ފީފާގެ ސިސްޓަމް ހެކްކޮށް 12 ޖީބީގެ މައުލޫމާތު ވަގަށް ނަގައިފި

Nov 26, 2026, 9:35 PM
ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ: ފީފާގެ ސިސްޓަމަށް ދިން ސައިބައެޓޭކަކީ އިންތިހާބާ ގުޅުން ހުރި ކަމެއް ކަމަށް އަދި ބުނެވެން ނެތް.

ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ: ފީފާގެ ސިސްޓަމަށް ދިން ސައިބައެޓޭކަކީ އިންތިހާބާ ގުޅުން ހުރި ކަމެއް ކަމަށް އަދި ބުނެވެން ނެތް.

ޒިއުރިކް (ނޮވެމްބަރު 26) - ސައިބާއެޓޭކެއް ކުރިމަތިވެ، ފީފާގެ ސިސްޓަމުން 12 ޖީބީގެ މައުލޫމާތު ހެކަރުންތަކެއް ވަގަށް ނަގާފައިވާ ކަމަށް ފީފާ އިން ބުނެފި އެވެ. 

ފީފާ އިން ބުނެފައިވަނީ، ހެކަރެއް ފީފާ ސިސްޓަމްގެ ތެރެއަށް ވަދެފައިވަނީ، ސްޓާފެއްގެ ގޮތުގައި ކަމަށެވެ. ހެކަރެއް ފީފާގެ ސިސްޓަމަށް ވަނުމަށް ފަހު، ޒާތީ މައުލޫމާތުތަކާއި ވިޔަފާރީގެ މުއާމަލާތްތަަކަކާ ގުޅޭ މައުލޫމާތުތަކެއް ނަގާފައިވާ ކަމަށް ވެސް ފީފާ އިން ވަނީ ބުނެފަ އެވެ. އަދި، މި މައުލޫމާތުތަކުގެ ފައިލް ސައިޒް، 12 ޖީބީ އަށް އަރާނެ ކަމަށް ވެސް ފީފާ އިން ވަނީ ބުނެފަ އެވެ. 

ހެކަރުންގެ ގްރޫޕެއް ކަމަށްވާ، ހޭންޑްސަމް ބޯއީ ހެކިން ކްލަބް (އެޗްބީއެޗްސީ) އިން ވަނީ ފީފާ އަށް ސައިބައެޓޭކެއް ދިނީ އެ ގްރޫޕުން ކަމަށް ބުނެ، އަމިއްލަ އަށް ޒިންމާ ނަގައި، އެކްސް (ކުރީގެ ޓްވިޓާ) ގައި ސްކްރީންޝޮޓެއް ޕޯސްޓުކޮށްފަ އެވެ. 

ފީފާގެ ޕްލޭންގައި އޮތީ 96 އަހަރަށް ވޯލްޑް ކަޕްގެ ކޮންޓްރޯލް ގެއްލޭގޮތަށް

ފީފާގެ މުބާރާތްތަކުގެ 21 އިންސައްތަ ހިއްސާ ޕްރައިވެޓް އިންވެސްޓަރަކަށް ވިއްކާލުމަށް ރޭވި 20 ބިލިއަން ޑޮލަރުގެ ޑީލެއްގެ ދަށުން، 96 އަހަރަށް ވޯލްޑް ކަޕްގެ މާލީ ކޮންޓްރޯލް ގެއްލޭގޮތަށް އޮތްކަން ލިޔެކިޔުންތަކުން ހާމަވެއްޖެއެވެ. އެމެރިކާގެ ތުރައިވް ކެޕިޓަލްއާ އެކު ކުރިއަށްގެންދަން އުޅުނު މި އެއްބަސްވުން ބޮޑު ޕްރެޝަރަކާ ހެދި މިހާރު ވަނީ ހުއްޓާލާފައެވެ. މި ޑީލްގެ ދަށުން ކޮންމެ 12 އަހަރަކުން ލައިސަންސް އާކުރެވޭ ގޮތަށް މުބާރާތްތަކުގެ ކޮމާޝަލް ރައިޓްސް ބޭރު ބައެއްގެ އަތްމައްޗަށް ދޫކޮށްލުމަށް ވަނީ ރާވާފައެވެ.

