ބަންގްލަދޭޝް ކަޓުވާލައި ޕާކިސްތާން ފުރަތަމަ ފަހަރަށް ސާފް ޗެމްޕިއަންޝިޕްގެ ފައިނަލަށް

Nov 14, 2026, 9:28 PM
ޓެކްނޯ ސާފް ޗެމްޕިއަންޝިޕް 2026 ގެ ސެމީ ފައިނަލުގައި ޕާކިސްތާން އާއި ބަންގްލަދޭޝް ކުޅުނު މެޗުގެ ތެރެއިން.--- ފޮޓޯ: އިމޭޖަސް.އެމްވީ / އަދަދު ސްޕޯޓްސް

ޓެކްނޯ ސާފް ޗެމްޕިއަންޝިޕް 2026 ގެ ސެމީ ފައިނަލުގައި ޕާކިސްތާން އާއި ބަންގްލަދޭޝް ކުޅުނު މެޗުގެ ތެރެއިން.--- ފޮޓޯ: އިމޭޖަސް.އެމްވީ / އަދަދު ސްޕޯޓްސް

ފަހު ވަގުތު ލަނޑު ޖަހައި، މުބާރާތް ބާއްވާ ބަންގްލަދޭޝް 1-0 އިން ބަލިކޮށް، އެ ޓީމު ކަޓުވާލައި ޕާކިސްތާނުން ފުރަތަމަ ފަހަރަށް ސާފް ޗެމްޕިއަންޝިޕްގެ ފައިނަލުން ފުރުސަތު ހޯދައިފި އެވެ. 

ޕާކިސްތާނުން އަންގާރަ ދުވަހު ކުޅޭ ފައިނަލުގައި ބައްދަލުކުރާނީ ޖެހިޖެހިގެން 10 ވަނަ ފައިނަލުގައި ކުޅޭ އިންޑިއާއާ ދެކޮޅަށެވެ. ޖުމްލަ އެކު، 12 ފައިނަލް މިހާތަނަށް ކުޅެފައިވާ އިންޑިއާ އިން ނުވަ ފަހަރު ތަށި ހޯދިއިރު، މި ފަހަރުގެ މުބާރާތުގެ ގްރޫޕް ސްޓޭޖުގައި، އިންޑިއާ އިން ވަނީ 3-2 އިން ޕާކިސްތާން ބަލިކޮށްފަ އެވެ. 

މީގެ ކުރިން، ޕާކިސްތާނުން ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލުގައި ކުޅުނު ދެ ފަހަރު ނާކާމިޔާބުވި ނަމަވެސް މި ފަހަރު މި ވަނީ ކާމިޔާބު ހޯދައިފަ އެެވެ. މިއީ، މި އަހަރު ތެރޭ ޕާކިސްތާނުން ކުޅޭ ދެ ވަަނަ ފައިނަލެވެ. ރާއްޖޭގެ ފުޓްބޯޅަ އަށް 75 އަހަރު ފުރުން ފާހަގަކުރަން ބޭއްވި ޑައިމަންޑް ޖުބިލީ އިންޓަނޭޝަނަލް މުބާރާތުގެ ޗެމްޕިއަންކަން ޕާކިސްތާނުން ވަނީ ހޯދައިފަ އެވެ. 

ބަންގްލަދޭޝްގެ ނެޝަނަލް ސްޓޭޑިއަމްގައި ކުޅުނު މިރޭގެ ސެމީ ފައިނަލް މެޗުގައި ޕާކިސްތާނުން ލަނޑު ޖެހީ މެޗުގެ 87 ވަނަ މިނިޓްގަ އެވެ. މި ލަނޑު ޖެހީ ޑެންމާކް ފުރަތަމަ ޑިވިޝަނުގައި ކުޅޭ އަބްދުލް އަރްޝަދު އެވެ. ގްރޫޕް ސްޓޭޖު ދެ މެޗުގައި ކްލަބުން ރިލީސް ނުދޭތީ ނުކުޅެވުނު އަރްޝަދު ވަނީ އޭރިއާތެރެއިން ލިބުނު ފުރުސަތުގައި ގޯލުގެ ކައިރީ ކަނަށް ބޯޅަ ފޮނުވާލައިފަ އެވެ. 

