އޭއެފްސީން 2030 ވަނަ އަހަރު ވޯލްޑް ކަޕް ކޮލިފައިންއާ ގުޅޭގޮތަށް ނޭޝަންސް ލީގެއް ފަށަނީ

Oct 6, 2026, 9:10 AM
ރާއްޖޭގައި ބޭއްވި ޑައިމަންޑް ޖުބިލީ ފުޓްބޯޅަ މުބާރާތުގައި ގައުމީ ޓީމާއި އަފްގާނިސްތާން ކުޅުނު މެޗުގެ ތެރެއިން.---- ފޮޓޯ: އިމޭޖަސް.އެމްވީ / އަދަދު ސްޕޯޓްސް

ރާއްޖޭގައި ބޭއްވި ޑައިމަންޑް ޖުބިލީ ފުޓްބޯޅަ މުބާރާތުގައި ގައުމީ ޓީމާއި އަފްގާނިސްތާން ކުޅުނު މެޗުގެ ތެރެއިން.---- ފޮޓޯ: އިމޭޖަސް.އެމްވީ / އަދަދު ސްޕޯޓްސް

އޭޝިއާގެ މައި ފުޓްބޯޅަ އިދާރާ، އޭޝިއަން ފުޓްބޯޅަ ކޮންފެޑެރޭޝަން (އޭއެފްސީ) އިން އަލަށް ތައާރަފްކުރަން ނިންމާފައިވާ ނޭޝަންސް ލީގުގެ ފުރަތަމަ މުބާރާތް، 2030 ވަނަ އަހަރު ފަށާއިރު، ޕްލޭނުގެ ތެެރެއިން އެ މުބާރާތާއި ފީފާ ވޯލްޑް ކަޕް އޭޝިއާގެ ކޮލިފައިން އާއި އޭޝިއަން ކަޕްގެ ކޮލިފައިން ގުޅިގެން ކުރިއަށްގެންދަން އޭއެފްސީން ރާވައިފި އެވެ. 

އޭއެފްސީން މިދިޔަ އަހަރުގެ ފަހުކޮޅު ވަނީ ނޭޝަންސް ލީގެއް މުޅިން އަލަށް، 2030 ވަނަ އަހަރުން ފެށިގެން ކޮންމެ ދެ އަހަރަކުން އެއް އަހަރު ބޭއްވުމަށް ނިންމައި، އެކަން އިއުލާނުކޮށްފަ އެވެ. އޭގެ ފުރަތަމަ މުބާރާތް، 2030-31 ގައި  ބޭއްވުމުގެ ކުރިން، އެ ފޯމެޓަށް ކަންކަން ތަރުތީބުކުރަން ގިނަ ކަންތައްތަކެއް އޭއެފްސީން ކުރިއަށްގެންދާނެ އެވެ. 

އެ ގޮތުން، ހުށަހެޅިފައިވާ ޕްރޮޕޯސަލްގައި، 47 މެމްބަރު ގައުމު ހިމެނޭ، އޭޝިއާގެ ފުޓްބޯޅައިގެ ގައުމުތައް ބެހިގެންދާނީ ތިން  ފަންތި އަކަށެވެ. އެއީ، ފުރަތަމަ އަދި، ދެ ވަނަ ފަންތީގެ ކެޓަގަރީގައި 18 ގައުމު ހިމެނެ އެވެ. ތިން ވަނަ ފަންތީގައި 11 ގައުމު ތިން ގްރޫޕަކަށް ބެހިގެންދާނެ އެވެ. ރޭންކް ކުރެވިގެންދާއިރު، ފުރަތަމަ ފަންތީގެ ގަދަ 6 ޓީމަށް ވޯލްޑް ކަޕުން ސީދާ ޖާގަ ލިބޭނެ އެވެ.

Advertisement

ވޯލްޑް ކަޕާ ގުޅުވައިގެން ބާއްވާ ފުރަތަމަ ނޭޝަންސް ލީގު ކުރިއަށްދާނީ 2032-33 ގަ އެވެ. ގިނަ މެޗުތުަކެއް ކުޅެލަން ލިބޭ މި މުބާރާތުގައި ކޮންމެ ގައުމަކުން އަމިއްލަ ދަނޑުގައި އަދި ރަށުން ބޭރުގައި ވެސް ހަ މެޗު ކުޅެން ލިބެ އެވެ. 

