ވޯލްޑް ސައިޓް ޑޭ އާ ގުޅިގެން އައިކެއާ އިން 20 ޕަސެންޓުގެ ޑިސްކައުންޓަކާއެކު ހާއްސަ ޕްރޮމޯޝަނެއް ފަށައިފި

Oct 10, 2026, 2:36 PM
ދުނިޔޭގެ ފެނުމުގެ ދުވަސް ނުވަތަ "ވޯލްޑް ސައިޓް ޑޭ" ފާހަގަކުރުމުގެ ގޮތުން، އައިކެއާ އޮޕްޓިކަލް އިން ވިއްކާ ހޮވާލެވޭ ބައެއް ފްރޭމްތަކުން 20 އިންސައްތައިގެ ޑިސްކައުންޓެއް.

ދުނިޔޭގެ ފެނުމުގެ ދުވަސް ނުވަތަ "ވޯލްޑް ސައިޓް ޑޭ" ފާހަގަކުރުމުގެ ގޮތުން، އައިކެއާ އޮޕްޓިކަލް އިން ވިއްކާ ހޮވާލެވޭ ބައެއް ފްރޭމްތަކުން 20 އިންސައްތައިގެ ޑިސްކައުންޓެއް.

ދުނިޔޭގެ ފެނުމުގެ ދުވަސް ނުވަތަ "ވޯލްޑް ސައިޓް ޑޭ" ފާހަގަކުރުމުގެ ގޮތުން، އައިކެއާ އިން ކަސްޓަމަރުންނަށް ހާއްސަ ޕްރޮމޯޝަނެއް ފަށައިފި އެވެ. 

މި އޮކްޓޯބަރު މަހުގެ ނިޔަލަށް ކުރިއަށްގެންދާ މި ޕްރޮމޯޝަންގެ ދަށުން، ކަނޑައެޅިފައިވާ ޕްރިސްކްރިޕްޝަން ލެންސް ގަންނަ ފަރާތްތަކަށް، ހޮވާލެވޭ ފްރޭމްތަކުން 20 ޕަސެންޓުގެ ޑިސްކައުންޓެއް ލިބިގެންދާނެ އެވެ. މިއޮފާ، އައިކެއާ އޮޕްޓިކަލްސްގެ ހުރިހާ އައުޓްލެޓްތަކަކުން ވެސް ލިބޭނެ އެވެ.

ޕްރޮމޯޝަންގެ މުހިންމު މަޢުލޫމާތު

  • ހިމެނޭ ބްރޭންޑްތައް: ޒައިސް، ހޯޔާ އަދި ނޯވާގެ ސިންގަލް-ވިޒަން ނުވަތަ ޕްރޮގްރެސިވް ޕްރިސްކްރިޕްޝަން ލެންސާއެކު ބައްލަވައިގަންނަ ފްރޭމްތައް.
  • މުއްދަތު: 31 އޮކްޓޯބަރުގެ ނިޔަލަށް. ވޯލްޑް ސައިޓު ޑޭއަކީ އޮކްޓޯބަރު އަށެކެވެ.
  • އިތުރު ފައިދާ: އައިކެއާގެ މެންބަރޝިޕް އޮންނަ ފަރާތްތަކަށް ލެންސުން އިތުރު ޑިސްކައުންޓްތަކެއް ލިބޭނެ އެވެ.

ލެންސަކީ މުޅި ދުވަހު ފެނުމުގެ ފެންވަރު ކަނޑައަޅައިދޭ މުހިންމު ބަޔަކަށް ވާތީ، އުމުރާއި، މަސައްކަތުގެ މާހައުލާއި، ސްކްރީން ބޭނުންކުރާ މިންވަރަށް ބަލައި އެންމެ ރަނގަޅު ލެންސް އިޚްތިޔާރުކުރުމަކީ ނުހަނު ބޭނުންތެރި ކަމެއް ކަމަށް އައިކެއާއިން ބުންޏެވެ. 

