ކަކުލަށް ސީިރިއަސް އަނިޔާއެއްވެ ކްވަރަޝްކޭލިއާ އަށް ސީޒަން ނިމުމުގެ ބިރު

Oct 21, 2026, 4:37 PM
ރޭގެ މެޗުގެ ތެރެއިން ކްވަރަޝްކޭލިއާ.

ރޭގެ މެޗުގެ ތެރެއިން ކްވަރަޝްކޭލިއާ.

ޕެރިސް (އޮކްޓޫބަރު 21) - ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ބާސެލޯނާ އަތުން 4-2 އިން މޮޅުވި، ޕީއެސްޖީގެ ޖޯޖިއާ ތަރި، ކްވިޗާ ކްވަރަޝްކޭލިއާގެ ކަކުލަށް ސީރިއަސް އަނިޔާއެއްވުމާ ގުޅިގެން އޭނާ އަށް ދެން މި ސީޒަނުގައި ކުޅެވުމުގެ ފުރުސަތު ކުޑަވެއްޖެ އެވެ. 

ރޭގެ މެޗުގައި ބާސެލޯނާގެ ޒަވީ އެސްޕާޓް، ބޯޅަ ހޯދަން އުޅުމުގެ ތެރޭގައި ކްވަރަޝްކޭލިއާގެ ކަކުލަށް އަނިޔާވުމާ ގުޅިގެން ފަރުވާ ހޯދުމަށް ފަަހު، މެޗުގެ 59 ވަނަ މިނިޓްގައި ބަދަލުކުރީ އިތުރަށް ކުރިއަށްނުގެންދެވިގެންނެވެ. 

އަނިޔާގެ ތަފްސީލް ދެނެގަންނަން ހެދި ޓެސްޓްތަކުން އެނގިގެންދިޔައީ، ކްވަރަޝްކޭލިއާ، 25، ގެ ކަކުލުގެ އެންޓީރިއޯ ކްރޫޝިއޭޓް ލިގަމެންޓް (އޭސީއެލް) އިރައިގެން ގޮސްފައިވާ ކަމެވެ. ޕީއެސްޖީން ވަނީ ކްވަރަޝްކޭލިއާގެ އޮޕަރޭޝަން ވަރަށް އަވަހަށް ކުރާނެ ކަމަށް ބުނެފަ އެވެ. އެކަމަކު، އޭނާ އަށް ދެން އެނބުރި ދަނޑަށް އާދެވޭނެ މުއްދަތަކާ ބެހޭގޮތުން، ޕީއެސްޖީން ވަކި އެއްޗެއް ހާމައެއް ނުކުރެ އެވެ. 

އެކަމަކު، އާންމުކޮށް މި ފަދަ އަނިޔާގެ މައްސަލަތަކުގައި ކުޅުންތެރިން އެނބުރި ދަނޑަށް ނުކުމެވެނީ، 6-9 މަސް ތެރޭގަ އެވެ. އެ އަށް ވުރެން ބައެއް ކުުޅުންތެރިންގެ ރިކަވަރީ މުއްދަތު ދިގުވެފައިވާ ފަހަރު ވެސް އައިސްފައިވެ އެވެ. 

އިޓަލީގެ ނަޕޯލީ ދޫކޮށް މިދިޔަ އަހަރުގެ ޖެނުއަރީ މަހު ޕީއެސްޖީ އަށް ބަދަލުވި ކްވަރަޝްކޭލިއާ އަކީ މިދިޔަ ދެ ސީޒަނުގައި ޕީއެސްޖީން ޗެމްޕިއަންސް ލީގު ކާމިޔާބުކުރިއިރު، މޮޅު ކުޅުމެއް ދެއްކި ކުޅުންތެރިއެކެވެ. އަދި، މި ސީޒަނުގައި ޕީއެސްޖީން މިހާތަނަށް ކުޅުނު 11 މެޗެއްގައި ކްވަރަޝްކޭލިއާ ވަނީ ކުޅެފަ އެވެ. 

ކްވަރަޝްކޭލިއާ އަށް އަނިޔާވިއިރު، ޕީއެސްޖީން ކުރިއަށް ހުރި މެޗުތަކުގައި ކުޅެން ޖެހޭނީ މާކީނިއޯސް އާއި އޮސްމާން ޑެމްބެލޭ ވެސް ނުލަ އެވެ. އެ ކުޅުންތެރިންނަށް ވެސް ވަނީ އަނިޔާގެ މައްސަލަތަކެއް ކުރިމަތިވެފަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ބިސް ބުރު ބަލިކޮށް މާޒިޔާ އިން ތިން ވަނަ އަށް

ދިވެހި ޕްރިމިއާ ލީގުގައި ބިސް ބުރު ސްޕޯޓްސް ކްލަބް 3-1 އިން ބަލިކޮށް، މާޒިޔާ ވަނީ ލީގު ތާވަލުގެ ތިންވަނައަށް ޖެހިލާފައި. މިއީ މި ފަހަރު ލީގުގައި މާޒިޔާ އިން ހޯދި ތިން ވަނަ މޮޅު. މި މޮޅާއެކު މާޒިޔާ އަށް 10 ޕޮއިންޓް ލިބިފައިވާއިރު، ބިސް ބުރު އޮތީ 6 ޕޮއިންޓާއެކު ތާވަލުގެ ހަ ވަނައިގައި.

