ބަންގްލަދޭޝްގެ ތަރިން އައިސް ސްރީ ލަންކާ ކަޓުވާލިއިރު، ބޫޓާން 18 އަހަަރަށް ފަހު ސެމީ އަށް

Nov 11, 2026, 8:55 PM
ޓެކްނޯ ސާފް ޗެމްޕިއަންޝިޕް 2026 ގައި ސްރީ ލަންކާ އާއި ބަންގްލަދޭޝް ކުޅުނު މެޗުގެ ތެރެއިން.--- ފޮޓޯ: އަދަދު ސްޕޯޓްސް / އިމޭޖަސް.އެމްވީ

ޓެކްނޯ ސާފް ޗެމްޕިއަންޝިޕް 2026 ގައި ސްރީ ލަންކާ އާއި ބަންގްލަދޭޝް ކުޅުނު މެޗުގެ ތެރެއިން.--- ފޮޓޯ: އަދަދު ސްޕޯޓްސް / އިމޭޖަސް.އެމްވީ

ޓެކްނޯ ސާފް ޗެމްޕިއަންޝިޕް 2026 ގައި މިރޭ ކުޅުނު މެޗުގައި ބަންގްލަދޭޝްގެ ތަރިން ކާމިޔާބުކުރި ލަނޑުތަކާ އެކު، 4-0 އިން ސްރީ ލަންކާ ބަލިކޮށް ގްރޫޕްގެ އެއް ވަނަ ދިޔައިރު، މި ގްރޫޕްގެ ދެ ވަަނައިގެ ގޮތުގައި ބޫޓާނުން ސެމީ ފައިނަަލަށް ދަތުުރުކޮށްފި އެވެ. 

މިއީ، ބޫޓާނުން ސާފް ޗެމްޕިއަންޝިޕްގެ ސެމީގައި ކުޅޭ ދެ ވަނަ ފަަަހަރެވެ. އެ ޓީމުން މީގެ ކުރިން ސާފް ޗެމްޕިއަންޝިޕެއްގެ ސެމީގައި ކުޅުނު ހަމައެކަނި ފަހަރަކީ 2008 ވަަނަ އަހަރު އެވެ. އެ ފަހަރު ސެމީގައި ބޫޓާން ބަލިވީ އިތުރު ވަގުތުގެ ދެ ހާފު ކުޅެގެން އިންޑިއާ އަތުން 2-1 އިންނެވެ. މި ފަހަރުގެ ސެމީގައި ވެސް ބޫޓާނާ ޖެހޭނީ އިންޑިއާއާ އެވެ.

އަނެއްކޮޅުން، ބަންގްލަދޭޝް އިން ސެމީގައި ކުޅޭނީ އަށް އަހަރަށް ފަހު، ސެމީ އަށް ދަތުުރުކުރި ޕާކިސްތާންއާ އެވެ. 

ގްރޫޕް އޭގެ އެއް ވަނަ ހޯދި ބަންގްލަދޭޝް އަށް ހަ ޕޮއިންޓް ލިބުނުއިރު، ދެ ވަނަ އަށް ދިޔަ ބޫޓާން އާއި ތިން ވަނަ އަށް ދިޔަ ސްރީ ލަންކާ އަށް އެއް ޕޮއިންޓް ލިބުނެވެ. ލަންކާ ކެޓީ ލަނޑުގެ ތަފާތުންނެވެ. 

ޑާކާގެ ނެޝަނަލް ސްޓޭޑިއަމްގައި ކުޅުނު މެޗުގައި ބަންގްލަދޭޝް އިން ފުރަަތަމަ ހާފުގައި ވެސް ދެ ގޯލުގެ ލީޑެއް ނެގި އެވެ. އެ ގޮތުން، މެޗުގެ ނުވަ ވަނަ މިނިޓްގައި، ބަންގްލަދޭޝްގެ ފުރަތަމަ ލަނޑު ޖެހީ ކެނަޑާ ގައުމީ ޓީމަށް ކުރިން ކުޅުނު ޝަމިތު ޝޯމޭ އެވެ. ލަންކާ އޭރިއާތެރެއިން ޝޯމޭ އަށް ދެ ފަހަރުން ފޮނުވާލަން ލިބުނު ފުރުސަތުގައި އޭނާ ވަނީ ގޯލުގެ ކަނަަށް ބޯޅަ އަމާޒުކޮށްލައިފަ އެވެ. 

