ޕީއެސްޖީ އާއި ލިޔޯން ބައްދަލުކުރާ މެޗު ފަސްކުރަން ފްރާންސް ފުލުހުން އެދެފި

Oct 23, 2026, 2:00 PM
ފްރާންސްގައި މިހާރު ހިނގަމުން އަންނަ ހަމަނުޖެހުމެއްގެ ތެރެއިން.--- ފޮޓޯ: ގެޓީއިމޭޖަސް

ފްރާންސްގައި މިހާރު ހިނގަމުން އަންނަ ހަމަނުޖެހުމެއްގެ ތެރެއިން.--- ފޮޓޯ: ގެޓީއިމޭޖަސް

ޕެރިސް (އޮކްޓޫބަރު 23) - ފްރެންޗް ލީގުގައި އާދިއްތަ ދުވަހުގެރޭ ކުޅެން އޮތް ޕީއެސްޖީ އާއި ލިޔޯން ބައްދަލުކުރާ މެޗު ފަސްކުރަން ފްރާންސްގެ ފުލުހުން އެދިފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ. 

ފްރާންސްގެ ދެކުނުގެ ސިޓީތައް ކަމަށްވާ މާސޭ، ބޯޑޯ، ނީސް އަދި ލިޔޯންގެ އިތުރުން އުތުރުގެ ލިލް އާއި ޕެރިސް އަދި އެހެނިހެން އަވަށްތަކުގައި ޒުވާނުން ބޭރަށް ނުކުމެ ހަމަނުޖެހުންތައް ހިންގަމުން އަންނަނީ، ތަކެތީގެ އަގުބޮޑުވުމާއި އެކިއެކި ސިޔާސަތަކާ މެދު ހިތްހަަމަނުޖެހިގެންނެވެ. ހާލަތު ގޯސްވަމުން އަންނަ މި ދުވަސްވަރު، ފްރާންސްގެ ސަރުކާރުން ވެސް އަންނަނީ ހަރުކަށި ފިޔަވަޅުތަކެއް އަޅަމުންނެވެ. 

ކުރިއަށް އޮތް ދެ ދުވަހަށް، ޒުވާނުންގެ އިތުރު ހަރަކާތްތަކެއް ފްރާންސްގެ އެކި ސަރަހައްދުތަކުގައި ކުރިއަށްގެންދިއުމަށް ރާވަމުން އަންނަ ކަމުގެ މައުލޫމާތު ފުލުހުންނަށް ވަނީ ލިބިފަ އެވެ. އެއާ އެކު، ގިނަ ބަޔަކު އެއްވެ، ކުރިއަށް ގެންދާ އެކި ހަރަކާތްތައް ރީޝެޑިއުލް ކުރަން ފްރާންސް ފުލުހުން އަންނަނީ އިލްތިމާސް ކުރަމުންނެވެ. 

އެ ގޮތުން، ފްރާންސްގެ ނޫހެއް ކަމަށް ލެކިއުޕޭ އިން ރިޕޯޓްކޮށްފައިވާ ގޮތުަގައި، ޕެރިހުގެ ފުލުހުންގެ މައި އިދާރާ އިން ވަނީ ޕީއެސްޖީ އާއި ލިޔޯނުން ކުޅެން އޮތް މެޗު ހޯމަ ދުވަހަށް ފަސް ކުރުމަށް ހުށަހަޅައިފަ އެވެ. އެކަމަކު، އެއާ ބެހޭގޮތުން، ރަސްމީކޮށް، ފްރެންޗް ލީގާއި ލިޔޯން އަދި ޕީއެސްޖީން ވެސް ވާހަކަ ދައްކާފައެއްނުވެ އެވެ. 

ފްރެންޗް ލީގުގައި މާދަމާ ޓުލޫސް އާއި ޓްރޯޔެސް ކުޅެން އޮތް މެޗު މިހާރު ވަނީ ސަލާމަތީ ސަބަބުތަކަށްޓަކައި، އާދިއްތަ ދުވަހަށް ބަދަލުކޮށްފަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ކޮމްޕެނީ އަށް ހޮސްޕިޓަލްގައި ފަރުވާދެނީ

ބަޔާން މިއުނިކްގެ ދެވަނަ ޓީމުގެ ފަރިތަކުރުންތަކުގައި ހުއްޓާ ހާލު ދެރަވެގެން އެ ކްލަބުގެ ކޯޗު ވިންސެންޓް ކޮމްޕެނީ ހޮސްޕިޓަލުގައި އެޑްމިޓްކޮށް ފަރުވާދޭން ފަށައިފި. ވައިރަލް ރޯގާއެއްގެ ސަބަބުން ކޮމްޕެނީގެ ހާލަތު ގޯސްވުމާ ގުޅިގެން، ކުރިއަށް އޮތް މެޗުތަކުގައި ޓީމަށް އިރުޝާދުދޭނީ އޭނާގެ އެސިސްޓަންޓް ކޯޗުން ކަމަށް ބަޔާނުން ވަނީ ބުނެފައި

ޔުނައިޓެޑް އުޅެނީ މާ ބޮޑަށް މާޒީގައި: ފެނާންޑޭސް

މެންޗެސްޓާ ޔުނައިޓެޑުން މުސްތަގުބަލަށް ވިސްނުމުގެ ބަދަލުގައި މާ ބޮޑަށް މާޒީގެ ކާމިޔާބީތަކަށް ފޯކަސްކުރާ ކަމަށް އެ ޓީމުގެ ކެޕްޓަން ބްރޫނޯ ފެނާންޑޭސް ބުނެފި. އޭނާ މިހެން ބުނީ ކޯމޯ އަތުން ބަލިވި މެޗަށްފަހު، ކްލަބުގެ މިހާރުގެ ހާލަތު ބަދަލުކޮށް މެޗުތަކުން މޮޅުވުމަށް އެންމެން އެކުގައި މަސައްކަތްކުރަން ޖެހޭކަން ފާހަގަކުރަމުން.

ގްރީސް މުބާރާތުގެ ކުއާޓާގައި ނަބާ އާއި ނަބީގެ އަށް ނާކާމިޔާބު

ގްރީސްގައި ބޭއްވި ހެލަސް އިންޓަނޭޝަނަލް ބެޑްމިންޓަން މުބާރާތުގެ އަންހެން ޑަބަލްސް ކުއާޓާ ފައިނަލުގައި ޑެންމާކްގެ ޕެއާ އަތުން ބަލިވެ، ރާއްޖޭގެ ނަބީހާ އާއި ނަބާހާގެ ޕެއާ މުބާރާތުން ކަޓައިފި. މީގެ އިތުރުން، މި މުބާރާތުގެ ފިރިހެން ޑަބަލްސް އާއި މިކްސް ޑަބަލްސް އިވެންޓްތަކުގައި ވާދަކުރި ރިވައިވަލްގެ ކުޅުންތެރިން ވަނީ ގަދަ 16 އާ ހަމައަށް ދަތުރުކުރި.

މިލާން ބަލިކޮށް ބޯންމައުތަށް ތާރީހީ ނަތީޖާއެއް

ޔުއެފާ ޔޫރޮޕާ ލީގުގައި އޭސީ މިލާން އަތުން 3-0 އިން މޮޅުވެ، ބޯންމައުތުން އެ ކްލަބުގެ ތާރީހުގައި ފާހަގަކޮށްލެވޭ މޮޅެއް ހޯދައިފި. މިލާންގެ ކީޕަރަށް ރަތް ކާޑު ދެއްކުމުން އެ ޓީމުން މެޗުގެ ބޮޑުބައި އެއް ކުޅުންތެރިއަކު މަދުކޮށް ކުޅުނު މި މެޗުގައި، ބޯންމައުތުން ވަނީ ޔޫރޮޕާ ލީގުގައި އެ ޓީމުން ދަމަހައްޓަމުން އަންނަ މޮޅުވުމުގެ ރެކޯޑް ދަމަހައްޓައިފައި

އޮކްޓޫބަރަކީ ތަށި ލިބޭ މަހެއް ނޫން: ފްލިކް

ޗެމްޕިއަންސް ލީގުގައި ޕީއެސްޖީ އަތުން ބާސެލޯނާ ބަލިވި ނަމަވެސް، އޮކްޓޫބަރު މަހަކީ ތަށި ހޯދާ މަސް ނޫން ކަމަށާއި މިއީ ސީޒަންގެ ކުރީކޮޅު ކަމަށް އެ ޓީމުގެ ކޯޗު ހަންސީ ފްލިކް ބުނެފި. ފްލިކް ފާހަގަކުރި ގޮތުގައި މި މެޗުގައި ހެދުނު ގޯސްތަކުން ދަސްކޮށް، ކުރިއަށް އޮތް މެޗުތަކުގައި ކަންކަން ރަނގަޅު ކުރުމަށް ބާސެލޯނާ އިން މަސައްކަތް ކުރާނެ.

ފުޓްބޯޅައިގެ ފުރަތަަމަ މަލްޓި ބިލިއަނަރަކީ ރޮނާލްޑޯ

މިދިޔަ ސީޒަނުގައި 300 މިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދައިގެން، ފުޓްބޯޅަ ކެރިއަރުގައި ދެ ބިލިއަން ޑޮލަރަށް ވުރެ ބޮޑު އާމްދަނީއެއް ހޯދި ފުރަތަމަ ކުޅުންތެރިޔަކަށް ކްރިސްޓިއާނޯ ރޮނާލްޑޯ ވެއްޖެއެވެ. ފޯބްސްގެ ލިސްޓުގެ އެއްވަނަ ރޮނާލްޑޯ ހޯދިއިރު، 145 މިލިއަން ޑޮލަރާއެކު ދެވަނަ ލިބުނީ ލިއޮނަލް މެސީ އަށެވެ. ރޮނާލްޑޯގެ އާމްދަނީގެ ބޮޑުބައެއް ހިއްސާކުރަނީ ސައުދީގެ އަލް ނަސްރުން ލިބޭ މުސާރަ އާއި އިސްތިހާރުތަކުން ލިބޭ ފައިސާއެވެ.

ކަކާ، 17 އަަހަރުން ދަށު ޓީމާ އެކު ޗެލެންޖިން މަސައްކަތަކަށް

17 އަހަރުން ދަށުގެ ގައުމީ ފުޓްބޯޅަ ޓީމުގެ ހެޑް ކޯޗުކަމާ (ކަކާ) ހަވާލުވެ، އޭއެފްސީ ކޮލިފައިންއަށް ތައްޔާރުވުމުގެ ގޮތުން ވަރުގަދަ ފަރިތަކުރުންތަކާއި އެކުވެރިކަމުގެ މެޗުތަކެއް ވަނީ ކުރިއަށް ގެންގޮސްފައި. މާޒިޔާގެ ޒުވާން ޓީމަށް ކާމިޔާބީތަކެއް ހޯދައިދީފައިވާ ކަކާގެ އަމާޒަކީ، އަންނަ މަހު ތައިލެންޑުގައި ރާއްޖެއަށް އުންމީދީ ނަތީޖާއެއް ހޯދައިދިނުން.

Newsletter

Get the latest news delivered straight to your inbox