ދިއްދޫ ފަަސޭހަކޮށް ނުނެގޭނެ ކަން ސާބިތުކޮށްދީފި: ޓްރުޗާ

Nov 23, 2026, 10:06 AM
ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންގެ ކޯޗު ޓްރުޗާ. ---- ފޮޓޯ: އިސްމާއިލް ތޯރިގު / އަދަދު ސްޕޯޓްސް

ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންގެ ކޯޗު ޓްރުޗާ. ---- ފޮޓޯ: އިސްމާއިލް ތޯރިގު / އަދަދު ސްޕޯޓްސް

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މި ފަހަރު ވާދަކުރާ ހއ. ދިއްދޫ ފުޓްބޯޅަ ޓީމަކީ ފަސޭހައިން ނެގޭނެ ޓީމެއް ނޫންކަން އެ ޓީމުން ކުޅުނު މެޗުތަކުގަައި ދެއްކި ކުޅުމުން ސާބިތުކޮށްދީފައިވާ ކަމަށް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންގެ ކޯޗު، ތޯމަސް ޓްރުޗާ ބުނެފި އެވެ. 

ލީގުގައި މިއަދު ހަވީރު ގަލޮޅު ދަނޑުގައި މާޒިޔާ އިން ނުކުންނާނީ ދިއްދޫއާ ދެކޮޅަށެވެ. 

މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޓްރުޗާ ބުނީ، މި މެޗާ ބެހޭގޮތުން ދައްކަން ހުރީ ބުރު ސްޕޯޓްސް ކްލަބާ ކުޅުމުގެ ކުރިން ދެއްކި ކަހަލަ ވާހަކަތަކެއް ކަމަށެވެ. ދިއްދޫ އަށް ޕްރިމިއާ ލީގުގައި ވާދަކުރާއިރު މިހާތަނަށް މައްސަލައެއް ދިމާވެފައި ހުރީ މި ލެވަލްގެ ތަޖުރިބާއެއް ޓީމެއްގެ ގޮތުގައި ނެތުން ކަމަށާއި މިއީ، މާޒިޔާ އިން ވަރަށް ސަމާލުވެގެން ކުޅެން ޖެހޭ މެޗެއްގެ ގޮތުގައި ޓްރުޗާ ފާހަގަކުރި އެވެ. 

"މި ސީޒަނުގައި ކޮންމެ ޓީމަކަށް ވެސް އިދިކޮޅަށް އުނދަގޫ ދުވަހެއް ކުރިމަތިކުރެވިދާނެ. ބުރު، އެ އޮތީ ލީގުގެ ފުލުން ދެ ވަނައިގައި އެކަމަކު، އަހަރެން ގަބޫލެއް ނުކުރަން އެ މީހުން އޮންނަން ޖެހޭނީ އެ ހިސާބުގައޭ. އަހަރެމެންނަށް ވަރަށް އުނދަގޫވި އެ މީހުން ބަލިކުރަން،" ޓްރުޗާ ބުންޏެވެ. 

"ދެން، ޕްރެޝަރެއް ނޫން، އަހަރެން އުފަލުން މި ހުރީ އަލުން ލީގު ފަށާތީ، އެއްވެސް މީހަކު ގަޔާނުވާނެ ހަަމައެކަނި ޓްރެއިންކުރަން. އުންމީދެއް ނުކުރަން ފަސޭހަ މެޗަކަށް. އަހަންނަށް އެނގޭ އެ މީހުން (ދިއްދޫ) ވަރަށް އުނދަގޫ ހާލަތެއް ގިނަ ޓީމުތަކަށް ކުރިމަތިކުރުވައިފިކަން، ކޮންމެ ވެސް ސަބަބަކާ ހުރެ އެ މެޗުތަކުން ތިން ޕޮއިންޓް ނުލިބި ނިންމާލަން ޖެހުނީ، އަހަރެން ބޭނުމެއް ނޫން، އެ މީހުންނަށް މި ތިން ޕޮއިންޓް ދޭ ބަޔަކީ މާޒިޔާ އަށް ވާން. ވަރުގަދަ އަށް ފަށައި ވަރުގަދަ އަށް ނިންމަން ޖެހޭ މެޗެއް މިއީ،" 