ދި އެތުލެޓިކް އަށް ފީފާގެ ތަރުޖަމާނު ދިން އިންޓަވިއުއްގައި ބުނެފައިވަނީ، ހެކަރުންނަށް ލިބިފައިވާ ޑޮކިއުމެންޓްގެ ތެރޭގައި ފީފާގެ މުހިންމު ގިނަ މައުލޫމާތުތަކެއް ހިމެނޭ ކަމަށެެވެ. އޭގެ ތެރޭގައި، އައިޑެންޓިޓީ/އިމިގްރޭޝަން ޑޮކިއުމެންޓުތަކާއި އެގްޒެކްޓިވް މައުލޫމާތުތަކާއި މާލީ ލިޔެކިޔުންތަކާއި ގާނޫނީ ގޮތުން ފީފާއިން ރައްކާކޮށްފައިވާ މައުލޫމާތުތައް ހިމެނެ އެވެ. 

ހިނގައިދިޔަ މި ކަންތައްތަކާ ގުޅިގެން، ތަހުގީގީ އަދި ގާނޫނީ އިދާރާތަކާ އެކު މަސައްކަތްކުރަމުން އަންނަ ކަމަށް ފީފާ އިން ވަނީ ބުނެފަ އެވެ. 

ހެކަރުން ގެންދިޔަ މައުލޫމާތުތަކުގެ ތެރޭގައި، މި ފަހުން މައްސަލަ ބޮޑުވި، ފީފާ ފޯވާޑް އެންޓަޕްރައިސަސް (އެފްއެފްއީ)އާ ގުޅޭ ލިޔެކިޔުންތައް ނުހިމެނޭ ކަމަށާއި ހެކަރުންނަށް ލިބުނީ ފީފާގެ ހުރިހާ ޑޭޓާތަކަށް ބަލާއިރު އޭގެއިން 0.01 އިންސައްތަ ކަމަށް ވެސް ފީފާ އިން ވަނީ ބުނެފަ އެވެ. 

ފީފާ އިން ބުނީ މިއީ، އަންނަ އަހަރު އޮތް ފީފާ އިންތިހާބާ ދިމާކޮށް އައި ސައިބާއެޓޭކެއް ކަމަށް ބުނެވޭނެ ޖާގައެއް ނެތް ކަމަށެވެ. އެކަމަކު، މި ކަމުފެ ފަހަތުގައި އޮތް ކަންތައްތަކެއް ތަހުގީގީ އިދާރާތަކާ ގުޅިގެން ހޯދަނެ ކަމަށް ވަނީ ބުނެފަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

މުސިއާލާގެ ސިއްހަތަށް އިސްކަންދޭ ކަމަށް ބަޔާނުން ބުނެފި

ބަޔާން މިއުނިކްގެ މިޑްފީލްޑަރު ޖަމާލް މުސިއާލާގެ ސިއްހީ ހާލަތާ ގުޅޭގޮތުން އެ ކްލަބުގެ އިސްވެރިން ދެއްކެވި ޒިންމާދާރުކަން ކުޑަ ވާހަކަތަކަކާ ގުޅިގެން ފިފްޕްރޯ އިން ވަނީ ފާޑުކިޔައިފައި. މި ފާޑުކިޔުންތަކާ ގުޅިގެން، މުސިއާލާގެ ސިއްހީ ކަންކަމަށް ހާއްސަ އަހައްމިއްޔަތުކަމެއް ދޭ ކަމަށް ބަޔާނުން މިހާރު ވަނީ ބުނެފައި

ސައުތު އޭޝިއަން ގޭމްސް އަންނަ އަހަރުގެ ފަހުކޮޅަށް ފަސްކޮށްފި

އަންނަ އަހަރުގެ އޭޕްރީލް މަހު ޕާކިސްތާނުގައި ބޭއްވުމަށް ތާވަލުކުރި 14 ވަނަ ސައުތު އޭޝިއަން ގޭމްސް، އެހެން މުބާރާތަކާ ތާރީޚު ފުށުއަރާތީ އަންނަ އަހަރުގެ ފަހުކޮޅަށް ފަސްކޮށްފި. މިއީ އެކި ސަބަބުތަކާ ހުރެ މި މުބާރާތް ފަސްކުރި ހަވަނަ ފަހަރު. ޕާކިސްތާނުގެ ތިން ސިޓީއެއްގައި ބާއްވާ މި ގޭމްސްގައި 27 ކުޅިވަރަކުން 4200 އެއްހާ އެތުލީޓުން ބައިވެރިވާނެ

