ލޮލުގެ ބަލިތަކަށް ހާއްސަ ޑރ. ސޯފިޔާ މަކަޖޫ އައިކެއާ ހޮސްޕިޓަލުގައި

Sep 1, 2026, 8:00 AM
ލޮލުގެ ބަލިތަކާ ބެހޭ ތަޖުރިބާކާރު ޑޮކްޓަރު  ސޯފިއާ މަކަޖޫއައިކެއާ ހޮސްޕިޓަލާ ގުޅިވަޑައިގެންފި

ލޮލުގެ ބަލިތަކާ ބެހޭ ތަޖުރިބާކާރު ޑޮކްޓަރު ސޯފިއާ މަކަޖޫއައިކެއާ ހޮސްޕިޓަލާ ގުޅިވަޑައިގެންފި

ރާއްޖޭގައި ފެންވަރު ރަނގަޅު ލޮލުގެ ފަރުވާ ފޯރުކޮށްދިނުމަށް އައިކެއާ ހޮސްޕިޓަލުން ކުރަމުންދާ މަސައްކަތުގެ ދަށުން، އެ ހޮސްޕިޓަލުގެ ލޮލުގެ ބަލިތަކަށް ހާއްސަ ޑޮކްޓަރުންގެ ޓީމާ ޑރ. ސޯފިޔާ މަކަޖޫ ގުޅިވަޑައިގެންފި އެވެ.

ޑރ. ސޯފިޔާއަކީ ލޮލުގެ ބަލިތައް ދެނެގަތުމާއި، އެކި ބަލިތަކަށް ފަރުވާ ދިނުމުގެ އިތުރުން ލޮލުގެ އޮޕަރޭޝަންތައް ކުރުމުގެ ފަންނީ ތަމްރީނާއި ތަޖުރިބާ ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ. އެގޮތުން މަނީޕާލް ކޮލެޖް އޮފް މެޑިކަލް ސައިންސަސް އިން މާސްޓާ އޮފް ސާޖަރީ (އެމް.އެސް) އިން އޮފްތަލްމޮލޮޖީ ގެ އިތުރުން ނޭޕާލްގެ ޕޮކަރާގައި ހުންނަ ހިމާލަޔަން އައި ހޮސްޕިޓަލުގައި 'ފެލޯޝިޕް އިން އެންޓީރިއާ ސެގްމަންޓް' ވެސް ވަނީ ފުރިހަމަކުރައްވާފަ އެވެ.

ހާއްސަ ތަމްރީނުތަކުގެ ތެރެއިން ޑރ. ސޯފިޔާ ވަނީ ކަތުމަންޑޫގެ ތިލްގަންގާ އިންސްޓިޓިއުޓް އޮފް އޮފްތަލްމޮލޮޖީގެ ސަބްސްޕެޝަލިޓީ ދާއިރާތަކުން ތަޖުރިބާ ހޯއްދަވާފަ އެވެ. މީގެ އިތުރުން ހިމާލަޔަން އައި ހޮސްޕިޓަލުގެ ހާއްސަ ކްލިނިކްތަކާއި އޮޕަރޭޝަން ތިއޭޓަރުތަކުގައި އަމަލީ ތަމްރީނުތައް ފުރިހަމަކުރައްވާފައިވެ އެވެ.

ލޮލުގެ ބަލިތަކުގެ ތަމްރީނު ފުރިހަމަކުރެއްވުމުގައި ދެއްކެވި ފާހަގަކޮށްލެވޭ ނަތީޖާއަށްޓަކައި، ޑރ. ސޯފިޔާއަށް ވަނީ 'ޕްރޮފެސަރ ޑރ. ރާމް ޕްރަސާދު ޕޮކަރޭލް (އާންކާ ބާ) އެން.އޯ.އެސް ވައި.އޯ ބެސްޓް ރެސިޑެންޓް އެވޯޑް 2025' ލިބިވަޑައިގެންފަ އެވެ.