ސާފް ޗެމްޕިއަންޝިޕަށް ނެގި މަހެއްހާ ދުވަހުގެ ބްރޭކަށް ފަހު އަލުން ފަށާއިރު، މާޒިޔާ އަށް ކުރިން ބްރޭކަށް ފަހު އެެނބުރި އައިއިރަށް ވުރެ ހާލަތު ގޯސްވާނެ ކަމަށް ޓްރުޗާ ވަނީ ބުނެފަ އެވެ. މިއީ، ގައުމީ ޓީމާ ދެކޮޅަށް ބުނާ ވާހަކައެއް ނޫން ކަމަށާއި އެކަމަކު، މި ވަރުގެ ދިގު ބްރޭކެއްގެ ސަބަބުން ލީގުގައި ވާދަކުރާ ކްލަބަކަށް އޮތް ޗެލެންޖު ބޮޑު ކަމަށް ޓްރުޗާ ވަނީ ފާހަގަކޮށްފަ އެވެ. 

އަހަރެެމެންގެ މަސައްކަތްތައް މެނޭޖްކުރަން ބަލާއިރު ދިގު މުއްދަތެއް. އަހަރެމެންގެ ބައެއް އަމާޒުތައް ހުންނާނެ ގައުމީ ޓީމާ ތަފާތު، ބައެއް ކުޅުންތެރިން ގައުމީ ޓީމާ އެކު ހުއްޓަސް، މާ ގިނަ މެޗެއް ނޫނީ ވަގުތެއް ނުއެއް ކުޅޭ، އެހެންވީމަ އެންމެ ރަނގަޅު މެޗު ފިޓްނަސް އެއް ނުހުންނާނެ، އެހެންވީމަ، އެނބުރި އައީމަ މި ޖެހެނީ އިންޓެންސިޓީ މައްޗަށް ހިއްލާލައި މެޗަށް ތައްޔާރުކުރަން،" ޓްރުޗާ ބުންޏެވެ. 

ދިވެހި ޕްރިމިއާ ލީގުގެ ފުރަތަމަ ބުރުގައި މާޒިޔާ އަށް ބާކީ ތިން މެޗު އޮތްއިރު، މި ތިން މެޗުން ވެސް މޮޅުވެ، ނުވަ ޕޮއިންޓް ހޯދަން ބޭނުންވާ ކަމަށާއި އަބަދުވެސް މެޗަކަށް ނުކުންނަން ޖެހޭނީ އިދިކޮޅު ޓީމަށް ދޭން ޖެހޭ އިހުތިރާމް ދީގެން ކަމަށް ޓްރުޗާ ބުނެފައިވެ އެވެ. 

މި ފަހަރުގެ ލީގުގައި މާޒިޔާ އިން ފުރަތަމަ ހަތަރު މެޗުގައި ކުޅެން ޖެހުނީ މިދިޔަ އަހަރުގެ ލީގުގެ ގަދަ ހަތަރު ޓީމާ އެވެ.

ޓްރުޗާ ބުނީ ފުރަތަމަ. މެޗުތަކުގައި ގެއްލިފައިވާ ޕޮއިންޓްތައް މި ބުރުގައި ބާކީ ހުރި މެޗުތަކުން ހޯދަން ޖެހޭ ކަމަށާއި މީގެ އެންމެ މުހިންމު ކަމަކީ ކުރިއަށް ހުރި މެޗުތަކުގައި މާޒިޔާގެ ވާދަވެރިން އެއް ޓީމު އަނެއް ޓީމާ ކުޅެން ޖެހުން ކަމަށެވެ. 

ލީގުގައި ރޭ ވިކްޓަރީ ސްޕޯޓްސް ކްލަބުން 2-1 އިން ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބް ބަލިކޮށް ލީގުގެ އެއް ވަނައިގައި ހަ ޕޮއިންޓުގެ ލީޑެއް ނެގި އެވެ. ވިކްޓަރީ އަށް ހަތް މެޗުން 19 ޕޮއިންޓް ލިބިފައިވާއިރު، ދެ ވަނައިގައި އޮތް މާޒިޔާ އަށް ވަނީ ހަ މެޗުން 13 ޕޮއިންޓް ލިބިފަ އެވެ. މާޒިޔާ އިން މިއަދު މޮޅުވެއްޖެނަމަ، ވިކްޓަރީގެ ލީޑު ތިން ޕޮއިންޓަށް ކުޑަވާނެ އެވެ. 

މާޒިޔާ އާއި ދިއްދޫގެ މެޗު ފަށާނީ މިއަދު ހަވީރު 4 ޖަހާއިރު އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލުން ޕޮޗެޓީނޯއާ އެކު ނުކުތް ޔުނައިޓެޑް ބަލިކޮށްފި

މައުރީސިއޯ ޕޮޗެޓީނޯގެ ކޯޗުކަމުގައި މެންޗެސްޓާ ޔުނައިޓެޑް ކުޅުނު ފުރަތަމަ މެޗުން 4-0 ގެ ބޮޑު ތަފާތަކުން ލިވަޕޫލް އަތުން ބަލިވެއްޖެއެވެ. މެޗުގެ ކުރީކޮޅު ޔުނައިޓެޑްގެ ކުޅުންތެރިއަކަށް ރަތް ކާޑު ދެއްކުމުން އެއް ކުޅުންތެރިއަކު މަދުކޮށް ކުޅުނު މި މެޗުގައި ލިވަޕޫލްގެ ލަނޑުތައް ޖަހައިދިނީ ސޮބޯސްލާއި، ވާޓްޒް، އެންގުމޯހާ އަދި މުނޯޒްއެވެ.

ނިއު ބަލިކޮށް ވިކްޓަރީން ލީގުގެ އެއް ވަނައިގައި ލީޑުފުޅާކޮށްފި

ދިވެހި ޕްރިމިއާ ލީގުގައި ނިއު ރޭޑިއަންޓް 2-1 އިން ބަލިކޮށް، ވިކްޓަރީން ތާވަލުގެ އެއްވަނައިގައި ހަ ޕޮއިންޓުގެ ލީޑެއް ނަގައިފި. މި މެޗުން ބަލިވުމާއެކު ލީގުގައި ނިއުގެ ބަލިނުވުމުގެ ސިލްސިލާ ނިމުމަކަށް އައިއިރު، ވިކްޓަރީ އަކީ މިވަގުތު ލީގުގައި ބަލިނުވެ އޮތް ހަމައެކަނި ޓީމު

މާޒިޔާ އަތުން ނިއު އަށް ފަސް ގޯލުގެ މޮޅެއް

އެފްއޭއެމް ވިމެންސް ލީގުގައި މިއަދު ކުޅުނު މެޗުން ނިއު ރޭޑިއަންޓުން 5-0 ގެ ބޮޑު ތަފާތަކުން މާޒިޔާ ބަލިކޮށް، ތިން މެޗުން މޮޅުވެ ތާވަލުގެ އެއްވަނަ ކަށަވަރުކޮށްފި. މި މެޗުގައި ނިއުގެ ސަބީނާ ކަތުން އާއި މަރިޔަމް ނޫރާ ކޮންމެ ކުޅުންތެރިއަކު ދެ ގޯލު ޖެހިއިރު، މިއީ މިދިޔަ އަހަރުގެ ޗެމްޕިއަން މާޒިޔާ މި މުބާރާތުގައި ބަލިވި ފުރަތަމަ މެޗު

