ޑރ. އަދީބު ކިޔައިދެނީ ލޮލުގެ ފެނުން މުޅިން ގެއްލިދާނެ ކެރަޓޯކޯނަސްގެ ނުރައްކާ

ޑޮކްޓަރު މުހައްމަދު އަދީބު އުއްދީން: އޭނާ ވިދާޅުވީ ކެރަޓޯކޯނަސް ބަލި ހުއްޓުވުމަށްޓަކައި ބަލި ދެނެގަނެ އަވަހަށް ފަރުވާ ހޯދުން މުހިންމު ކަމަށް -- ފޮޓޯ: އަދަދު

ޑޮކްޓަރު މުހައްމަދު އަދީބު އުއްދީން: އޭނާ ވިދާޅުވީ ކެރަޓޯކޯނަސް ބަލި ހުއްޓުވުމަށްޓަކައި ބަލި ދެނެގަނެ އަވަހަށް ފަރުވާ ހޯދުން މުހިންމު ކަމަށް -- ފޮޓޯ: އަދަދު

ލޮލުގެ ކަޅުކަޅި ނުވަތަ ކޯނިއާގެ ބައްޓަމަށް އަންނަ ބަދަލެއްގެ ސަބަބުން ފެނުމަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވާ ކެރަޓޯކޯނަސް ބައްޔަކީ ފެނުމުން މަހުރޫމުވެދާނެ ފަދަ ނުރައްކާތެރި ހާލަތެކެވެ.

މި ބަލީގެ ސަބަބުން ލޮލުގެ ނަންބަރު އަވަސް އަވަހަށް ބަދަލުވުމާއި، ފެންނަ ތަކެތި ފުސްވުމާއި، އެއްޗެހި ދެބައިވެގެން ފެނުމުގެ އިތުރުން އަލިގަދަ ތަންތަނަށް ބަލަން އުނދަގޫވުން ފަދަ ކަންކަން މެދުވެރިވެ އެވެ.

އައިކެއާގެ ލޮލުގެ ބަލިތަކާ ބެހޭ ހާއްސަ ޑޮކްޓަރު މުހައްމަދު އަދީބު އުއްދީން އަދަދު އަށް ވިދާޅުވީ ފެނުމުން މަހުރޫމުވުމުގެ ނުރައްކާ އޮތް މި ބަލި ހުއްޓުވުމަށްޓަކައި ބަލި ދެނެގަނެ ފަރުވާ ހޯދުން މުހިންމު ކަމަށެވެ. 

"މި ބަލީގެ ފަރުވާގައި އެންމެ ކާމިޔާބު ނަތީޖާއެއް ލިބެނީ ބަލީގެ ކުރީކޮޅު ފަރުވާ ފަށައިގެން. ބަލި ބޮޑުވެ ފެނުން މުޅިން ގެއްލުމަށްފަހު އަލުން ފެނުން އަނބުރާ ހޯދުމަކީ ވަރަށް އުނދަގޫ ކަމެއް،" އޭނާ ވިދާޅުވި އެވެ. 

ޑރ. އަދީބު ވިދާޅުވި ގޮތުގައި މި ބަލީގެ އަލާމާތްތައް އާންމުކޮށް ފެންނަން ފަށަނީ ފުރާވަރުގެ ކުރީކޮޅުގަ އެވެ. ނަމަވެސް ބައެއް ހާލަތްތަކުގައި އުމުރުން އެންމެ ހަ އަހަރުގެ ކުދިންގެ ކިބައިން ވެސް މި ބަލި ފެނިފައިވާ ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.

ހޫނުގަދަ އަދި ހިރަފުސް ގަދަ ސަރަހައްދުތަކުގައި ދިރިއުޅޭ މީހުންގެ ލޯ ހިކުމުގެ ސަބަބުން ލޯ އުނގުޅުމުގެ އާދަ ހުންނަ ކަމަށާއި، މިއީ ކޯނިއާގެ ބައްޓަން ބަދަލުވުމަށް މަގުފަހިވާ ކަމެއް ކަމަށް ޑޮކްޓަރު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ބަލި އިތުރަށް ގޯސްވުމަށް ދިމާވާ އެންމެ ބޮޑު އެއް ސަބަބަކީ ގަދައަށް ލޯ އުނގުޅުމެވެ.