ޑރ. ސޯފިޔާ އައިކެއާގެ ޓީމާ ގުޅިވަޑައިގަތުމަކީ، ފެންވަރު ރަނގަޅު ލޮލުގެ ފަރުވާ ވީހާވެސް ގިނަ ރައްޔިތުންނަށް ފޯރުކޮށްދިނުމަށް އައިކެއާއިން ކުރަމުންދާ މަސައްކަތަށް ލިބިގެންދިޔަ އިތުރު ކުރިއެރުމެކެވެ.

ޑރ. ސޯފިޔާ ބައްލަވާނީ މާލޭގައި ހުންނަ އައިކެއާ ހޮސްޕިޓަލުގެ އިތުރުން ހުޅުމާލޭގައި ހުންނަ އައިކެއާ ހޮސްޕިޓަލް އެނެކްސްގައެވެ. ޑރ. ސޯފިޔާއަށް ދެއްކުމަށް ބޭނުންވާ ފަރާތްތަކުން އައިކެއާ ހޮސްޕިޓަލުގެ ވެބްސައިޓް https://eyecarehospital.mv/ މެދުވެރިކޮށް ނުވަތަ 7201026 އަށް ވަޓްސްއަޕް ނުވަތަ ވައިބާ މެދުވެރިކޮށް އެޕޮއިންޓްމަންޓް ބުކް ކުރެވޭނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިގުތިސޯދީ ދުވެލި ޕަސެންޓަކަށް ވުރެ ދަށް ވެދާނެ!

ރާއްޖޭގެ އިގުތިސޯދީ ދުވެލި ކުރިން ލަފާކުރި 5.3 އިންސައްތައިން 0.6 އާއި 1.8 އިންސައްތައާ ދެމެދުގެ މިންވަރަކަށް ދަށްވާނެ ކަމަށް ޒަރީރު ވިދާޅުވި. މިއީ ދަތުރުފަތުރަށް ބުރޫއަރައި ތެލުގެ އަގު އުފުލުމުގެ ސަބަބުން ރާއްޖޭގެ މާލިއްޔަތަށް ކުރިމަތިވި ބޮޑު ގޮންޖެހުމެއް ކަމަށާއި، ނަމަވެސް އަންނަ އަހަރު އިގުތިސޯދު އިޔާދަވާނެ ކަމަށް ޒަރީރު ވިދާޅުވި.

ދިރާގު އެލީޓްކްލަބް+ ތައާރަފުކޮށްފި

ދިރާގުގެ ހުރިހާ މޮބައިލް ކަސްޓަމަރުންނަށް ބައިވެރިވެވޭ ގޮތަށް "ދިރާގު އެލީޓްކްލަބް+" މިއަދު ތައާރަފުކޮށްފި. މި ޕްރޮގްރާމްގެ ދަށުން 100 އަށް ވުރެ ގިނަ ތަނުން ޑިސްކައުންޓް ލިބޭއިރު، ހިދުމަތްތަކަށް ހޭދަކުރާ ވަރަކަށް ޕޮއިންޓް އެއްކުރެވޭނެ. އަދި މި ޕޮއިންޓްތައް ބޭނުންކޮށްގެން ހިލޭ ޑޭޓާ އާއި ގިފްޓް ކާޑު ފަދަ އިނާމުތައް ލިބޭނެ.

ރެފްކޫލްގެ ރޯދަ ސޭލް އުމްރާ ދަތުރަކާއެކު އަންނަ މަހުގެ 7 ގައި

ރެފްކޫލްގެ ރޯދަ ސޭލް ބޮޑެތި ޑިސްކައުންޓުތަކަކާއި އުމްރާ ދަތުރެއް ހިމެނޭ ބޮޑު އިނާމަކާއެކު އަންނަ މަހުގެ 7 ގައި ފެށުމަށް ވަނީ ނިންމާފަ. މި ޕްރޮމޯޝަންގައި ގްރީ އަދި އެލްޖީ ބްރޭންޑްގެ އުފެއްދުންތަކުން ހާއްސަ އަގުތަކެއް ލިބޭއިރު، ކޮންމެ 500 ރުފިޔާގެ ވިޔަފާރިއަކަށް ގުރުއަތު ކޫޕަނެއް ލިބޭނެ.

ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ވެއްޓިދާނެ: ދިރާސާ

މޫސުމީ ބަދަލުތަކުގެ ސަބަބުން މި ގަރުނު ނިމޭއިރު ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ދަށަށްދާނެ ކަމަށް ދިރާސާއަކުން ދައްކައިފި. ކަނޑުގެ ފިނިހޫނުމިން މަތިވުމުގެ ސަބަބުން މަސް އައިންތައް ދުރު ސަރަހައްދުތަކަށް ހިޖުރަކުރާތީ، މަސްވެރިންނަށް ބޮޑެތި ހަރަދުތަކާއި ތަކުލީފުތަކާ ކުރިމަތިލާން ޖެހިފައިވާކަން މި ދިރާސާއިން ފާހަގަކޮށްފައިވޭ.

ވިލާ ކޮލެޖުން 2027 ޖަނަވަރީ އިންޓޭކަށް ހުޅުވާލައިފި

ވިލާ ކޮލެޖުގެ ޖަނަވަރީ 2027 އިންޓޭކަށް، ސެޓްފިކެޓް ލެވެލްއިން ފެށިގެން މާސްޓަރސް ޑިގްރީއާ ހަމައަށް 100 އަށްވުރެ ގިނަ ޕްރޮގްރާމްތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މީގެ ތެރޭގައި އެ ކޮލެޖުގެ އަމިއްލަ ކޯސްތަކުގެ އިތުރުން، އިނގިރޭސިވިލާތާއި މެލޭޝިއާގެ މަޝްހޫރު ޔުނިވަރސިޓީތަކާ ގުޅިގެން ހިންގާ ބައިނަލްއަޤްވާމީ ފެންވަރުގެ ގިނަ ދާއިރާތަކެއްގެ ޕްރޮގްރާމްތައް ހިމެނެއެވެ.

ދިރާގުން އެލީޓް ކްލަބް ޕާޓްނަރުންނަށް ޝުކުރު އަދާކޮށްފި

ދިރާގު އެލީޓް ކްލަބްގެ ކާމިޔާބީގައި ހިއްސާވާ ޕާޓްނަރުންގެ އަގުވަޒަންކުރުމަށްޓަކައި ދުސިތްޑީ2 ރިސޯޓުގައި ހާއްސަ އިވެންޓެއް ބާއްވައި، އެ ފަރާތްތަކަށް އެވޯޑު ހަވާލުކޮށްފިއެވެ. މި ހަފްލާގައި އެލީޓް ކްލަބްގެ ކުރިމަގަށް ރޭވިފައިވާ ކަންކަމާއި، މި ހިދުމަތް ޑިޖިޓަލައިޒްކޮށް އިތުރަށް ފުޅާކުރުމާ ގުޅޭ މައުލޫމާތު ޕާޓްނަރުންނާ ހިއްސާކުރިއެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލުގެ މަސައްކަތުގެ ދުވެލި ލަސް: އޮޑިޓު

ޓެކްސް އެޕީލް ޓްރައިބިއުނަލަށް މިދިޔަ އަހަރު އަލަށް ހުށަހެޅުނު 28 މައްސަލައިގެ ތެރެއިން ރަޖިސްޓްރީކުރީ 25 މައްސަލައެއް. ނަމަވެސް، އެ އަހަރުގެ ތެރޭގައި އެ ޓްރައިބިއުނަލަށް މައުލޫއީ ގޮތުން ބަލައި ނިންމުނީ އެންމެ 16 މައްސަލަ ކަމަށް ވުމުން، އަހަރު ނިމުނުއިރު ނުނިމި 57 މައްސަލަ އޮތް.

Newsletter

Get the latest news delivered straight to your inbox