ބާސެލޯނާ އަށް މޮޅެއް، ބަޔާން ބަލި، ޕީއެސްޖީގެ ރެކޯޑް ނިމުމަކަށް

Nov 26, 2026, 10:30 AM
ސަބާ ކޮޅަށް ލަނޑު ޖެހުމަށް ފަހު ގޯޑަން އުފާފާޅުކުރަނީ.

ސަބާ ކޮޅަށް ލަނޑު ޖެހުމަށް ފަހު ގޯޑަން އުފާފާޅުކުރަނީ.

ބާސެލޯނާ (ނޮވެމްބަރު 26) - ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ މޮޅުވިއިރު، ބަޔާން މިއުނިކް ބަލިވެ، އެންމެ ފަހުން ދެ ސީޒަނުގެ ޗެމްޕިއަން، ޕީއެސްޖީން މި ފަހަރުގެ މުބާރާތުގައި މޮޅުވަމުން ދަމަހައްޓަމުން އައި ރެކޯޑަށް ނިމުން އަތުވެއްޖެ އެވެ. 

މުޅިން އަލަށް ޗެމްޕިއަންސް ލީގުގައި ކުޅެމުން އަންނަ އަޒަރުބައިޖާންގެ ސަބާ އަތުން ބާސެލޯނާ މޮޅުވީ 4-1 އިންނެވެ. ލިލް އަތުން ބަޔާން މިއުނިކް 2-1 އިން ބަލިވިއިރު، ޕީއެސްޖީ ވަނީ އަމިއްލަ ދަނޑުގައި 2-2 އިން ރޯމާއާ އެއްވަަރުވެފަ އެވެ. 

ސަބާ ކޮޅަށް ބާސެލޯނާގެ ހަތަރު ލަނޑުގެ ތެރެއިން ދެ ލަނޑު ޖެހީ އެންތަނީ ގޯޑަން އެވެ. އަނެއް ލަނޑުތައް ޖެހީ ގަބްރިއެލް ޖީސޫސް އާއި ކަރީމް އަޑެޔޭމީ އެވެ. މި މެޗުގައި ސަބާ އިން ޖެހި ހަމައެކަނި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ޖޯއި-ލޭންސް މިކޭލް އެވެ. 

ލިލް ދަނޑުގައި ރޭ ބަޔާނުން ވަނީ 15 ވަނަ މިނިޓްގައި ފްރާންސްގެ ޑިފެންޑަރު، ޑަޔޫޓް އުޕަމެކާނޯ ޖެހި ގޯލުން ލީޑުނަގައިފަ އެވެ. އެކަމަކު، 62 ވަނަ މިނިޓްގައި ލިލް އަށް ކުޅޭ ޖަޕާނުގެ ފޯވާޑް، އަޔާސޭ އުއޭޑާ ވަނީ ލަނޑު ޖަހައި ނަތީޖާ ހަމަހަމަކޮށްފަ އެވެ. ލިލް އިން އެއްވަރުކުރިތާ ތިން މިނިޓް ފަހުން، މެޗުން އެ ޓީމު މޮޅުވި ލަނޑު ޖެހި އެވެ. މި ލަނޑަކީ ބަޔާންގެ އަލެކްސަންޑަ ޕަވްލޯވިޗް އަތުން ބައިކޮޅަށް ވަން ގޯލެކެވެ. 

މިއީ، މި ފަހަރުގެ ޗެމްޕިއަންސް ލީގުގައި ލިލް އިން މޮޅުވި ފުރަތަމަ މެޗެވެ. 

ޗެމްޕިއަންސް ލީގުގެ ފުރަތަމަ ހަތަރު މެޗުން މޮޅުވި ޕީއެސްޖީން ރޭ އަމިއްލަ ދަނޑުގައި ކުޅެން ޖެހުނީ އުނދަގޫ މެޗެކެވެ. ރޯމާ އިން ވަނީ ފަސް ވަނަ މިނިޓްގައި މާރިއޯ ހާމޯސޯގެ ލަނޑުން ލީޑުނަގައިފަ އެވެ. އެކަމަކު، 31 ވަނަ މިނިޓްގައި ޕީއެސްޖީގެ ޔޫކްރެއިން ޑިފެންޑަރު، އިލާ ޒަބާނިއޭގެ ގޯލުން އެއްވަރުކޮށްފަ އެވެ.

މެޗުގެ 62 ވަނަ މިނިޓްގައި އޮސްމާން ޑެމްބެލޭ ޖެހި ޕެނަލްޓީން ޕީއެސްޖީން ލީޑުނެގި ނަމަވެސް ރޯމާ އިން ވެސް ވަނީ ޕެނަލްޓީއެއް ކާމިޔާބުކޮށް އެއްވަރުކޮށްފަ އެވެ. އެ ގޮތުން، ރޯމާގެ ޕެނަލްޓީ 78 ވަަނަ މިނިޓްގައި ކާމިޔާބުކުރީ ޑޮންޔެލް މާލެން އެވެ. 

