އެފްއައިއޭގެ މޮޓޯސްޕޯޓްސް ފަންޑިން ޕްރޮގްރާމް މެދުވެރިކޮށް ރޭމް އިން ރާއްޖެ އަށް އެހީއެއް

Nov 26, 2026, 7:12 PM
އެފްއައިއޭގެ މޮޓޯސްޕޯޓްސް ފަންޑިން ޕްރޮގްރާމް މެދުވެރިކޮށް، ރޭމް އިން ރާއްޖެ އަށް ހޯދި ގޯކާޓް.

އެފްއައިއޭގެ މޮޓޯސްޕޯޓްސް ފަންޑިން ޕްރޮގްރާމް މެދުވެރިކޮށް، ރޭމް އިން ރާއްޖެ އަށް ހޯދި ގޯކާޓް.

ދުނިޔޭގެ މޮޓޯސްޕޯޓްސް ޖަމިއްޔާ، އެފްއައިއޭ އިން ރާއްޖޭގައި މޮޓޯސްޕޯޓްސް ކުރިއެރުވުމަށްޓަކައި އެހީތެރިކަން ފޯރުކޮށްދީފި އެވެ. 

ރޭސިން އެސޯސިއޭޝަން އޮފް މޯލްޑިވްސް (ރޭމް) އިން ބުނެފައިވަނީ، އެފްއައިއޭގެ މޮޓޯސްޕޯޓްސް ފަންޑިން ޕްރޮގްރާމްގެ ތެރެއިން އެހީތެރިކަން ހޯދުމުގެ ގޮތުން ކުރެވުނު މަސައްކަތުގެ ތެރެއިން، ދެ ގޯކާޓް ލިބިފައިވާ ކަމަށެވެ. މިއީ، ރާއްޖޭގެ ފޯވީލް ގްރާސްރޫޓު ރަނގަޅު ކުރުމަށް ކުރިއަށް އޮތް އަހަރުތަކުގައި މުހިންމު ދައުރެއް އަދާކުރާނެ ކަމެއް ކަމަށް ރޭމް އިން ވަނީ ބުނެފަ އެވެ. 

ރޭމް އިން ބުނެފައިވަނީ، ކާޓިން އަކީ ރޭސަރުންގެ ހުނަރު ޑިވެލޮޕްކުރުމުގައި މުހިންމު ދައުރެއް އަދާކުރާ ޑިސިޕްލިން އެއް ކަމަށެވެ. ރޭސިން އިން ކުރިއަށް ދިއުމަށްޓަކައި ޝައުގުވެރިކަން ހުންނަ ޒުވާން ރޭސަރުން ފަށައިގަންނައިރުގައި، މި ކުޅިވަރުން މުސްތަގުބަލެއް ބިނާކުރެވޭނެ ކަންކަން ކާޓިންގެ ތެރެއިން ދަސްވެގެންދާނެ ކަމަށް ވެސް ރޭމް އިން ވަނީ ފާހަގަކޮށްފަ އެވެ. 

އެފްއައިއޭގެ މޮޓޯސްޕޯޓްސް ފަންޑިން ޕްރޮގްރާމް މެދުވެރިކޮށް، ރޭމް އިން ރާއްޖެ އަށް ހޯދި ގޯކާޓް.
އެފްއައިއޭގެ މޮޓޯސްޕޯޓްސް ފަންޑިން ޕްރޮގްރާމް މެދުވެރިކޮށް، ރޭމް އިން ރާއްޖެ އަށް ހޯދި ގޯކާޓް.

ރާއްޖެ ކަހަލަ ރޭސިން ކުރިއަރުވަން މަސައްކަތް ކުރަމުން އަންނަ ކުޑަ ގައުމަކަށް އެފްއައިއޭ އިން މި ފަދަ މުހިންމު ކަމެއް ފޯރުކޮށްދިނީތީވެ، ރޭމް އިން ވަނީ އެފްއައިއޭގެ ރައީސް، މުހައްމަދު ބިން ސުލަޔެމް އަށް ޝުކުރު އަދާކޮށްްފަ އެވެ. 

"މި ކަހަލަ އިސްނެގުންތަކާއި އެހީތެރިކަމުގެ ސަބަބުން ރާއްޖެ ކަހަލަ ގައުމުތަކަށް ރަނގަޅު ބިންގަލެއްގެ މަތީގައި ކަންކަން ކުރުމަަށް މަގުފަހިވެގެންދޭ،" ރޭމް އިން ކުރި ޕޯސްޓުގައި ބުނެފައިވެ އެވެ. 

