ފަހަތުން އަރައި ދިއްދޫ ބަލިކޮށް މާޒިޔާ އިން ފަރަގުކުޑަކޮށްފި

Nov 23, 2026, 5:50 PM
ދިއްދޫ ކޮޅަށް ލަނޑު ޖެހުމަށް ފަހު އިލާން އުފާފާޅުކުރަނީ.--- ފޮޓޯ: އަދަދު ސްޕޯޓްސް

ދިއްދޫ ކޮޅަށް ލަނޑު ޖެހުމަށް ފަހު އިލާން އުފާފާޅުކުރަނީ.--- ފޮޓޯ: އަދަދު ސްޕޯޓްސް

ފަހަތުން އަރައި ދިއްދޫ ސްޕޯޓްސް ކްލަބް 5-2 އިން ބަލިކޮށް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން ދިރާގު ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނައިގައި އޮތް ވިކްޓަރީ ސްޕޯޓްސް ކްލަބާ ދެމެދު ޕޮއިންޓުގެ ފަރަގުކުޑަކޮށްފި އެވެ. 

ރޭ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބް އަތުން މޮޅުވެގެން ވިކްޓަރީން ލީގުގެ އެއް ވަނައިގައި ހަ ޕޮއިންޓުގެ ލީޑެއްނެގި އެެވެ. އެކަަމަކު، މާޒިޔާ އިން މި ވަނީ މެޗު ހަމަކުރިއިރު، ވިކްޓަރީއާ ތިން ޕޮއިންޓަށް ގާތަށް ޖެހިލައިފަ އެވެ. ވިކްޓަރީ އަށް ހަތް މެޗުން 19 ޕޮއިންޓް ލިބިފައިވާއިރު، މާޒިޔާ އިން ވަނީ ހަތް މެޗުން 16 ޕޮއިންޓް ހޯދައިފަ އެވެ. 

ގަލޮޅު ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗުގައި މާޒިޔާ އަށް ލީޑުނަގައިދޭން އަބްދުﷲ ލޫތު އިބްރާހިމް (ސާނޭ) އަށް ލިބުނު ފުރުސަތުގައި ބޭނުމެއް ނުހިފުނެވެ. ދިއްދޫން ލިބޭ ފުރުސަތުތަކުގައި ކައުންޓަ އެޓޭކުގައި ރަނގަޅު ކުޅުމެއް ދައްކަމުންދިޔައިރު، 34 ވަނަ މިނިޓްގަައި ލަނޑެއް ޖަހައި ލީޑުނެގި އެެވެ. މި ލަނޑު ޖެހީ ކުރިން މާޒިޔާ އަށް ކުޅުނު މުހައްމަަދު ތަޝްމީން (ތައްތި) އެވެ. ހުސެއިން ޝިފާހު (ސިފަޓީ) ދިން ބޯޅައަކަށް އޭރިއާތެރެއިން އަރައި ތައްތި ވަނީ ހަމަޖެހިލައިފައި ގޯލަށް ބޯޅަ ފޮނުވާލައިފަ އެވެ. 

Advertisement

މާޒިޔާ އިން ވަނީ 43 ވަނަ މިނިޓްގައި ލަނޑު ޖަހައި ނަތީޖާ ހަމަހަމަކޮށްފަ އެވެ. މިއީ، އޭރިއާތެރެއަށް މާޒިޔާގެ ހަސަން ޝިފާޒް (ޑުންގާ) ހުރަސްކުރި ބޯޅައަކަށް އަރައި ހުމައިދު ހުސެއިން ޖެހި ގޯލެކެވެ. މިއީ، ކުރިން ކްލަބް އީގަލްސް އަށް ކުޅުނު ހުމައިދު، މާޒިޔާ އަށް ބަދަލުވުމަށް ފަހު ޖެހި ފުރަތަމަ ގޯލެވެ. 

ފުރަތަަމަ ހާފު ނިމުމުގެ ކުރިން ލީޑުނަގަން ވެސް މާޒިޔާ އަށް ފުރުސަތު ލިބުނެވެ. ދިއްދޫ އޭރިއާތެރެއިން މާޒިޔާގެ އަހުމަދު އައިހަމް (ފަތޯ) އަށް ލިބުނު ބޯޅައެއް ގޯލު ރޮނގުމަތިން ސަލާމަތްކުރީ ދިއްދޫގެ ކެޕްޓަން، އާދަމް ނަަސީމް އެވެ. 

މާޒިޔާ އިން ދެ ވަނަ ހާފު ފެށިގެން މިނިޓެއް ވެސް ނުވަނީސް ލަނޑު ޖަހައި ލީޑުނެގި އެވެ. މިއީ، ހައިޝަމް ހަސަން (ބިޑި) ނެގި ހުރަހަކުން ދިއްދޫގެ ކީޕަރު، މުހައްމަދު ޝިފާން އަތުގައި ޖެހިފައި ރީބައުންސަށް ނުކުތް ވަގުތު ނާޝިއު އަހުމަދު ޝިހާމް ޖެހި ގޯލެކެވެ. ނާޝިއު ކުޅެން އެރީ ދެ ވަނަ ހާފުގައި ބަދަލަކަށެވެ. 

މާޒިޔާ އިން ތިން ވަނަ ލަނޑު ޖެހީ އަނިޔާގެ ސަބަބުން ދެ މަހެއްހާ ދުވަސް ފަހުން މެޗެއް ކުޅުނު ޒުވާން ފޯވާޑް މުހައްމަދު އިލާން އިމްރާން އެވެ. ދެ ވަނަ ހާފުގައި ބަދަލަކަށް ކުޅެން އެރި އިލާން މި ލަނޑު ޖެހީ، 59 ވަނަ މިނިޓްގައި ލޫތު ހުސްކޮށްލާފައި ދިން ބޯޅައަކަށް އަރަ އެވެ. މާޒިޔާގެ ހަތަރު ވަނަ ލަނޑު ޖެހީ ލޫތު އެވެ. މިއީ، އިލާން ދިން މޮޅު ބޯޅައަކަށް އޭރިއާތެރެއިން ހުސްކޮށް އަރައި ލޫތު ޖެހި ގޯލެކެވެ. 

މެޗުގެ 71 ވަނަ މިނިޓްގައި މާޒިޔާގެ ފަސް ވަނަ ލަނޑު ޖެހީ އިބްރާހިމް މަހުދީ ހުސެއިން (ފޭދޫ އިއްބެ) އެވެ. ފޭދޫ އިއްބެ ވަނީ ލިބުނު ފުރުސަތުގައި ގޯލުގެ ދުރު ކަނަށް ބޯޅަ އަމާޒުކޮށްލައިފަ އެވެ. 

ދިއްދޫން ދެ ވަނަ ލަނޑު ޖެހީ މެޗުގެ 88 ވަނަ މިނިޓްގަ އެވެ. މިއީ، މާޒިޔާ އޭރިއާތެރެއިން މުހައްމަދު ޝަނާއު ނަސީރު ޖެހި ގޯލެކެވެ. އެ ގޯލު ޖެހިއިރު، މާޒިޔާގެ ކީޕަރު ހުސެއިން ޝަރީފް އަށް ވަނީ އަނިޔާވެފަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލުން ޕޮޗެޓީނޯއާ އެކު ނުކުތް ޔުނައިޓެޑް ބަލިކޮށްފި

މައުރީސިއޯ ޕޮޗެޓީނޯގެ ކޯޗުކަމުގައި މެންޗެސްޓާ ޔުނައިޓެޑް ކުޅުނު ފުރަތަމަ މެޗުން 4-0 ގެ ބޮޑު ތަފާތަކުން ލިވަޕޫލް އަތުން ބަލިވެއްޖެއެވެ. މެޗުގެ ކުރީކޮޅު ޔުނައިޓެޑްގެ ކުޅުންތެރިއަކަށް ރަތް ކާޑު ދެއްކުމުން އެއް ކުޅުންތެރިއަކު މަދުކޮށް ކުޅުނު މި މެޗުގައި ލިވަޕޫލްގެ ލަނޑުތައް ޖަހައިދިނީ ސޮބޯސްލާއި، ވާޓްޒް، އެންގުމޯހާ އަދި މުނޯޒްއެވެ.

ނިއު ބަލިކޮށް ވިކްޓަރީން ލީގުގެ އެއް ވަނައިގައި ލީޑުފުޅާކޮށްފި

ދިވެހި ޕްރިމިއާ ލީގުގައި ނިއު ރޭޑިއަންޓް 2-1 އިން ބަލިކޮށް، ވިކްޓަރީން ތާވަލުގެ އެއްވަނައިގައި ހަ ޕޮއިންޓުގެ ލީޑެއް ނަގައިފި. މި މެޗުން ބަލިވުމާއެކު ލީގުގައި ނިއުގެ ބަލިނުވުމުގެ ސިލްސިލާ ނިމުމަކަށް އައިއިރު، ވިކްޓަރީ އަކީ މިވަގުތު ލީގުގައި ބަލިނުވެ އޮތް ހަމައެކަނި ޓީމު

މާޒިޔާ އަތުން ނިއު އަށް ފަސް ގޯލުގެ މޮޅެއް

އެފްއޭއެމް ވިމެންސް ލީގުގައި މިއަދު ކުޅުނު މެޗުން ނިއު ރޭޑިއަންޓުން 5-0 ގެ ބޮޑު ތަފާތަކުން މާޒިޔާ ބަލިކޮށް، ތިން މެޗުން މޮޅުވެ ތާވަލުގެ އެއްވަނަ ކަށަވަރުކޮށްފި. މި މެޗުގައި ނިއުގެ ސަބީނާ ކަތުން އާއި މަރިޔަމް ނޫރާ ކޮންމެ ކުޅުންތެރިއަކު ދެ ގޯލު ޖެހިއިރު، މިއީ މިދިޔަ އަހަރުގެ ޗެމްޕިއަން މާޒިޔާ މި މުބާރާތުގައި ބަލިވި ފުރަތަމަ މެޗު

ފަހަތުން އަރައި މޮޅުވެ ބާސެލޯނާ އިން އެއް ވަނަ ދިފާއުކޮށްފި

ސްޕެނިޝް ލީގުގައި ވިޔަރެއާލް އަތުން 3-2 އިން މޮޅުވެ، ބާސެލޯނާ އިން ތާވަލުގެ އެއްވަނަ މަގާމު ދިފާއުކޮށްފިއެވެ. މެޗުގެ ކުރީކޮޅު ވިޔަރެއާލުން ދެ ގޯލުގެ ލީޑެއް ނަގާފައިވަނިކޮށް، ބާސެލޯނާ އިން މެޗު ކާމިޔާބުކުރީ ދެވަނަ ހާފުގެ 10 މިނިޓް ތެރޭގައި ތިން ލަނޑު ޖަހައިގެންނެވެ.

ޓީސީ ބަލިކޮށް އޮޑި ހަތަރު ވަނަ އަށް

ދިވެހި ޕްރިމިއާ ލީގުގައި މިއަދު ކުޅުނު މެޗުން ޓީސީ ސްޕޯޓްސް ކްލަބް 3-1 އިން ބަލިކޮށް، އޮޑި ސްޕޯޓްސް ކްލަބް ތާވަލުގެ ހަތަރު ވަނައަށް ޖެހިލައިފި ޓީސީން ފުރަތަމަ ލަނޑު ޖަހާފައިވަނިކޮށް، އޮޑިން މެޗު ކާމިޔާބުކުރީ ހަޑްސަން ޑިއާޒް ޖެހި ދެ ގޯލާއި ކެޕްޓަން އިބްރާހިމް ވަހީދު ހަސަން (އިއްބެ) ޖެހި ލަނޑުން

އިންޑިއާ ފުޓްބޯޅަ ރައީސް ޗޯބޭގެ ނުސީދާ ރައްދެއް ބުޓިއާ އަށް

އިންޑިއާ ފުޓްބޯޅަ ފެޑެރޭޝަނުގެ ރައީސް ކަލްޔާން ޗޯބޭގެ އިސްތިއުފާ އަށް އެދި ބައިޗުން ބުޓިއާ އިސްވެ ހުރެ ޝަކުވާ ހުށަހެޅުމުން، ޗޯބޭ ވަނީ އެކަމަށް ނުސީދާ ރައްދެއް ދެއްވާފައި . ޗޯބޭ ވިދާޅުވީ ފުޓްބޯޅަ ކުރިއަރުވަން މަސައްކަތް ކުރާއިރު ޒިންމާދާރު ގޮތެއްގައި ފާޑުކިޔަންޖެހޭނެ ކަމަށާއި، ފެޑެރޭޝަނުގެ ލީޑަޝިޕްގައި ތިބި އެންމެން ވެސް ޖަވާބުދާރީވާން ޖެހޭނެ ކަމަށް

މުސިއާލާގެ ވާހަަކަ ބަޔާންގެ ވެރިން ދެއްކި ގޮތް ކަމަކުނުދިޔަ

ބަޔާން މިއުނިކްގެ މިޑްފީލްޑަރު ޖަމާލް މުސިއާލާއަށް ނާރުގެ ބައްޔެއް ޖެހިފައިވަނިކޮށް، އޭނާގެ ކޮންޓްރެކްޓާ މެދު އެ ކްލަބުގެ އިސްވެރިން ދެއްކެވި ޒިންމާދާރުކަން ކުޑަ ވާހަކަތަކަށް ފިފްޕްރޯ އިން ފާޑުކިޔައިފިއެވެ. އެ ޖަމިއްޔާއިން ބުނީ ބަލި ހާލަތެއްގައި ހުރި ކުޅުންތެރިއެއްގެ މުސްތަގުބަލާ މެދު ވާހަކަދެއްކުމުގައި ބަޔާނުން މިއަށްވުރެ ބޮޑަށް ސިއްހީ ހާލަތަށް އިހުތިރާމްކުރަން ޖެހޭނެ ކަމަށެވެ.

Newsletter

Get the latest news delivered straight to your inbox