އޭއެފްސީ ޗެމްޕިއަންސް ލީގު ޓޫގެ މެޗެއްގައި ރެފްރީ އަކު މަސްތުގެ ހާލަތުގައި ހުރި ވާހަކަ ދޮގުކޮށްފި

Nov 27, 2026, 1:35 PM
ސީރިއާގެ ރެފްރީއެއް ކަމަށްވާ ހަންނާ ހައްތާބު

ސީރިއާގެ ރެފްރީއެއް ކަމަށްވާ ހަންނާ ހައްތާބު

ކުއަލަ ލަމްޕޫރު، މެލޭޝިއާ (ނޮވެމްބަަރު 27) - އޭއެފްސީ ޗެމްޕިިއަންސް ލީގު ޓޫގެ މެޗެއްގައި އިންސާފުުކުރި ސީރިއާގެ ރެފްރީއެއް ކަމަށްވާ ހަންނާ ހައްތާބު މެޗެއްގެ ތެރެއިން ބަދަލުކުރަން ޖެހުނީ މަސްތުގެ ހާލުގައި ހުުރުމުން ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި އެވެ. 

އެ ގޮތުން، އޭއެފްސީ ޗެމްޕިއަންސް ލީގު ޓޫގައި އިރާނުގެ ގޯލް ގޯހަރު އާއި ޔޫއޭއީގެ އަލް ޖަޒީރާ ބައްދަލުކުރި މެޗުގެ ފުރަތަމަ ހާފު ނިމުމުން ރެފްރީ ހައްތާބު ބަދަލުކޮށް، ދެ ވަނަ ހާފުގައި ދަނޑަށް އެރީ ބަދަލު ރެފްރީ އެވެ. 

އިރާނުގެ ގޯލް ގޯހަރުގެ އޮފިޝަލުންނާ ހަވާލާދީ އެކިއެކި މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ރެފްރީ ހައްތާބު ހާލަތު ހުރީ މަސްތުގައި ހުރި މީހެއްގެ ހުންނަ ގޮތަށް ކަމަށާއި ރެފްރީ ބަދަލުކުރީ އެހެންވެ ކަމަށެވެ. ސޯޝަލް މީޑިއާގައި ވެސް މި ރިޕޯޓްތައް ވަނީ ވައިރަލްވެފަ އެވެ. 

ހަތަރު ވަނަ އޮފިޝަލް އަރައި މެޗުގެ ބާކީބައި ރެފްރީކަން ކުރިއިރު، މި މެޗުން މޮޅުވީ އަލް ޖަޒީރާ އެވެ. 

މީޑިއާގައި ވާހަކަތައް ފެތުރެން ފެށުމާ އެކު، ރެފްރީ ހައްތާބު ވަނީ ކަންތައްތައް ހިނގައިދިޔަ ގޮތުގެ ތަފްސީލީ ރިޕޯޓެއް އާންމުކުރާނެ ކަމަށް ބުނެފަ އެވެ. އަދި، އޭނާގެ އަނބުރު ގެއްލޭ ގޮތަށް ވާހަކަ ދެއްކި ފަރާތްތަކަށް ދައުވާ ކުރާނެ ކަމަށް ވެސް ވަނީ ބުނެފަ އެވެ. 

އޮމާންގެ ކުޅިވަރު ނޫސްވެރިޔާ، އީސާ ސައީދު ވަނީ ރެފްރީ ހައްތާބް އަށް ދިމާވި ކަންތައްތައް ސޯޝަލް މީިޑިއާގައި ތަފްސީލް ކޮށްދީފަ އެެވެ. އެ ގޮތުން، އީސާ ބުނީ، ހައްތާބަށް މައްސަލަ ދިމާވީ ހަށިގަނޑުގައި ބްލަޑް ޝުގާ މަދުވުމުން ދިމާވި ސިއްހީ ހާލަތެއް ކަމަށެވެ. އަދި، މެޗުގެ ކަންކަން ފޯކަސް ކުރަން އުނދަގޫވުމުން ހައްތާބުގެ ސިއްހީ ހާލަތަށް ބަލައި އަވަސް ފިޔަވަޅުުތަކެއް އެޅީ ކަމަށެވެ. 

ސީރިއާގެ ފުޓްބޯޅަ އެސޯސިއޭޝަނުން ވެސް ވަނީ ހައްތާބުގެ ދިފާއުގައި ބަޔާނެއް ނެރެފަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ފީފާގެ ސިސްޓަމް ހެކްކޮށް 12 ޖީބީގެ މައުލޫމާތު ވަގަށް ނަގައިފި

ފީފާގެ މުވައްޒަފެއްގެ ގޮތުގައި ސިސްޓަމަށް ވަދެ، ހެކަރުންތަކެއް ވަނީ 12 ޖީބީގެ ޒާތީ އަދި މާލީ މައުލޫމާތުތަކެއް ވަގަށް ނަގާފައި. މި ހަމަލާގެ ޒިންމާ "ހޭންޑްސަމް ބޯއީ ހެކިން ކްލަބް" އިން އުފުލާފައިވާއިރު، މީގެ ތެރޭގައި އައިޑެންޓިޓީ ލިޔެކިޔުންތަކާއި ގާނޫނީ މައުލޫމާތުތައް ހިމެނޭ ކަމަށް ފީފާ އިން ބުނޭ

އެފްއައިއޭގެ ފަންޑިން ޕްރޮގްރާމުން ރާއްޖެ އަށް އެހީއެއް

ދުނިޔޭގެ މޮޓޯސްޕޯޓްސް ޖަމިއްޔާ (އެފްއައިއޭ) އިން ރާއްޖޭގައި މި ކުޅިވަރު ކުރިއެރުވުމަށް ދެ ގޯކާޓް ހަދިޔާކޮށްފިއެވެ. ރޭސިން އެސޯސިއޭޝަން އޮފް މޯލްޑިވްސް (ރޭމް) އިން ނިންމާފައިވަނީ މި ކާޓުތައް ބޭނުންކޮށްގެން އަންނަ އަހަރު ރާއްޖޭގެ ހަތަރު ސަރަހައްދެއްގައި ޒުވާން ރޭސަރުން ތަމްރީނުކުރުމުގެ ޕްރޮގްރާމްތަކެއް ހިންގުމަށެވެ.

