ޕީއެސްޖީން ނީސް ބަލިކުރި މެޗުގައި ޑޫއޭ އަށް ސީރިއަސް އަނިޔާއެއް

Nov 22, 2026, 10:54 AM
ރޭގެ މެޗުގައި ޑެޒީރޭ ޑޫއޭ އަށް އަނިޔާވެގެން ދަނޑުމަތީގައި.

ރޭގެ މެޗުގައި ޑެޒީރޭ ޑޫއޭ އަށް އަނިޔާވެގެން ދަނޑުމަތީގައި.

ޕެރިސް (ނޮވެމްބަރު 22) - ފްރެންޗް ލީގުގައި ރޭ ޕީއެސްޖީން 3-2 އިން ނީސްގެ މައްޗަށް ކުރިހޯދި މެޗުގައި، ޕީއެސްޖީ އަށް މި ސީޒަނުގައި ތަފާތު މޮޅު ކުޅުމެއް ދައްކަމުން އަންނަ ޑެޒީރޭ ޑުއޭ އަށް ސީރިއަސް އަނިޔާއެއް ކުރިމަތިވެއްޖެ އެވެ. 

ރޭގެ މެޗުގެ ފުރަތަމަ ހާފުގެ ފަަހުކޮޅުގައި، ބޯޅައެއް ކޮންޓްރޯލް ކުރަން އުޅުމުގެ ތެރޭގައި ދިމާވި ކަމަކުން ޑޫއޭ ވެއްޓުނެވެ. އަދި، ދަނޑުމަތީގައި ފަސް ވަރަކަށް މިިނިޓް ވަންދެން އޭނާ އަށް ފަރުވާ ދިނެވެ. ޕީއެސްޖީން މެޗަށް ފަހު ބުނެފައިވަނީ، ޑޫއޭގެ ކަކުލަށް ސީރިއަސް އަނިޔާއެއްވި ކަމަށާއި ތަފްސީލް އެނގޭނީ ކުރިއަށް އޮތް ދުަވަސްތަކުގައި އިތުރު ޓެސްޓްތަކެއް ހަދައިގެން ކަމަށެވެ. 

"ޓެސްޓްތަކެއް ހަދައިގެން ފުރިހަމަ އަށް ކަންކަން އެނގޭނީ. އެކަމަކު، މި ވަގުތަށް ވެސް އެނގޭ ކަަމަކީ މިއީ ސީރިއަސް އަނިޔާއެއް،" ޕީއެސްޖީގެ ކޯޗު، ލުއިސް އެންރީކޭ ބުންޏެވެ. 

Advertisement

ނީސްގެ އަލިއާންޒް ރިވޭރާ ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗުގައި، އަލްޖީރިއާ ގައުމީ ޓީމުގެ މުހައްމަަދު އަމޫރާ ވަނީ އަށް ވަނަ މިނިޓްގައި ނީސް އަށް ލީޑުނަގައިދީފަ އެވެ. ޕީއެސްޖީން މެޗުގެ 31 ވަަނަ މިނިޓްގައި ނަތީޖާ ހަމަހަަމަކުރި އެވެ. މި ލަނޑު ޖެހީ ލިބުނު ޕެނަލްޓީ އަކުން ސެނީ މަޔޫލޫ އެވެ. 

އެއްވަރުކުރިތާ މިނިޓެއް ފަހުން، ޕީއެސްޖީން ލީޑުނެގި އެވެ. މި ލަނޑު ޖެހީ މެޗުގެ 32 ވަނަ މިނިޓްގައި ޑޫއޭ އެވެ. މިއީ، އަނިޔާ ވުމުގެ ހަތް ވަރަަކަށް މިނިޓް ކުރިންނެވެ. ޑޫއޭގެ ބަދަލުގައި ކުޅެން އެރި ފެރާން ޓޮރޭޒް ވަނީ، މެޗުގެ 85 ވަނަ މިނިޓްގައި ޕީއެސްޖީގެ ތިން ވަަނަ ލަނޑު ޖަހައިފަ އެވެ. 