ޓެކްނޯ ސާފް ޗެމްޕިއަންޝިޕް 2026 ގައި ސްރީ ލަންކާ އާއި ބަންގްލަދޭޝް ކުޅުނު މެޗުގެ ތެރެއިން.--- ފޮޓޯ: އަދަދު ސްޕޯޓްސް / އިމޭޖަސް.އެމްވީ
ޓެކްނޯ ސާފް ޗެމްޕިއަންޝިޕް 2026 ގައި ސްރީ ލަންކާ އާއި ބަންގްލަދޭޝް ކުޅުނު މެޗުގެ ތެރެއިން.--- ފޮޓޯ: އަދަދު ސްޕޯޓްސް / އިމޭޖަސް.އެމްވީ

ބަންގްލަދޭޝަށް މި މެޗަށް ނުކުތްއިރު އެންމެ ބޮޑު ހިތްހަމަޖެހުމަކީ ފީފާ ބްރޭކް ފެށުމުން، ކްލަބްތަކުން ކުޅުންތެރިން ރިލީސްކޮށްދޭން ފެށުމާ އެކު، ޝެފީލްޑް ޔުނައިޓެޑްގެ ތަރި ހަމްޒާ ޗޯދުރީ އަށް ޓީމާ ގުޅެވުމެވެ.

ސާފް ޗެމްޕިއަންޝިޕް މެޗެއްގައި ފުރަތަމަ ފަހަރަށް ކުޅުނު ހަމްޒާ އަކީ މި މެޗުގައި ބަންގްލަދޭޝްގެ ކެޕްޓަން އެވެ. ބަންގްލަދޭޝްގެ ދެ ވަނަ ލަނޑު ޖެހީ ހަމްޒާ އެވެ.

މެޗުގެ 44 ވަނަ މިނިޓްގައއި ލަންކާ ޑިފެންސް ފަހަތުން ބޯޅައެއް ހޯދައި، އޭރިއާތެރެއަށް ވަދެ ހަމްޒާ ވަނީ ހަމަޖެހިލައިފައި ގޯލަށް ބޯޅަ ފޮނުވާލައިފަ އެވެ. އޭގެ ކުރިން، ހަމްޒާ އަށް ލަނޑު ޖަހަން ލިބުނު ފުރުސަތެއްގައި ސްރީ ލަންކާގެ ކީޕަރު ސުޖަން ޕެރޭރާ ކައިރިން ނައްޓާފައި ބެކްހީލަކުން ފޮނުވާލި ބޯޅަ ގޯލާ ސީދާނުވި އެވެ. 

ސްރީ ލަންކާގެ ޑިލޯން ޑި ސިލްވާ އަށް ލިބޭ ފުރުސަތުތަކުގައި ބަންގްލަދޭޝްގެ ފަހަަތަށް ބާރު ބޮޑުކުރި ނަމަވެސް ލަނޑު ޖަހަން ލިބުނު ފުރުސަތުތަކުގައި ލަންކާ އަށް ބޭނުމެއް ނުހިފުނެވެ. 

ޓެކްނޯ ސާފް ޗެމްޕިއަންޝިޕް 2026 ގައި ސްރީ ލަންކާ އާއި ބަންގްލަދޭޝް ކުޅުނު މެޗުގެ ތެރެއިން: ބަންގްލަދޭޝްގެ ފަރުހާން ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: އަދަދު ސްޕޯޓްސް / އިމޭޖަސް.އެމްވީ
ޓެކްނޯ ސާފް ޗެމްޕިއަންޝިޕް 2026 ގައި ސްރީ ލަންކާ އާއި ބަންގްލަދޭޝް ކުޅުނު މެޗުގެ ތެރެއިން: ބަންގްލަދޭޝްގެ ފަރުހާން ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: އަދަދު ސްޕޯޓްސް / އިމޭޖަސް.އެމްވީ

ދެ ވަނަ ހާފުގެ ކުޅުން ފެށިގެން ހަތް ވަނަ މިނިޓްގައި ބަންގްލަދޭޝްގެ ތިން ވަނަ ލަނޑު ޖެހީ ފަރްހާން އަލީ ވާހިދު އެވެ. ފުލަމް އެކަޑަމީން ތަމްރީންވި ފަރުހާން ސާފް ޗެމްޕިއަންޝިޕެއްގައި ފުރަތަމަ ފަހަރަށް ކުޅުނުއިރު، މިއީ ބަންގްލަދޭޝްގެ ފަސްގަނޑުގައި ވެސް އޭނާގެ ފުރަަތަމަ މެޗެވެ. މެޗުގެ 52 ވަނަ މިނިޓްގައި، ސްރީ ލަންކާ އޭރިއާތެރެއިން ތިން ކުޅުންތެރިން ކައިރިން ދެމިގަތުމަށް ފަހު، ފަރްހާން ޖެހި ބޯޅަ ގޯލަށް ވަނީ ކުޅުންތެރިއަކު ގައިގައި ޖެހިފަ އެވެ. 