ރޭމް އިން ބުނީ، އެފްއައިއޭ އިން މި ދިނީ ހަމައެކަނި ދެ ގޯކާޓެއް ނޫން ކަމަށާއި މިއީ، ރޭސިން އިން ރަނގަޅު ގޮތުގައި ކުރިއަށް ދިއުމުގެ ޝައުގުވެރިކަން ހުރި ޒުވާނުންގެ މުސްތަގުބަލަށްޓަކައި ކޮށުނު މަގެއް ކަމަށެވެ. 

އެ ގޮތުން، ރޭމް އިން ނިންމާފައިވަނީ، މި ދެ ގޯކާޓް ބޭނުންކޮށްގެން އަންނަ އަހަރު ޕްރޮގްރާމްތަކެއް ހިންގުމަށެވެ. އަދި، މި އިވެންޓްތައް ހަތަރު ސަރަހައްދެއްގައި ކުރިއަށްގެންދާނެ ކަމަށާއި ހަމައެކަނި މާލެ ސަރަހައްދުގައި މި ކަން ކުރުމުގެ ބަދަލުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި މި ކަމަށް ޝައުގުވެރިކަން ހުންނަ ކުދިންނާ ހަމައަށް މި ކަން ގެންދަން ބޭނުންވާ ކަމަށް ރޭމް އިން ވަނީ ބުނެފަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

މުސިއާލާގެ ސިއްހަތަށް އިސްކަންދޭ ކަމަށް ބަޔާނުން ބުނެފި

ބަޔާން މިއުނިކްގެ މިޑްފީލްޑަރު ޖަމާލް މުސިއާލާގެ ސިއްހީ ހާލަތާ ގުޅޭގޮތުން އެ ކްލަބުގެ އިސްވެރިން ދެއްކެވި ޒިންމާދާރުކަން ކުޑަ ވާހަކަތަކަކާ ގުޅިގެން ފިފްޕްރޯ އިން ވަނީ ފާޑުކިޔައިފައި. މި ފާޑުކިޔުންތަކާ ގުޅިގެން، މުސިއާލާގެ ސިއްހީ ކަންކަމަށް ހާއްސަ އަހައްމިއްޔަތުކަމެއް ދޭ ކަމަށް ބަޔާނުން މިހާރު ވަނީ ބުނެފައި

ސައުތު އޭޝިއަން ގޭމްސް އަންނަ އަހަރުގެ ފަހުކޮޅަށް ފަސްކޮށްފި

އަންނަ އަހަރުގެ އޭޕްރީލް މަހު ޕާކިސްތާނުގައި ބޭއްވުމަށް ތާވަލުކުރި 14 ވަނަ ސައުތު އޭޝިއަން ގޭމްސް، އެހެން މުބާރާތަކާ ތާރީޚު ފުށުއަރާތީ އަންނަ އަހަރުގެ ފަހުކޮޅަށް ފަސްކޮށްފި. މިއީ އެކި ސަބަބުތަކާ ހުރެ މި މުބާރާތް ފަސްކުރި ހަވަނަ ފަހަރު. ޕާކިސްތާނުގެ ތިން ސިޓީއެއްގައި ބާއްވާ މި ގޭމްސްގައި 27 ކުޅިވަރަކުން 4200 އެއްހާ އެތުލީޓުން ބައިވެރިވާނެ

ކާސްގެ ނިންމުން މޮރޮކޯ އިން އިސްތިއުނާފުކުރަނީ

އެފްރިކަން ކަޕް އޮފް ނޭޝަންސްގެ ޗެމްޕިއަނަކީ ސެނެގާލް ކަމަށް ކޯޓް އޮފް އާބިޓްރޭޝަން ފޯ ސްޕޯޓްސް (ކާސް) އިން ނިންމި ނިންމުން މޮރޮކޯ އިން އިސްތިއުނާފު ކުރަން ނިންމައިފިއެވެ. މޮރޮކޯ އިން މި މައްސަލަ އެޕީލް ކުރަނީ ކާސްގެ ނިންމުމަކީ ގާނޫނީ އިޖުރާއަތްތައް ފުރިހަމަނުކޮށް ނިންމާފައިވާ ނިންމުމެއް ކަމަށް ބުނެއެވެ. މިއީ ފައިނަލް މެޗު ނުނިމެނީސް ސެނެގާލް ކުޅުންތެރިން ދަނޑުން ފޭބި މައްސަލައިގައި ދެ ގައުމުގެ މެދުގައި އުފެދިފައިވާ ބޮޑު ދަބަސްވުމެކެވެ.

