17 މިނިޓް ތެރޭ 4 ގޯލު ޖަހައިގެން ޕީއެސްޖީ މޮޅުވެއްޖެ

Nov 4, 2026, 10:47 AM
ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ޕީއެސްޖީގެ ޑޫއޭ ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ޕީއެސްޖީގެ ޑޫއޭ ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.

މެޑްރިޑް (ނޮވެމްބަރު 4) - ޔުއެފާ ޗެމްޕިއަންސް ލީގުގެ އެންމެ ފަހުން ދެ ފަހަރުގެ ޗެމްޕިއަން، ޕީއެސްޖީން މި ފަހަރުގެ މުބާރާތުގައި ރޭ ކުޅުނު މެޗުގައި 17 މިނިޓް ތެރޭ ހަތަރު ގޯލު ޖަހައި، 6-0 އިން ވިޔަރެއާލް ދަނޑުގައި މޮޅުވެއްޖެ އެވެ. 

ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލަށް 2006 ވަނަ އަހަރު ދަތުރުކުރި ވިޔަރެއާލްގެ ސްޓޭޑިއަމް، އެސްޓަޑިއޯ ޑެ ލަ ކެރާމީކާގައި ރޭ ކުޅުނު މެޗުގެ ނުވަ ވަނަ މިނިޓްގައި ޕީއެސްޖީން ލީޑުނެގީ ޖޮއާއޯ ނެވޭސް ޖެހި ގޯލުންނެވެ. އޭގެ ތިން މިނިޓް ފަހުން، ޑެޒީރޭ ޑޫއޭ ވަނީ ޕީއެސްޖީގެ ލީޑުފުޅާކޮށްދީފަ އެވެ. އަދި، މި ލަނޑު ޖެހިތާ މިނިޓެއް ތެރޭ ސެނީ މަޔޫލޫ ވަނީ ޕީއެސްޖީގެ ތިން ވަނަ ގޯލު ޖަހައިފަ އެވެ. 

މެޗުގެ 17 ވަނަ މިނިޓްގައި ޕީއެސްޖީގެ ހަތަރު ވަނަ ލަނޑު ޖެހީ ފަބިއަން ރުއީޒް އެވެ. ރުއީޒް މި ލަނޑު ޖެހުމަށް ފަހު ވަނީ، އިއްޔެ މަރުވި 30 އަހަރުގެ ސްޕެއިން ފޯވާޑް، ޖީސޫސް ޑި މިގުއެލްގެ ހަނދާން އާ ކޮށްފަ އެވެ. ޑި މިގުއެލް މަރުވީ ދަނޑުމަތީގައި މެޔަށާއި ބޮލަށް ލިބުނު އަނިޔާ އަކަށް ހޮސްޕިޓަލަށް ގެންގޮސް ފަރުވާދޭން ފެށިތާ އެއް ދުވަސް ފަހުންނެވެ. 

ދަނޑުމަތިން ލިބުނު އަނިޔާއަކަށް ފަރުވާދެނިކޮށް ސްޕެއިންގެ ފޯވާޑެއް މަރުވެއްޖެ

ސްޕެއިންގެ ދެވަނަ ޑިވިޝަނުގެ މެޗެއްގެ ތެރެއިން އިދިކޮޅު ކީޕަރުގެ ކަކޫ މޭމަތީގައި ޖެހި ލިބުނު ސީރިއަސް އަނިޔާތަކަކަށް ފަރުވާދެމުންދަނިކޮށް، ޓެނެރިފްގެ ފޯވާޑް ޖީސޫސް ޑި މިގުއެލް މަރުވެއްޖެ. އުމުރުން 30 އަހަރުގެ މި ކުޅުންތެރިޔާ މަރުވީ މޭމަތީގެ އިތުރުން ބޮލަށް ލިބުނު އަނިޔާތަކަށް ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް.

ޔޫރަޕްގެ މައި ފުޓްބޯޅަ އިދާރާ، ޔުއެފާ އިން ވަނީ މި ހަފްތާގެ ޗެމްޕިއަންސް ލީގުގެ މެޗުތައް ފެށުމުގެ ކުރިން ޑި މިގުއެލްގެ ހަނދާނުގައި ސުކޫތެއް ގެންނަން ނިންމައިފަ އެވެ. 

