ޑޮލަރުގެ އަގު ބޮޑުވާ މައްސަލައިގައި ސައީދު ޖަވާބެއް ނުދިން

އިކޮނިމިކް މިނިސްޓަރު މުހައްމަދު ސައީދު ރޭ ރައްޔިތުންގެ މަޖިލީހުން ނުކުމެވަޑައިގެން ހިންގަވާފައި ގޮސް ކާރަށް އަރާވަޑައިގަންނަވަނީ

އިކޮނިމިކް މިނިސްޓަރު މުހައްމަދު ސައީދު ރޭ ރައްޔިތުންގެ މަޖިލީހުން ނުކުމެވަޑައިގެން ހިންގަވާފައި ގޮސް ކާރަށް އަރާވަޑައިގަންނަވަނީ

ކަޅު ބާޒާރުގައި ޑޮލަރުގެ އަގު 23ރ. އިން މައްޗަށް އުފުލި، އާންމުންނާއި ވިޔަފާރިތަކަށް ބޮޑެތި ދަތިތަކާ ކުރިމަތިވަމުންދާއިރު، އެ މައްސަލައިގައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ޖަވާބެއް ދެއްވަން އިންކާރު ކުރައްވައިފި އެވެ.

ރަސްމާލެ ވިއްކާލާ ބިލާއި ރާއްޖޭގައި ބިދޭސީން ވަޒަންވެރިކުރުވުމަށް މަގުފަހިކުރާ ގޮތަށް ހުށަހަޅާފައިވާ އިމިގްރޭޝަން ބިލާއި އަބުރާ ރައްކާތެރިކުރުމުގައި ހިޔާލުފާޅުކުރުން ބަންދުކުރަން ހުށަހަޅާފައިވާ ބިލް އަދި މަރުގެ އަދަބު ދިނުމުގެ ބިލް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް އެޖެންޑާކޮށްފައި ވަނިކޮށް، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ހުސައިން މުހައްމަދު ލަތީފާއި މިނިސްޓަރު ސައީދުގެ އިތުރުން އިންފްރާސްޓަރަކްޗާ މިނިސްޓަރު އަބްދުﷲ މުއްތޮލިބު އަދި އެޓާނީ ޖެނެރަލް އަހުމަދު އުޝާމް ރޭ ވަނީ މަޖިލީހުގެ އިދާރާއަށް ވަޑައިގެން ޕީއެންސީގެ މެންބަރުންނާ ބައްދަލު ކުރައްވާފަ އެވެ. 

އެ ބައްދަލުވުމަށްފަހު ނުކުންނެވި ވަގުތު، ޑޮލަރުގެ އަގު ކޮންޓްރޯލް ނުވެ މައްޗަށް ދާ މައްސަލައިގައި "އަދަދު" ނޫހުން ސައީދުއާ ތަކުރާރުކޮށް ސުވާލުކުރުމުން ވެސް އެއްވެސް ޖަވާބެއް ނުދެއްވި އެވެ. 

މިހާރު ކަޅު ބާޒާރުގައި ޑޮލަރެއް ލިބެން ހުރީ 23ރ. އިން މަތީގަ އެވެ. މިދިޔަ ހަފުތާގައި މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަދައްކަވަމުން އޭދަފުށީ ދާއިރާގެ ޕީއެންސީ މެންބަރު އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް) ވެސް ވަނީ ޑޮލަރުގެ އަގު 23.55 ރ. އަށް އުފުލިފައިވާ ކަމަށް ވިދާޅުވެފަ އެވެ. މިއީ ރާއްޖޭގެ ތާރީހުގައި ވެސް ޑޮލަރެއްގެ އަގު މިހާ ބޮޑުވި ފުރަތަމަ ފަހަރެވެ.

