އޭއެފްސީ އަށް ރާއްޖޭން ދައްކަން ޖެހޭ 253،030 ޑޮލަރު މާފުކޮށް، ފަންޑިން ސަސްޕެންޝަން އުވާލައިފި

Sep 26, 2026, 2:04 PM
އެފްއޭއެމްގެ ރައީސް އަހުމަދު ތޯރިގު (ޓޮމް): ދެ ވަނަ ފަހަރަށް އެފްއޭއެމްގެ ރައީސްގެ މަގާމާ ހަވާލުވެވަޑައިގެން ބައިނަލްއަގުވާމީ ފެޑެރޭޝަންތަކުން ރާއްޖެ އަށް އިތުރު ފުރުސަތުތައް ހޯދައިދިނުމަށް އަންނަނީ މަސައްކަތް ކުރައްވަމުން

އެފްއޭއެމްގެ ރައީސް އަހުމަދު ތޯރިގު (ޓޮމް): ދެ ވަނަ ފަހަރަށް އެފްއޭއެމްގެ ރައީސްގެ މަގާމާ ހަވާލުވެވަޑައިގެން ބައިނަލްއަގުވާމީ ފެޑެރޭޝަންތަކުން ރާއްޖެ އަށް އިތުރު ފުރުސަތުތައް ހޯދައިދިނުމަށް އަންނަނީ މަސައްކަތް ކުރައްވަމުން

އޭޝިއާގެ މައި ފުޓްބޯޅަ އިދާރާ، އޭއެފްސީން ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ފަންޑިން ސަސްޕެންޝަން އުވާލައި، އޭއެފްސީ އަށް އެފްއޭއެމުން ދައްކަންޖެހޭ 253،030 ޑޮލަރު (4 މިލިއަން ރުފިޔާ) މާފުކޮށްދީފި އެވެ. 

އެފްއޭއެމް އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އެފްއޭއެމްގައި 2023 ވަނަ އަހަރު އޮތް ބައްސާމް އަދީލް ޖަލީލްގެ ލީޑަޝިޕްގެ ދުވަސްވަރު އޭއެފްސީން ދީފައިވާ ފައިސާ ނަހަމަ ގޮތުގައި ބޭނުންކޮށްފައިވާ މައްސަލައެއް އޮޑިޓުގައި ފާހަގަވި ކަމަށެވެ. އަދި، އެކަމާ ގުޅިގެން، އެ ފައިސާ އޭއެފްސީ އަށް ދޭން އަންގައި، 2024 ވަނަ އަަހަރުން ފެށިގެން އޭއެފްސީން ދޭ ބަޖެޓުން ރާއްޖެ މަހުރޫމުވެ، ސަސްޕެންޝަނެއްގައި އޮތް ކަމަށެވެ. 

އެހެން ނަަމަވެސް، އެފްއޭއެމްގައި މިހާރު އޮތް ލީޑަޝިޕުން އޭއެފްސީއާ ގުޅުން ބަދަހި ކުރަމުން އައިސް، މިދިޔަ ޖޫން މަހު 15 ވަނަ ދުވަހު، އޭއެފްސީ އަށް ފޮނުވި ސިޓީއެއްގައި ވަނީ، އެފްއޭއެމްއާ ގުޅޭ ކަންކަމުގައި އަޅާފައިވާ ފިޔަވަޅުތަކަށް ލުއިތަކެއް ދިނުމަށެވެ. އެއާ އެކު، މި މަހު ނުވަ ވަނަ ދުވަހު، އެފްއޭއެމްގެ ހުށަހެޅުން ބަލައިގަނެ، އޭއެފްސީގެ ޑިވެލޮޕްމަންޓް ކޮމިޓީން ނިންމާފައިވަނީ ރާއްޖެ އަށް ލުއިތަކެއް ދިނުމަށެވެ. އަދި، މީގެ ހަތަރު ދުވަސް ކުރިން އޭއެފްސީގެ ހިންގާ ކޮމިޓީގެ ބައްދަލުވުމުގައި ވަނީ ރާއްޖެ އަށް ދޭ ލުއިތައް ފާސްކޮށްފަ އެވެ. 

