އޭއައިގެ އެހީގައި ލޮލުގެ ރެޓިނާ ސްކްރީންކުރުމުގެ ހިދުމަތް އައިކެއާއިން ތައާރަފުކޮށްފި

Nov 6, 2026, 7:29 PM
ފޮޓޯ: އައިކެއާ

ފޮޓޯ: އައިކެއާ

އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ޓެކްނޮލޮޖީ ބޭނުންކޮށްގެން ލޮލުގެ ފަށަލަ ނުވަތަ ރެޓިނާ ސްކްރީންކުރުމުގެ ހިދުމަތް، އައިރިސް ކުންފުންޏާ ގުޅިގެން އައިކެއާ ހޮސްޕިޓަލުން ރާއްޖެއަށް ތައާރަފުކޮށްފި އެވެ.

މި ހިދުމަތް ރަސްމީކޮށް އިފްތިތާހުކޮށްދެއްވީ ހުޅުމާލޭ ސެންޓްރަލް ޕާކުގައި މިހާރު ކުރިއަށްދާ މޯލްޑިވްސް ހެލްތު އެންޑް ފެމިލީ އެކްސްޕޯ 2026 ގަ އެވެ. މި ރަސްމިއްޔާތުގައި ހެލްތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަހުމަދު ހަމްދާން ނާސިރާއި އައިކެއާގެ މެނޭޖިން ޑިރެކްޓަރު ޑރ. އަބްދުﷲ ޒާހިރު ބައިވެރިވެވަޑައިގެންނެވި އެވެ.

މިއީ ލޮލުގެ އެކި ބަލިތައް ކުރީކޮޅު ދެނެގަނެ، ފަރުވާއަށް އަވަހަށް ފޮނުވުމަށް މަގުފަހިކުރަން ފެށި ހިދުމަތެކެވެ.

މި ނިޒާމުގެ ދަށުން ހާއްސަ ކެމެރާއަކުން ރެޓިނާގެ ފޮޓޯ ނެގުމަށް ފަހު، އެ ތަސްވީރުތައް ދިރާސާކުރާނީ އައިރިސްގެ ސެލީނާ+ އޭއައި ސިސްޓަމުންނެވެ. މި ސިސްޓަމް މެދުވެރިކޮށް ހަކުރުބަލީގެ ސަބަބުން ލޮލަށް ލިބޭ ގެއްލުމާއި، ކަޅުކުލައިގެ ފެންފޭބުން އަދި އުމުރުން ދުވަސްވުމުން ފެނުމުގެ މައި މަރުކަޒަށް އަންނަ ބަދަލުތައް ދެނެގަނެވެ އެވެ. އަދި އޭއައި ރިޕޯޓުގެ އެހީގައި އަވަސް ފަރުވާ ބޭނުންވާ މީހުން ވަކިކޮށްލަން ޑޮކްޓަރުންނަށް ފަސޭހަވެ އެވެ.

ލޮލުގެ ބައެއް ބަލިތަކަކީ އެއްވެސް އަލާމާތެއް ނުފެނި ކުރިއަރަމުންދާ މައްސަލަތަކަކަށް ވާތީ، ފެނުމަށް ބަދަލެއް އައުމުގެ ކުރިން ބަލި ދެނެގަތުން މުހިންމެވެ. އޭއައި ތަހުލީލުތަކާ އެކު ޑޮކްޓަރުންގެ ހާއްސަ ތަޖުރިބާ އެއްކޮށްލުމުން ފަރުވާއާ ގުޅޭ ނިންމުންތައް ނިންމަން އަވަސްވެ އެވެ.

އައިކެއާއިން ބުނީ އަމާޒަކީ ލޮލުގެ ދުޅަހެޔޮކަން ބެލުމަށް ހަދާ ޓެސްޓުތަކަށް ލުއި ގޮތްތަކެއް ހަމަޖައްސައިދިނުން ކަމަށެވެ. އަދި، އައިކެއާގެ މައި ހޮސްޕިޓަލުން މި ހިދުމަތް ވަރަށް އަވަހަށް ލިބެން ފަށާނެ ކަމަށް ބުންޏެވެ.

އެހާތަނަށް ހެލްތު އެކްސްޕޯގައި ހުންނަ އެ ކުންފުނީގެ ސްޓޯލުން ނޮވެމްބަރު 7 ގެ ނިޔަލަށް ހިލޭ މައުލޫމާތާއި ސްކްރީނިން ތަޖުރިބާކޮށްލެވޭނެ އެވެ. މި ސްޓޯލް ކޮންމެ ދުވަހަކު ވެސް ހަވީރު 4:00 އިން 6:00 އަށް އަދި ރޭގަނޑު 8:00 އިން 11:00 އަށް ހުޅުވާފައި ހުންނާނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދިރާގު އެޕްރެންޓިސްޝިޕް 2027 އަށް ފުރުސަތު ހުޅުވާލައިފި

ޒުވާނުން ވަޒީފާގެ މާހައުލަށް އަހުލުވެރިކޮށް ތަމްރީނު ދިނުމަށް ހިންގާ "ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމް 2027" ގައި ބައިވެރިވުމުގެ ފުރުސަތު 18 އަހަރާއި 30 އަހަރާ ދެމެދުގެ ޒުވާނުންނަށް ހުޅުވާލައިފިއެވެ. މި ޕްރޮގްރާމްގެ ދަށުން މާލެ އާއި އަތޮޅުތެރޭގެ އެކި ސެންޓަރުތަކުގައި ތަފާތު ދާއިރާތަކުން އާމްދަނީ ލިބޭގޮތަށް މަސައްކަތުގެ ތަޖުރިބާ އާއި ހުނަރު ދަސްކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

ވިލާ ކޮލެޖުން އާ ހަތަރު ޕްރޮގްރާމެއް ތައާރަފުކޮށްފި

ވިލާ ކޮލެޖުން ތައުލީމީ، އިންޖިނިއަރިން އަދި ސައިކޮލޮޖީ ދާއިރާއިން މުޅިން އާ ހަތަރު ޕްރޮގްރާމެއް ތައާރަފުކޮށް، އެ ކޯސްތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. އަމަލީ ތަޖުރިބާއަށް އިސްކަންދީގެން ފަރުމާކޮށްފައިވާ މި ކޯސްތަކަށް އަންނަ އަހަރުގެ ޖަނަވަރީ އިންޓޭކަށް ކުރިމަތިލުމުގެ ސުންގަޑިއަކީ 26 ޑިސެމްބަރު 2024 އެވެ.