ނީސް އިން ގޯލެއް ޖެހޭތޯ ފަހު ވަގުތާ ޖެހެންދެން މަސައްކަތް ކުރަމުންދިޔައިރު، އެ ޓީމުން ވަނީ މެޗުގެ އިތުރު ވަގުތުގެ ފަސް ވަނަ މިނިޓްގައި ލަނޑެއް ޖަހައިފަ އެވެ. މި ލަނޑު ނީސް އަށް ކާމިޔާބުކޮށްދިނީ، އަލީ އަބްދީ އެވެ. އޭގެ ފަހުން، ލަނޑެއް ޖަަހައި އެއްވަރުކުރަން ނީސް އަށް ވަގުތެއް ނުލިބުނެވެ. 

ފްރެންޗް ލީގުގެ އެއް ވަނައިގައި ޕީއެސްޖީ އޮތީ 11 މެޗުން 26 ޕޮއިންޓް ހޯދައިގެންނެވެ. ދެ ވަނައިގައި އޮތް ލިލް އަށް 11 މެޗުން ވަނީ 21 ޕޮއިންޓް ލިބިފަ އެވެ. ތިން ވަަނައިގައި އޮތް ޕެރިސް އެފްސީ އަށް 10 މެޗުން 20 ޕޮއިންޓް ލިބިފައިވާއިރު، ހަތަރެއްގައި އޮތް ލިޔޯނުން ވަނީ 11 މެޗުން 20 ޕޮއިންޓް ހޯދައިފަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލުން ޕޮޗެޓީނޯއާ އެކު ނުކުތް ޔުނައިޓެޑް ބަލިކޮށްފި

މައުރީސިއޯ ޕޮޗެޓީނޯގެ ކޯޗުކަމުގައި މެންޗެސްޓާ ޔުނައިޓެޑް ކުޅުނު ފުރަތަމަ މެޗުން 4-0 ގެ ބޮޑު ތަފާތަކުން ލިވަޕޫލް އަތުން ބަލިވެއްޖެއެވެ. މެޗުގެ ކުރީކޮޅު ޔުނައިޓެޑްގެ ކުޅުންތެރިއަކަށް ރަތް ކާޑު ދެއްކުމުން އެއް ކުޅުންތެރިއަކު މަދުކޮށް ކުޅުނު މި މެޗުގައި ލިވަޕޫލްގެ ލަނޑުތައް ޖަހައިދިނީ ސޮބޯސްލާއި، ވާޓްޒް، އެންގުމޯހާ އަދި މުނޯޒްއެވެ.

ނިއު ބަލިކޮށް ވިކްޓަރީން ލީގުގެ އެއް ވަނައިގައި ލީޑުފުޅާކޮށްފި

ދިވެހި ޕްރިމިއާ ލީގުގައި ނިއު ރޭޑިއަންޓް 2-1 އިން ބަލިކޮށް، ވިކްޓަރީން ތާވަލުގެ އެއްވަނައިގައި ހަ ޕޮއިންޓުގެ ލީޑެއް ނަގައިފި. މި މެޗުން ބަލިވުމާއެކު ލީގުގައި ނިއުގެ ބަލިނުވުމުގެ ސިލްސިލާ ނިމުމަކަށް އައިއިރު، ވިކްޓަރީ އަކީ މިވަގުތު ލީގުގައި ބަލިނުވެ އޮތް ހަމައެކަނި ޓީމު

މާޒިޔާ އަތުން ނިއު އަށް ފަސް ގޯލުގެ މޮޅެއް

އެފްއޭއެމް ވިމެންސް ލީގުގައި މިއަދު ކުޅުނު މެޗުން ނިއު ރޭޑިއަންޓުން 5-0 ގެ ބޮޑު ތަފާތަކުން މާޒިޔާ ބަލިކޮށް، ތިން މެޗުން މޮޅުވެ ތާވަލުގެ އެއްވަނަ ކަށަވަރުކޮށްފި. މި މެޗުގައި ނިއުގެ ސަބީނާ ކަތުން އާއި މަރިޔަމް ނޫރާ ކޮންމެ ކުޅުންތެރިއަކު ދެ ގޯލު ޖެހިއިރު، މިއީ މިދިޔަ އަހަރުގެ ޗެމްޕިއަން މާޒިޔާ މި މުބާރާތުގައި ބަލިވި ފުރަތަމަ މެޗު