ފުރަތަމަ ފަންތީގެ ހަތް ވަނަ މަގާމުން ފެށިފެން 10 ވަނަ މަގާމުގެ ނިޔަލަށް ހިމެނޭ ހަތަރު ޓީމުގެ ދެމެދު ކުޅޭ ރައުންޑް ރޮބިން ޕްލޭއޮފް މަރުހަލާއިން އެންމެ ރަނގަޅު ނަތީޖާ ހޯދާ ދެ ދެ ޓީމަށް ވޯލްޑް ކަޕްގެ ފަހު ދެ ޖާގަ ލިބޭނެ އެވެ. އެ މަރުހަލާގެ ތިން ވަނަ އަށް ދާ ޓީމު ދާނީ ވޯލްޑް ކަޕް ކޮލިފައިންގެ އިންޓަ ކޮންޓިނެންޓަލް ޕްލޭއޮފް އަށެވެ. ނޭޝަން ލީގުގެ 2030 ގެ މުބާރާތުގެ ފުރަތަމަ ފަންތީގެ ހުރިހާ ގައުމުތަކުގެ އިތުރުން، ދެ ވަނަ ފަންތީގެ އެންމެ ކުރީގައި ނިންމާ ހަ ގައުމަށް އޭޝިއަން ކަޕުން ސީދާ ޖާގަ ލިބޭނެ އެވެ.

އޭޝިއަން ކަޕާ ގުޅުވައިގެން ބާއްވާ ނޭޝަނަލް ލީގުގެ ފުރަތަމަ މުބާރާތް 2030 ގައި ބާއްވަން ހުށަހަޅާފައިވާއިރު، އެއީ، ދެން ބާއްވާ ފީފާ ވޯލްޑް ކަޕްގެ ހާއްސަ މުބާރާތް އޮންނަ އަހަރެވެ. އެއާ އެކު، އެ އަހަރު އޭޝިއަން ކަޕް ނުބާއްވައި އެއް އަހަރު ފަހަަަަތަށް ވަނީ ޖައްސައިފަ އެވެ. 

އޭއެފްސީން ނޭޝަންސް ލީގެއް ފަށަން ނިންމި މައިގަނޑު ސަބަބަކީ، 2018 ވަަނަ އަހަރު ޔޫރަޕްގެ މައި ފުޓްބޯޅަ އިދާެރާއިން ފެށި ޔުއެފާ ނޭޝަންސް ލީގުގެ ކާމިޔާބާ އެކުގަ އެވެ. ޔުއެފާ އިން ނޭޝަންސް ލީގު ފެށީ މާނައެއް ނެތް، ބައިނަލްއަގުވާމީ އެކުވެރިކަމުގެ މެޗުތަކެއް ކުޅުމުގެ ބަދަލުގައި، ކުރިއެރުން ވަޒަންކުރެވޭ ގޮތަށް އެއް ލެވަލެއްގެ ގައުމުތައް ކުޅެ ކުރިއަށްދިއުމާއި ފަހަތަށް ދިއުން މިނެކިރުމަށްޓަކައި، ޕްރޮމޯޝަންސް އާއި ރެލިގޭޝަން ހިމަނައިގެން ރޭވުމަށެވެ. އެ މުބާރާތަށް ވެސް އެކި ފަހަރު މަތިން ފޯމެޓަށް ބަދަލު ގެނެސް، މިހާރު ވަނީ ޔުއެފާ ޔޫރޯގެ ކޮލިފައިން އާއި ފީފާ ވޯލްޑް ކަޕްގެ ޔޫރަޕް ކޮލިފައިން އަށް ވެސް ޔުއެފާ ނޭޝަންސް ލީގުން ފުރުސަތު ފަހިވާ ގޮތަށް ފޯމެޓް ރާވައިފަ އެވެ. 

އޭޝިއާ އިން ނޭޝަންސް ލީގެއް ފަށައިފިނަަމަ، ސައުތު އީސްޓް އޭޝިއާ އާއި ސައުތު އޭޝިއާގެ ގައުމުތަކުގެ ފުޓްބޯޅަ އިތުރަށް ރަނގަޅުކުރަން ވާދަވެރި މެޗުތަކެއް ލިބޭނެ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ރާއްޖެ އަތުން ފަލަސްތީނަށް ބޮޑު މޮޅެއް

އޭޝިއާގެ 17 އަހަރުން ދަށުގެ ކޮލިފައިންއަށް ތައްޔާރުވުމަށް ކުޅުނު އެކުވެރިކަމުގެ މެޗުން ފަލަސްތީނު ވަނީ 5-0 އިން ރާއްޖެ ބަލިކޮށްފައެވެ. ފަލަސްތީނުގެ ޒެއިން މުހައްމަދު ހެޓްރިކެއް ހެދި މި މެޗުގެ ހުރިހާ ލަނޑެއްވެސް ފެނިގެންދިޔައީ ފުރަތަމަ ހާފުގައި. މި ދެ ޓީމު ވެސް ތައްޔާރުވަނީ، އަންނަ މަހު އޮންނަ އޭއެފްސީ 17 އަަހަރުން ދަށުގެ މުބާރާތުގެ ކޮލިފައިން އަށް.

