މުދާ ގެންނަން 24ރ. އަށް ޑޮލަރު ގަންނަން ޖެހޭތީ ވިޔަފާރިވެރިންގެ ކަންބޮޑުވުން

ޗާންދަނީ މަގުގައި ހުންނަ މަނީ އެކްސްޗޭންޖެއް: ގިނަ މަނީ އެކްސްޗޭންޖުތަކެއް ވަނީ ބަންދުކޮށްފަ --- ފޮޓޯ: އަދަދު

ޗާންދަނީ މަގުގައި ހުންނަ މަނީ އެކްސްޗޭންޖެއް: ގިނަ މަނީ އެކްސްޗޭންޖުތަކެއް ވަނީ ބަންދުކޮށްފަ --- ފޮޓޯ: އަދަދު

ރާއްޖެއަށް މުދާ އެތެރެކުރުމަށް ބޭނުންވާ ޑޮލަރު ރަސްމީ ރޭޓުގައި ބޭނުންވާވަރަށް ގަންނަން ނުލިބޭތީ ކަޅު ބާޒާރުން ބޮޑު އަގުގައި ޑޮލަރު ގަނެގެން މުދާ އެތެރެކުރަން މަޖުބޫރުވެ ވިޔަފާރިވެރިންގެ ކަންބޮޑުވުން ފާޅުކޮށްފި އެވެ. 

ނަން ނުޖެހުމަށް ޝަރުތުކޮށް އަދަދު ނޫހާ މިއަދު ވާހަކަ ދެއްކި ބައެއް ވިޔަފާރިވެރިން ބުނި ގޮތުގައި އިމްޕޯޓަށް ބޭނުންވާވަރަށް ޑޮލަރު ސަޕޯޓެއް ނުލިބެ އެވެ. އެހެންވެ ޑޮލަރު ގަންނަން ޖެހިފައިވަނީ 23.50ރ. އާއި 24ރ. އާ ދެމެދުގެ ރޭޓެއްގައި ކަމަށް ވިޔަފާރިވެރިން މައުލޫމާތު ދިނެވެ. 

އަގުބޮޑުކޮށް ޑޮލަރު ގަނެގެން މުދާ އެތެރެކުރަން ޖެހިފައިވާތީ ތަކެތީގެ އަގުތައް ބޮޑުކުރުމަށް ވެސް ބައެއް ވިޔަފާރިތަކަށް ވަނީ މަޖުބޫރުވެފަ އެވެ. މިދިޔަ އަހަރަށްވުރެ މި އަހަރު މާލެ ސަރަހައްދުގައި އަސާސީ ތަކެތީގެ އަގުތައް ވަނީ ގާތްގަނޑަކަށް 10 ޕަސެންޓު އުފުލިފަ އެވެ. 

 މިދިޔަ ހަފުތާގައި މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަދައްކަވަމުން އޭދަފުށީ ދާއިރާގެ ޕީއެންސީ މެންބަރު އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް) ވެސް ވަނީ ޑޮލަރުގެ އަގު 23.55 ރ. އަށް އުފުލިފައިވާ ކަމަށް ވިދާޅުވެފަ އެވެ. މިއީ ރާއްޖޭގެ ތާރީހުގައި ވެސް ޑޮލަރެއްގެ އަގު މިހާ ބޮޑުވި ފުރަތަމަ ފަހަރެވެ.

މިދިޔަ އޯގަސްޓު މަސް ތެރޭގައި ކަޅު ބާޒާރުގައި ޑޮލަރެއްގެ އަގު 22.85 ރ. އަށް އެރި ދުވަސްވަރު، އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެފައި ވަނީ ޑޮލަރުގެ އަގު އުފުލެނީ ނޫސްތަކުގައި އެ ވާހަކަ ލިޔާތީ ކަމަށެވެ. އެގޮތަށް ބުނެ ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ އަގުތައް މީޑިއާތަކުގައި ރިޕޯޓުކުރުން ވެސް ގާނޫނަކުން މަނާކުރި އެވެ.

އެގޮތުން، ކަޅު ބާޒާރުގައި މީގެ ކުރިން އިންތިހާއަށް ޑޮލަރުގެ އަގު އުފުލެމުން ދިޔައީ ނޫސްތަކުގައި ހަބަރު ޖަހަމުން ދާތީކަމަށް ބުނެ މަޖިލީހުން ވަނީ ކަޅު ބާޒާރުގައި ޑޮލަރުގެ އަގު ހުންނަ މިންވަރު ރިޕޯޓުކުރުން ގާނޫނީ ގޮތުން މަނާކޮށްފަ އެވެ.