މިދިޔަ އޯގަސްޓު މަސް ތެރޭގައި ކަޅު ބާޒާރުގައި ޑޮލަރެއްގެ އަގު 22.85 ރ. އަށް އެރި ދުވަސްވަރު، މިނިސްޓަރު ސައީދު ވިދާޅުވެފައި ވަނީ ޑޮލަރުގެ އަގު އުފުލެނީ ނޫސްތަކުގައި އެ ވާހަކަ ލިޔާތީ ކަމަށެވެ. އެގޮތަށް ބުނެ ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ އަގުތައް މީޑިއާތަކުގައި ރިޕޯޓުކުރުން ވެސް އޭރު މަނާކުރި އެވެ.

މީޑިއާތަކުގައި ޑޮލަރުގެ އަގު އުފުލޭ ވާހަކަ ގެނެސްދިނުން ހުއްޓުވުމަށް ފިޔަވަޅު އެޅި ނަމަވެސް، ޑޮލަރުގެ އަގު ތިރިވުމުގެ ބަދަލުގައި ވޭތުވެދިޔަ ދުވަސްތަކުގައި ދިޔައީ ދުވަހެއް ދުވަހަކަށް އަގު އުފުލެމުންނެވެ.

ކަޅު ބާޒާރުގައި ޑޮލަރުގެ އަގު އުފުލޭ މައްސަލައިގައި ޒިންމާވާންޖެހޭނީ އެމްއެމްއޭއިން ކަމަށް ސައީދު ވިދާޅުވެއްޖެ

މިނިސްޓަރު މިހެން ވިދާޅުވީ އޭނާގެ އިތުބާރު ނެތްކަމުގެ މައްސަލައަށް ޖަވާބުދެއްވަމުން، ފޮރިން އެކްސްޗޭންޖް ސިޔާސަތުތައް ކަނޑައަޅައި ތަންފީޒުކުރުމަކީ ގާނޫނީގޮތުން އެމްއެމްއޭގެ މަސްއޫލިއްޔަތެއްކަން ފާހަގަކުރައްވަމުންނެވެ.

ޑޮލަރުގެ މައްސަލައިގައި ސަރުކާރުގެ ފަރާތުން އެންމެ ގިނައިން ވާހަކަ ދައްކަވާފައިވާ އެއް ބޭފުޅަކީ މިނިސްޓަރު ސައީދު އެވެ. ނަމަވެސް ޑޮލަރު އަގު ބޮޑުވެ މުދަލުގެ އަގު އުފުލެމުންދާ މައްސަލައިގައި ސުވާލު ކުރުމަށް މަޖިލީހަށް ހާޒިރު ކުރުމުން އެކަމަށް ސައީދު ވިދާޅުވީ ކަޅު ބާޒާރުގައި ޑޮލަރުގެ އަގު ބޮޑުވެ ތަކެތީގެ އަގު އުފުލެމުންދާ މައްސަލައިގެ ޒިންމާ ނަގަންޖެހޭނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ކަމަށެވެ. 

ރައީސް އޮފީހުން ބާއްވާ ނޫސްވެރިންގެ ބައްދަލުވުންތަކަށް އަދަދު ނޫސް ނުވައްދާތާ ހަ މަސް ވަނީ ވެފަ އެވެ. އެ  ސިވިލް ކޯޓަށް ހުށަހަޅާފައި ވާއިރު، މައްސަލަ އެއްގޮތަކަށް ވެސް ކުރިއަށް ނުގެންދެ އެވެ. 

އަދަދުގެ ނޫސްވެރިން ރައީސް އޮފީހަށް ވަނުން މަނާކުރީ މެއި މަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ރައީސް އޮފީހުގެ މުވައްޒަފަކަށް ރައީސް މުހައްމަދު މުއިއްޒު ގުޅުއްވި ކަމަށް ތުހުމަތު ކުރެވޭ ފޯން ލޮގާއެކު ނޫސްވެރިޔާ މުހައްމަދު ޝަހުޒާން ސުވާލު ކުރުމުންނެވެ. އެއީ އޭރު ނެރެފައި އޮތް ކްރިމިނަލް ކޯޓުގެ ގެގު އޯޑަރާ ހިލާފު ސުވާލެއް ކަމަށް މުއިއްޒު އަމިއްލައަށް ކަނޑައަޅުއްވައި، ސިފައިން ލައްވައި ޝަހުޒާން މައިކް ކައިރި ދުރުކޮށް، ރައީސް އޮފީހުން ބޭރުކުރި އެވެ. 