ބަދަލަކަށް ކުޅެން އަރައި، ބަންގްލަދޭޝް ޓީމުގެ ޖަޕާން ދަރިކޮޅަށް ނިސްބަތްވާ ޝޫކީ އިޓޯފޫސާ ފޮނުވާލި ދެ ހަމަލާއެއް ސްރީ ލަންކާގެ ކީޕަރު ސުޖަން ޕެރޭރާ ވަނީ މަތަކޮށްފަ އެވެ. 

ބަންގްލަދޭޝް އިން ހަތަރު ވަނަ ލަނޑު ޖެހީ މެޗުގެ 87 ވަނަ މިނިޓްގަ އެވެ. މިއީ، ހުސްކޮށް ބޯޅަ ހިފައިގެން ވަދެ، ހަމަޖެހިލައިފައި ގޯލަށް ބޯޅަ ފޮނުވާލައިގެން ރަކީބް ހުސެެއިން ޖެހި ގޯލެކެވެ. 

ބަންގްލަދޭޝް އިން 23 އަހަރަށް ފަހު ސާފް ޗެމްޕިއަންޝިޕް ހޯދަން މަސައްކަތްކުރާއިރު، މިރޭ ސްރީ ލަންކާއާ ދެކޮޅަށް ޖުމްލަކޮށް ރަނގަޅު ކުޅުމެއް ދެއްކި އެވެ. ބަންގްލަދޭޝް އިން ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލުގައި މި ކުޅެނީ ޖެހިޖެހިގެން ދެ ވަނަ ފަަހަރު އެވެ. ބަންގްލަދޭޝް އިން ސާފް ޗެމްޕިއަންޝިޕްގެ ތަށި ހޯދީ 2003 ވަނަ އަހަރު އެ ގައުމުގައި ފުރަތަމަ ފަހަރަށް އެ މުބާެރާތް ހޯސްޓްކުރިއިރު އެވެ. 

ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލް މެޗުތައް އޮތީ އަންނަ ހޮނިހިރު ދުވަހު އެވެ. ފައިނަލް މެޗު އޮތީ މި މަހު 17 ވަނަ ދުވަހު އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

މުހިންމު ސުވާލަކަށް އުރްބާނީ: "ޖަވާބު ދޭނީ ރާއްޖެ ގޮސްފައި"

މިފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި އެއްވެސް ލަނޑެއް ނުޖެހި، ކުޅުނު ދެ މެޗުން ބަލިވެ ރާއްޖެ ކެޓުމާ އުރްބާނީ މަގާމުން ވަކިވުމާ ގުޅޭގޮތުން ކުރި ސުވާލަށް ސީދާ ޖަވާބެއް ނުދީ އުރްބާނީ ބުނީ އެކަމަށް ޖަވާބެއް ދޭނީ މާލެ ގޮސްފައި ކަމަށް.. މިއީ ސާފް ޗެމްޕިއަންޝިޕްގެ ތާރީޚުގައި ރާއްޖެއިން އެންމެ ދަށް ނަތީޖާއެއް ހޯދި ފަހަރު.

އުރްބާނީގެ ދަށް ރެކޯޑާ އެކު ރާއްޖެ ސާފް ޗެމްޕިއަންޝިޕުން ކަޓައިފި

ކޯޗު އިސްތަވާން އުރްބާނީގެ އިރުޝާދުގެ ދަށުން ކުޅުނު ރާއްޖޭގެ ގައުމީ ޓީމު، އެއްވެސް ލަނޑެއް ނުޖެހި އަދި މޮޅެއް ނުލިބި ސާފް ޗެމްޕިއަންޝިޕްގެ ގްރޫޕް ސްޓޭޖުން ކަޓައިފި. މިއީ ރާއްޖެއިން މި މުބާރާތުގައި ވާދަކުރި 13 ފަހަރުގެ ތެރެއިން އެންމެ ދަށް ނަތީޖާ ނެރުނު ފަހަރު.

