އެމްއައިބީން އިސްލާމިކް ބޭންކިންގެ އައު ކްރެޑިޓް ކާޑު ޕޯޓްފޯލިއޯ ތައާރަފުކޮށްފި

އެމްއައިބީގެ ކްރެޑިޓު ކާޑުތައް

އެމްއައިބީގެ ކްރެޑިޓު ކާޑުތައް

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ޝަރީއާ ހަމަތަކަށް ފުރިހަމައަށް ފެތޭ ގޮތަށް އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކުގެ މާލީ ބޭނުންތަކަށް ހާއްސަކޮށްގެން އައު ކްރެޑިޓް ކާޑު ޕޯޓްފޯލިއޯއެއް މިއަދު ރަސްމީކޮށް ތައާރަފުކޮށްފި އެވެ.

މިއީ ރާއްޖޭގައި އިސްލާމިކް ބޭންކިން އާއި ފައިސާ ދެއްކުމުގެ ހިދުމަތްތައް ފުޅާކުރުމަށް އެ ބޭންކުން ކުރަމުންދާ މަސައްކަތުގެ ދަށުން ނެރުނު މުހިންމު ކާޑުތަކެކެވެ. މި ކާޑު ޕޯޓްފޯލިއޯ ބަހާލެވިފައިވަނީ ހަތަރު ކެޓަގަރީއަކަށެވެ. އެއީ ގޯލްޑް، ޕްލެޓިނަމް، ސިގްނަޗާ އަދި ބިޒްނަސް ކާޑެވެ. 

މިއިން ކޮންމެ ކާޑަކަށްވެސް ކްރެޑިޓް ލިމިޓް ކަނޑައެޅިފައިވަނީ 12,000ރ. އިން ފެށިގެން 300,000ރ. އާ ހަމައަށެވެ. ކާޑު ދޫކުރުމުގައި ބަލާނީ އެދޭ ފަރާތުގެ އާމްދަނީއާއި މާލީ ޝަރުތުތަކަށް ކަމަށް އެމްއައިބީން މައުލޫމާތުދެ އެވެ. 

Advertisement

ރުފިޔާ ކާޑުތަކަށް ކޮންމެ މަހަކަށް ކަނޑައަޅާފައިވާ ލިމިޓްތައް:

  • ގޯލްޑް ކާޑަށް 12,000ރ. އާއި 50,000ރ. ދެމެދުގެ ލިމިޓެއް.
  • ޕްލެޓިނަމް ކާޑަށް 50,000ރ. އާއި 100,000ރ. އާ ދެމެދުގެ ލިމިޓެއް.
  • ސިގްނަޗާ ކާޑަށް 100,000ރ. އިން ފެށިގެން 300,000ރ. އާ ދެމެދުގެ ލިމިޓެއް.
  • ވިޔަފާރިތަކަށް ހާއްސަ ބިޒްނަސް ކާޑަށް 100,000ރ. އާއި 300,000ރ. އާ ދެމެދުގެ ލިމިޓެއް.

ޑޮލަރު ކާޑުތަކަށް ކޮންމެ މަހަކަށް ކަނޑައަޅާފައިވާ ލިމިޓްތައް: 

  • ގޯލްޑް ކާޑަށް 300 އެމެރިކާ ޑޮލަރު.
  • ޕްލެޓިނަމް ކާޑަށް 400 އެމެރިކާ ޑޮލަރު.
  • ސިގްނަޗާ ކާޑަށް 500 އެމެރިކާ ޑޮލަރު.
  • ބިޒްނަސް ކާޑަށް ވަކި ޑޮލަރު ލިމިޓެއް ކަނޑައަޅާފައެއް ނުވޭ.

މި ކާޑުތަކުން ކުރާ ހަރަދުތަކަށް ފައިސާ ދެއްކުމުގައި ކަސްޓަމަރުންނަށް ލުއިގޮތްތަކެއް ވަނީ ހަމަޖައްސައިދީފަ އެވެ. އެގޮތުން މަހުން މަހަށް ދައްކަންޖެހޭ އަދަދުގެ މަދުވެގެން 5 ޕަސަންޓު ނުވަތަ މުޅި އަދަދު އެއްކޮށް ދެއްކުމުގެ އިހްތިޔާރު ކަސްޓަމަރުންނަށް ލިބެ އެވެ. 