އެއަށް ފަހު ގެގު އޯޑަރާ ހިލާފުވި ކަމަށް ކްރިމިނަލް ކޯޓުން ނިންމައި ޝަހުޒާން އަދި ގެގު އޯޑަރުގެ ހަބަރު ލިޔުނު އަދަދު ނޫހުގެ ނޫސްވެރިޔާ ލީވާން އަލީ ނާސިރު ޖަލަށްލި އެވެ. ނަމަވެސް ގެގު އޯޑަރާ ހިލާފުވި ކަމަށް ތުހުމަތު ކުރެވޭ އެހެން އެއްވެސް މީހަކަށް ފިޔަވަޅެއް ނާޅަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ލޯ ޑިގްރީ އިމްތިހާނަށް މާލެ އަންނާކަށް ނުޖެހޭނެ: ބާ ކައުންސިލް

ލޯ ޑިގްރީގެ އިމްތިހާނުތައް ހެދުމަށް މާލެއަށް ނުވަތަ ވަކި ހާއްސަ ރަށަކަށް ހާޒިރުވުން ލާޒިމު ނޫން ކަމަށާއި، ދަރިވަރުން ދިރިއުޅޭ ރަށެއްގެ ސްކޫލް ނުވަތަ ކައުންސިލް މެދުވެރިކޮށް އިމްތިހާނު ހެދޭނެ މަގު ބާ ކައުންސިލުން ފަހިކޮށްދީފިއެވެ. އަންނަ އަހަރުން ފެށިގެން އަމަލުކުރާ މި އުސޫލުގެ ދަށުން އިމްތިހާނު ހަދާ ގޮތަށް ބަދަލު އައި ނަމަވެސް، ކޯހުގެ މަންހަޖާއި ކިޔަވައިދޭ މުއްދަތަށް އެއްވެސް ބަދަލެއް ނާންނާނެއެވެ.

ތަރައްގީގެ އެއްވެސް ކަމެއް ކުރުމަށް ލާރިއެއް ނެތް: ޝާކިރު

އަންނަ އަހަރުގެ ބަޖެޓުގައި ރިކަރަންޓް ހަރަދަށް ކެނޑުމަށްފަހު ތަރައްގީގެ މަޝްރޫއުތަކަށް ފައިސާ ނެތް ކަމަށް ވިދާޅުވެ މެންބަރު އަހުމަދު ޝާކިރު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ ދައުލަތުގެ އާމްދަނީގެ ބޮޑުބައެއް ހަރަދުވަނީ ރިކަރަންޓް ކަންކަމަށް ކަމަށާއި، މަޝްރޫއުތައް ހިންގަން ޖެހެނީ އިތުރަށް ދަރަނި ނަގައިގެން ކަމަށެވެ. މީގެ އިތުރުން ސަރުކާރު ކުންފުނިތަކުން ބޮޑެތި ގެއްލުންވަމުންދާ ދިއުމަށްވެސް އޭނާ ވަނީ ފާޑުވިދާޅުވެފައެވެ.

"ސިޓިޒަންސް ކޮމްޕްލެއިންޓްސް" ލައުންޖުތަކެއް ގާއިމުކޮށްފި

ރައްޔިތުންގެ ޝަކުވާތަކާއި ކަންބޮޑުވުންތައް ސަރުކާރަށް ހުށަހެޅުމަށްޓަކައި މާލެ އާއި ހުޅުމާލޭގައި "ސިޓިޒަންސް ކޮމްޕްލެއިންޓްސް" ބިއުރޯގެ ދެ ލައުންޖެއް މިއަދު ވަނީ ހުޅުވައިފައެވެ. ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހަކު ޚިދުމަތް ދޭ މި އޮފީސްތަކަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ދަށުން ހިންގާ، ރައްޔިތުންގެ މައްސަލަތަކަށް ހައްލު ހޯދައިދިނުމަށް ގާއިމުކުރި ތަންތަނެވެ.

