ފީފާ ވިންޑޯ ފެށުމާ އެކު ހަމްޒާ ސާފް ޗެމްޕިއަންޝިޕަށް

Nov 9, 2026, 12:40 PM
އާސިއާން ކަޕްގައި ބަންގްލަދޭޝް ކުޅުނު މެޗެއްގެ ތެރެއިން ހަމްޒާ.

އާސިއާން ކަޕްގައި ބަންގްލަދޭޝް ކުޅުނު މެޗެއްގެ ތެރެއިން ހަމްޒާ.

ފީފާ އިންޓަނޭޝަނަލް ބްރޭކް މިއަދު ފެށުމާ އެކު، އިނގިރޭސި ކްލަބް، ޝެފީލްޑް ޔުނައިޓެޑަށް ކުޅެމުން އަންނަ ބަންގްލަދޭޝްގެ މިޑްފީލްޑަރު، ހަމްޒާ ޗޯދުރީ، ޓެކްނޯ ސާފް ޗެމްޕިއަންޝިޕް 2026 ގައި ކުޅުމަށް ބަންގްލަދޭޝަށް ގޮސްފި އެވެ. 

ފީފާ ބްރޭކް އޮތީ މިއަދުން ފެށިގެން މި މަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް ކަމަށްވާތީވެ، މިހާތަނަށް މުބާރާތުގައި ކުުޅުނު ގިނަ މެޗުތަކަށް ޕްރޮފެޝަނަލް ކްލަބްތަކުން ކުޅުންތެރިން ރިލީސްކޮށްފައިނުވެ އެވެ. އެއީ، އެ ކްލަބްތަކުގެ މެޗުތައް ކުޅެން ޖެހޭތީ އެވެ. އެ ގޮތުން، ލެސްޓާ ސިޓީގެ ކުރީގެ މިޑްފީލްޑަރު، ހަމްޒާ މިއަދު ޑާކާ އަށް އައިއިރު، އިނގިރޭސި ފަސް ވަނަ ޑިވިޝަނުގައި ކުޅޭ ފަރްހާން އަލީ ވާހިދު ވެސް މިއަދު ބަންގްލަދޭޝް ޓީމާ ގުޅޭނެ އެވެ. 

ހަމްޒާ އާއި ފަރްހާން ނުލައި، ބަންގްލަދޭޝް އިން ވަނީ މިދިޔަ ބުރާސްފަތި ދުވަހު، މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ކުޅުނު ފުރަތަމަ މެޗުން ބޫޓާން އަތުން 1-0 އިން މޮޅުވެފަ އެވެ. ހަމްޒާ އާއި ފަރުހާން ހިމަނައިގެން ބަންގްލަދޭޝް އިން ކުޅޭ ފުރަތަމަ މެޗުގައި އަންނަ ބުދަ ދުވަހު ކުޅޭނީ ސްރީ ލަންކާއާ އެވެ. ބަންގްލަދޭޝަށް މިހާރު ވެސް ވަނީ ސެމީ ފައިނަލުން ޖާގަ ލިބިފަ އެވެ. 

އިނގިރޭސި 21 އަހަރުން ދަށުގެ ޓީމަށް ހަތް މެޗު ކުޅެފައިވާ، ހަމްޒާ ބަންގްލަދޭޝަށް ސީނިއާ ލެވަލްގައި ކުޅެން ނިންމީ މީގެ އަހަރެއް ކުރިންނެވެ. ބަންގްލަދޭޝް ގައުމީ ޓީމަށް މިހާތަނަށް ކުޅެދިން 13 މެޗުން ހަތަރު ލަނޑު ޖަހާފައިވާ ހަމްޒާ އެންމެ ފުރަތަމަ ބަންގްލަދޭޝަށް ކުޅެދިން މެޗަކީ މިދިޔަ އަހަރުގެ މާޗް މަހު އިންޑިއާއާ 0-0 އިން އެއްވަރުވި މެޗުގަ އެވެ. 

މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕަކީ، ސަރަހައްދުގެ މި މުބާރާތުގައި ހަމްޒާ ކުޅޭ ފުރަތަމަ ފަހަރެވެ. ބަންގްލަދޭޝް އިން ހަަތަރު ވަނަ ފަަހަރަށް ސާފް ޗެމްޕިއަންޝިޕް ހޯސްޓްކުރާއިރު، އެ ޓީމުން ތަށި ހޯދީ އެންމެ ފުރަތަމަ މުބާރާތް ބޭއްވި އަހަރު ކަމަށްވާ 2003 ގަ އެވެ. އެއީ، ފައިނަލުގައި ޕެނަލްޓީ ޖަހައިގެން ރާއްޖެ ބަލިކޮށްފަ އެވެ.

ފީފާ ބްރޭކު ފެށުމާ އެކު، ސެމީ ފައިނަލަށް ދަތުރުކޮށްފައިވާ ޕާކިސްތާނަށް ވެސް ޔޫރަޕް ކުޅޭ ކުޅުންތެރިން ޓީމަށް ގެނެވޭނެ އެވެ.  ޕާކިސްތާނުން ގްރޫޕްގެ ދެ މެޗު ކުޅުނީ ވެސް އެ ކުޅުންތެރިން ނުލަ އެވެ. އެ ގޮތުން، ފުރަތަމަ މެޗުން އިންޑިއާ އަތުން 3-2 އިން ބަލިވި، ޕާކިސްތާން ވަނީ ދެ ވަނަ މެޗުގައި 3-0 އިން ރާއްޖެ ބަލިކޮށްފަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ރާއްޖެ ކައިރިން މޮޅުވެ ޗައިނާ އަށް ޗެމްޕިއަންކަން

ޗައިނާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގެ ފަހު މެޗުގައި ރާއްޖެ 8-3 އިން ބަލިކޮށް، ކުޅުނު ތިން މެޗުން މޮޅުވެގެން ޗައިނާ އިން މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފި. މި މުބާރާތުގައި ރާއްޖެއަށް ލިބުނީ ތިން ވަނަ މަގާމު ކަމަށްވާއިރު، ރާއްޖެއިން ވަނީ ހޮންގް ކޮންގް އަތުން ބޮޑު މޮޅެއް ހޯދައި ދެކުނު ކޮރެއާ އަތުން ބަލިވެފައި

ގަލޮޅު ދަނޑު ފުޓްބޯޅަ ކުޅުމާއި މުނިފޫހިފިލުވޭނެ ތަނަކަށް ހަދަނީ

ގަލޮޅު ދަނޑު ތަޅާލުމަށްފަހު، އެތަނަކީ ފުޓްބޯޅައިގެ އިތުރުން މުނިފޫހިފިލުވުމުގެ ތަފާތު ހަރަކާތްތައް ބޭއްވޭނެ ފަދަ ހިތްގައިމު މަރުކަޒަކަށް ބަދަލުކުރަން ސަރުކާރުން ވަނީ ނިންމާފައި. މި މަޝްރޫޢުގެ ދަށުން ދަނޑުގެ ޕިޗާއި ސިޑިބަރިތައް އައުކޮށް، އާންމުންނަށް ފަސޭހައިން ވަދެނިކުމެ އުޅެވޭނެހެން އެ ސަރަހައްދު ތަރައްގީކުރާނެ

ޔުނައިޓެޑްގެ ކޯޗުކަމުން އިސްތިއުފާ ނުދޭނެ ކަމަށް ކެރިކް ބުނެފި

މެންޗެސްޓާ ޔުނައިޓެޑްގެ ނަތީޖާތައް ދަށްވެ ޓީމު ރެލިގޭޝަން ޒޯނަށް ވެއްޓިފައިވީ ނަމަވެސް، މަގާމުން އިސްތިއުފާ ދިނުމުގެ ވިސްނުމެއް ނެތް ކަމަށް ކޯޗު މައިކަލް ކެރިކް ބުނެފި. ކެރިކް ގަބޫލުކުރާ ގޮތުގައި ހެދޭ ގޯސްތައް ރަނގަޅުކޮށްގެން ޓީމުގެ ހާލަތު ބަދަލުކުރެވޭނެ ކަމުގެ އުންމީދު އެބައޮތް.

