ބަންގްލަދޭޝްގައި ޕްރައިމް މިނިސްޓާ ގޯލްޑް ކަޕްގެ ނަމުގައި އިންޓަނޭޝަނަލް މުބާރާތެއް ބާއްވަނީ

Nov 24, 2026, 10:20 AM
2023 ވަަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ބަންގްލަދޭޝް އާއި ރާއްޖެ ބައްދަލުކުރި މެޗުގެ ތެރެއިން.--- ފޮޓޯ: އިމޭޖަސް.އެމްވީ

2023 ވަަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ބަންގްލަދޭޝް އާއި ރާއްޖެ ބައްދަލުކުރި މެޗުގެ ތެރެއިން.--- ފޮޓޯ: އިމޭޖަސް.އެމްވީ

ބަންގްލަދޭޝްގައި އަންނަ އަހަރު ޕްރައިމް މިނިސްޓަ ގޯލްޑް ކަޕްގެ ނަމުގައި އިންޓަނޭޝަނަލް މުބާރާތެއް ބާއްވަން ރާވަމުން އަންނަ ކަމަށް ބުނެފި އެވެ. 

މި ފަހަރުގެ ޓެކްނޯ ސާފް ޗެމްޕިއަންޝިޕްގައި ފެނިގެންދިޔަ ކަންކަމަށް ބަލައި، ބަންގްލަދޭޝް ފުޓްބޯޅަ އަށް އޮތް ފުރުސަތުތައް އިތުރު ކުރުމަަކީ އެ ގައުމުގެ ސަރުކާރުގެ އަމާޒެކެވެ. 

އެ ގޮތުން، ބަންގްލަދޭޝްގެ ސްޓޭޓް މިނިސްޓާ ފޯ ޔޫތު އެންޑް ސްޕޯޓްސް، އަމީނުލް ހައްގު ވިދާޅުވީ، ދެކުނު އޭޝިއާ އާއި އޭޝިއާ އަދި ޔޫރަޕްގެ ގައުމުތައް ހިމެނޭ ގޮތަށް އަންނަ އަހަރު އަށް ޓީމެއް ވާދަކުރާގޮތަށް އިންޓަނޭޝަނަލް މުބާރާތެއް ބޭއްވުމަށް ބަންގްލަދޭޝްގެ ސަރުކާރުގެ އިސް ވެރިންނާ މަޝްވަރާތަކެއް ކުރިއަށް ގޮސްފައިވާ ކަމަށެވެ. އަދި، މި ކަމާ ގުޅޭގޮތުން، ބަންގްލަދޭޝްގެ ފުޓްބޯޅަ ފެޑެރޭޝަންގެ ރައީސް، ތާބިތު އައްވަލްއާ ވެސް މަޝްވަރާތަކެއް ކުރިއަށްގެންގޮސްފައިވާ ކަމަށް އަމީނުލް ވަނީ ވިދާޅުވެފަ އެވެ. 

Advertisement

ބަންގްލަދޭޝްގައި ވަނީ ޕްރެޒިޑެންޓްސް ގޯލްޑް ކަޕްގެ ނަމުގައި 1993 ވަނަ އަހަރު މުބާރާތެއް ބާއްވައިފަ އެވެ. އަދި، 1996 އާއި 1999 ގައި ވެސް އެކި ސިފަސިފައިގައި މި މުބާރާތް ކުރިއަށްގެންދިޔަ އެވެ. އޭގެ ފަހުން، ބަންގަބަންދޫ ކަޕްގެ ނަމުގައި 2015 ވަނަ އަހަރު އަލުން، ސަރުކާރުގެ އެހީތެރިކަމާ އެކު މުބާރާތް ބާއްވަން ފަށައި، 2016، 2018 އަދި 2020 ވަނަ އަހަރު ބޭއްވުމަށް ފަހު، އޭގެ ފަހުން މި މުބާރާތް ބާއްވާފައިނުވެ އެވެ. 

ރާއްޖޭން ވަނީ 2016 ވަނަ އަހަރުގެ މުބާރާތުގައި ކުޅެފަ އެވެ. ކެމްބޯޑިއާ އަތުން 3-2 އިން މޮޅުވި ރާއްޖޭން ބަންގްލަދޭޝްގެ 23 އަހަރުން ދަށުގެ ޓީމު އަތުން 3-0 އިން މޮޅުވި އެވެ. އަދި، ބަހުރޭނުގެ 21 އަހަރުން ދަށުގެ ޓީމާ 1-1 އިން އެއްވަރުވެ، ރާއްޖެ ސެމީ އަށް ދިޔައީ ގްރޫޕް އެއް ވަނައިގެ ގޮތުގަ އެވެ. ސެމީގައި ރާއްޖެ ވަނީ މުބާރާތުގެ ޗެމްޕިއަންކަން ހޯދި ނޭޕާލް އަތުން 4-1 އިން ބަލިވެފަ އެވެ. 

އަންނަ އަހަރުގެ މުބާރާތުގައި ދެކުނު އޭޝިއާގެ ވީހާވެސް ގިނަ ގައުމުތަކަށް ދައުވަތު ދިނުމަކީ ބަންގްލަދޭޝް ސަރުކާރުގެ ވިސްނުމެކެވެ. އަދި، މި މުބާރާތުން އޭޝިއާގެ ވަރުގަދަ ޓީމަކާއި ޔޫރަޕްގެ ބައެއް ޓީމުތައް ފެނުުމުގެ ފުރުސަތު ވެސް އެބައޮތެވެ. 

ބަންގްލަދޭޝްގެ ވިސްނުން ހުރީ އަންނަ އަހަރުގެ މާޗް ނޫނީ އޭޕްރީލް މަހު މި މުބާރާތް ބޭއްވުމަށެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ރާޔާގެ އަނިޔާ އޮޕަަރޭޝަނެއް ކުރަން ޖެހޭހާ ސީރިއަސް އެއް ނޫން

ނިއުކާސަލްއާ ދެކޮޅަށް ކުޅުނު މެޗުގައި އާސެނަލްގެ ކީޕަރު ޑޭވިޑް ރާޔާގެ ކޮނޑަށް ލިބުނު އަނިޔާއަކީ އޮޕަރޭޝަނެއް ކުރަންޖެހޭ ފަދަ ސީރިއަސް އަނިޔާއެއް ނޫން ކަމަށް އެ ޓީމުގެ ކޯޗު މިކޭލް އާޓެޓާ ބުނެފި. ރާޔާގެ އަނިޔާ ރަނގަޅުވަމުން އަންނައިރު، އޭނާ ނެތް ވަގުތު ގޯލު ބަލަހައްޓާނީ ތަޖުރިބާކާރު ކީޕަރު ކެޕާ އަރިއްޒަބަލާގާ.

ފަހަތުން އަރައި ދިއްދޫ ބަލިކޮށް މާޒިޔާ އިން ފަރަގުކުޑަކޮށްފި

ދިއްދޫ ސްޕޯޓްސް ކްލަބް 5-2 އިން ބަލިކޮށް، މާޒިޔާ އިން ލީގުގެ އެއްވަނައިގައި އޮތް ވިކްޓަރީއާ ދެމެދު އޮތް ފަރަގު ތިން ޕޮއިންޓަށް ކުޑަކޮށްފި. މެޗުގެ ކުރީކޮޅު ދިއްދޫން ލީޑުނެގި ނަމަވެސް، މާޒިޔާ އިން ވަނީ ފަހަތުން އަރައި ފަސް ލަނޑު ޖަހައި މެޗު ކާމިޔާބުކޮށްފައި

ގައްދޫ ބަލިކޮށް ބިސް ބުރު ލީގުގެ ތިން ވަނަ އަށް

ދިވެހި ޕްރިމިއާ ލީގުގައި ގދ. ގައްދޫ 1-0 އިން ބަލިކޮށް، ބިސް ބުރު ސްޕޯޓްސް ކްލަބުން ތާވަލުގެ ތިންވަނައަށް ޖެހިލައިފި. ބިސް ބުރުން މި މެޗު ކާމިޔާބުކުރީ ލިބުނު ޕެނަލްޓީއަކުން ޖެހި ލަނޑުން ކަމަށްވާއިރު، ގައްދޫ ވަނީ ލީގުގައި މިހާތަނަށް ކުޅުނު ހަތް މެޗުންވެސް ބަލިވެފައި