އެކާވީސް އަހަރަށް ފަހު، ސާފް ޗެމްޕިއަންޝިޕްގެ ފައިނަލަށް ދިއުމުގެ އަމާޒުގައި ނުކުތް ބަންގްލަދޭޝް އިން މި މެޗުގައި ރަނގަޅު ހަމަލާތަކެއް ފޮނުވާލި އެވެ. އެ ގޮތުން، ފުރަތަމަ ހާފުގައި އެ ޓީމުގެ ރަކީބް ހުސެއިން ފޮނުވާލި ހަމަލާއެއް ޕާކިސްތާން ކީޕަރު، ޔޫސުފް ބަޓް އަތުގައި ޖެހިފައި އަމާޒުވީ ގޯލުގެ ދަނޑިއަށެވެ. އަދި، ފުރަަތަމަ ހާފުގައި ޕާކިސްތާންގެ އަރުޝަދު ޖެހި ޝޮޓެއް ވެސް ދަނޑީގައި ޖެހުނެވެ. 

އަރުޝަދު ލަނޑު ޖެހީ ލިބުނު ކުޑަ ފުރުސަތެއްގެ ބޭނުންހިފައި ގޯލުގެ ކައިރީ ކަނަށް ބޯޅަ އަމާޒުކޮށްލައިގެންނެވެ. ބަންގްލަދޭޝްގެ ކީޕަރު ސްރަބޯން އަށް އެ ބޯޅަ ހުއްޓުވަން މާ ބޮޑު ކަމެއް ނުކުރެވުނެވެ. ފަހު ވަގުތާ ޖެހެންދެން ބޯޅަ ކުރިއަށްގެންގޮސް ބަންގްލަދޭޝް އިން ލަނޑު ޖަހައި އެއްވަރުކުރެވޭތޯ ބެލި ނަމަވެސް، ޕާކިސްތާންގެ ޑިފެންސްލައިން ފޫއަޅުވާލެވޭ ގޮތެއްނުވި އެވެ. 

ބަންގްލަދޭޝް އިން ހަތަރު ވަނަ ފަހަަރަށް ސާފް ޗެމްޕިއަންޝިޕް ހޯސްޓްކުރިއިރު، ކާމިޔާބުވީ އެންމެ ފުރަތަމަ 2003 ވަނަ އަހަރު ހޯސްޓްކުރިއިރު އެވެ. އޭގެ ފަހުން، 2009، 2018 އަދި މި އަހަރު ވެސް މި ނިންމާލީ ތަށި ހޯދަން އަމާޒުކަނޑައަޅައި، ކާމިޔާބު ނުލިބި އެވެ. އެ ގޮތުން، 2009 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ސެމީގައި 1-0 އިން އިންޑިއާގެ 23 އަހަރުން ދަށުގެ ޓީމު އަތުން ބަލިވެ ކެޓީ އެވެ. އަދި، 2018 ވަނަ އަހަރުގެ މުބާރާތުގައި ކެޓީ ގްރޫޕް ސްޓޭޖުންނެވެ. އެއީ، ޕާކިސްތާނާ އެއްވަރުވި ނަމަވެސް ލަނޑުގެ ތަފާތުން ފަހަތަށް ދިއުމުންނެވެ. މި ފަހަރުގެ މުބާރާތުގައި ސެމީގައި ޕާކިސްތާން އަތުން ބަލިވީ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

އިންޑިއާ އިން ޖެހިޖެހިގެން 10 ވަނަ ފަހަރަށް ސާފްގެ ފައިނަލަށް

ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލުގައި ބޫޓާން 2-1 އިން ބަލިކޮށް، އިންޑިއާ ވަނީ ޖެހިޖެހިގެން 10 ވަނަ ފަހަރަށް މުބާރާތުގެ ފައިނަލުން ޖާގަ ހޯދާފައި. މިއީ 2003 ވަނަ އަހަރަށްފަހު އިންޑިއާ ފައިނަލަށް ނުގޮސް މުބާރާތެއް ނިންމާލަން ނުޖެހި ފައިނަލުގައި ވާދަކުރާ މެދުކެނޑުމެއް ނެތް 10 ވަނަ ފަހަރު.

ޖަރުމަނާއި ނެދަލެންޑްސް ގަދަހިފުމަކަށް ނުކުންނަން ޖެހިއްޖެ

ޔުއެފާ ނޭޝަންސް ލީގުގައި ރޭ ކުޅުނު މެޗުތަކުން ނެދަލެންޑްސް އާއި ޖަރުމަނު މޮޅުވެ، މުބާރާތުގެ ކުއާޓާ ފައިނަލުގެ ޖާގައެއް ހޯދުމަށް ގަދަހިފުމަކަށް ނުކުންނަން ޖެހިއްޖެ. ނެދަލެންޑްސް އިން ގްރީސް އަތުން 7-0 އިން މޮޅުވިއިރު، ޖަރުމަނުން ވަނީ 3-1 އިން ސާބިއާ ބަލިކޮށްފައި