ގާނޫނަށް އެ ބަދަލުގެނައި ނަމަވެސް، ކަޅު ބާޒާރުގައި ޑޮލަރު ވިއްކުމާއި ޑޮލަރުގެ އަގަށް ބަދަލު ނާންނަކަމަށް ސޯޝަލްމީޑިއާ އާއި އެ ނޫން ވެސް އެހެން މަންސަތަކުގައި މީހުން ދަނީ ބުނަމުންނެވެ.

ޑޮލަރުގެ މައްސަލައިގައި ސަރުކާރުގެ ފަރާތުން އެންމެ ގިނައިން ވާހަކަ ދައްކަވާފައިވާ އެއް ބޭފުޅަކީ މިނިސްޓަރު ސައީދު އެވެ. ނަމަވެސް ޑޮލަރު އަގު ބޮޑުވެ މުދަލުގެ އަގު އުފުލެމުންދާ މައްސަލައިގައި ސުވާލު ކުރުމަށް މަޖިލީހަށް ހާޒިރު ކުރުމުން އެކަމަށް ސައީދު ވިދާޅުވީ ކަޅު ބާޒާރުގައި ޑޮލަރުގެ އަގު ބޮޑުވެ ތަކެތީގެ އަގު އުފުލެމުންދާ މައްސަލައިގެ ޒިންމާ ނަގަންޖެހޭނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ކަމަށެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ލޯ ޑިގްރީ އިމްތިހާނަށް މާލެ އަންނާކަށް ނުޖެހޭނެ: ބާ ކައުންސިލް

ލޯ ޑިގްރީގެ އިމްތިހާނުތައް ހެދުމަށް މާލެއަށް ނުވަތަ ވަކި ހާއްސަ ރަށަކަށް ހާޒިރުވުން ލާޒިމު ނޫން ކަމަށާއި، ދަރިވަރުން ދިރިއުޅޭ ރަށެއްގެ ސްކޫލް ނުވަތަ ކައުންސިލް މެދުވެރިކޮށް އިމްތިހާނު ހެދޭނެ މަގު ބާ ކައުންސިލުން ފަހިކޮށްދީފިއެވެ. އަންނަ އަހަރުން ފެށިގެން އަމަލުކުރާ މި އުސޫލުގެ ދަށުން އިމްތިހާނު ހަދާ ގޮތަށް ބަދަލު އައި ނަމަވެސް، ކޯހުގެ މަންހަޖާއި ކިޔަވައިދޭ މުއްދަތަށް އެއްވެސް ބަދަލެއް ނާންނާނެއެވެ.

ތަރައްގީގެ އެއްވެސް ކަމެއް ކުރުމަށް ލާރިއެއް ނެތް: ޝާކިރު

އަންނަ އަހަރުގެ ބަޖެޓުގައި ރިކަރަންޓް ހަރަދަށް ކެނޑުމަށްފަހު ތަރައްގީގެ މަޝްރޫއުތަކަށް ފައިސާ ނެތް ކަމަށް ވިދާޅުވެ މެންބަރު އަހުމަދު ޝާކިރު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ ދައުލަތުގެ އާމްދަނީގެ ބޮޑުބައެއް ހަރަދުވަނީ ރިކަރަންޓް ކަންކަމަށް ކަމަށާއި، މަޝްރޫއުތައް ހިންގަން ޖެހެނީ އިތުރަށް ދަރަނި ނަގައިގެން ކަމަށެވެ. މީގެ އިތުރުން ސަރުކާރު ކުންފުނިތަކުން ބޮޑެތި ގެއްލުންވަމުންދާ ދިއުމަށްވެސް އޭނާ ވަނީ ފާޑުވިދާޅުވެފައެވެ.