އިތުރު ގޮތެއް ނެތިގެން ސިނާ އޮޕަރޭޝަނެއް ކޮށްފި

ކަކުލަށް ލިބުނު އަނިޔާއިން ރަނގަޅުވުމަށް ކުރި މަސައްކަތުން ކުރިއެރުމެއް ނުލިބުމުން، އިޓަލީގެ ޓެނިސް ތަރި ޖަނިކް ސިނާ އޮޕަރޭޝަނެއް ކޮށްފިއެވެ. އޮޕަރޭޝަނަށް ފަހު އޭނާގެ އަމާޒަކީ އަންނަ ޖެނުއަރީ މަހު އޮންނަ އޮސްޓްރޭލިއަން އޯޕަން މުބާރާތަށް ފިޓްވެގެން އެނބުރި ކޯޓަށް ނުކުތުމެވެ.

ފެނާންޑޭސް އަށް މި ވަގުތު މުހިންމީ ޔުނައިޓެޑްގެ ނަތީޖާތައް

މެންޗެސްޓާ ޔުނައިޓެޑްގެ ކެޕްޓަން ބްރޫނޯ ފެނާންޑޭސްގެ ކޮންޓްރެކްޓް އާކުރުމުގެ މަޝްވަރާތައް މަޑުޖެހިފައިވާއިރު، އޭނާގެ މިވަގުތުގެ އެންމެ ބޮޑު އަމާޒަކީ ޓީމުގެ ނަތީޖާތައް ރަނގަޅުކުރުމެވެ. ކުރީގެ ކްލަބު ސްޕޯޓިން ލިޒްބަންއަށް އެނބުރި ދިއުމުގެ ފުރުސަތު އޮތްކަމަށް އޭނާ ބުނެފައިވާއިރު، ޔުނައިޓެޑާއެކު އޮތް އެއްބަސްވުން މި ސީޒަނުގެ ނިޔަލަށް ހަމަވާނެއެވެ.

ރެއާލް ފުރިހަމަ ރެކޯޑެއްގައި، އާސެނަލަށް ހުއްޓުމެއް

ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު މެޗުން ޕީއެސްވީ އަތުން 5-1 އިން މޮޅުވެ، ރެއާލް މެޑްރިޑުން މުބާރާތުގެ ސައްތަ އިން ސައްތަ ރެކޯޑް ދަމަހައްޓައި ތާވަލުގެ އެއްވަނަ ކަށަވަރުކޮށްފިއެވެ. ނަމަވެސް، އަމިއްލަ ދަނޑުގައި ޑޯޓްމަންޑާ 1-1 އިން އެއްވަރުވުމާ ގުޅިގެން، އާސެނަލް މޮޅުވަމުން އައި ސިލްސިލާ އަށް ވަނީ ހުއްޓުމެއް އައިސްފައެވެ. މި މުބާރާތުގެ އެހެން މެޗުތަކަށް ބަލާއިރު، މެންޗެސްޓާ ސިޓީ އާއި ނަޕޯލީ ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެންނެވެ.

އީގަލްސް އަތުން މޮޅެއް ހޯދައި ބުރު ކުރިއަށް

ދިވެހި ޕްރިމިއާ ލީގުގައި ކްލަބް އީގަލްސް އަތުން 1-0 އިން މޮޅުވެ، ބުރު ސްޕޯޓްސް ކްލަބް ވަނީ ތާވަލުގެ ހަތްވަނައަށް ކުރިއަށް ޖެހިލައިފި. މި މެޗުގައި ބުރުން ޖެހި ހަމައެކަނި ލަނޑު ފުރަތަމަ ހާފު ނިމުމުގެ ކުރިން ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ އެ ޓީމުގެ އާޖެންޓީނާ ފޯވާޑް އެޑުއާޑޯ

Newsletter

Get the latest news delivered straight to your inbox