ފަހަތުން އަރައި މޮޅުވެ ބާސެލޯނާ އިން އެއް ވަނަ ދިފާއުކޮށްފި

ސްޕެނިޝް ލީގުގައި ވިޔަރެއާލް އަތުން 3-2 އިން މޮޅުވެ، ބާސެލޯނާ އިން ތާވަލުގެ އެއްވަނަ މަގާމު ދިފާއުކޮށްފިއެވެ. މެޗުގެ ކުރީކޮޅު ވިޔަރެއާލުން ދެ ގޯލުގެ ލީޑެއް ނަގާފައިވަނިކޮށް، ބާސެލޯނާ އިން މެޗު ކާމިޔާބުކުރީ ދެވަނަ ހާފުގެ 10 މިނިޓް ތެރޭގައި ތިން ލަނޑު ޖަހައިގެންނެވެ.

ޓީސީ ބަލިކޮށް އޮޑި ހަތަރު ވަނަ އަށް

ދިވެހި ޕްރިމިއާ ލީގުގައި މިއަދު ކުޅުނު މެޗުން ޓީސީ ސްޕޯޓްސް ކްލަބް 3-1 އިން ބަލިކޮށް، އޮޑި ސްޕޯޓްސް ކްލަބް ތާވަލުގެ ހަތަރު ވަނައަށް ޖެހިލައިފި ޓީސީން ފުރަތަމަ ލަނޑު ޖަހާފައިވަނިކޮށް، އޮޑިން މެޗު ކާމިޔާބުކުރީ ހަޑްސަން ޑިއާޒް ޖެހި ދެ ގޯލާއި ކެޕްޓަން އިބްރާހިމް ވަހީދު ހަސަން (އިއްބެ) ޖެހި ލަނޑުން

އިންޑިއާ ފުޓްބޯޅަ ރައީސް ޗޯބޭގެ ނުސީދާ ރައްދެއް ބުޓިއާ އަށް

އިންޑިއާ ފުޓްބޯޅަ ފެޑެރޭޝަނުގެ ރައީސް ކަލްޔާން ޗޯބޭގެ އިސްތިއުފާ އަށް އެދި ބައިޗުން ބުޓިއާ އިސްވެ ހުރެ ޝަކުވާ ހުށަހެޅުމުން، ޗޯބޭ ވަނީ އެކަމަށް ނުސީދާ ރައްދެއް ދެއްވާފައި . ޗޯބޭ ވިދާޅުވީ ފުޓްބޯޅަ ކުރިއަރުވަން މަސައްކަތް ކުރާއިރު ޒިންމާދާރު ގޮތެއްގައި ފާޑުކިޔަންޖެހޭނެ ކަމަށާއި، ފެޑެރޭޝަނުގެ ލީޑަޝިޕްގައި ތިބި އެންމެން ވެސް ޖަވާބުދާރީވާން ޖެހޭނެ ކަމަށް

މުސިއާލާގެ ވާހަަކަ ބަޔާންގެ ވެރިން ދެއްކި ގޮތް ކަމަކުނުދިޔަ

ބަޔާން މިއުނިކްގެ މިޑްފީލްޑަރު ޖަމާލް މުސިއާލާއަށް ނާރުގެ ބައްޔެއް ޖެހިފައިވަނިކޮށް، އޭނާގެ ކޮންޓްރެކްޓާ މެދު އެ ކްލަބުގެ އިސްވެރިން ދެއްކެވި ޒިންމާދާރުކަން ކުޑަ ވާހަކަތަކަށް ފިފްޕްރޯ އިން ފާޑުކިޔައިފިއެވެ. އެ ޖަމިއްޔާއިން ބުނީ ބަލި ހާލަތެއްގައި ހުރި ކުޅުންތެރިއެއްގެ މުސްތަގުބަލާ މެދު ވާހަކަދެއްކުމުގައި ބަޔާނުން މިއަށްވުރެ ބޮޑަށް ސިއްހީ ހާލަތަށް އިހުތިރާމްކުރަން ޖެހޭނެ ކަމަށެވެ.

Newsletter

Get the latest news delivered straight to your inbox