ލިވަޕޫލަށް ތަފާތު މޮޅެއް، ޕީއެސްޖީން ބާސެލޯނާ ބަލިކޮށްފި

Oct 21, 2026, 7:01 AM
ޗެމްޕިއަންސް ލީގުގައި ބާސެލޯނާ ކޮޅަށް ލަނޑު ޖެހުމަށް ފަހު، ޕީއެސްޖީގެ ވިޓީނިއާ އުފާފާޅުކުރަނީ.

ޗެމްޕިއަންސް ލީގުގައި ބާސެލޯނާ ކޮޅަށް ލަނޑު ޖެހުމަށް ފަހު، ޕީއެސްޖީގެ ވިޓީނިއާ އުފާފާޅުކުރަނީ.

ޕެރިސް (އޮކްޓޫބަރު 21) - ޔުއެފާ ޗެމްޕިއަންސް ލީގުގެ އެންމެ ފަހުން ދެ ސީޒަނުގެ ޗެމްޕިއަން، ޕީއެސްޖީން 4-2 އިން ބާސެލޯނާ ބަލިކުރިއިރު، ލިވަޕޫލުން ފަހަތުން އަރައި 4-3 އިން ވިޔަރެއާލް އަތުން ތަފާތު މޮޅެއް ހޯދައިފި އެވެ. 

ބާސެލޯނާ އިން މި ސީޒަނުގައި ފުރަތަމަ ފަހަރަށް ބަލިވެފައި މި ވަނީ، 11 މެޗަށް ފަހު އެވެ. 

ޕީއެސްޖީ ދަނޑުގައި ރޭ ކުޅުނު މެޗުގައި އެ ޓީމުން ވަނީ، ފުރަތަމަ ހާފުގައި ޑެޒީރޭ ޑޫއޭގެ ލަނޑުން ލީޑުނަގައިފަ އެވެ. ދެ ވަނަ ހާފުގެ 10 މިނިޓް ތެރޭ، ބާސެލޯނާ އިން އެއްވަރުކުރީ ޒަވީ އެސްޕާޓް ޖެހި ލަނޑުންނެވެ. ޕީއެސްޖީން ދެ ވަނަ ފަހަރަށް ލީޑުނެގީ، ލޫކަސް ހެނާންޑޭޒްގެ ލަނޑުންނެވެ. އެކަމަކު، ލަމީން ޔަމާލް ވަނީ ލަނޑު ޖަހައި، ބާސެލޯނާ އަށް އެއްވަރުކޮށްދީފަ އެވެ. 

Advertisement

ބާސެލޯނާ އިން ދެ ވަަނަ ފަހަރަށް ނަތީޖާ ހަމަހަަމަ ކުރިތާ ދެ މިނިޓް ފަހުން، މެޗުގެ 81 ވަނަ މިނިޓްގައި ވިޓީނިއާ ވަނީ ޕީއެސްޖީ އަށް މެޗުގައި ތިން ވަނަ ފަހަރަށް ލީޑުނަގައިދީފަ އެވެ. އަދި، އޭގެ ފަސް މިނިޓް ފަހުން، ފަބިއަން ރުއީޒް ވަނީ ލަނޑު ޖަހައި، މެޗުގެ ތިން ޕޮއިންޓް ޕީއެސްޖީ އަށް ޔަގީންކޮށްދީފަ އެވެ. 

ވިޔަރެއާލުން ލިވަޕޫލް ދަނޑުގައި 29 މިނިޓް ތެރޭ ދެ ގޯލުގެ ލީޑެއް ނެގި އެވެ. ވިޔަރެއާލުން ލީޑުނެގީ، ހަތަރު ވަނަ މިނިޓްގައި ޖިއޯޖެސް މިކައުޓަޓްޒޭ ޖެހި ލަނޑުންނެވެ. އަދި، ލިވަޕޫލް ޑިފެންޑަރުންގެ ގޯހަކުން، 29 ވަނަ މިނިޓްގައި، ސާޖިއޯ ކާޑޯނިއާ ވަނީ ލަނޑު ޖަހައި، އެ ޓީމަށް ދެ ގޯލުގެ ލީޑެއް ނަގައިދީފަ އެވެ. 

ޗެމްޕިއަންސް ލީގުގައި ވިޔަރެއާލް ކޮޅަށް ލަނޑު ޖެހުމަށް ފަހު ލިވަޕޫލްގެ މެކް އަލިސްޓާ އުފާފާޅުކުރަނީ: މެކް އަލިސްޓާ މި މެޗުގައި ދެ ގޯލު ޖަހާފައިވޭ.
ޗެމްޕިއަންސް ލީގުގައި ވިޔަރެއާލް ކޮޅަށް ލަނޑު ޖެހުމަށް ފަހު ލިވަޕޫލްގެ މެކް އަލިސްޓާ އުފާފާޅުކުރަނީ: މެކް އަލިސްޓާ މި މެޗުގައި ދެ ގޯލު ޖަހާފައިވޭ.

