ފީފާގެ ރައީސް ކަމަށް އޭޝިއާގެ ތާއީދު އިންފަންޓީނޯ އަށް

May 3, 2026, 9:48 AM
ފީފާގެ ކޮންގްރެސްގެ ތެރެއިން އިންފަންޓީނޯ (މ) އާއި އޭއެފްސީގެ ރައީސް ޝައިހް ސަލްމާން (ވ.2).

ފީފާގެ ކޮންގްރެސްގެ ތެރެއިން އިންފަންޓީނޯ (މ) އާއި އޭއެފްސީގެ ރައީސް ޝައިހް ސަލްމާން (ވ.2).

ވެންކޫވާ، ކެނަޑާ (މެއި 3) - ފީފާގެ ރައީސް ކަމަށް އިތުރު ދައުރަކަށް ކުރިމަތިލައްވާނެކަން މިހާރުގެ ރައީސް ޖިއާނީ އިންފަންޓީނޯ، އިއުލާނުކުރައްވާފައިވާއިރު، އޭނާ އަށް ތާއީދުކުރަން އޭޝިއާގެ ގައުމުތަކުން ނިންމާފައިވާ ކަަމަށް އޭޝިއަން ފުޓްބޯލް ކޮންފެޑެރޭޝަން (އޭއެފްސީ)ގެ ރައީސް، ޝެއިހް ސަލްމާން ބިން އިބްރާހިމް އަލް ހަލީފާ ވިދާޅުވެއްޖެ އެވެ. 

އަންނަ އަހަރު ބާއްވާ ފީފާގެ އިންތިހާބުގައި، ހަތަރު ވަނަ ދައުރަކަށް އެ ފެޑެރޭޝަންގެ ރައީސްގެ މަގާމަށް ކުރިމަތިލާނެކަން އިންފަންޓީނޯ ވަނީ މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި ފީފާގެ ކޮންގްރެސްގައި އިއުލާނުކުރައްވައިފަ އެވެ. ޝެއިހް ސަލްމާން އަކީ ފީފާގެ ސީނިއާ ވައިސް ޕްރެޒިޑެންޓްގެ އިތުރުން، ފީފާ ޑިވެލޮޕްމަންޓް ކޮމިޓީގެ ޗެއާމަން އެވެ. 

ފީފާގެ ރައީސްގެ މަގާމަށް ޔުއެފާގެ ކުރީގެ ޖެނެރަލް ސެކްރެޓަރީ އިންފަންޓީނޯ، އެންމެ ފުރަތަމަ އިންތިހާބުވެވަޑައިގަތީ، ކޮރަޕްޝަނުގެ މައްސަލަތައް ބަލަން ފެށުމާ އެކު ފީފާގެ ކުރީގެ ރައީސް ސެޕް ބްލެޓާ 2015 ވަނަ އަހަރު އިސްތިއުފާ ދެއްވުމުން ބޭއްވި އިންތިހާބު ކާމިޔާބު ކުރައްވައިގެންނެވެ. ބްލެޓާ ވަނީ ފީފާގެ ރައީސްގެ މަގާމު 17 އަހަރު ވަންދެން ފުރުއްވައިފަ އެވެ. އިންފަންޓީނޯ ދެ ވަނަ ދައުރަކަށް އިންތިހާބުވެވަޑައިގަތީ 2019 ވަނަ އަހަރު އެވެ. އެ ފަހަރު ވެސް އިންފަންޓީނޯ އިންތިހާބުވެވަޑައިގަތީ، އިތުރު ކެންޑިޑޭޓެއް ވާދަނުކުރައްވާތީ ފަސޭހަކަމާ އެކު އެވެ. މީގެ ތިން އަހަރު ކުރިން، 2023 ވަނަ އަހަރު، ތިން ވަނަ ދައުރަކަށް އިންފަންޓީނޯ އިންތިހާބުވީ ވާދަކުރާނެ ކެންޑިޑޭޓަކު ވެސް ނެތި އެވެ. 

ޝެއިހް ސަލްމާން ވިދާޅުވީ، މިދިޔަ 10 އަހަރު ތެރޭ ފީފާ އިން އިންފަންޓީނޯގެ ލީޑަޝިޕްގެ ދަށުން އޭއެފްސީއާ އެކު ވަރަށް ގާތްގުޅުމެއް ބަހައްޓައިގެން މަސައްކަތްތައް ކޮށްފައިވާ ކަމަށެވެ. އަދި، އެ މުއްދަތުގައި އޭއެފްސީ އާއި މުޅި ދުނިޔޭގެ ފުޓްބޯޅައިގެ ކުރިމަގަށްޓަކައި ފީފާ އިން ގިނަގުނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށް ޝެއިހް ސަލްމާން ވިދާޅުވެފައިވެ އެވެ. 

"ފީފާ މިހާރު އޮތީ އެންމެ ރަނގަޅު ހިސާބުގައި. އެހެންވެ، އަހަރެމެން (އޭއެފްސީން) ނިންމާފައި މި ވަނީ އިންފަންޓީނޯ އަށް ސަޕޯޓް ދޭން ނިންމާފައި، ކުރިއަށް އޮތް ފީފާގެ 2027-2031 ގެ ދައުރަށް ވެސް. އަހަރެމެން މި ތިބީ 2016 އިން ފެށިގެން ދެ ގޮތެއް ނުވެ، އިންފަންޓީނޯގެ އަރިހުގައި،" ޝެއިހް ސަލްމާން ވިދާޅުވި އެވެ. 

އޭޝިއާގެ ފުޓްބޯޅައިގެ ކުރިމަގު ބައްޓަން ކުރުމަށްޓަކައި، ފީފާގެ މިހާރުގެ ލީޑަޝިޕުން ދެމުން އަންނަ އެއްބާރުލުމަށްޓަކައި، ޝެއިހް ސަލްމާން ވަނީ ޝުުކުރު އަދާކޮށްފަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox