ޕީއެސްޖީގެ ޑޫއޭ އަށް ސީޒަން ނިމިއްޖެ

Nov 24, 2026, 11:05 AM
ޕީއެސްޖީގެ ތަރި ޑެޒީރޭ ޑޫއޭ

ޕީއެސްޖީގެ ތަރި ޑެޒީރޭ ޑޫއޭ

ޕެރިސް (ނޮވެމްބަރު 24) - ޕީއެސްޖީގެ ހުނަރުވެރި ތަރި، ޑެޒީރޭ ޑޫއޭ އަށް ލިބުނު ސީރިއަސް އަނިޔާއެއްގެ ސަބަބުން މި ސީޒަން ނިމިއްޖެ އެވެ. 

އުމުރުން 21 އަހަރުގެ ޑޫއޭ އަށް އަނިޔާވީ މިދިޔަ ހޮނިހިރު ދުވަހު ފްރެންޗް ލީގުގައި ޕީއެސްޖީން 3-2 އިން ނީސް އަތުން މޮޅުވި މެޗުގަ އެވެ. އެ މެޗުގައި ލަނޑު ޖެހި ޑޫއޭ އަށް ފުރަތަމަ ހާފުގެ ފަހުކޮޅުގައި ލިބުނު އަނިޔާގެ ސަބަބުން ދަނޑުމަތީގައި ބާއްވައިގެން ފަރުވާ ދިނުމަށް ފަހު ބޭލީ އަށިގަނޑުގަ އެވެ. 

މި ސީޒަނުގައި ޕީއެސްޖީ އަށް އެންމެ ތަފާތު ކުޅުމެއް ދައްކަމުން އައި ޑޫއޭގެ ކަކުލަށް އަނިޔާވީ، އެކަނި ބޯޅަ ހިފައިގެންދާން އުޅުމުގެ ތެރޭގަ އެވެ. އަދި، ފަސް ވަރަކަށް މިނިޓަށް ދިގުދެމިގެންދިޔަ ފަރުވާ އަށް ފަހު، އޭނާ ދަނޑުން ބާލައިގެން ގެންދިޔައީ ހޮސްޕިޓަލަށެވެ. އެ އަށް ފަހު، ހެދި ޓެސްޓްތަކުން އެނގުނު ގޮތުގައި، ޑޫއޭގެ ކަނާތު ކަކުލުގެ އެންޓެރިއާ ކްރޫޝިއެޓް ލިގަމެންޓް (އޭސީއެލް) ވަނީ އިރައިގެން ގޮސްފަ އެވެ. 

މިއާ އެކު، އޭނާ އަށް ދެން މި ސީޒަނުގައި ނުކުޅެވޭނެ އެވެ. އެއީ، އެ އަނިޔާ އިން ރަނގަޅުވާން އެންމެ އަވަސް ވެގެން ވެސް 6-9 މަސް ނަގާނެ އެވެ. މިދިޔަ ސީޒަނުގައި ވެސް ޑޫއޭ އަށް އަނިޔާގެ ސަބަބުން 13 މެޗެއް ގެއްލުނެވެ. އެއީ، ކުޑަކަޅުވާ އާއި ފަލަމަސްގަނޑަށް ލިބުނު އަނިޔާތަކެއްގެ ސަބަބުންނެވެ. 

މިއީ، މި ސީޒަނުގައި ޕީއެސްޖީގެ ކުޅުންތެރިއަކަށް ކަކުލުގެ ސީރިއަސް އަނިޔާއެއް ދިމާވި ދެ ވަނަ ފަހަރެވެ. އޮކްޓޫބަރު މަހު، ޕީއެސްޖީން ބާސެލޯނާއާ ދެކޮޅަށް ކުޅުނު މެޗުގެ ތެރެއިން، ޕީއެސްޖީގެ ޖޯޖިއާ ތަރި، ކްވިޗާ ކްވަރަޝްކޭލިއާ އަށް ލިބުނު ކަކުލުގެ އަނިޔާގެ ސަބަބުން އޭނާ އަށް ވެސް ވަނީ ސީޒަން ނިމިފަ އެވެ. 

މި ސީޒަނުގައި ޑޫއޭ ކުޅުނު 15 މެޗުން ވަނީ ހަ ލަނޑު ޖަހައި، ހަތަރު ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފަ އެވެ. 

ޕީއެސްޖީން ދެން އެންމެ އަވަހަށް ކުޅޭ މެޗުގައި މާދަމާރޭ ބައްދަލުކުރާނީ ރޯމާއާ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ރާޔާގެ އަނިޔާ އޮޕަަރޭޝަނެއް ކުރަން ޖެހޭހާ ސީރިއަސް އެއް ނޫން

ނިއުކާސަލްއާ ދެކޮޅަށް ކުޅުނު މެޗުގައި އާސެނަލްގެ ކީޕަރު ޑޭވިޑް ރާޔާގެ ކޮނޑަށް ލިބުނު އަނިޔާއަކީ އޮޕަރޭޝަނެއް ކުރަންޖެހޭ ފަދަ ސީރިއަސް އަނިޔާއެއް ނޫން ކަމަށް އެ ޓީމުގެ ކޯޗު މިކޭލް އާޓެޓާ ބުނެފި. ރާޔާގެ އަނިޔާ ރަނގަޅުވަމުން އަންނައިރު، އޭނާ ނެތް ވަގުތު ގޯލު ބަލަހައްޓާނީ ތަޖުރިބާކާރު ކީޕަރު ކެޕާ އަރިއްޒަބަލާގާ.

ފަހަތުން އަރައި ދިއްދޫ ބަލިކޮށް މާޒިޔާ އިން ފަރަގުކުޑަކޮށްފި

ދިއްދޫ ސްޕޯޓްސް ކްލަބް 5-2 އިން ބަލިކޮށް، މާޒިޔާ އިން ލީގުގެ އެއްވަނައިގައި އޮތް ވިކްޓަރީއާ ދެމެދު އޮތް ފަރަގު ތިން ޕޮއިންޓަށް ކުޑަކޮށްފި. މެޗުގެ ކުރީކޮޅު ދިއްދޫން ލީޑުނެގި ނަމަވެސް، މާޒިޔާ އިން ވަނީ ފަހަތުން އަރައި ފަސް ލަނޑު ޖަހައި މެޗު ކާމިޔާބުކޮށްފައި

ގައްދޫ ބަލިކޮށް ބިސް ބުރު ލީގުގެ ތިން ވަނަ އަށް

ދިވެހި ޕްރިމިއާ ލީގުގައި ގދ. ގައްދޫ 1-0 އިން ބަލިކޮށް، ބިސް ބުރު ސްޕޯޓްސް ކްލަބުން ތާވަލުގެ ތިންވަނައަށް ޖެހިލައިފި. ބިސް ބުރުން މި މެޗު ކާމިޔާބުކުރީ ލިބުނު ޕެނަލްޓީއަކުން ޖެހި ލަނޑުން ކަމަށްވާއިރު، ގައްދޫ ވަނީ ލީގުގައި މިހާތަނަށް ކުޅުނު ހަތް މެޗުންވެސް ބަލިވެފައި

އިންޓަވިއު ތެރެއިން ޕަރޭޑޭސް އަށް ސިއްހީ ހާލަތެއް ދިމާވެއްޖެ

ކޮޕަ ސުޑަމެރިކާނާގެ ތަށި ބޮކަ ޖޫނިއާސް އިން ކާމިޔާބުކުރި މެޗަށްފަހު، އެ ޓީމުގެ މިޑްފީލްޑަރު ލެއަންޑްރޯ ޕަރޭޑޭސް އިންޓަވިއު ދެމުން ދަނިކޮށް ހޫނުގަދަވުމުގެ ސަބަބުން ބޯއަނބުރައިގަނެ ސިއްހީ ހާލަތެއް ކުރިމަތިވެއްޖެ، މެޗުގެ ތެރެއިން ވެސް އުނދަގޫތަކެއްވެގެން ބަދަލުކުރި ޕަރޭޑޭސްއަށް ފަރުވާ ދިނުމުން ހާލު ރަނގަޅުވި

ގުރައިދޫގަައި ވޮލީބޯޅަ އަށް ހާއްސަ އައިލެންޑް އެލީޓް ސްޕޯޓްސް

ތ. ގުރައިދޫގައި ވޮލީބޯޅަ ކުރިއެރުވުމަށްޓަކައި "އައިލެންޑް އެލީޓް ސްޕޯޓްސް" ގެ ނަމުގައި 95 ކުދިންނާއެކު އެކަޑަމީއެއް ފަށައިފި. މި އެކަޑަމީގެ މަގުސަދަކީ ގައުމީ ފެންވަރުގެ ކުޅުންތެރިން އުފެއްދުން ކަމަށްވާއިރު، ކޮންމެ ތިން މަހަކުން އެއްފަހަރު ތަޖުރިބާކާރު ކޯޗުންގެ އެހީގައި ތަމްރީނުތައް ކުރިއަށް ގެންދިއުމަށް ވަނީ ރޭވިފައި

ދިއްދޫ ފަަސޭހަކޮށް ނުނެގޭނެ ކަން ސާބިތުކޮށްދީފި: ޓްރުޗާ

ދިވެހި ޕްރިމިއާ ލީގުގައި މާޒިޔާއާ ދެކޮޅަށް ނުކުންނަ ދިއްދޫ ޓީމަކީ ފަސޭހައިން ބަލިކުރެވޭނެ ޓީމެއް ނޫންކަން އެ ޓީމުން ސާބިތުކޮށްދީފައިވާ ކަމަށް މާޒިޔާގެ ކޯޗު ޓްރުޗާ ބުނެފި. އޭނާ ފާހަގަކުރި ގޮތުގައި ދިއްދޫއަށް ނަތީޖާ ނެރުމުގައި ދަތިތަކެއް ހުރި ނަމަވެސް، މިއީ މާޒިޔާއިން ވަރަށް ސަމާލުވެގެން ކުޅެންޖެހޭނެ އުނދަގޫ މެޗެއް.

ލިވަޕޫލުން ޕޮޗެޓީނޯއާ އެކު ނުކުތް ޔުނައިޓެޑް ބަލިކޮށްފި

މައުރީސިއޯ ޕޮޗެޓީނޯގެ ކޯޗުކަމުގައި މެންޗެސްޓާ ޔުނައިޓެޑް ކުޅުނު ފުރަތަމަ މެޗުން 4-0 ގެ ބޮޑު ތަފާތަކުން ލިވަޕޫލް އަތުން ބަލިވެއްޖެއެވެ. މެޗުގެ ކުރީކޮޅު ޔުނައިޓެޑްގެ ކުޅުންތެރިއަކަށް ރަތް ކާޑު ދެއްކުމުން އެއް ކުޅުންތެރިއަކު މަދުކޮށް ކުޅުނު މި މެޗުގައި ލިވަޕޫލްގެ ލަނޑުތައް ޖަހައިދިނީ ސޮބޯސްލާއި، ވާޓްޒް، އެންގުމޯހާ އަދި މުނޯޒްއެވެ.

Newsletter

Get the latest news delivered straight to your inbox