފައިވާ ގޮތަށް މި މުބާރާތުގައި ހަ ގައުމު ބައިވެރިވާނެ ކަމަށާއި، އިންޑިއާގެ ބައިވެރިވުން މުބާރާތުގައި އޮންނާނެކަން ޔަގީންކުރެވިފައިވާ ކަމަށް.

ސްޕެއިނުގެ ރަގްބީ ވޯލްޑް ކަޕް ބިޑްގައި ރެއާލާއި ބާސެލޯނާގެ ދަނޑު

2035 ވަނަ އަހަރުގެ ރަގްބީ ވޯލްޑް ކަޕް ބޭއްވުމަށް ސްޕެއިނުން ހުށަހެޅި ބިޑްގައި ރެއާލް މެޑްރިޑާއި ބާސެލޯނާގެ ދަނޑުތައް ހިމަނާފައިވާއިރު، ބިޑް ކާމިޔާބުވެއްޖެނަމަ ފައިނަލް މެޗު ކުޅުމަށް ނިންމާފައިވަނީ ނޯ ކޭމްޕްގައެވެ. މި މުބާރާތް ބޭއްވުމަށް އާޖެންޓީނާ އާއި ޖަޕާނުން ވެސް ވާދަކުރާއިރު، ސްޕެއިނުން އަމާޒު ހިފާފައިވަނީ 2030 ގެ ފީފާ ވޯލްޑް ކަޕްގެ ތަޖުރިބާ ބޭނުންކޮށްގެން އެންމެ ފުރިހަމަ ރަގްބީ މުބާރާތް ބޭއްވުމަށެވެ.

ގައުމީ ޓީމަށް ނަގާ ކުޅުންތެރިންނާ މެދު ލައްޗޭގެ ވިސްނުން

ގައުމީ ޓީމަށް ނަގާ ކުޅުންތެރިން ޓީމާ ގުޅުމަކީ ކްލަބުން ހުރަސްއަޅާ ކަމެއް ނޫން ކަމަށާއި، ބައެއް ކުޅުންތެރިން ސްކޮޑުން ވަކިވަނީ އާއިލީ ސަބަބުތަކާ ހުރެ ކަމަށް ލައްޗޭ ބުނެފައިވޭ. އަދި ކުޅުންތެރިންނަށް ޓީމާ ދުރަށް ދެވެނީ ގައުމީ ކޯޗުގެ ފަރާތުން އެ ފުރުސަތު ލިބޭތީ ކަމަށް ވެސް އޭނާ ފާހަގަކުރި

އަޖުފާން ގައުމީ ސްކޮޑަށް، މެޖޯރިޓީ ރިވައިވަލް ސްޕޯޓްސް އަށް

ގައުމީ ބެޑްމިންޓަން ޓީމު ހޮވުމަށް ބޭއްވި ސިލެކްޝަނުން، 9 ފަހަރު ގައުމީ މުބާރާތުގެ ޗެމްޕިއަން، އަޖުފާން ރަޝީދު ހިމެނޭހެން 12 ކުޅުންތެރިންގެ ސްކޮޑެއް ވަނީ އެކުލަވާލާފައި. މި ސްކޮޑުގެ މެޖޯރިޓީ ނުވަތަ ހަތް ޖާގައެއް ރިވައިވަލް ސްޕޯޓްސް ކްލަބުގެ ކުޅުންތެރިން ހޯދާފައިވާއިރު، މީގެ ތެރޭގައި ރޭންކިންގެ އެއް ވަނަ އަދި ދެ ވަނަ ކުޅުންތެރިންވެސް ހިމެނޭ

Newsletter

Get the latest news delivered straight to your inbox