ބަލިވެ އުޅުމަށް ފަހު 18 ދުވަސް ފަހުން ކޮމްޕެނީ މަސައްކަތަށް

ބަލިހާލަތު ގޯސްވެގެން 18 ދުވަހު ފަރުވާ ހޯދުމަށްފަހު، ބަޔާން މިއުނިކްގެ ކޯޗު ވިންސެންޓް ކޮމްޕެނީ އަލުން މަސައްކަތަށް ނުކުމެއްޖެއެވެ. މެނިންޖިއަލް އިރިޓޭޝަނަކަށް ފަރުވާ ހޯދުމަށްފަހު އޭނާ އެނބުރި އައި ނަމަވެސް، ފުރަތަމަ މަސައްކަތް ކުރާނީ އޮފީހުގައި ހުރެގެން ކަމަށް ރިޕޯޓްތައް ބުނެއެވެ.

ޗެލްސީ ސްޓާފުން ފެންޓަސީ ޕްރިމިއާ ލީގު ކުޅޭތީ އިންޒާރެއް

ޗެލްސީގެ ފޯވާޑް ޖޮއާއޯ ޕެޑްރޯއަށް އަނިޔާވި ޚަބަރު، އެ ޓީމުގެ ކުޅުންތެރިންނާއި ސްޓާފުންގެ ފެންޓަސީ ޕްރިމިއާ ލީގު ޓީމުތަކުން ހާމަވުމާ ގުޅިގެން ކްލަބުން އެކަމުގެ އިންޒާރު ދީފި. މި މައުލޫމާތު ލީކުވީ މެޗުގެ ކުރިން ޕެޑްރޯ ފެންޓަސީ ޓީމުން ބާކީކުރުމުން ކަމަށްވާތީ، ކްލަބުގެ މުހިންމު މައުލޫމާތު ރައްކާތެރިކުރުމަށް ސްޓާފުންނަށް މިހާރު ވަނީ އަންގާފައި

ސްރީ ލަންކާ-ބަންގްލަދޭޝް: ސާފްގެ އާ ސަގާފަތެއް ފެންނާނެ މެޗެއް

މިރޭ ކުޅޭ ސާފް ޗެމްޕިއަންޝިޕްގެ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ބަންގްލަދޭޝް އާއި ސްރީލަންކާ ބައްދަލުކުރާއިރު، ދެ ގައުމުން ވެސް އަމާޒު ހިފާފައިވަނީ ގިނަ އަހަރުތަކަކަށް ފަހު އަލުން ތަށި ހޯދުމަށް. މި ދެ ޓީމުން ވެސް ފުޓްބޯޅަ ކުރިއެރުވުމަށްޓަކައި ބޭރު ގައުމުތަކުގައި ދިރިއުޅޭ އެ ގައުމުތަކަށް ނިސްބަތްވާ ކުޅުންތެރިންނަށް ފުރުސަތު ދޭ އަދަދު ދަނީ އިތުރުވަމުން

ސާފްގައި އަބަދުވެސް ދަގަނޑޭ އާއި ޗެތުރީގެ ލެގަސީ ދެމިއޮންނާނެ

ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ އާއި އިންޑިއާ ބައްދަލުކުރާ މެޗުތައް ކުރިން ހާއްސަވި އެއް ކަމަކީ ދަގަނޑޭ އާއި ޗެތުރީގެ ވާދަވެރިކަމާ ގުޅިފައިވާ، ތާރީޚީ ގޮތުން މުހިންމު މެޗަކަށް ވާތީ. މި ދެ ކުޅުންތެރިންނަކީ ސާފް ޗެމްޕިއަންޝިޕްގައި ކޮންމެ ކުޅުންތެރިއަކު 23 ގޯލު ޖަހައިގެން، މުބާރާތުގެ އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިންގެ ރެކޯޑް ހިއްސާކުރާ ދެ ލެޖެންޑުން.

ރާއްޖޭގެ ފުޓްބޯޅަ ކުރިއަަށްދާން ސާފު މެސެޖެއް ދޭންޖެހޭ: އުރްބާނީ

ރާއްޖޭގެ ފުޓްބޯޅަ ކުރިއަށްދާނެ ގޮތުގެ ސާފު މެސެޖެއް ދޭންޖެހޭ ކަމަށް ގައުމީ ކޯޗު އިސްތަވާން އުރްބާނީ ބުނެފި. އޭނާ މިހެން ބުނީ ސާފް ޗެމްޕިއަންޝިޕްގައި އިންޑިއާއާ ދެކޮޅަށް ކުޅޭ މުހިންމު މެޗުގެ ކުރިން، ރާއްޖޭގެ ފުޓްބޯޅަ މިހާރު އޮތް ހާލަތާ މެދު ކަންބޮޑުވުން ފާޅުކުރަމުން

Newsletter

Get the latest news delivered straight to your inbox