ޒްވެރެވް، 35 އަހަރަށްފަހު ޖަރުމަނު ޓެނިސް ތާރީހު ބަދަލުކޮށްލައިފި

ޖަރުމަނުގެ އަލެކްސަންޑަ ޒްވެރެވް ދުނިޔޭގެ ޓެނިސް ރޭންކިންގެ އެއްވަނަ ކަށަވަރުކޮށް، 35 އަހަރަށް ފަހު އެ މަގާމު ހޯދި ފުރަތަމަ ޖަރުމަނު ކުޅުންތެރިޔާގެ ޝަރަފު ހޯދައިފި. މިއީ 1991 ވަނަ އަހަރު ބޮރިސް ބެކާ އެ މަގާމު ހޯދި ފަހުން ޖަރުމަނު ކުޅުންތެރިއަކު ރޭންކިންގެ އެއްވަނައަށް އެރި ފުރަތަމަ ފަހަރު.

އެޕީލް ނާކާމިޔާބު، އާސެނަލްގެ ޑައުމަން ތިން މެޗަށް ސަސްޕެންޑް!

އިނގިރޭސި ލީގު ކަޕްގައި ފްލީޓްވުޑް ޓައުންއާ ދެކޮޅަށް ކުޅުނު މެޗުގައި ދެއްކި ރަތް ކާޑާ ގުޅިގެން، އާސެނަލްގެ ޒުވާން ކުޅުންތެރިޔާ މެކްސް ޑައުމަން ތިން މެޗަށް ސަސްޕެންޑްކޮށްފި. މި އަދަބަށް ލުޔެއް ހޯދުމަށް އާސެނަލުން ކުރި އެޕީލް ނާކާމިޔާބުވެ، ރެފްރީގެ ނިންމުން ދަމަހައްޓަން ވަނީ ނިންމާފައި

ފެނާންޑޭސް އަތުން ބޭންޑް ނުނަގަން ޔުނައިޓެޑުން ނިންމައިފި

މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗު މައިކަލް ކެރިކަށް ފާޑުކިޔުމާ ގުޅިގެން ބްރޫނޯ ފެނާންޑޭސް ބެންޗަށް ބަދަލުކުރި ނަމަވެސް، އޭނާގެ އަތުން ކެޕްޓަން ބޭންޑް ނެގުމުގެ ވިސްނުމެއް ކްލަބުން ނެތްކަން ހާމަކޮށްފި. ކެރިކް ބުނިގޮތުގައި ފެނާންޑޭސްއަކީ ޓީމުގެ މުހިންމު ކުޅުންތެރިއަކަށް ވުމާއެކު، މިވަގުތު އެންމެ ބޮޑު އިސްކަމެއް ދެނީ އޭނާއާ އެކު ޓީމު ރަނގަޅުކުރަން

ބެލޮންޑިއޯގެ "ބޯޓް" އެވޯޑާ އެކު ރޮނާލްޑޯގެ ޝުކުރު ސަޕޯޓަރުންނަށް

ބެލޮންޑިއޯގެ 70 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން އަލަށް ތައާރަފްކުރި "ބެލޮންޑިއޯ އޮފް އޯލް ޓައިމް (ބޯޓް)" އެވޯޑް، 2008 ވަނަ އަހަރުގެ ކާމިޔާބީއަށް ބިނާކޮށް ކްރިސްޓިއާނޯ ރޮނާލްޑޯ ކާމިޔާބުކޮށްފި. ސަޕޯޓަރުންގެ ވޯޓުން ހޮވި މި ޝަރަފްވެރި އެވޯޑާ ގުޅިގެން ރޮނާލްޑޯ ވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި އޭނާގެ ސަޕޯޓަރުންނަށް ޚާއްސަ ޝުކުރެއް އަދާކޮށްފައި

ސާފްގައި އިންޑިއާގެ ފުލް ޓީމު ހަމަވަނީ ރާއްޖެ މެޗަށް

މިފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި އިންޑިއާގެ ފުލް ޓީމު ހަމަވާނީ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ރާއްޖެއާ ބައްދަލުކުރާ މެޗަށް. މީގެ ސަބަބަކީ ފީފާ ބްރޭކާ ދިމާކޮށް އިންޑިއާގެ ސީނިއާ ޓީމު ނިއުޒީލެންޑާ ދެކޮޅަށް އެކުވެރިކަމުގެ މެޗުތަކެއް ކުޅުމާއި، ކްލަބްތަކުން ކުޅުންތެރިން ދޫކުރުމުގައި ހުރި ދަތިތަކެެއް

ވެމްކޯ ގައުމީ ފައިނަލަށް، ހުރާ އަތުން ޕޮލިސް ކަޓައިފި

ގައުމީ ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަނުގެ ފައިނަލުން ވެމްކޯ ޖާގަ ހޯދީ ސެމީ ފައިނަލުގައި އެމްޓީސީސީ ބަލިކުރުމަށްފަހު. އަދި ސެމީ ފައިނަލުގެ އަނެއް މެޗުން ހުރާ އަތުން ބަލިވެ ޕޮލިސް ކްލަބް ވަނީ މުބާރާތުން ކަޓާފައެވެ. ފައިނަލުގެ ފަހު ޖާގައަށް މިރޭ ކުޅޭ މެޗުގައި ބައްދަލުކުރާނީ ހުރާ އާއި އެމްޓީސީސީ.

Newsletter

Get the latest news delivered straight to your inbox