ޕީއެސްޖީ އަށް މި މެޗުން މޮޅުނުވެވުމާ ގުޅިގެން ޗެމްޕިއަންސް ލީގުގައި މި ސީޒަނުގައި ކުޅުނު ހުރިހާ މެޗަކުން މޮޅުވި ހަމައެކަނި ޓީމަކީ ހޯސޭ މޮރީނިއޯ ކޯޗުކޮށްދޭ ރެއާލް މެޑްރިޑް އެވެ. 

ޗެމްޕިއަންސް ލީގުގެ ގަދަ 8 އަށް ނޮކައުޓް ބުރުގެ ސީދާ ޖާގަ ލިބޭއިރު، ފުރަތަމަ ފަސް މެޗަށް ފަހު، އެއް ވަނައިގައި އޮތީ 15 ޕޮއިންޓާ އެކު ރެއާލް އެވެ. ދެ ވަނައިގައި އޮތް ޕީއެސްޖީ އަށް 13 ޕޮއިންޓް ލިބިފައިވާއިިރު، ތިން ވަނައިގައި އޮތް ކޯމޯ، ހަތަރެއްގައި އޮތް ބާސެލޯނާ، ފަހެއްގައި އޮތް ލިވަޕޫލް، ހައެއްގައި އޮތް ރެއާލް ބެޓިސް އަށް ވަނީ 12 ޕޮއިންޓް ލިބިފަ އެވެ. ހަތް ވަނައިގައި އޮތް އާސެނަލަށްް 11 ޕޮއިންޓް އަދި އަށް ވަނައިގައި އޮތް މެންޗެސްޓާ ސިޓީ އަށް ވަނީ 10 ޕޮއިންޓް ލިބިފަ އެވެ. 

ނުވަ ވަނައިގައި އޮތް ސްޕޯޓިން އާއި 10 ވަނައިގައި އޮތް ބޮރޫޝިއާ ޑޯޓްމަންޑްގެ ވެސް 10 ޕޮއިންޓް އެބައޮތެވެ. އެކަމަކު، ލަނޑުގެ ތަފާތުން ކުރީގައި އޮތީ ސިޓީ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

މުސިއާލާގެ ސިއްހަތަށް އިސްކަންދޭ ކަމަށް ބަޔާނުން ބުނެފި

ބަޔާން މިއުނިކްގެ މިޑްފީލްޑަރު ޖަމާލް މުސިއާލާގެ ސިއްހީ ހާލަތާ ގުޅޭގޮތުން އެ ކްލަބުގެ އިސްވެރިން ދެއްކެވި ޒިންމާދާރުކަން ކުޑަ ވާހަކަތަކަކާ ގުޅިގެން ފިފްޕްރޯ އިން ވަނީ ފާޑުކިޔައިފައި. މި ފާޑުކިޔުންތަކާ ގުޅިގެން، މުސިއާލާގެ ސިއްހީ ކަންކަމަށް ހާއްސަ އަހައްމިއްޔަތުކަމެއް ދޭ ކަމަށް ބަޔާނުން މިހާރު ވަނީ ބުނެފައި

ސައުތު އޭޝިއަން ގޭމްސް އަންނަ އަހަރުގެ ފަހުކޮޅަށް ފަސްކޮށްފި

އަންނަ އަހަރުގެ އޭޕްރީލް މަހު ޕާކިސްތާނުގައި ބޭއްވުމަށް ތާވަލުކުރި 14 ވަނަ ސައުތު އޭޝިއަން ގޭމްސް، އެހެން މުބާރާތަކާ ތާރީޚު ފުށުއަރާތީ އަންނަ އަހަރުގެ ފަހުކޮޅަށް ފަސްކޮށްފި. މިއީ އެކި ސަބަބުތަކާ ހުރެ މި މުބާރާތް ފަސްކުރި ހަވަނަ ފަހަރު. ޕާކިސްތާނުގެ ތިން ސިޓީއެއްގައި ބާއްވާ މި ގޭމްސްގައި 27 ކުޅިވަރަކުން 4200 އެއްހާ އެތުލީޓުން ބައިވެރިވާނެ