ކަސްޓަމަރުންގެ ލޮލުގެ ފެނުމުގެ ބޭނުންތަކަށާއި ދިރިއުޅުމުގެ ވައްޓަފާޅިއަށް އެންމެ އެކަށޭނަ ފްރޭމާއި ލެންސް ހިޔާރުކުރުމަށް އައިކެއާގެ ފަންނީ ޓީމުތަކުން އެހީތެރިކަން ފޯރުކޮށްދޭނެ އެވެ. 

"ލަވް ޔޯ އައިސް" ޝިއާރުގެ ދަށުން އައިކެއާ އިން ކުރިއަށްގެންދާ މި ކެމްޕެއިނާ ގުޅުވައިގެން، އަމިއްލަ ލޮލުގެ ސިއްހަތަށް އިސްކަންދީ، ގަވާއިދުން ލޯ ޓެސްޓުކުރުމަށް އައިކެއާއިން ބުންޏެވެ އެވެ. ފެނުމަށް އަންނަ ބަދަލުތަކަކީ ވަގުތުން ފާހަގަނުކުރެވި، މަޑުމަޑުން އަންނަ ބަދަލުތަކަކަށް ވެދާނެތީ، ފެނުމަށް އެއްވެސް ބަދަލެއް އަންނަނަމަ ލަސްނުކޮށް ފަންނީ ލަފާ ހޯދުމަށް ވެސް ވަނީ އެދިފަ އެވެ.

އިތުރު މައުލޫމާތުއައިކެއާގެ ވެބްސައިޓުން ލިބޭނެ އެވެ. ނުވަތަ އެންމެ ކައިރީގައި ހުރި އައިކެއާ އައުޓްލެޓަކަށް ޒިޔާރަތްކޮށްލާށެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

އިގުތިސޯދީ ދުވެލި ޕަސެންޓަކަށް ވުރެ ދަށް ވެދާނެ!

ރާއްޖޭގެ އިގުތިސޯދީ ދުވެލި ކުރިން ލަފާކުރި 5.3 އިންސައްތައިން 0.6 އާއި 1.8 އިންސައްތައާ ދެމެދުގެ މިންވަރަކަށް ދަށްވާނެ ކަމަށް ޒަރީރު ވިދާޅުވި. މިއީ ދަތުރުފަތުރަށް ބުރޫއަރައި ތެލުގެ އަގު އުފުލުމުގެ ސަބަބުން ރާއްޖޭގެ މާލިއްޔަތަށް ކުރިމަތިވި ބޮޑު ގޮންޖެހުމެއް ކަމަށާއި، ނަމަވެސް އަންނަ އަހަރު އިގުތިސޯދު އިޔާދަވާނެ ކަމަށް ޒަރީރު ވިދާޅުވި.

ދިރާގު އެލީޓްކްލަބް+ ތައާރަފުކޮށްފި

ދިރާގުގެ ހުރިހާ މޮބައިލް ކަސްޓަމަރުންނަށް ބައިވެރިވެވޭ ގޮތަށް "ދިރާގު އެލީޓްކްލަބް+" މިއަދު ތައާރަފުކޮށްފި. މި ޕްރޮގްރާމްގެ ދަށުން 100 އަށް ވުރެ ގިނަ ތަނުން ޑިސްކައުންޓް ލިބޭއިރު، ހިދުމަތްތަކަށް ހޭދަކުރާ ވަރަކަށް ޕޮއިންޓް އެއްކުރެވޭނެ. އަދި މި ޕޮއިންޓްތައް ބޭނުންކޮށްގެން ހިލޭ ޑޭޓާ އާއި ގިފްޓް ކާޑު ފަދަ އިނާމުތައް ލިބޭނެ.

ރެފްކޫލްގެ ރޯދަ ސޭލް އުމްރާ ދަތުރަކާއެކު އަންނަ މަހުގެ 7 ގައި

ރެފްކޫލްގެ ރޯދަ ސޭލް ބޮޑެތި ޑިސްކައުންޓުތަކަކާއި އުމްރާ ދަތުރެއް ހިމެނޭ ބޮޑު އިނާމަކާއެކު އަންނަ މަހުގެ 7 ގައި ފެށުމަށް ވަނީ ނިންމާފަ. މި ޕްރޮމޯޝަންގައި ގްރީ އަދި އެލްޖީ ބްރޭންޑްގެ އުފެއްދުންތަކުން ހާއްސަ އަގުތަކެއް ލިބޭއިރު، ކޮންމެ 500 ރުފިޔާގެ ވިޔަފާރިއަކަށް ގުރުއަތު ކޫޕަނެއް ލިބޭނެ.

ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ވެއްޓިދާނެ: ދިރާސާ

މޫސުމީ ބަދަލުތަކުގެ ސަބަބުން މި ގަރުނު ނިމޭއިރު ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ދަށަށްދާނެ ކަމަށް ދިރާސާއަކުން ދައްކައިފި. ކަނޑުގެ ފިނިހޫނުމިން މަތިވުމުގެ ސަބަބުން މަސް އައިންތައް ދުރު ސަރަހައްދުތަކަށް ހިޖުރަކުރާތީ، މަސްވެރިންނަށް ބޮޑެތި ހަރަދުތަކާއި ތަކުލީފުތަކާ ކުރިމަތިލާން ޖެހިފައިވާކަން މި ދިރާސާއިން ފާހަގަކޮށްފައިވޭ.

ވިލާ ކޮލެޖުން 2027 ޖަނަވަރީ އިންޓޭކަށް ހުޅުވާލައިފި

ވިލާ ކޮލެޖުގެ ޖަނަވަރީ 2027 އިންޓޭކަށް، ސެޓްފިކެޓް ލެވެލްއިން ފެށިގެން މާސްޓަރސް ޑިގްރީއާ ހަމައަށް 100 އަށްވުރެ ގިނަ ޕްރޮގްރާމްތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މީގެ ތެރޭގައި އެ ކޮލެޖުގެ އަމިއްލަ ކޯސްތަކުގެ އިތުރުން، އިނގިރޭސިވިލާތާއި މެލޭޝިއާގެ މަޝްހޫރު ޔުނިވަރސިޓީތަކާ ގުޅިގެން ހިންގާ ބައިނަލްއަޤްވާމީ ފެންވަރުގެ ގިނަ ދާއިރާތަކެއްގެ ޕްރޮގްރާމްތައް ހިމެނެއެވެ.

ދިރާގުން އެލީޓް ކްލަބް ޕާޓްނަރުންނަށް ޝުކުރު އަދާކޮށްފި

ދިރާގު އެލީޓް ކްލަބްގެ ކާމިޔާބީގައި ހިއްސާވާ ޕާޓްނަރުންގެ އަގުވަޒަންކުރުމަށްޓަކައި ދުސިތްޑީ2 ރިސޯޓުގައި ހާއްސަ އިވެންޓެއް ބާއްވައި، އެ ފަރާތްތަކަށް އެވޯޑު ހަވާލުކޮށްފިއެވެ. މި ހަފްލާގައި އެލީޓް ކްލަބްގެ ކުރިމަގަށް ރޭވިފައިވާ ކަންކަމާއި، މި ހިދުމަތް ޑިޖިޓަލައިޒްކޮށް އިތުރަށް ފުޅާކުރުމާ ގުޅޭ މައުލޫމާތު ޕާޓްނަރުންނާ ހިއްސާކުރިއެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލުގެ މަސައްކަތުގެ ދުވެލި ލަސް: އޮޑިޓު

ޓެކްސް އެޕީލް ޓްރައިބިއުނަލަށް މިދިޔަ އަހަރު އަލަށް ހުށަހެޅުނު 28 މައްސަލައިގެ ތެރެއިން ރަޖިސްޓްރީކުރީ 25 މައްސަލައެއް. ނަމަވެސް، އެ އަހަރުގެ ތެރޭގައި އެ ޓްރައިބިއުނަލަށް މައުލޫއީ ގޮތުން ބަލައި ނިންމުނީ އެންމެ 16 މައްސަލަ ކަމަށް ވުމުން، އަހަރު ނިމުނުއިރު ނުނިމި 57 މައްސަލަ އޮތް.

Newsletter

Get the latest news delivered straight to your inbox