ބަލި ޖެހޭ މީހުންގެ ތެރެއިން ގާތްގަނޑަކަށް 10 ޕަސަންޓު މީހުންނަކީ އާއިލީ ގޮތުން މި ބަލީގެ ތާރީހު އޮންނަ މީހުން ކަމަށްވާއިރު، ބަލި ދެނެގަތުމަށްޓަކައި ލޮލުގެ ސްކޭންތަކާއި ޓެސްޓުތައް ހެދުން މުހިންމެވެ. ހާއްސަކޮށް ލޮލުގެ ނަންބަރުގައި ސިލިންޑަރު ނަންބަރު މަތިކޮށް ހުންނަ ނަމަ، އެއީ ކެރަޓޯކޯނަސް ކަމަށް ޝައްކުކޮށް އިތުރަށް ބަލަންޖެހެ އެވެ.

ކެރަޓޯކޯނަސްގެ ފަރުވާގެ ތެރޭގައި ހާޑް ކޮންޓެކްޓް ލެންސް ބޭނުންކުރުމާއި، ކޮލަޖަން ކްރޮސް ލިންކިން ފަދަ ފަހުގެ ފަރުވާތައް ހިމެނެ އެވެ. ކޮލަޖަން ކްރޮސް ލިންކިން އަކީ މިހާރު މި ބައްޔަށް ދެވޭ އެންމެ އިތުބާރު ހުރި ފަރުވާ ކަމަށާއި، މީގެ ސަބަބުން ބަލި އިތުރަށް ގޯސްވުން ހުއްޓުވައިދޭ ކަމަށް ޑޮކްޓަރު ވިދާޅުވި އެވެ. މި ފަރުވާގެ ކާމިޔާބީގެ ނިސްބަތް 90 ޕަސަންޓަށްވުރެ މަތިކަން ވެސް އޭނާ ފާހަގަކުރެއްވި އެވެ.

ބަލި ވަރަށް ބޮޑަށް ގޯސްވެފައިވާ ހާލަތްތަކުގައި ކޯނިއާ ބަދަލުކުރުން ނުވަތަ ޓްރާންސްޕްލާންޓް ހަދަން ޖެހުނު ނަމަވެސް، އެއީ ފުރިހަމަ ޔަގީންކަމެއް އޮތް ކަމެއް ނޫން ކަމަށް ޑޮކްޓަރު ވިދާޅުވި އެވެ. އެހެންކަމުން އޭނާ ވިދާޅުވީ ލޯ އުނގުޅުމުގެ އާދަ ހުންނަ މީހުންނާއި އާއިލާގައި މި ބަލީގެ ތާރީހު އޮންނަ މީހުން ގަވާއިދުން ލޯ ޗެކްކުރުމަކީ ފެނުން ރައްކާތެރިކުރުމަށްޓަކައި ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ގެދޮރު ލޯނުގެ އިކުއިޓީ އަށް 750 މިލިއަން ބަޖެޓުގައި ހިމަނައިފި

މި ސްކީމުގެ ދަށުން ކޮންމެ މީހަކަށް ދެ ލައްކަ ރުފިޔާގެ އެހީ ލިބޭއިރު، މިއީ ހިޔާވެހި ފައިނޭންސިން ސްކީމުގެ ޑައުންޕޭމަންޓު ދައްކަން ދަތިވާ ފަރާތްތަކަށް އެހީވުމަށް ތައާރަފުކުރި ފުރުސަތެއް. އަންނަ އަހަރުގެ ބަޖެޓުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ޖުމްލަ ތިން ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފަ.

ރަސްމާލެ މަޝްރޫއުގެ ތަފްސީލު ހާމަކުރަންޖެހޭނެ: ފައިސަލް

ރަސްމާލޭގައި ޔޫއޭއީގެ އީގަލް ހިލްސްއިން ހިންގާ މަޝްރޫއުގެ ތަފްސީލުތައް ދެފުށް ފެންނަ ގޮތަށް ހާމަކުރުމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމާއި މޭޔަރު އާދަމް އަޒީމް ގޮވާލައްވައި މި މަޝްރޫއުގެ ސަބަބުން ރާއްޖޭގެ ދީނީ ވަހުދަތަށާއި، އިޖުތިމާއީ އަދި މާލީ ހަމަޖެހުމަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެދާނެ ކަމުގެ ކަންބޮޑުވުން އެ ބޭފުޅުން ވަނީ ފާޅުކޮށްފައި.