ކާޑުގެ މަންތުލީ ސްޓޭޓްމަންޓް ކޮންމެ މަހެއްގެ 10 ވަނަ ދުވަހު ދޫކުރާއިރު، ފައިސާ ދެއްކުމުގެ ސުންގަޑިއަކީ އެ މަހެއްގެ 30 ވަނަ ދުވަހެވެ. ކަސްޓަމަރުންނަށް އެ ފައިސާ އެމްއައިބީ އޭޓީއެމް ނުވަތަ ޑައިރެކްޓް ޑެބިޓް، ފައިސާ ފައިސާނެޓް، ފައިސާ މޮބައިލް  މެދުވެރިކޮށް ދެއްކޭނެ އެވެ. 

އެމްއައިބީން ބުނީ މި އައު ކްރެޑިޓް ކާޑުތައް ތައާރަފުކުރުމަކީ އިސްލާމީ ބޭންކިންގގެ އުޞޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން، ކަސްޓަމަރުންގެ ބަދަލުވަމުންދާ މާލީ ބޭނުންތަކަށް އެކަށީގެންވާ ޒަމާނީ ހައްލުތަކެއް ފޯރުކޮށްދިނުމަށް އެ ބޭންކުން ކުރާ މަސައްކަތުގެ މުހިންމު ފިޔަވަޅެކެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ސިނެޓެކްސްގެ ވެބްސައިޓް އަލުން ފަރުމާކޮށްފި

ދިވެހި ތިން ޒުވާނުން އުފެއްދި "ސިނެޓެކްސް" ކުންފުނިން ބައިނަލްއަގުވާމީ ބާޒާރަށް އަމާޒުކޮށް އެ ކުންފުނީގެ ވެބްސައިޓް އަލުން ފަރުމާކޮށްފިއެވެ. މި ކުންފުނީގެ މައިގަނޑު މަގުސަދަކީ ދިވެހިބަހާ އެއްގޮތަށް ޑިޖިޓަލް ވަސީލަތްތައް މަދު ބަސްތަކަށް އޭއައި މޮޑެލްތަކާއި ސައިބަރ ސެކިއުރިޓީ ހައްލުތައް ފޯރުކޮށްދިނުމެވެ. އެގޮތުން 'ތާނަ އޭއައި' މެދުވެރިކޮށް ލިބޭ ހިދުމަތްތައް ފުޅާކޮށް، ކުރިއަށް އޮތް "ސްލަޝް 2026" ކޮންފަރެންސްގައި ދުނިޔޭގެ ފެންވަރުގައި މި ޓެކްނޮލޮޖީ ތައާރަފުކުރުމަށް އެ ކުންފުނިން ދަނީ ތައްޔާރުވަމުންނެވެ.

ފެނަކައިގެ ދަރަނި ފަސް ބިލިއަން ރުފިޔާއަށް އަރައިފި

ފެނަކަ ކޯޕަރޭޝަންގެ ދަރަނި ފަސް ބިލިއަން ރުފިޔާއަށް އަރާފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެފައިވާއިރު، މީގެ ތެރޭގައި ގިނައީ ސަޕްލަޔަރުންނަށް ނުދައްކާ ހުރި ފައިސާ އާއި ނަގާފައިވާ ލޯނުތައް. މި ހުރިހާ ދަރަންޏަކާއެކީ ސަރުކާރުން ވަނީ އެ ކުންފުނި އުވާލާ، ސްޓެލްކޯއާ އެއްކޮށްލަން ނިންމާފަ.

ފޭކް ކޯލްތަކަކުން 400 މިލިއަން ޑޮލަރުގެ ކްރިޕްޓޯ ވަގަށް ނަގައިފި

އުތުރު ކޮރެއާގެ ހެކަރުން އޮޅުވާލައިގެން ކުރި ވީޑިއޯ ކޯލްތަކެއް މެދުވެރިކޮށް 400 މިލިއަން ޑޮލަރަށްވުރެ ގިނަ ކްރިޕްޓޯކަރަންސީ ވަގަށް ނަގާފައިވާކަން އެފްބީއައި އިން ހާމަކޮށްފިއެވެ. "ފޭސްސްޓީލާ" ގެ ނަމުން ނަންދީފައިވާ މި ރޭވުމުގައި، ކުރިން ރެކޯޑްކޮށްފައިވާ ވީޑިއޯ ބޭނުންކޮށްގެން 900 އަށްވުރެ ގިނަ މީހުންނަށް އޮޅުވާލާފައިވާއިރު، މި ފައިސާ ބޭނުންކުރަނީ އެ ގައުމުގެ ހަތިޔާރު އުފެއްދުމުގެ މަޝްރޫއުތަކަށް ކަމަށް އެމެރިކާއިން ތުހުމަތުކުރެއެވެ.