"ސިޓިޒަންސް ކޮމްޕްލެއިންޓްސް" ލައުންޖުތަކެއް ގާއިމުކޮށްފި

ރައްޔިތުންގެ ޝަކުވާތަކާއި ކަންބޮޑުވުންތައް ސަރުކާރަށް ހުށަހެޅުމަށްޓަކައި މާލެ އާއި ހުޅުމާލޭގައި "ސިޓިޒަންސް ކޮމްޕްލެއިންޓްސް" ބިއުރޯގެ ދެ ލައުންޖެއް މިއަދު ވަނީ ހުޅުވައިފައެވެ. ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހަކު ޚިދުމަތް ދޭ މި އޮފީސްތަކަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ދަށުން ހިންގާ، ރައްޔިތުންގެ މައްސަލަތަކަށް ހައްލު ހޯދައިދިނުމަށް ގާއިމުކުރި ތަންތަނެވެ.

ރިއަލް އެސްޓޭޓު ބިލު މަޖިލީހަށް ބަލައިގަނެފި

މި ބިލު ބަލައިގަންނަން ވޯޓު ދިނީ 42 މެންބަރުން. ބިލާ ދެކޮޅަށް ވޯޓު ދެއްވީ އެމްޑީޕީގެ 13 މެންބަރުން. މި ބިލު ދިރާސާކުރާނީ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީން. މިއީ ގާނޫނުއަސާސީގެ ހިމާޔަތްތައް ނައްތާލައި، ތާއަބަދަށް ނުވަތަ ހުސްނުވާ ގޮތަށް ބޭރު މީހުންނަށް ބިން މިލްކުކުރެވޭނެ ގޮތް ހެދުމަށް އިންތިޒާމުތަކެއް ހިމަނާފައިވާ ބިލެއް

ބޮޑެތި ޖޫރިމަނާތަކެއް ހިމަނާފައިވާ އަބުރުގެ ބިލު ކޮމިޓީއަށް

ސޯޝަލް މީޑިއާގައި މީހެއްގެ އަބުރާ ބެހޭ ފަދަ ޕޯސްޓެއް ހިއްސާކޮށްފިނަމަ 5 ލައްކަ ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރެވޭ ގޮތަށް ހުށަހެޅި އަބުރުގެ ބިލު މަޖިލީހަށް ބަލައިގަނެ ކޮމިޓީއަށް ފޮނުވައިފިއެވެ. މި ބިލުގައި ބަހާއި، ފޮޓޯއާއި، އިޝާރާތް އަދި ފިލްމު ފަދަ ވަސީލަތްތައް މެދުވެރިކޮށް އަބުރާ ބެހުމުގެ ދައުވާ ކުރެވޭނެ ގޮތްތައް ބަޔާންކޮށްފައިވެއެވެ.

މަރުގެ އަދަބު ތަންފީޒު ކުރާ ބިލު ބަލައިގެންފި

ދަންޖައްސައިގެން މަރުގެ އަދަބު ތަންފީޒުކުރާ ގޮތަށް ސަރުކާރުން ހުށަހެޅި ބިލު ރައްޔިތުންގެ މަޖިލީހަށް މިއަދު ބަލައިގެންފިއެވެ. މި ބިލުގައި މަރުގެ އަދަބު ތަންފީޒުކުރާނެ ގޮތާއި، އެކަން ހިންގާނެ ޕެނަލެއް އެކުލަވާލުމުގެ އިތުރުން، ބަލިވެއިނުމާއި ދަރިފުޅަށް ދެ އަހަރު ފުރުން ފަދަ އަދަބު ތަންފީޒުނުކުރެވޭނެ ހާލަތްތައް ބަޔާންކޮށްފައިވެއެވެ.

ތިން ކުންފުންޏެއްގެ މަނީ އެކްސްޗޭންޖު ލައިސަންސް ބާތިލްކޮށްފި

މަނީ ޗޭންޖިން ގަވާއިދާ ތަކުރާރުކޮށް ހިލާފުވި ތިން ކުންފުންޏެއްގެ ލައިސަންސް އެމްއެމްއޭ އިން ބާތިލުކޮށް، އެ ކުންފުނިތައް ބޮޑެތި އަދަދުތަކުން ޖޫރިމަނާކޮށްފިއެވެ. މި ފިޔަވަޅަކީ ބޭރު ފައިސާގެ ބާޒާރު ކޮންޓްރޯލްކޮށް، ގަވާއިދާ ހިލާފު މުއާމަލާތްތައް ހުއްޓުވުމަށް އެމްއެމްއޭ އިން ކުރަމުންދާ މަސައްކަތުގެ ތެރެއިން އެޅި ފިޔަވަޅެކެވެ.

Newsletter

Get the latest news delivered straight to your inbox