އިންޓަވިއު ތެރެއިން ޕަރޭޑޭސް އަށް ސިއްހީ ހާލަތެއް ދިމާވެއްޖެ

ކޮޕަ ސުޑަމެރިކާނާގެ ތަށި ބޮކަ ޖޫނިއާސް އިން ކާމިޔާބުކުރި މެޗަށްފަހު، އެ ޓީމުގެ މިޑްފީލްޑަރު ލެއަންޑްރޯ ޕަރޭޑޭސް އިންޓަވިއު ދެމުން ދަނިކޮށް ހޫނުގަދަވުމުގެ ސަބަބުން ބޯއަނބުރައިގަނެ ސިއްހީ ހާލަތެއް ކުރިމަތިވެއްޖެ، މެޗުގެ ތެރެއިން ވެސް އުނދަގޫތަކެއްވެގެން ބަދަލުކުރި ޕަރޭޑޭސްއަށް ފަރުވާ ދިނުމުން ހާލު ރަނގަޅުވި

ގުރައިދޫގަައި ވޮލީބޯޅަ އަށް ހާއްސަ އައިލެންޑް އެލީޓް ސްޕޯޓްސް

ތ. ގުރައިދޫގައި ވޮލީބޯޅަ ކުރިއެރުވުމަށްޓަކައި "އައިލެންޑް އެލީޓް ސްޕޯޓްސް" ގެ ނަމުގައި 95 ކުދިންނާއެކު އެކަޑަމީއެއް ފަށައިފި. މި އެކަޑަމީގެ މަގުސަދަކީ ގައުމީ ފެންވަރުގެ ކުޅުންތެރިން އުފެއްދުން ކަމަށްވާއިރު، ކޮންމެ ތިން މަހަކުން އެއްފަހަރު ތަޖުރިބާކާރު ކޯޗުންގެ އެހީގައި ތަމްރީނުތައް ކުރިއަށް ގެންދިއުމަށް ވަނީ ރޭވިފައި

ދިއްދޫ ފަަސޭހަކޮށް ނުނެގޭނެ ކަން ސާބިތުކޮށްދީފި: ޓްރުޗާ

ދިވެހި ޕްރިމިއާ ލީގުގައި މާޒިޔާއާ ދެކޮޅަށް ނުކުންނަ ދިއްދޫ ޓީމަކީ ފަސޭހައިން ބަލިކުރެވޭނެ ޓީމެއް ނޫންކަން އެ ޓީމުން ސާބިތުކޮށްދީފައިވާ ކަމަށް މާޒިޔާގެ ކޯޗު ޓްރުޗާ ބުނެފި. އޭނާ ފާހަގަކުރި ގޮތުގައި ދިއްދޫއަށް ނަތީޖާ ނެރުމުގައި ދަތިތަކެއް ހުރި ނަމަވެސް، މިއީ މާޒިޔާއިން ވަރަށް ސަމާލުވެގެން ކުޅެންޖެހޭނެ އުނދަގޫ މެޗެއް.

ލިވަޕޫލުން ޕޮޗެޓީނޯއާ އެކު ނުކުތް ޔުނައިޓެޑް ބަލިކޮށްފި

މައުރީސިއޯ ޕޮޗެޓީނޯގެ ކޯޗުކަމުގައި މެންޗެސްޓާ ޔުނައިޓެޑް ކުޅުނު ފުރަތަމަ މެޗުން 4-0 ގެ ބޮޑު ތަފާތަކުން ލިވަޕޫލް އަތުން ބަލިވެއްޖެއެވެ. މެޗުގެ ކުރީކޮޅު ޔުނައިޓެޑްގެ ކުޅުންތެރިއަކަށް ރަތް ކާޑު ދެއްކުމުން އެއް ކުޅުންތެރިއަކު މަދުކޮށް ކުޅުނު މި މެޗުގައި ލިވަޕޫލްގެ ލަނޑުތައް ޖަހައިދިނީ ސޮބޯސްލާއި، ވާޓްޒް، އެންގުމޯހާ އަދި މުނޯޒްއެވެ.

Newsletter

Get the latest news delivered straight to your inbox