ފަހަތުން އަރައި މޮޅުވެ ބާސެލޯނާ އިން އެއް ވަނަ ދިފާއުކޮށްފި

ސްޕެނިޝް ލީގުގައި ވިޔަރެއާލް އަތުން 3-2 އިން މޮޅުވެ، ބާސެލޯނާ އިން ތާވަލުގެ އެއްވަނަ މަގާމު ދިފާއުކޮށްފިއެވެ. މެޗުގެ ކުރީކޮޅު ވިޔަރެއާލުން ދެ ގޯލުގެ ލީޑެއް ނަގާފައިވަނިކޮށް، ބާސެލޯނާ އިން މެޗު ކާމިޔާބުކުރީ ދެވަނަ ހާފުގެ 10 މިނިޓް ތެރޭގައި ތިން ލަނޑު ޖަހައިގެންނެވެ.

ޓީސީ ބަލިކޮށް އޮޑި ހަތަރު ވަނަ އަށް

ދިވެހި ޕްރިމިއާ ލީގުގައި މިއަދު ކުޅުނު މެޗުން ޓީސީ ސްޕޯޓްސް ކްލަބް 3-1 އިން ބަލިކޮށް، އޮޑި ސްޕޯޓްސް ކްލަބް ތާވަލުގެ ހަތަރު ވަނައަށް ޖެހިލައިފި ޓީސީން ފުރަތަމަ ލަނޑު ޖަހާފައިވަނިކޮށް، އޮޑިން މެޗު ކާމިޔާބުކުރީ ހަޑްސަން ޑިއާޒް ޖެހި ދެ ގޯލާއި ކެޕްޓަން އިބްރާހިމް ވަހީދު ހަސަން (އިއްބެ) ޖެހި ލަނޑުން

އިންޑިއާ ފުޓްބޯޅަ ރައީސް ޗޯބޭގެ ނުސީދާ ރައްދެއް ބުޓިއާ އަށް

އިންޑިއާ ފުޓްބޯޅަ ފެޑެރޭޝަނުގެ ރައީސް ކަލްޔާން ޗޯބޭގެ އިސްތިއުފާ އަށް އެދި ބައިޗުން ބުޓިއާ އިސްވެ ހުރެ ޝަކުވާ ހުށަހެޅުމުން، ޗޯބޭ ވަނީ އެކަމަށް ނުސީދާ ރައްދެއް ދެއްވާފައި . ޗޯބޭ ވިދާޅުވީ ފުޓްބޯޅަ ކުރިއަރުވަން މަސައްކަތް ކުރާއިރު ޒިންމާދާރު ގޮތެއްގައި ފާޑުކިޔަންޖެހޭނެ ކަމަށާއި، ފެޑެރޭޝަނުގެ ލީޑަޝިޕްގައި ތިބި އެންމެން ވެސް ޖަވާބުދާރީވާން ޖެހޭނެ ކަމަށް

މުސިއާލާގެ ވާހަަކަ ބަޔާންގެ ވެރިން ދެއްކި ގޮތް ކަމަކުނުދިޔަ

ބަޔާން މިއުނިކްގެ މިޑްފީލްޑަރު ޖަމާލް މުސިއާލާއަށް ނާރުގެ ބައްޔެއް ޖެހިފައިވަނިކޮށް، އޭނާގެ ކޮންޓްރެކްޓާ މެދު އެ ކްލަބުގެ އިސްވެރިން ދެއްކެވި ޒިންމާދާރުކަން ކުޑަ ވާހަކަތަކަށް ފިފްޕްރޯ އިން ފާޑުކިޔައިފިއެވެ. އެ ޖަމިއްޔާއިން ބުނީ ބަލި ހާލަތެއްގައި ހުރި ކުޅުންތެރިއެއްގެ މުސްތަގުބަލާ މެދު ވާހަކަދެއްކުމުގައި ބަޔާނުން މިއަށްވުރެ ބޮޑަށް ސިއްހީ ހާލަތަށް އިހުތިރާމްކުރަން ޖެހޭނެ ކަމަށެވެ.

Newsletter

Get the latest news delivered straight to your inbox