އެކަމަކު، ފުރަތަމަ ހާފު ނިމުމުގެ ކުރިން، އަލެކްސިސް މެކް އަލިސްޓާ އާއި ރޮނާލްްޑް އަރައުހޯގެ ލަނޑުތަކުން ލިވަޕޫލުން އެއްވަރުކުރި އެވެ. އަދި، ދެ ވަނަ ހާފުގައި މެކް އަލިސްޓާގެ އިތުރު ލަނޑަކާއި ފްލޯރިއަން ވާޓްޒް ޖެހި ލަނޑުން، ލިވަޕޫލުން ދެ ލަނޑުގެ ލީޑެއް ނެގި އެވެ. އޭގެ ފަހުން، ވިޔަރެއާލްގެ ޓަނީ އޮލުވަސޭޔީ ވަނީ ލަނޑެއް ޖަހައިފަ އެވެ. 

މެންޗެސްޓާ ސިޓީން ކުޅުނު މެޗުގައި އަމިއްލަ ދަނޑުގައި ވަނީ، 5-1 އިން ގްރީސްގެ އޭއީކޭ އެތަންސް ބަލިކޮށްފަ އެވެ. މި މެޗުގައި ސިޓީގެ ފިލް ފޯޑެން ވަނީ ހެޓްރިކެއް ހަދައިފަ އެވެ. ސިޓީގެ އަނެއް ލަނޑުތައް ޖެހީ، އެލިއަޓް އެންޑަސަން އާއި ރަޔާން ޗާކީ އެވެ. އޭއީކޭގެ ލަނޑު ޖެހީ ސްޓަވްރޯސް ޕިލިއޯސް އެވެ. 

ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު އެހެން މެޗުތަކުގެ ނަތީޖާ އަށް ބަލާއިރު، ރޯމާ އިން 4-0 އިން ސްލޯވަން ބްރަޓިސްލާވާ ބަލިކުރިއިރު، ޕޯޓޯ ދަނޑުގައި 1-0 އިން ޕީއެސްވީ އައިންދޯވަން މޮޅުވި އެވެ. ނަޕޯލީން 4-3 އިން ބޯޑޯ/ގިލްމް ބަލިކުރިއިރު، ސްޓުޓްގާޓާއި އެތުލެޓިކޯ މެޑްރިޑްގެ މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ދެ މަހުގެ މަސައްކަތުން ކޯޗު ގެރީ ބޫޓާން ގޮވައިގެން ސެމީ އަށް

އޮސްޓްރޭލިއާގެ ކޯޗު ގެރީ ފިލިޕްސް ބޫޓާންގެ ޓީމާ ހަވާލުވިތާ ދެ މަސް ތެރޭގައި، 18 އަހަރަށް ފަހު އެ ގައުމު ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލަށް ވަނީ ދަތުރުކޮށްފައި. ނޭޕާލުގެ ފުޓްބޯޅައިގައި ވެސް މަސައްކަތްކުރި ގެރީ ބުނި ގޮތުގައި މިއީ ކުޅުންތެރިންގެ ބުރަ މަސައްކަތުން ލިބުނު ކާމިޔާބީއެއް ކަމަށާއި، އަމާޒަކީ ސެމީގައި އިންޑިއާ ބަލިކޮށް ފައިނަލަށް ދިއުން

ހަމްޒާއެއް ނުދަންނަން: ޕާކިސްތާން ގޯލްކީޕަރު ބަޓް

ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލުގައި ބަންގްލަދޭޝްއާ ދެކޮޅަށް ނުކުންނައިރު، އެ ޓީމުގެ ތަރި ހަމްޒާ ޗޯދުރީއާ މެދު ނުވިސްނާ ކަމަށާއި ޕާކިސްތާން ޓީމުގައި ވެސް މޮޅެތި ކުޅުންތެރިން އެބަތިބި ކަމަށް ގޯލްކީޕަރު ޔޫސުފް ބަޓް ބުނެފި. އޭނާ ފާހަގަކުރި ގޮތުގައި ވަކި ކުޅުންތެރިއަކަށް ވުރެ މުހިންމީ މުޅި ޓީމު ކަމަށް