އެއީ، ރާއްޖޭން ދައްކަން ޖެހޭ، 253،030 ޑޮލަރު މާފުކޮށްދިނުމާއި 2027 އިން ފެށިގެން އޭއެފްސީގެ ބަޖެޓް ސަޕޯޓް ޕްރޮގްރާމްގައި ބައިވެރިވެ، ފަންޑަށް އެދުމުގެ ފުރުސަތު ދިނުމަށެވެ. 

އެފްއޭއެމް އިން ބުނީ، އޭއެފްސީގެ މި ނިންމުމާ ގުޅިގެން، ދިވެހި ފުޓްބޯޅަ އަލުން އާރާސްތުކޮށް، މާލީ ގޮތުން ހަމަމަގަށް އަޅުވައި، ކުރިއަށް އޮތްތަނުގައި އޭއެފްސީގެ އެހީތެރިކަމާ އެކު ރާއްޖޭގެ ފުޓްބޯޅަ ކުރިއަރުވައި، ތަރައްގީ ކުރުމަށް ފުރުސަތު ލިބިފައިވާ ކަމަށެވެ. 

މިދިޔަ އަހަރުގެ ޖުލައި 26 ވަނަ ދުވަހު، އެފްއޭއެމްގެ ހިންގުމާ ހަވާލުވި ލީޑަޝިޕުން އަންނަނީ ބައިނަލްއަގުވާމީ ފުޓްބޯޅަ އިދާރާތަކާއި ރާއްޖެއާ ދެމެދު އޮންނަ ގުޅުން ވަރުގަދަ ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ، އެ ގޮތުން، މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު ދުނިޔޭގެ މައި ފުޓްބޯޅަ އިދާރާ، ފީފާގެ ރައީސް، ޖިއާނީ އިންފަންޓީނޯ ވަނީ ރާއްޖެ އަށް ވަޑައިގެންފަ އެވެ. މިއީ، ރާއްޖެ އަށް 19 އަހަރު ތެރޭ ފީފާގެ ރައީސަކު ވަޑައިގެންނެވި ފުރަތަމަ ފަހަރެވެ. 

އިންފަންޓީނޯގެ އެ ދަތުރުފުޅުގައި ރާއްޖޭގެ ފުޓްބޯޅަ އަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދޭން ނިންމައި، އެފްއޭއެމް އެޓޯލް ޗެމްޕިއަންޝިޕަށް ފީފާ އިން 266،000 ޑޮލަރު (4.1 މިލިއަން ރުފިޔާ)ގެ އެހީއެއް ދޭ ގޮތަށް ހަމަޖެއްސި އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ރާއްޖެ ކައިރިން މޮޅުވެ ޗައިނާ އަށް ޗެމްޕިއަންކަން

ޗައިނާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގެ ފަހު މެޗުގައި ރާއްޖެ 8-3 އިން ބަލިކޮށް، ކުޅުނު ތިން މެޗުން މޮޅުވެގެން ޗައިނާ އިން މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފި. މި މުބާރާތުގައި ރާއްޖެއަށް ލިބުނީ ތިން ވަނަ މަގާމު ކަމަށްވާއިރު، ރާއްޖެއިން ވަނީ ހޮންގް ކޮންގް އަތުން ބޮޑު މޮޅެއް ހޯދައި ދެކުނު ކޮރެއާ އަތުން ބަލިވެފައި

ގަލޮޅު ދަނޑު ފުޓްބޯޅަ ކުޅުމާއި މުނިފޫހިފިލުވޭނެ ތަނަކަށް ހަދަނީ

ގަލޮޅު ދަނޑު ތަޅާލުމަށްފަހު، އެތަނަކީ ފުޓްބޯޅައިގެ އިތުރުން މުނިފޫހިފިލުވުމުގެ ތަފާތު ހަރަކާތްތައް ބޭއްވޭނެ ފަދަ ހިތްގައިމު މަރުކަޒަކަށް ބަދަލުކުރަން ސަރުކާރުން ވަނީ ނިންމާފައި. މި މަޝްރޫޢުގެ ދަށުން ދަނޑުގެ ޕިޗާއި ސިޑިބަރިތައް އައުކޮށް، އާންމުންނަށް ފަސޭހައިން ވަދެނިކުމެ އުޅެވޭނެހެން އެ ސަރަހައްދު ތަރައްގީކުރާނެ