ޕީއެސްޖީގެ ފަސް ވަނަ ލަނޑު ޖެހީ ވެސް ރުއީޒް އެވެ. މިއީ، ވިޓީނިއާ ތަނަވަސްކޮށްދިން ފުރުސަތެއްގައި، ދެ ވަނަ ހާފުގެ ކުޅުން ފެށިގެން ފަސް މިނިޓް ތެރޭ ރުއީޒް ޖެހި ގޯލެކެވެ. ޕީއެސްޖީގެ ފަހު ލަނޑު ޖެހީ 17 އަހަރުގެ ތަރި ޑޭވިޑް ބޮލީ އެވެ. 

ޗެމްޕިއަންސް ލީގުގެ ލީގު ފޭސްގައި މި ވަގުތަށް ބަލާއިރު، ކުޅުނު ހަތަރު މެޗުން މޮޅުވެގެން އެއް ވަނައިގައި އޮތީ ޕީއެސްޖީ އެވެ. 

ޗެމްޕިއަންސް ލީގުގައި ރޭ ބަޔާން މިއުނިކުން ވަނީ ލެނާޓް ކާލް އާއި ކޮންރަޑް ލައިމާގެ ލަނޑުތަކުން 2-0 އިން އެތުލެޓިކޯ މެޑްރިޑް ބަލިކޮށްފަ އެވެ. އަދި، އިންޓަ މިލާނުން ފެޔަނޫޑް ދަނޑުގައި 3-0 އިން މޮޅުވިއިރު، ލަނޑުތައް ޖެހީ ޔެން ބިސެކް، ޕިއޯ އެސްޕޮސީޓޯ އަދި ޕިއޮޓްރޭ ޒިއެލިންސްކީ އެވެ. މި މެޗުގައި އެސްޕޮސީޓޯ ޖެހި ގޯލެއް ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބަލައިނުގަންނަން ވަނީ ނިންމައިފަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ދަނޑުމަތިން ލިބުނު އަނިޔާއެއްގައި ސްޕެއިންގެ ފޯވާޑެއް މަރުވެއްޖެ

ސްޕެއިންގެ ދެވަނަ ޑިވިޝަނުގެ މެޗެއްގެ ތެރެއިން އިދިކޮޅު ކީޕަރުގެ ކަކޫ މޭމަތީގައި ޖެހި ލިބުނު ސީރިއަސް އަނިޔާތަކަކަށް ފަރުވާދެމުންދަނިކޮށް، ޓެނެރިފްގެ ފޯވާޑް ޖީސޫސް ޑި މިގުއެލް މަރުވެއްޖެ. އުމުރުން 30 އަހަރުގެ މި ކުޅުންތެރިޔާ މަރުވީ މޭމަތީގެ އިތުރުން ބޮލަށް ލިބުނު އަނިޔާތަކަށް ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް.

ސަލާމަތީ ސަބަބުތަކަށްޓަކައި އޭޝިއަން ކަޕް ފަސްކޮށްފި

ޔަމަނުގެ ހޫތީން ސައުދީ އަރަބިއްޔާއަށް ދެމުންދާ ހަމަލާތަކާ ގުޅިގެން، ސަލާމަތީ ސަބަބުތަކަށްޓަކައި އަންނަ އަހަރު އެ ގައުމުގައި ބާއްވަން އޮތް އޭޝިއަން ކަޕް ފަސްކުރުމަށް އޭއެފްސީން ނިންމައިފި. މި ނިންމުމާއެކު، ޖެނުއަރީ މަހު ބާއްވަން އޮތް މި މުބާރާތް މިހާރު ތާވަލުކޮށްފައިވަނީ އަންނަ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން 2028 ވަނަ އަހަރުގެ ޖެނުއަރީ މަހަށް

އިންޑިއާ އާއި ރާއްޖެ، ކޮންމެ މެޗަކީ ވެސް ފައިނަލެއް

ސާފް ޗެމްޕިއަންޝިޕްގައި އިންޑިއާ އާއި ރާއްޖެއާ ދެކޮޅަށް ކުޅޭ މެޗުތަކަކީ ފައިނަލްތަކެއްގެ ގޮތުގައި ދެކޭ ކަމަށާއި، ޕާކިސްތާނުގެ އަމާޒަކީ އެ ދެ މެޗުން މޮޅުވެ ސެމީ ފައިނަލަށް ދަތުރުކުރުން ކަމަށް އެ ޓީމުގެ ކޯޗު ބުނެފި. ކޯޗު ސޮލާނޯ ފާހަގަކުރި ގޮތުގައި ޕާކިސްތާން އޮތީ މި ޗެލެންޖަށް ތައްޔާރަށް

އެމްބާޕޭ މައްސަލައިގައި ލަލީގާ އިން ޗައިނާއާ ވާހަކަ ދައްކަނީ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގަކީ ހުދުމުހުތާރު ލީޑަރެއް ކަމަށް ދޭހަވާ މޭރުމަކުން އެމްބާޕޭ ވާހަކަދެއްކުމާ ގުޅިގެން، ޗައިނާގައި ލަލީގާ މެޗުތައް ދެއްކުން ވަނީ ހުއްޓާލައިފަ އެވެ. މި މައްސަލަ ހައްލުކުރުމަށް ލަލީގާގެ ރައީސް ހަވިއޭ ޓެބާސް މިހާރު އަންނަނީ ޗައިނާ ސަރުކާރާ އެކު މަޝްވަރާ ކުރަމުންނެވެ.

މޮރީނިއޯގެ ޕްލޭނުގަައި އާނޯލްޑް ހިމެނޭ ގޮތް ސާފުކޮށްދީފި

ރެއާލް މެޑްރިޑްގެ ކޯޗު ހޯސޭ މޮރީނިއޯގެ ޕްލޭނުގައި އާނޯލްޑް ހިމެނޭކަން ހާމަކޮށްފައިވަނީ، ވަލްވޭޑޭއަށް އަނިޔާވުމުން ރޭސިން ސަންޓަންޑޭއާ ދެކޮޅަށް އޭނާ ދެއްކި މޮޅު ކުޅުމަށް ފަހުގައި. މޮރީނިއޯ އާނޯލްޑަށް ތައުރީފު ކުރި ނަމަވެސް، މި ސީޒަނުގައި އޭނާއަށް ކުޅުމުގެ ފުރުސަތު މަދުވުމުން ޖެނުއަރީ މަހު އެނބުރި ޕްރިމިއާ ލީގަށް ބަދަލުވުމުގެ ފުރުސަތު އެބައޮތް

ފީފާ އިން ލިޔެކިޔުންތައް އާންމުކުރުމުގެ ބަދަލުގައި ދައްކާލަނީ

ފީފާގެ ލީޑަޝިޕާ ގުޅޭ މައްސަލަ ބޮޑުވެފައިވާ ލިޔެކިޔުންތައް އާންމުކުރުމުގެ ބަދަލުގައި، ޒިއުރިކްގައި ހުންނަ ފީފާގެ ހެޑްކުއާޓަރުގައި ކައުންސިލް މެމްބަރުންނަށް އެ ތަކެތި ދައްކާލަން ފީފާ އިން އެއްބަސްވެއްޖެ. ޔުއެފާ އިން ބާރުއަޅަމުންދަނީ ފީފާގެ ވިޔަފާރި މުއާމަލާތްތަކުގެ ހަގީގަތް ހާމަކުރުމަށާއި، މިހާރުގެ ރައީސް އިންފަންޓީނޯ މަގާމުން ދުރުކުރުމަށް.

ދެ ވަނަ މެޗުގައި ރާއްޖޭން ފަލަސްތީނު ކަައިރީގައި ފަރަގުކުޑަކޮށްފި

އޭޝިއާގެ 17 އަހަރުން ދަށުގެ މުބާރާތުގެ ކޮލިފައިންއަށް ތައްޔާރުވުމަށް ކުޅުނު އެކުވެރިކަމުގެ ދެވަނަ މެޗުން ފަލަސްތީނު އަތުން ރާއްޖެ 3-0 އިން ބަލިވެއްޖެ. ފުރަތަމަ މެޗާ އަޅާބަލާއިރު ރާއްޖޭން ކުޅުން ރަނގަޅުކުރި މި މެޗަށްފަހު، ކޮލިފައިންގައި ވާދަކުރުމަށް ރާއްޖޭގެ ޓީމު މި ހަފުތާގައި ތައިލެންޑަށް ފުރާނެ

Newsletter

Get the latest news delivered straight to your inbox