ޕާކިސްތާން މެޗަކީ ވެސް ބަންގްލަދޭޝަށް ފައިނަލެއް: ޑޫލޭ

ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލުގައި މިރޭ ޕާކިސްތާނާ ދެކޮޅަށް ކުޅޭ މެޗަކީ ފައިނަލެއްގެ ގޮތުގައި ދެކިގެން ކުޅޭނެ ވަރަށް މުހިންމު މެޗެއް ކަމަށް ބަންގްލަދޭޝްގެ ކޯޗު ޑޫލޭ ބުނެފި. ބަންގްލަދޭޝްގެ އަމާޒަކީ 23 އަހަރަށް ފަހު އަމިއްލަ ގައުމުގައި މި މުބާރާތުގެ ތަށި އުފުލާލުން، އެކަމަކު މި ވަގުތު ފޯކަސް ކުރަންވީ ޕާކިސްތާން ބަލިކުރަން ކަމަށް ބުނެފައިވޭ

ކެއުން ނޫން ހުރިހާ ކަމެއް ސާފްގައި އިންޑިއާ އަށް ރަނގަޅު

ބަންގްލަދޭޝްގައި ކުރިއަށްދާ ސާފް ޗެމްޕިއަންޝިޕްގައި ކެއުމުގެ އިންތިޒާމްތައް ހުރި ގޮތާ މެދު އިންޑިއާގެ ކޯޗު ނައުޝާދު މޫސާ ހިތްހަމަނުޖެހުން ފާޅުކޮށްފި. އޭނާ ބުނިގޮތުގައި މުބާރާތުގެ އެހެން އިންތިޒާމްތައް ރަނގަޅު ނަމަވެސް، ކޮންމެ ދުވަހަކު އެއް ބާވަތްތަކެއްގެ ކާނާ ލިބުމަކީ ކުޅުންތެރިންނަށް އޮތް ގޮންޖެހުމެއް.

އިޓަލީ އަތުން ބަލިވިޔަސް ޒިދާން ބުނީ އެކަމާ ނުވިސްނާ ކަމަށް

ނޭޝަންސް ލީގުގައި އިޓަލީ އަތުން 3-1 އިން ފްރާންސް ބަލިވި ނަމަވެސް، އެ ނަތީޖާއާ މެދު މާބޮޑަށް ނުވިސްނާ ކަމަށާއި އަމާޒަކީ ކުރިއަށް ހުރި ކަންކަން ރަނގަޅު ކުރުން ކަމަށް ކޯޗު ޒިދާން ބުނެފިއެވެ. މިއީ ޒިދާންގެ އިރުޝާދުގެ ދަށުން ފްރާންސް ބަލިވި ފުރަތަމަ މެޗު ނަމަވެސް، ގްރޫޕްގެ އެއްވަނައިގައި އޮތް އިޓަލީއާ އެއްވަރަށް ޕޮއިންޓް ހޯދައިގެން ފްރާންސް އޮތީ ތާވަލުގެ ދެވަނައިގައެވެ.

ދެ މަހުގެ މަސައްކަތުން ކޯޗު ގެރީ ބޫޓާން ގޮވައިގެން ސެމީ އަށް

އޮސްޓްރޭލިއާގެ ކޯޗު ގެރީ ފިލިޕްސް ބޫޓާންގެ ޓީމާ ހަވާލުވިތާ ދެ މަސް ތެރޭގައި، 18 އަހަރަށް ފަހު އެ ގައުމު ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލަށް ވަނީ ދަތުރުކޮށްފައި. ނޭޕާލުގެ ފުޓްބޯޅައިގައި ވެސް މަސައްކަތްކުރި ގެރީ ބުނި ގޮތުގައި މިއީ ކުޅުންތެރިންގެ ބުރަ މަސައްކަތުން ލިބުނު ކާމިޔާބީއެއް ކަމަށާއި، އަމާޒަކީ ސެމީގައި އިންޑިއާ ބަލިކޮށް ފައިނަލަށް ދިއުން

ހަމްޒާއެއް ނުދަންނަން: ޕާކިސްތާން ގޯލްކީޕަރު ބަޓް

ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލުގައި ބަންގްލަދޭޝްއާ ދެކޮޅަށް ނުކުންނައިރު، އެ ޓީމުގެ ތަރި ހަމްޒާ ޗޯދުރީއާ މެދު ނުވިސްނާ ކަމަށާއި ޕާކިސްތާން ޓީމުގައި ވެސް މޮޅެތި ކުޅުންތެރިން އެބަތިބި ކަމަށް ގޯލްކީޕަރު ޔޫސުފް ބަޓް ބުނެފި. އޭނާ ފާހަގަކުރި ގޮތުގައި ވަކި ކުޅުންތެރިއަކަށް ވުރެ މުހިންމީ މުޅި ޓީމު ކަމަށް

Newsletter

Get the latest news delivered straight to your inbox