މާލެ ޓްރެކް އިވެންޓަކަށް ދިނުމުން ކަންބޮޑުވުން އިންތިހާގައި

ހުޅުމާލެ ޓްރެކް މަރާމާތަށް ބަންދުކޮށްފައި ވަނިކޮށް، މާލޭ އެކުވެނި ޓްރެކުގައި ސަރުކާރުގެ އިވެންޓެއް ބޭއްވުމަށް ސްޓޭޖް ފަދަ ތަންތަން ހެދުމުން އެތުލީޓުންނާއި އެކަޑަމީތަކުން ބޮޑު ކަންބޮޑުވުމެއް ފާޅުކޮށްފި. މިކަމުގެ ސަބަބުން ތަމްރީނުތަކަށް ހުރަސްއެޅި، ޓްރެކަށް ގެއްލުންވެދާނެތީ ދުވުންތެރިން ދަނީ ނުރުހުން ފާޅުކުރަމުން

އިންޑިއާ އާއި ބަންގްލަދޭޝް ފައިނަލަށް، ބާކީ ގައުުމުތައް ފޮނުވާލާ

ސާފް ޗެމްޕިއަންޝިޕްގައި ރެފްރީންގެ ނިންމުންތައް ހުރިގޮތުން، މުބާރާތް ބާއްވާ ގައުމާއި އިންޑިއާ ފައިނަލަށް ގެންދިއުމަށްފަހު ބާކީ ތިބި ޓީމުތައް ފޮނުވާލުމަށް ލަންކާގެ ކޯޗު އަލް މުތައިރީ ގޮވާލައިފިއޭނާ ތުހުމަތުކުރި ގޮތުގައި ސާފް އިން ކަންކަން ރާވަނީ އިސްތިހާރުގެ ފައިދާއަށްޓަކައި ވަކި ގައުމުތަކެއް ފައިނަލަށް ގެންދިއުމަށް

އެތުލެޓިކޯ ބަލިކޮށް ބާސެލޯނާ އަށް އެއް ވަނައިގައި ލީޑެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން އެތުލެޓިކޯ މެޑްރިޑް 2-1 އިން ބަލިކޮށް، ބާސެލޯނާ އިން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. އެތުލެޓިކޯ އިން ފުރަތަމަ ލަނޑު ޖަހާފައިވަނިކޮށް، ބާސެލޯނާ މޮޅުވީ ފާމިން ލޮޕޭޒް ކާމިޔާބުކޮށްދިން ދެ ލަނޑުން

ލިވަޕޫލަށް މޮޅެއް، ޗެލްސީ ބަލި، ޔުނައިޓެޑް ރެލިގޭޝަން ޒޯނަށް

އިނގިރޭސި ޕްރިމިއާ ލީގުގައި ކްރިސްޓަލް ޕެލަސް ބަލިކޮށް ލިވަޕޫލުން މޮޅެއް ހޯދިއިރު، ސަންޑަލެންޑް އަތުން ބަލިވެ ޗެލްސީއަށް ވަނީ ނާކާމިޔާބީއާ ކުރިމަތިލާން ޖެހިފައި. އަދި އެސްޓަން ވިލާއާ 4-4 އިން އެއްވަރުވި މެންޗެސްޓާ ޔުނައިޓެޑް، ލީގުގައި ކުޅުނު 10 މެޗުން ލިބުނު އަށް ޕޮއިންޓާއެކު މިހާރު ވަނީ ރެލިގޭޝަން ޒޯނަށް ވެއްޓިފައި

Newsletter

Get the latest news delivered straight to your inbox