އެމެރިކާ ދޫކޮށް ޔުނައިޓެޑާ ހަވާލުވުން ޕޮޗެޓީނޯ އަށް ހިތްދަތި

އެމެރިކާގެ ގައުމީ ޓީމުގެ ކޯޗުކަން ދޫކޮށް މެންޗެސްޓާ ޔުނައިޓެޑާ ހަވާލުވުމަކީ ކެރިއަރުގައި ނިންމި އެންމެ ހިތްދަތި ނިންމުން ކަމަށް މައުރީސިއޯ ޕޮޗެޓީނޯ ބުނެފިއެވެ. ޔުނައިޓެޑުން 10 މިލިއަން ޑޮލަރުގެ ބަދަލެއް ދީގެން އޭނާ ގެންނަން ނިންމާފައިވާއިރު، ޕޮޗެޓީނޯ ބުނީ ޔުނައިޓެޑް ފަދަ ބޮޑު ކްލަބަކުން ލިބުނު ފުރުސަތު ދޫކޮށްލަން އުނދަގޫވީ ކަމަށެވެ. އޭނާ އެ ޓީމާ ރަސްމީކޮށް ހަވާލުވާނީ މި މަހުގެ 18 ވަނަ ދުވަހު އެމެރިކާގެ މެޗުތަކަށް ފަހުގައެވެ.

ޖަވާބު ދޭން ވެސް، ޖަވާބުދާރީކުރުވަން ވެސް އުރްބާނީ! އެފްއޭއެމް؟

ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ކުޅުނު ދެ މެޗުން ބަލިވެ މުބާރާތުން ކެޓުމަކީ ތާރީޚީ ގޮތުން ރާއްޖެއަށް ކުރިމަތިވި އެންމެ ދަށް ނަތީޖާއެވެ. ކޯޗު އުރްބާނީ ވަނީ ޓެކްނިކަލް ޑިރެކްޓަރުގެ މަގާމާއި ކޯޗުގެ މަގާމު އެކުގައި އަދާކުރަން ޖެހުމުން، ޖަވާބުދާރީކުރުވުމުގެ ނިޒާމު އޮތް ގޮތާ މެދު ސުވާލު އުފައްދާފައި

އިޓަލީން އަމިއްލަ ދަނޑުގައި 64 އަހަރަށް ފަހު ފްރާންސް ބަލިކޮށްފި

ޔުއެފާ ނޭޝަންސް ލީގުގައި ރޭ ކުޅުނު މެޗުން ފްރާންސް އަތުން 3-1 އިން މޮޅުވެ، އިޓަލީން 64 އަހަރަށް ފަހު އަމިއްލަ ދަނޑުގައި އެ ޓީމު ބަލިކުރުމުގެ ތާރީޚީ ކާމިޔާބީއެއް ހޯދައިފި. ފްރާންސުން ފުރަތަމަ ލަނޑު ޖަހާފައިވަނިކޮށް، އިޓަލީން ފަހަތުން އަރައި މެޗު ކާމިޔާބުކުރީ ޕިއޯ އެސްޕޮސީޓޯގެ ދެ ގޯލާއި ފްރަޓޭސީ ޖެހި ލަނޑުން

ގަތަރުގައި އޮތް ވޯލްޑް ކަޕުން އެމެރިކާ ނަން ނަގައިފި

މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ސަލާމަތީ ނުރައްކާތަކެއް ހުރި ކަމަށް ބުނެ، ގަތަރުގައި ބާއްވާ 17 އަހަރުން ދަށުގެ ވޯލްޑް ކަޕުން އެމެރިކާ ވަކިވެއްޖެ. އެމެރިކާގެ ފުޓްބޯޅަ އިދާރާއިން މި ނިންމުން ނިންމީ އެ ސަރަހައްދަކީ މިވަގުތު އެމެރިކާގެ ޓީމަކަށް ރައްކާތެރި ތަނެއް ނޫން ކަމަށް ސްޓޭޓް ޑިޕާޓްމަންޓުން ލަފާދީފައިވާތީ

ވެންގާ، ފީފާ ރައީސަކަށް ގެންނަން ފްރާންސުން މަސައްކަތްކުރަނީ

ފީފާގެ ރައީސްކަމަށް މަޝްހޫރު ކޯޗު އާސެން ވެންގާ ގެނައުމަށް ފްރާންސްގެ ރައީސް އެމަނުއަލް މެކްރޮން އިސްނަންގަވައިގެން އެ ގައުމުގެ ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުން. މިހާރުގެ ރައީސް އިންފަންޓީނޯއާ ވާދަކުރުމަށް ޔުއެފާ އާއި ފްރާންސް ސަރުކާރުން ވެންގާ ނެރުމަށް ބޭނުންވި ނަމަވެސް، އޭނާ އަދި ރަސްމީކޮށް އެކަމަށް ޝައުގުވެރިކަން ފާޅެއް ނުކުރޭ

Newsletter

Get the latest news delivered straight to your inbox