ރަންނަމާރި ޗެލެންޖަށް މީރު ބުއިންތަކަކާއި މަޖާ ހަރަކާތްތަކެއް

މި ނޮވެމްބަރު 5 އިން 7 އަށް މާލޭ ރާޅުގަނޑު ސަރަހައްދުގައި ބާއްވާ ރަންނަމާރި ޗެލެންޖުގެ ކޯ-ޕާޓްނަރެއްގެ ގޮތުގައި ޔޫރޯ ސްޓޯރުން ބައިވެރިވެ، ތަފާތު ކެއުންތަކާއި ހަރަކާތްތައް ކުރިއަށްގެންދިއުމަށް ވަނީ ނިންމާފައެވެ. މިގޮތުން އެ ސަރަހައްދުގައި ބަހައްޓާ ކިއޮސްކުން ކޮފީ އާއި ޖެލާޓޯ ފަދަ ތަކެތި ލިބެން ހުންނައިރު، އިނާމު ލިބޭ ކުޅިވަރުތަކާއި ކުޑަކުދިންނަށް ޚާއްސަ ހަރަކާތްތައް ވެސް ކުރިއަށްދާނެއެވެ.

ގަންނަ ކޮންމެ ލެނޯވޯ ލެޕްޓޮޕަކާއެކު ހަދިޔާ ލިބޭ ޕްރޮމޯޝަނެއް

އަހަރު ނިމުމާ ދިމާކޮށް ސިމްޑީން ފެށި މި ޕްރޮމޯޝަންގައި، ޑިސެމްބަރު 31 ގެ ނިޔަލަށް ލެނޯވޯގެ އައު މޮޑެލްތަކުގެ ލެޕްޓޮޕް ގަންނަ ފަރާތްތަކަށް ހިލޭ ޕްރިންޓަރަކާއި ބެކްޕެކެއް ލިބޭނެއެވެ. މި ޕްރޮމޯޝަންގެ މަގުސަދަކީ ކިޔަވާ ދަރިވަރުންނާއި މަސައްކަތްތެރިންނަށް އެންމެ ފަހުގެ އައި.އޭ ޓެކްނޮލޮޖީގެ ލެޕްޓޮޕްތައް ފަސޭހަކަމާއެކު ފޯރުކޮށްދިނުމެވެ.

ބީއެމްއެލްގެ ސުކޫކަށް ސަރުކާރުން ގެރެންޓީ ދެނީ

ބީއެމްއެލް އިން ބޭރުގެ އިންވެސްޓަރުންނަށް ވިއްކާ 300 މިލިއަން ޑޮލަރުގެ ސުކޫކަށް ސޮވްރިން ގެރެންޓީ ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ދައުލަތުގެ ގެރެންޓީ ދަރަނީގެ އަމާޒުތައް ވަނީ މުރާޖައާކޮށްފަ. މި ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްގީކޮށް އިގުތިސޯދީ ފުރުސަތުތައް ފުޅާކުރުމަށް.

އިގުތިސޯދީ ދުވެލި ޕަސެންޓަކަށް ވުރެ ދަށް ވެދާނެ!

ރާއްޖޭގެ އިގުތިސޯދީ ދުވެލި ކުރިން ލަފާކުރި 5.3 އިންސައްތައިން 0.6 އާއި 1.8 އިންސައްތައާ ދެމެދުގެ މިންވަރަކަށް ދަށްވާނެ ކަމަށް ޒަރީރު ވިދާޅުވި. މިއީ ދަތުރުފަތުރަށް ބުރޫއަރައި ތެލުގެ އަގު އުފުލުމުގެ ސަބަބުން ރާއްޖޭގެ މާލިއްޔަތަށް ކުރިމަތިވި ބޮޑު ގޮންޖެހުމެއް ކަމަށާއި، ނަމަވެސް އަންނަ އަހަރު އިގުތިސޯދު އިޔާދަވާނެ ކަމަށް ޒަރީރު ވިދާޅުވި.

ދިރާގު އެލީޓްކްލަބް+ ތައާރަފުކޮށްފި

ދިރާގުގެ ހުރިހާ މޮބައިލް ކަސްޓަމަރުންނަށް ބައިވެރިވެވޭ ގޮތަށް "ދިރާގު އެލީޓްކްލަބް+" މިއަދު ތައާރަފުކޮށްފި. މި ޕްރޮގްރާމްގެ ދަށުން 100 އަށް ވުރެ ގިނަ ތަނުން ޑިސްކައުންޓް ލިބޭއިރު، ހިދުމަތްތަކަށް ހޭދަކުރާ ވަރަކަށް ޕޮއިންޓް އެއްކުރެވޭނެ. އަދި މި ޕޮއިންޓްތައް ބޭނުންކޮށްގެން ހިލޭ ޑޭޓާ އާއި ގިފްޓް ކާޑު ފަދަ އިނާމުތައް ލިބޭނެ.

Newsletter

Get the latest news delivered straight to your inbox