"ޔަހޫދީން ވަޒަންވެރިކުރުވުމަކީ ރައީސަށް ލިބިގެންވާ ބާރެއް ނޫން."

ރަސްމާލޭގައި ޣައިރު މުސްލިމުން ވަޒަންވެރިކުރުވުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ދުސްތޫރީ ބާރެއް ނޫން ކަމަށާއި، އެއީ ހަމައެކަނި ރައްޔިތުންނަށް އޮތް ބާރެއް ކަމަށާއި ރައްޔިތުންގެ ސިޔާދަތާ ގުޅުންހުރި ބޮޑެތި ކަންކަމުގައި ތާއީދުކުރުމާއި ނުކުރުމުގެ އެއްވެސް މެންޑޭޓެއް ސަލަފު ޖަމިއްޔާއަށް ލިބިގެން ނުވާ ކަމަށް ޑރ. އަހްމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެ.

މާލޭގެ ޓްރެފިކް ބެލެހެއްޓުން އޭއައިއަށް ދޫކޮށްލަނީ

މާލޭގެ މަގުތައް ތޮއްޖެހުމުގެ މައްސަލައަށް އޭއައި ޓެކްނޮލޮޖީ ބޭނުންކޮށްގެން ދާއިމީ ހައްލެއް ހޯދުމުގެ މަޝްރޫއެއް 2027 ވަނަ އަހަރުގެ ބަޖެޓުގައި ސަރުކާރުން ހިމަނައިފި. މީގެ އިތުރުން ދައުލަތުގެ ޚިދުމަތްތައް ޑިޖިޓަލައިޒް ކުރުމުގެ ގޮތުން ނޭޝަނަލް ޑޭޓާ ސެންޓަރަކާއި ސްމާޓް ކާޑުގެ ނިޒާމެއް ގާއިމުކުރުމަށް ވެސް ވަނީ ނިންމާފަ.

އަންނަ އަހަރު ސުކޫކެއް ނޫނީ ބޮންޑެއް ވިއްކަން ހިމަނައިފި

ވޭތުވެދިޔަ އަހަރުތަކުގައި މިފަދަ ޕްލޭންތައް ކާމިޔާބުވެފައި ނުވި ނަމަވެސް، ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ބޭރުގެ ބާޒާރުން ޖުމްލަ 625 މިލިއަން ޑޮލަރު ހޯދުމަށް ސަރުކާރުން އަމާޒު ހިފާފައިވޭ.

މުއިއްޒު މަސައްކަތް ކުރަނީ ޒަޔަނިޒަމް ދިރުވަން: އަލީ ހުސައިން

ރައީސް މުއިއްޒު ރަސްމާލެ މަޝްރޫއު ހިންގަވަނީ ޒަޔަނިސްޓުންނަށް ރާއްޖޭގައި ވަޒަންވެރިވެވޭނެ މަގުފަހިކޮށް، ޒަޔަނިޒަމް ދިރުވުމަށް ކަމަށް ކުރީގެ މެންބަރު އަލީ ހުސައިން ތުހުމަތުކުރައްވައިފިއެވެ. މިއީ އިސްލާމްދީނަށް ދެވޭ ބޮޑު ހަމަލާއެއް ކަމަށް ސިފަކުރައްވައި، ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށްގެން ހިންގާ މި މަޝްރޫއު ވަގުތުން ހުއްޓާލުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.

ގޭންގު ރޭޕް ކޭސް: އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ތިނަދޫގައި އަންހެނަކަށާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ހައްޔަރުކުރި 9 މީހުންގެ ތެރެއިން އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށް، އިތުރު މީހުންގެ ބަންދުގެ މުއްދަތު ކޯޓުން ވަނީ އިތުރުކޮށްފައެވެ. މި މައްސަލައިގައި ހިމެނޭ މީހުންގެ މައްޗަށް ޖިންސީ ގޯނާކުރުމާއި ކުޑަކުދިން އެކްސްޕްލޮއިޓް ކުރުމުގެ ސީރިއަސް ތުހުމަތުތަކެއް ފުލުހުން ކުރެއެވެ.

Newsletter

Get the latest news delivered straight to your inbox