ގްލޮކޯމާގެ ފުރަތަމަ ދިވެހި ސަބްސްޕެޝަލިސްޓް އައިކެއާ ހޮސްޕިޓަލަށް

Jul 22, 2026, 7:00 AM
ރާއްޖޭގެ ފުރަތަމަ ގްލޮކޯމާ ސަބްސްޕެޝަލިސްޓް އައިކެއާ ހޮސްޕިޓަލުގައި

ރާއްޖޭގެ ފުރަތަމަ ގްލޮކޯމާ ސަބްސްޕެޝަލިސްޓް އައިކެއާ ހޮސްޕިޓަލުގައި

ރާއްޖޭގައި ފުޅާދާއިރާއެއްގައި ލޮލުގެ ފަރުވާގެ ހިދުމަތް ދެމުން އަންނަ އައިކެއާ ހޮސްޕިޓަލަށް، ގްލޮކޯމާ ބައްޔަށް ހާއްސަ ފުރަތަމަ ދިވެހި ސަބްސްޕެޝަލިސްޓް ޑރ. އަލްމާސް އަދުނާން އިސްމާއިލް ގުޅިވަޑައިގެންފިއެވެ.

ޑރ. އަލްމާސް އައިކެއާއާ ގުޅިވަޑައިގެންފައިވަނީ ކޮންސަލްޓަންޓް އޮފްތަލްމޮލޮޖިސްޓެއްގެ ގޮތުގައެވެ.

ބަންގްލަދޭޝްގެ ޑާކާގައި ހުންނަ ވިޒަން އައި ހޮސްޕިޓަލުން ގްލޮކޯމާގެ ރޮނގުން ފެލޯޝިޕް ފުރިހަމަކުރައްވާފައިވާ ޑރ. އަލްމާސް ވަނީ 'މިނިމަލީ އިންވޭސިވް ގްލޮކޯމާ ސާޖަރީ' އަދި ފެކޯއެމަލްސިފިކޭޝަންގެ ދާއިރާއިން ކުރިއަރާފައިވާ ތަމްރީނުތައް ފުރިހަމަކުރައްވައި، އިންޓަނޭޝަނަލް ކައުންސިލް އޮފް އޮފްތަލްމޮލޮޖީ އިމްތިހާނުގެ ދެ ބައިވެސް ކާމިޔާބު ކުރައްވާފަ އެވެ.

މިނިމަލީ އިންވޭސިވް ގްލޮކޯމާ ސާޖަރީއަކީ ލޮލަށް ދެވޭ އަނިޔާ ނުވަތަ ކެފުން ވަރަށް ކުޑަކޮށް، ގްލޮކޯމާއަށް ފަރުވާކުރުމަށް ބޭނުންކުރާ ޒަމާނީ ސާޖަރީއެކެވެ. މި ސާޖަރީގެ މައިގަނޑު ބޭނުމަކީ ލޮލުގެ އެތެރޭގައި އުފެދޭ ދިޔަވަރު ބޭރުވާ މަގުތައް ހުޅުވާލައި، ލޮލުގެ ޕްރެޝަރު ކުޑަކޮށްގެން ނާރަށް ލިބޭ ގެއްލުން ހުއްޓުވުމެވެ.

މީގެ އިތުރުން، ބައިނަލްއަގުވާމީ ލޮލުގެ ބަލިތަކާބެހޭ ކޮންފަރެންސްތަކުގައި މިހާރުވެސް އަމަލީގޮތުން ބައިވެރިވެވަޑައިގަންނަވާ ޑރ. އަލްމާސް ބައްލަވަމުން ދާނީ އައިކެއާ ހޮސްޕިޓަލުގެ ހުޅުމާލެ އެނެކްސްގައެވެ.