ބީއެމްއެލް ކާނިވާ 44 ސެންޓްރަލް ޕާކުގައި

ބޭންކް އޮފް މޯލްޑިވްސްގެ 44 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް "ބީއެމްއެލް ކާނިވާ 44" ނޮވެމްބަރު 11 އިން 14 އަށް ހުޅުމާލެ ސެންޓްރަލް ޕާކުގައި ބޭއްވުމަށް ވަނީ ނިންމާފައެވެ. ޔޫރޯ ސްޓޯރުން ފުރަތަމަ ފަހަރަށް ބައިވެރިވާ މި ކާނިވަލުގައި ތަފާތު ކާބޯތަކެތީގެ އިތުރުން މުނިފޫހިފިލުވުމުގެ ގިނަ ހަރަކާތްތަކެއް އާއިލާތަކަށް އަމާޒުކޮށްގެން ކުރިއަށްދާނެއެވެ.

މީރާގެ ރައްދު ގަވަރުނަރަށް: ރިސޯޓުތައްވެސް އޮޑިޓުކުރަން

ރިސޯޓުތަކުން ޓެކްސް ދައްކާ މިންވަރު މަދުވުމުން އެ ތަންތަން އޮޑިޓްކުރަން ގަވަރުނަރު ގޮވާލެއްވުމާ ގުޅިގެން، މީރާއިން ވަނީ ވަކި އުސޫލެއްގެ ދަށުން ހުރިހާ ދާއިރާއެއްގެ ވިޔަފާރިތައްވެސް އޮޑިޓްކުރަމުންދާ ކަމަށް ބުނެ ރައްދުދީފައި. މީރާއިން ބުނިގޮތުގައި ޓެކްސް ގާނޫނުތައް ތަންފީޒުކުރުމުގައި ހުރިހާ ފަރާތްތަކަކަށްވެސް އަމަލުކުރަނީ ހަމަހަމަ އުސޫލަކުން.

ދިރާގުޕޭ ކަސްޓަމަރުންނަށް މާދަމާ އެންމެ ރުފިޔާއަކަށް ބޯބާއެއް

ދިރާގުޕޭ ބޭނުންކުރާ ކަސްޓަމަރުންނަށް އެންމެ ރުފިޔާއަކަށް ބޯބާ ލިބޭ ހާއްސަ ޕްރޮމޯޝަނެއް މާދަމާ ހެނދުނު 10:00 އިން ފެށިގެން ވިކްޓޯރިއަސް ކެފޭގައި ކުރިއަށްދާނެއެވެ. ފުރަތަމަ 1,000 ކަސްޓަމަރުންނަށް ހުޅުވާލާފައިވާ މި އޮފާގައި ދިރާގުޕޭގެ މިހާރުގެ ކަސްޓަމަރުންނާއި އަލަށް ރަޖިސްޓްރީވާ ފަރާތްތަކަށްވެސް ބައިވެރިވެވޭނެއެވެ.

އެމްއައިބީގެ އީޖީއެމްގައި ބޯޑަށް ދެ މެންބަރަކު އައްޔަންކޮށްފި

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގެ ބޯޑުގައި ހުސްވެފައިވާ މަގާމުތަކަށް ހަސަން މަހޫދު އާއި އިޔާޒު ވަހީދު މިއަދު ބޭއްވި ހާއްސަ އާންމު ޖަލްސާގައި އައްޔަންކޮށްފިއެވެ. "ފަހިވޯޓު" މެދުވެރިކޮށް ބޭއްވި މި ޖަލްސާގައި ބޭންކުގެ 71.73 އިންސައްތަ ހިއްސާދާރުން ބައިވެރިވެފައިވާއިރު، އަލަށް އައްޔަންކުރި މެންބަރުންނަކީ މާލީ އަދި އިގްތިސާދީ ދާއިރާގެ ތަޖުރިބާކާރު ބޭފުޅުންނެވެ.

Newsletter

Get the latest news delivered straight to your inbox