ކާސްގެ ނިންމުން މޮރޮކޯ އިން އިސްތިއުނާފުކުރަނީ

އެފްރިކަން ކަޕް އޮފް ނޭޝަންސްގެ ޗެމްޕިއަނަކީ ސެނެގާލް ކަމަށް ކޯޓް އޮފް އާބިޓްރޭޝަން ފޯ ސްޕޯޓްސް (ކާސް) އިން ނިންމި ނިންމުން މޮރޮކޯ އިން އިސްތިއުނާފު ކުރަން ނިންމައިފިއެވެ. މޮރޮކޯ އިން މި މައްސަލަ އެޕީލް ކުރަނީ ކާސްގެ ނިންމުމަކީ ގާނޫނީ އިޖުރާއަތްތައް ފުރިހަމަނުކޮށް ނިންމާފައިވާ ނިންމުމެއް ކަމަށް ބުނެއެވެ. މިއީ ފައިނަލް މެޗު ނުނިމެނީސް ސެނެގާލް ކުޅުންތެރިން ދަނޑުން ފޭބި މައްސަލައިގައި ދެ ގައުމުގެ މެދުގައި އުފެދިފައިވާ ބޮޑު ދަބަސްވުމެކެވެ.

އިތުރު ގޮތެއް ނެތިގެން ސިނާ އޮޕަރޭޝަނެއް ކޮށްފި

ކަކުލަށް ލިބުނު އަނިޔާއިން ރަނގަޅުވުމަށް ކުރި މަސައްކަތުން ކުރިއެރުމެއް ނުލިބުމުން، އިޓަލީގެ ޓެނިސް ތަރި ޖަނިކް ސިނާ އޮޕަރޭޝަނެއް ކޮށްފިއެވެ. އޮޕަރޭޝަނަށް ފަހު އޭނާގެ އަމާޒަކީ އަންނަ ޖެނުއަރީ މަހު އޮންނަ އޮސްޓްރޭލިއަން އޯޕަން މުބާރާތަށް ފިޓްވެގެން އެނބުރި ކޯޓަށް ނުކުތުމެވެ.

ފެނާންޑޭސް އަށް މި ވަގުތު މުހިންމީ ޔުނައިޓެޑްގެ ނަތީޖާތައް

މެންޗެސްޓާ ޔުނައިޓެޑްގެ ކެޕްޓަން ބްރޫނޯ ފެނާންޑޭސްގެ ކޮންޓްރެކްޓް އާކުރުމުގެ މަޝްވަރާތައް މަޑުޖެހިފައިވާއިރު، އޭނާގެ މިވަގުތުގެ އެންމެ ބޮޑު އަމާޒަކީ ޓީމުގެ ނަތީޖާތައް ރަނގަޅުކުރުމެވެ. ކުރީގެ ކްލަބު ސްޕޯޓިން ލިޒްބަންއަށް އެނބުރި ދިއުމުގެ ފުރުސަތު އޮތްކަމަށް އޭނާ ބުނެފައިވާއިރު، ޔުނައިޓެޑާއެކު އޮތް އެއްބަސްވުން މި ސީޒަނުގެ ނިޔަލަށް ހަމަވާނެއެވެ.

ރެއާލް ފުރިހަމަ ރެކޯޑެއްގައި، އާސެނަލަށް ހުއްޓުމެއް

ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު މެޗުން ޕީއެސްވީ އަތުން 5-1 އިން މޮޅުވެ، ރެއާލް މެޑްރިޑުން މުބާރާތުގެ ސައްތަ އިން ސައްތަ ރެކޯޑް ދަމަހައްޓައި ތާވަލުގެ އެއްވަނަ ކަށަވަރުކޮށްފިއެވެ. ނަމަވެސް، އަމިއްލަ ދަނޑުގައި ޑޯޓްމަންޑާ 1-1 އިން އެއްވަރުވުމާ ގުޅިގެން، އާސެނަލް މޮޅުވަމުން އައި ސިލްސިލާ އަށް ވަނީ ހުއްޓުމެއް އައިސްފައެވެ. މި މުބާރާތުގެ އެހެން މެޗުތަކަށް ބަލާއިރު، މެންޗެސްޓާ ސިޓީ އާއި ނަޕޯލީ ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެންނެވެ.

އީގަލްސް އަތުން މޮޅެއް ހޯދައި ބުރު ކުރިއަށް

ދިވެހި ޕްރިމިއާ ލީގުގައި ކްލަބް އީގަލްސް އަތުން 1-0 އިން މޮޅުވެ، ބުރު ސްޕޯޓްސް ކްލަބް ވަނީ ތާވަލުގެ ހަތްވަނައަށް ކުރިއަށް ޖެހިލައިފި. މި މެޗުގައި ބުރުން ޖެހި ހަމައެކަނި ލަނޑު ފުރަތަމަ ހާފު ނިމުމުގެ ކުރިން ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ އެ ޓީމުގެ އާޖެންޓީނާ ފޯވާޑް އެޑުއާޑޯ

Newsletter

Get the latest news delivered straight to your inbox