ގްލޮކޯމާއަކީ ދުނިޔޭގެ ނިސްބަތުންވެސް މީހުންގެ ފެނުން ދާއިމީކޮށް ގެއްލެން މެދުވެރިވާ އެންމެ ބޮޑު އެއް ސަބަބެވެ. "ހިމޭން ދުޝްމަނު" ގެ ގޮތުގައި މަޝްހޫރުވެފައިވާ މި ބައްޔަކީ، އެއްވެސް އަލާމާތެއް ނުފެނި މަޑުމަޑުން ފެނުން ދަށްވަމުން ގޮސް، ބޮޑުބައެއް ގެއްލޭއިރުވެސް ނޭނގި އޮވެދާނެ ބައްޔެއްކަމުން، ބަލި އަވަހަށް ދެނެގަނެ އެކަށީގެންވާ ފަރުވާ ދިނުމަކީ ފެނުން ސަލާމަތްކުރުމަށް ކޮންމެހެން މުހިންމު ކަމެކެވެ.

ޑރ. އަލްމާސް އަށް ދެއްކުމަށް ބޭނުންވާ ފަރާތްތަކުން އައިކެއަރ ހޮސްޕިޓަލުގެ ވެބްސައިޓް https://eyecarehospital.mv/ މެދުވެރިކޮށް ނުވަތަ 7201026 އަށް ވަޓްސްއަޕް ނުވަތަ ވައިބަރ މެދުވެރިކޮށް އެޕޮއިންޓްމަންޓް ބުކް ކުރެވޭނެއެވެ.

ފަހުގެ ޚަބަރު

އެމްއައިބީގެ އީޖީއެމްގައި ބޯޑަށް ދެ މެންބަރަކު އައްޔަންކޮށްފި

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގެ ބޯޑުގައި ހުސްވެފައިވާ މަގާމުތަކަށް ހަސަން މަހޫދު އާއި އިޔާޒު ވަހީދު މިއަދު ބޭއްވި ހާއްސަ އާންމު ޖަލްސާގައި އައްޔަންކޮށްފިއެވެ. "ފަހިވޯޓު" މެދުވެރިކޮށް ބޭއްވި މި ޖަލްސާގައި ބޭންކުގެ 71.73 އިންސައްތަ ހިއްސާދާރުން ބައިވެރިވެފައިވާއިރު، އަލަށް އައްޔަންކުރި މެންބަރުންނަކީ މާލީ އަދި އިގްތިސާދީ ދާއިރާގެ ތަޖުރިބާކާރު ބޭފުޅުންނެވެ.

ޓޯޓަލް ފިޒިއޯގެ އަހަރީ ދުވަހާ ގުޅުވައިގެން ހާއްސަ ޕްރޮމޯޝަނެއް

ނޮވެމްބަރު 9 އިން 30 އަށް ކުރިއަށްދާ މި ޕްރޮމޯޝަންގެ ދަށުން ކޮންމެ ބަލިމީހަކަށްވެސް އެކަށީގެންވާ ވަގުތާއި ސަމާލުކަން ދީގެން ފަރުވާ ފޯރުކޮށްދިނުމަށް ވަނީ އަމާޒު ހިފާފައެވެ. މި ޕެކޭޖް ބޭނުންކުރުމުގެ ކުރިން ހަދަންޖެހޭ އިނީޝަލް ކޮންސަލްޓޭޝަނަށް ވަކިން ފީއެއް ނަގާނެއެވެ.

ވިލާ ކޮލެޖުން ކްރިމިނަލް ޖަސްޓިސް ޕްރޮގްރާމް ތައާރަފުކޮށްފި

ވިލާ ކޮލެޖުން ޖިނާއީ އަދާލަތުގެ ދާއިރާއިން މީހުން ބިނާކުރުމަށްޓަކައި ތިން އަހަރު ދުވަހުގެ 'ބެޗެލަރ އޮފް ކްރިމިނަލް ޖަސްޓިސް' ޕްރޮގްރާމް އަލަށް ތައާރަފުކޮށްފިއެވެ. އަންނަ ޖެނުއަރީ މަހު ފެށުމަށް ހަމަޖެހިފައިވާ މި ކޯހުގައި ކްރިމިނޮލޮޖީއާއި ފޮރެންސިކް ސައިންސް ފަދަ މުހިންމު މާއްދާތައް އަމަލީ ހުނަރާއެކު އުނގަންނައިދޭނެއެވެ.