ޔުނައިޓެޑްގައި ޓެން ހާގް ފެއިލްވީ ރޮނާލްޑޯގެ ސަބަބުން

މެންޗެސްޓާ ޔުނައިޓެޑްގައި އޭނާ ފެއިލްވި އެއް ސަބަބަކީ ކްރިސްޓިއާނޯ ރޮނާލްޑޯއާ ދިމާވި މައްސަލަތައް ކަމަށް އެ ޓީމުގެ ކުރީގެ ކޯޗު އެރިކް ޓެން ހާގް ބުނެފި. ޓެން ހާގް ހާމަކުރި ގޮތުގައި ރޮނާލްޑޯގެ އަމަލުތަކުގެ ސަބަބުން ޓީމުގެ މަސައްކަތްތަކަށް ބުރޫއަރައި، ކޯޗުގެ އިރުޝާދުތަކަށް އޭނާ ފުރިހަމައަށް އިހުތިރާމް ކޮށްފައެއް ނުވޭ

ދިއްދޫ ބަލިކޮށް ޓީސީ އަށް ދެ ވަނަ މޮޅު

ދިވެހި ޕްރިމިއާ ލީގުގައި ހއ. ދިއްދޫ 1-0 އިން ބަލިކޮށް، ޓީސީ ސްޕޯޓްސް ކްލަބުން މި ސީޒަނުގެ ދެވަނަ މޮޅު ހޯދައިފި. މި މެޗުގެ ހަމައެކަނި ލަނޑު ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ޖަހައިދިނީ ޓީސީގެ ބްރެޒިލް މިޑްފީލްޑަރު ޖޯސޭ މެގްސަން އެވެ. މި މޮޅާއެކު ޓީސީން ވަނީ ތާވަލުގެ ހަތް ވަނަ އަށް ޖެހިލައިފައި.

ގައްދޫން ނަޒީހުއާ އެކު ހަދާފައި އޮތް އެއްބަސްވުން އުވާލައިފި

ދިވެހި ޕްރިމިއާ ލީގުގައި ވާދަކުރާ ގައްދޫ ޓީމުގެ ހެޑް ކޯޗު ނަޒީހުއާ އެކު ހަދާފައިވާ އެއްބަސްވުން އެ ކްލަބުން އުވާލައިފިއެވެ. މި ނިންމުން ނިންމާފައިވަނީ ލީގުގައި މިހާތަނަށް ކުޅުނު ހަ މެޗުން ވެސް ބަލިވެ، ޕޮއިންޓެއް ނުލިބި ގައްދޫ ލީގު ތާވަލުގެ އެންމެ ފުލުގައި އޮތުމާ ގުޅިގެން. އެ ކްލަބުން މިހާރު އަންނަނީ އާ ކޯޗެއް ހޯދުމުގެ މަސައްކަތް ކުރަމުން

އާޖެންޓީނާ މެޗު މައްސަލައިގައި މިސްރަށް ފީފާ އިން ފިޔަވަޅުތަކެއް

ވޯލްޑް ކަޕްގައި އާޖެންޓީނާއާ ދެކޮޅަށް ކުޅުނު މެޗުގައި ރެފްރީގެ ނިންމުންތަކަށް ހިތްހަމަނުޖެހުން ފާޅުކޮށް ފާޑުކިޔުމުން، ފީފާ އިން ވަނީ މިސްރުގެ ކޯޗާއި ބައެއް ކުޅުންތެރިންނަށް ފިޔަވަޅު އަޅައިފައި. މިގޮތުން ކޯޗު ހޮސާމް ހަސަން އާއި އިބްރާހިމް ތިން މެޗަށް، އަދި ކުޅުންތެރިޔާ ޒީކޯ ފަސް މެޗަށް ސަސްޕެންޑް ކުރަން ފީފާގެ ޑިސިޕްލިނަރީ ކޮމިޓީން ވަނީ ނިންމައިފައި

މެންޗެސްޓާ ސިޓީގެ ސެމެންޔޯ ދެ މަހެއްހާ ދުވަހަށް ކުޅުމާ ދުރަށް

މެންޗެސްޓާ ސިޓީގެ ފޯވާޑް އަންޓުއާން ސެމެންޔޯގެ ކަކުލަށް ލިބުނު އަނިޔާއަކާ ގުޅިގެން، ކުރިއަށް އޮތް ދެ މަހެއްހާ ދުވަހު އޭނާ ކުޅުމާ ދުރުގައި ހުންނަން ޖެހިއްޖެ. މި އަނިޔާ އޭނާއަށް ލިބުނީ އިޕްސްވިޗް ޓައުންއާ ދެކޮޅަށް ކުޅުނު މެޗުގައި ކަމަށްވާއިރު، އޮޕަރޭޝަނެއް ކުރަން ނުޖެހުނަސް ފިޓްވާން އަށް ހަފްތާ ނަގާނެ ކަމަށް ކޯޗު ވަނީ ބުނެފައި.

ޕްރިމިއާ ލީގު ރަނގަޅުވާނީ ރެފްރީންގެ ފެންވަރު ވެސް ރަނގަޅުވެގެން

ދިވެހި ޕްރިމިއާ ލީގުގެ ފެންވަރު ރަނގަޅުކުރުމަށްޓަކައި ރެފްރީންގެ ފެންވަރު މަތިކުރަން ޖެހޭ ކަމަށް ކްލަބް އީގަލްސްގެ ކޯޗު ބެންޖޯ) ބުނެފި. އޭނާ މިހެން ބުނީ އެންމެ ފަހުން ދިއްދޫއާ ދެކޮޅަށް ކުޅުނު މެޗުގައި ރެފްރީގެ ނިންމުންތަކުގެ ސަބަބުން ދިމާވި ގޮންޖެހުންތަކަށް އިޝާރާތްކޮށް، ކްލަބްތަކުގެ މަސައްކަތާ އެއްވަރަށް ރެފްރީންގެ ލެވަލް ރަނގަޅުކުރަން ޖެހޭ ކަމަށް

Newsletter

Get the latest news delivered straight to your inbox