ޔުނައިޓެޑްގެ ކޯޗުކަމުން އިސްތިއުފާ ނުދޭނެ ކަމަށް ކެރިކް ބުނެފި

މެންޗެސްޓާ ޔުނައިޓެޑްގެ ނަތީޖާތައް ދަށްވެ ޓީމު ރެލިގޭޝަން ޒޯނަށް ވެއްޓިފައިވީ ނަމަވެސް، މަގާމުން އިސްތިއުފާ ދިނުމުގެ ވިސްނުމެއް ނެތް ކަމަށް ކޯޗު މައިކަލް ކެރިކް ބުނެފި. ކެރިކް ގަބޫލުކުރާ ގޮތުގައި ހެދޭ ގޯސްތައް ރަނގަޅުކޮށްގެން ޓީމުގެ ހާލަތު ބަދަލުކުރެވޭނެ ކަމުގެ އުންމީދު އެބައޮތް.

މާލެ ޓްރެކް އިވެންޓަކަށް ދިނުމުން ކަންބޮޑުވުން އިންތިހާގައި

ހުޅުމާލެ ޓްރެކް މަރާމާތަށް ބަންދުކޮށްފައި ވަނިކޮށް، މާލޭ އެކުވެނި ޓްރެކުގައި ސަރުކާރުގެ އިވެންޓެއް ބޭއްވުމަށް ސްޓޭޖް ފަދަ ތަންތަން ހެދުމުން އެތުލީޓުންނާއި އެކަޑަމީތަކުން ބޮޑު ކަންބޮޑުވުމެއް ފާޅުކޮށްފި. މިކަމުގެ ސަބަބުން ތަމްރީނުތަކަށް ހުރަސްއެޅި، ޓްރެކަށް ގެއްލުންވެދާނެތީ ދުވުންތެރިން ދަނީ ނުރުހުން ފާޅުކުރަމުން

ފީފާ ވިންޑޯ ފެށުމާ އެކު ހަމްޒާ ސާފް ޗެމްޕިއަންޝިޕަށް

ފީފާ އިންޓަނޭޝަނަލް ބްރޭކް ފެށުމާއެކު، އިނގިރޭސި ޝެފީލްޑް ޔުނައިޓެޑަށް ކުޅޭ ހަމްޒާ ޗޯދުރީ އާއި ފަރްހާން އަލީ ވާހިދު ސާފް ޗެމްޕިއަންޝިޕްގައި ކުޅުމަށް ބަންގްލަދޭޝް ޓީމާ ގުޅިއްޖެ. މިއީ ސަރަހައްދީ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތުގައި ހަމްޒާ ކުޅޭ ފުރަތަމަ ފަހަރު. ހަމްޒާ ވަނީ އިންގްލެންޑްގެ 21 އަހަރުން ދަށުގެ ޓީމަށް ހަތް މެޗު ކުޅެފައި.

އިންޑިއާ އާއި ބަންގްލަދޭޝް ފައިނަލަށް، ބާކީ ގައުުމުތައް ފޮނުވާލާ

ސާފް ޗެމްޕިއަންޝިޕްގައި ރެފްރީންގެ ނިންމުންތައް ހުރިގޮތުން، މުބާރާތް ބާއްވާ ގައުމާއި އިންޑިއާ ފައިނަލަށް ގެންދިއުމަށްފަހު ބާކީ ތިބި ޓީމުތައް ފޮނުވާލުމަށް ލަންކާގެ ކޯޗު އަލް މުތައިރީ ގޮވާލައިފިއޭނާ ތުހުމަތުކުރި ގޮތުގައި ސާފް އިން ކަންކަން ރާވަނީ އިސްތިހާރުގެ ފައިދާއަށްޓަކައި ވަކި ގައުމުތަކެއް ފައިނަލަށް ގެންދިއުމަށް

އެތުލެޓިކޯ ބަލިކޮށް ބާސެލޯނާ އަށް އެއް ވަނައިގައި ލީޑެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން އެތުލެޓިކޯ މެޑްރިޑް 2-1 އިން ބަލިކޮށް، ބާސެލޯނާ އިން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. އެތުލެޓިކޯ އިން ފުރަތަމަ ލަނޑު ޖަހާފައިވަނިކޮށް، ބާސެލޯނާ މޮޅުވީ ފާމިން ލޮޕޭޒް ކާމިޔާބުކޮށްދިން ދެ ލަނޑުން

Newsletter

Get the latest news delivered straight to your inbox