ރިއަލް އެސްޓޭޓު ބިލު މަޖިލީހަށް ބަލައިގަނެފި

މި ބިލު ބަލައިގަންނަން ވޯޓު ދިނީ 42 މެންބަރުން. ބިލާ ދެކޮޅަށް ވޯޓު ދެއްވީ އެމްޑީޕީގެ 13 މެންބަރުން. މި ބިލު ދިރާސާކުރާނީ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީން. މިއީ ގާނޫނުއަސާސީގެ ހިމާޔަތްތައް ނައްތާލައި، ތާއަބަދަށް ނުވަތަ ހުސްނުވާ ގޮތަށް ބޭރު މީހުންނަށް ބިން މިލްކުކުރެވޭނެ ގޮތް ހެދުމަށް އިންތިޒާމުތަކެއް ހިމަނާފައިވާ ބިލެއް

ބޮޑެތި ޖޫރިމަނާތަކެއް ހިމަނާފައިވާ އަބުރުގެ ބިލު ކޮމިޓީއަށް

ސޯޝަލް މީޑިއާގައި މީހެއްގެ އަބުރާ ބެހޭ ފަދަ ޕޯސްޓެއް ހިއްސާކޮށްފިނަމަ 5 ލައްކަ ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރެވޭ ގޮތަށް ހުށަހެޅި އަބުރުގެ ބިލު މަޖިލީހަށް ބަލައިގަނެ ކޮމިޓީއަށް ފޮނުވައިފިއެވެ. މި ބިލުގައި ބަހާއި، ފޮޓޯއާއި، އިޝާރާތް އަދި ފިލްމު ފަދަ ވަސީލަތްތައް މެދުވެރިކޮށް އަބުރާ ބެހުމުގެ ދައުވާ ކުރެވޭނެ ގޮތްތައް ބަޔާންކޮށްފައިވެއެވެ.

މަރުގެ އަދަބު ތަންފީޒު ކުރާ ބިލު ބަލައިގެންފި

ދަންޖައްސައިގެން މަރުގެ އަދަބު ތަންފީޒުކުރާ ގޮތަށް ސަރުކާރުން ހުށަހެޅި ބިލު ރައްޔިތުންގެ މަޖިލީހަށް މިއަދު ބަލައިގެންފިއެވެ. މި ބިލުގައި މަރުގެ އަދަބު ތަންފީޒުކުރާނެ ގޮތާއި، އެކަން ހިންގާނެ ޕެނަލެއް އެކުލަވާލުމުގެ އިތުރުން، ބަލިވެއިނުމާއި ދަރިފުޅަށް ދެ އަހަރު ފުރުން ފަދަ އަދަބު ތަންފީޒުނުކުރެވޭނެ ހާލަތްތައް ބަޔާންކޮށްފައިވެއެވެ.

ތިން ކުންފުންޏެއްގެ މަނީ އެކްސްޗޭންޖު ލައިސަންސް ބާތިލްކޮށްފި

މަނީ ޗޭންޖިން ގަވާއިދާ ތަކުރާރުކޮށް ހިލާފުވި ތިން ކުންފުންޏެއްގެ ލައިސަންސް އެމްއެމްއޭ އިން ބާތިލުކޮށް، އެ ކުންފުނިތައް ބޮޑެތި އަދަދުތަކުން ޖޫރިމަނާކޮށްފިއެވެ. މި ފިޔަވަޅަކީ ބޭރު ފައިސާގެ ބާޒާރު ކޮންޓްރޯލްކޮށް، ގަވާއިދާ ހިލާފު މުއާމަލާތްތައް ހުއްޓުވުމަށް އެމްއެމްއޭ އިން ކުރަމުންދާ މަސައްކަތުގެ ތެރެއިން އެޅި ފިޔަވަޅެކެވެ.

Newsletter

Get the latest news delivered straight to your inbox