ބްލޫ މެރީނާ ވިއު: 120 މިލިއަން ރުފިޔާގެ ބޮންޑެއް ހުޅުވާލައިފި

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އާރްސީސީން ތަރައްގީކުރާ "ބްލޫ މެރީނާ ވިއު" މަޝްރޫއަށް ބޭނުންވާ 120 މިލިއަން ރުފިޔާ ހޯދުމަށްޓަކައި، 5 އަހަރުގެ މުއްދަތަށް ޚާއްސަ ބޮންޑެއް ވިއްކަން ފަށައިފިއެވެ. އަހަރަކު 8.5 ޕަސެންޓުގެ ފައިދާ ލިބޭ މި ބޮންޑުގައި އިންވެސްޓްކުރުމުގެ ފުރުސަތު އެންމެ ކުޑަވެގެން 10،000 ރުފިޔާއިން ފެށިގެން މިހާރު ވަނީ ހުޅުވާލާފައެވެ.

އައިލެންޑް އޭވިއޭޝަނަށް ކޮވިޑު ފަހުން ފައިދާވެއްޖެ

ކޮވިޑަށްފަހު ޖެހިޖެހިގެން ފަސް އަހަރު ގެއްލުމުގައި ހިންގުމަށްފަހު، މިދިޔަ އަހަރު އައިލެންޑް އޭވިއޭޝަނަށް 181.9 މިލިއަން ރުފިޔާގެ ސާފު ފައިދާއެއް ވެއްޖެ. ނަމަވެސް ސަރުކާރުން ދިން ގާތްގަނޑަކަށް 400 މިލިއަންގެ އެހީތެރިކަން ނުލައި ހިސާބުކޮށްފި ނަމަ، އެ ކުންފުންޏަށް ޓެކުހުގެ ކުރިން 170 މިލިއަން ރުފިޔާގެ ގެއްލުމެއް ވާނެ ކަމަށް އޮޑިޓުން ދައްކާ.

ކެއާވަން ކްލިނިކަށް ކިމްސްގެ ޑޮކްޓަރުންގެ ޓީމެއް

އިންޑިއާގެ ކިމްސް ހޮސްޕިޓަލުގެ 10 ދާއިރާއަކުން ޚާއްސަ ޑޮކްޓަރުންގެ ޓީމެއް މި މަހު ކެއާވަން ކްލިނިކުގައި ބަލިމީހުން ބެއްލެވުމަށް ވަނީ ހަމަޖެހިފައެވެ. މި ޚިދުމަތްތަކަށް އާސަންދަ އާއި އެކި އިންޝުއަރެންސްތައް މެދުވެރިކޮށް ފަރުވާ ހޯދޭނެ ކަމަށް އެ ކްލިނިކުން ބުނެއެވެ. އެޕޮއިންޓްމަންޓް ހެއްދެވުމަށް 9233335 ނުވަތަ 9233336 ނަންބަރަށް ގުޅުއްވައިގެން ކުރިއަށް ގެންދެވޭނެއެވެ.

ރަޝިއާއަށް ހާއްސަ ސިޔާސަތެއް ނުގެންގުޅެން: ބީއެމްއެލް

ބީއެމްއެލްއިން ބުނީ ރަޝިއާގެ އެއްވެސް މީޑިއާއަށް މައުލޫމާތު ނުދޭ ކަމަށް. އަދި އެ ގައުމަށް އަމާޒުކޮށް ވަކި ހާއްސަ ސިޔާސަތެއް ނުގެންގުޅޭ ކަމަށް ވެސް ބުނި. ބީއެމްއެލްއިން ބުނި ގޮތުގައި ބޭރު ފައިސާގެ މުއާމަލާތްތައް ނިންމުމުގައި ބަރޯސާވަނީ ބައިނަލްއަގުވާމީ ކޮރެސްޕޮންޑެންޓް ބޭންކުތަކުގެ ކޮމްޕްލަޔަންސް ސިޔާސަތުތަކަށް.

Newsletter

Get the latest news delivered straight to your inbox