ކާސްގެ ނިންމުން މޮރޮކޯ އިން އިސްތިއުނާފުކުރަނީ

އެފްރިކަން ކަޕް އޮފް ނޭޝަންސްގެ ޗެމްޕިއަނަކީ ސެނެގާލް ކަމަށް ކޯޓް އޮފް އާބިޓްރޭޝަން ފޯ ސްޕޯޓްސް (ކާސް) އިން ނިންމި ނިންމުން މޮރޮކޯ އިން އިސްތިއުނާފު ކުރަން ނިންމައިފިއެވެ. މޮރޮކޯ އިން މި މައްސަލަ އެޕީލް ކުރަނީ ކާސްގެ ނިންމުމަކީ ގާނޫނީ އިޖުރާއަތްތައް ފުރިހަމަނުކޮށް ނިންމާފައިވާ ނިންމުމެއް ކަމަށް ބުނެއެވެ. މިއީ ފައިނަލް މެޗު ނުނިމެނީސް ސެނެގާލް ކުޅުންތެރިން ދަނޑުން ފޭބި މައްސަލައިގައި ދެ ގައުމުގެ މެދުގައި އުފެދިފައިވާ ބޮޑު ދަބަސްވުމެކެވެ.

އިތުރު ގޮތެއް ނެތިގެން ސިނާ އޮޕަރޭޝަނެއް ކޮށްފި

ކަކުލަށް ލިބުނު އަނިޔާއިން ރަނގަޅުވުމަށް ކުރި މަސައްކަތުން ކުރިއެރުމެއް ނުލިބުމުން، އިޓަލީގެ ޓެނިސް ތަރި ޖަނިކް ސިނާ އޮޕަރޭޝަނެއް ކޮށްފިއެވެ. އޮޕަރޭޝަނަށް ފަހު އޭނާގެ އަމާޒަކީ އަންނަ ޖެނުއަރީ މަހު އޮންނަ އޮސްޓްރޭލިއަން އޯޕަން މުބާރާތަށް ފިޓްވެގެން އެނބުރި ކޯޓަށް ނުކުތުމެވެ.

ފެނާންޑޭސް އަށް މި ވަގުތު މުހިންމީ ޔުނައިޓެޑްގެ ނަތީޖާތައް

މެންޗެސްޓާ ޔުނައިޓެޑްގެ ކެޕްޓަން ބްރޫނޯ ފެނާންޑޭސްގެ ކޮންޓްރެކްޓް އާކުރުމުގެ މަޝްވަރާތައް މަޑުޖެހިފައިވާއިރު، އޭނާގެ މިވަގުތުގެ އެންމެ ބޮޑު އަމާޒަކީ ޓީމުގެ ނަތީޖާތައް ރަނގަޅުކުރުމެވެ. ކުރީގެ ކްލަބު ސްޕޯޓިން ލިޒްބަންއަށް އެނބުރި ދިއުމުގެ ފުރުސަތު އޮތްކަމަށް އޭނާ ބުނެފައިވާއިރު، ޔުނައިޓެޑާއެކު އޮތް އެއްބަސްވުން މި ސީޒަނުގެ ނިޔަލަށް ހަމަވާނެއެވެ.

ރެއާލް ފުރިހަމަ ރެކޯޑެއްގައި، އާސެނަލަށް ހުއްޓުމެއް

ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު މެޗުން ޕީއެސްވީ އަތުން 5-1 އިން މޮޅުވެ، ރެއާލް މެޑްރިޑުން މުބާރާތުގެ ސައްތަ އިން ސައްތަ ރެކޯޑް ދަމަހައްޓައި ތާވަލުގެ އެއްވަނަ ކަށަވަރުކޮށްފިއެވެ. ނަމަވެސް، އަމިއްލަ ދަނޑުގައި ޑޯޓްމަންޑާ 1-1 އިން އެއްވަރުވުމާ ގުޅިގެން، އާސެނަލް މޮޅުވަމުން އައި ސިލްސިލާ އަށް ވަނީ ހުއްޓުމެއް އައިސްފައެވެ. މި މުބާރާތުގެ އެހެން މެޗުތަކަށް ބަލާއިރު، މެންޗެސްޓާ ސިޓީ އާއި ނަޕޯލީ ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެންނެވެ.

އީގަލްސް އަތުން މޮޅެއް ހޯދައި ބުރު ކުރިއަށް

ދިވެހި ޕްރިމިއާ ލީގުގައި ކްލަބް އީގަލްސް އަތުން 1-0 އިން މޮޅުވެ، ބުރު ސްޕޯޓްސް ކްލަބް ވަނީ ތާވަލުގެ ހަތްވަނައަށް ކުރިއަށް ޖެހިލައިފި. މި މެޗުގައި ބުރުން ޖެހި ހަމައެކަނި ލަނޑު ފުރަތަމަ ހާފު ނިމުމުގެ ކުރިން ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ އެ ޓީމުގެ އާޖެންޓީނާ ފޯވާޑް އެޑުއާޑޯ

Newsletter

Get the latest news delivered straight to your inbox