ބާސެލޯނާ އަށް މޮޅެއް، ބަޔާން ބަލި، ޕީއެސްޖީގެ ރެކޯޑް ނިމުމަކަށް

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ 4-1 އިން ސަބާ ބަލިކުރިއިރު، ބަޔާން މިއުނިކް ވަނީ ލިލް އަތުން 2-1 އިން ބަލިވެފައި. މުބާރާތުގައި މޮޅުވަމުން އައި ޕީއެސްޖީ، ރޯމާއާ 2-2 އިން އެއްވަރުވެ އެ ޓީމުގެ ރެކޯޑަށް ނިމުން އައިއިރު، މި ސީޒަނުގެ ޗެމްޕިއަންސް ލީގުގައި ހުރިހާ މެޗަކުން މޮޅުވި ހަމައެކަނި ޓީމަކީ މިހާރު ރެއާލް މެޑްރިޑް

ލިވަޕޫލް މޮޅުވިއިރު، ޔުނައިޓެޑާއި ސްޕޯޓިން އެއްވަރު

ޗެމްޕިއަންސް ލީގުގައި ރޭ ކްލަބް ބްރޫޖް އަތުން 3-0 އިން ލިވަޕޫލް މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ސްޕޯޓިން ލިޒްބަން ބައްދަލުކުރި މެޗު ނިމުނީ 2-2 އިން އެއްވަރުވެގެން. ލިވަޕޫލްގެ ގޯލުތައް އިސާކް އާއި ވާޓްޒް ކާމިޔާބުކޮށްދިންއިރު، ޔުނައިޓެޑަށް ދެ ގޯލުވެސް ޖަހައިދިނީ ކެޕްޓަން ބްރޫނޯ ފެނާންޑޭސް

ނިއު ރޭޑިއަންޓް ފަސްބެލުމެއް ނެތި ވަރުގަދަ ފޯމުގައި ކުރިއަށް

އެފްއޭއެމް ވިމެންސް ލީގުގައި ދަ ގްރާންޑޭ އަތުން 10-0 އިން މޮޅުވެ، ކުޅުނު ހަތަރު މެޗުން ވެސް މޮޅުވެގެން ނިއު ރޭޑިއަންޓް ތާވަލުގެ އެއްވަނައިގައި ވަރުގަދަ ފޯމެއްގައި އެބައޮތް. ދެ ވަނައިގައި އޮތް މާޒިޔާ އިން އެމްއެސް މޭޓްސް ބަލިކޮށް ތިން ޕޮއިންޓް ހޯދާފައިވާއިރު، މުބާރާތުގެ ކޮންމެ ޓީމަކަށް މިހާރު ބާކީ އޮތީ ދެ މެޗު

މުސިއާލާގެ ސިއްހަތަށް އިސްކަންދޭ ކަމަށް ބަޔާނުން ބުނެފި

ބަޔާން މިއުނިކްގެ މިޑްފީލްޑަރު ޖަމާލް މުސިއާލާގެ ސިއްހީ ހާލަތާ ގުޅޭގޮތުން އެ ކްލަބުގެ އިސްވެރިން ދެއްކެވި ޒިންމާދާރުކަން ކުޑަ ވާހަކަތަކަކާ ގުޅިގެން ފިފްޕްރޯ އިން ވަނީ ފާޑުކިޔައިފައި. މި ފާޑުކިޔުންތަކާ ގުޅިގެން، މުސިއާލާގެ ސިއްހީ ކަންކަމަށް ހާއްސަ އަހައްމިއްޔަތުކަމެއް ދޭ ކަމަށް ބަޔާނުން މިހާރު ވަނީ ބުނެފައި

ސައުތު އޭޝިއަން ގޭމްސް އަންނަ އަހަރުގެ ފަހުކޮޅަށް ފަސްކޮށްފި

އަންނަ އަހަރުގެ އޭޕްރީލް މަހު ޕާކިސްތާނުގައި ބޭއްވުމަށް ތާވަލުކުރި 14 ވަނަ ސައުތު އޭޝިއަން ގޭމްސް، އެހެން މުބާރާތަކާ ތާރީޚު ފުށުއަރާތީ އަންނަ އަހަރުގެ ފަހުކޮޅަށް ފަސްކޮށްފި. މިއީ އެކި ސަބަބުތަކާ ހުރެ މި މުބާރާތް ފަސްކުރި ހަވަނަ ފަހަރު. ޕާކިސްތާނުގެ ތިން ސިޓީއެއްގައި ބާއްވާ މި ގޭމްސްގައި 27 ކުޅިވަރަކުން 4200 އެއްހާ އެތުލީޓުން ބައިވެރިވާނެ

Newsletter

Get the latest news delivered straight to your inbox