މުސިއާލާގެ ސިއްހީ ހާލަތަށް ނުބަލައި ބަޔާންގެ ވެރިން ވާހަކަ ދެއްކުމުން ފިފްޕްރޯ ހިތްހަމަނުޖެހިއްޖެ

Nov 22, 2026, 11:15 AM
ކޮލޯންއާ ދެކޮޅަށް ބަޔާނުން ކުޅުނު މެޗުގެ ތެރެއިން މުސިއާލާ

ކޮލޯންއާ ދެކޮޅަށް ބަޔާނުން ކުޅުނު މެޗުގެ ތެރެއިން މުސިއާލާ

ޒިއުރިކް (ނޮވެމްބަރު 22) - ޖަރުމަނުގެ މިޑްފީލްޑަރު، ޖަމާލް މުސިއާލާގެ ސިއްހީ ހާލަތާ މެދު ނުވިސްނައި، އޭނާ ކުޅެމުން އަންނަ ބަޔާން މިއުނިކްގެ ވެރިން ދެއްކި ވާހަކަތަކާ މެދު ކުޅުންތެރިންގެ ހައްގުގައި މަސައްކަތްކުރާ ޖަމިއްޔާ، ފިފްޕްރޯ އިން ހިތްހަމަނުޖެހުން ފާޅުކޮށްފި އެވެ. 

އުމުރުން 23 އަހަރުގެ މުސިއާލާ ވަނީ މިދިޔަ އޮގަސްޓް މަހުގެ ތެރޭގައި، ހަފްތާއެއް ތެރޭ ބަޔާނުން ކުޅުނު ދެ މެޗެއްގައި ދަނޑުމައްޗަށް ސިއްހީ ހާލަތު ގޯސްވެގެން ވެއްޓެން ގޮސްފަ އެވެ. ފަހުން ހެދި ޓެސްޓްތަކުން އެނގުނު ގޮތުގައި މުސިއާލާ އަށް ވަނީ މަދުން ނޫނީ ނުފެންނަ ނާރުގެ ބައްޔެއް ޖެހިފަ އެވެ. އެ އަށް ފަރުވާ ހޯދުމުގެ ގޮތުން، ބަޔާނުގެ ޓްރެއިނިން ކަންކަމުން މުސިއާލާ ވަނީ ބްރޭކެއް ނަގައިފަ އެވެ. 

މުސިއާލާ ފަރުވާ ހޯދަނީ ނާރުގެ ބައްޔަަކަށް

ބަޔާން މިއުނިކްގެ ތަރި ޖަމާލް މުސިއާލާ ކުޅުނު ފަހު ދެ މެޗުގައި ދިމާވި ސިއްހީ ކުއްލި ހާލަތްތަކާ ގުޅިގެން، އޭނާ ނާރުގެ ބައްޔަކަށް ފަރުވާ ހޯދަމުންދާކަން ހާމަކޮށްފި. މުސިއާލާ ބުނިގޮތުގައި މިއީ ކުރު މުއްދަތެއްގެ ފަރުވާއަކުން ރަނގަޅުވާނެ ކަމެއް ކަމަށާއި، މިހާރު އޭނާގެ ހާލު އަންނަނީ ރަނގަޅުވަމުން.

ސެޕްޓެމްބަރު މަހު 18 ވަނަ ދުވަހު ޔޫނިއަން ބާލިންއާ ދެކޮޅަށް ބަޔާން ކުޅުނު މެޗުގެ ފަހުން، މުސިއާލާ ބަޔާންގެ މެޗުތަކުގައި ނުކުޅެ އެވެ. އޭގެ ފަހުން، ކުޅުނު ފުރަތަމަ މެޗަކީ، މިދިޔަ ހުކުރު ދުވަހުގެރޭ ޖަރުމަނު ލީގުގައި ބަޔާނުން 1-1 އިން ކޮލޯންއާ އެއްވަރުވި މެޗުގަ އެވެ. 

Advertisement

މި މަހު ކުރީކޮޅުގައި ބަޔާންގެ އޮނޮރަރީ ރައީސް، އުލީ ހޮއޭނެސް ވިދާޅުވީ ދިމާވެފައިވާ ކަންތައްތަކަށް ބަލާއިރު، މުސިއާލާ ދެން ދުވަހަކު ވެސް ކުރިން ދެއްކި ލެވަލްގެ ކުޅުމެއް ނުދެއްކިދާނެ ކަމަށެވެ. އޭގެ ފަހުން، ބަޔާންގެ ޗީފް އެގްޒެކްޓިވް، ޖެން-ކްރިސްޓިއަން ޑްރީސެން ވަނީ، މިދިޔަ އަހަރު މުސިއާލާ، ބަޔާނާ އެކު ސޮއިކުރި 2030ގެ ނިޔަލަށް އޮތް ކޮންޓްރެކްޓަށް ވާނެ ގޮތަކާ މެދު ވާހަކަ ދައްކައިފަ އެވެ. އަދި، ކުރީގެ ޗީފް އެގްޒެކްޓިވް، ކާލް ހެއިން ރުމެނިގާ ވަނީ މުސިއާލާއާ އެކު ހަދާފައިވާ އެއްބަސްވުން އަލުން މުރާޖާ ކުރަން ޖެހޭ ކަމަށް ވިދާޅުވެފަ އެވެ. 

ފިފްޕްރޯ އިން މި ކަމާ ގުޅިގެން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އަނިޔާގެ ކަމެއް ތަހައްމަލު ކުރަމުން އަންނަ ކުޅުންތެރިއެއްގެ ކޮންޓްރެކްޓާ މެދު ގޮތެއް ނިންމުމުގެ ވާހަކަތައް ދައްކަން ޖެހޭނީ ޒިންމާދާރު ގޮތެއްގައި ކަމަށެވެ. އަދި، ބަޔާންގެ ވެރިންގެ ފަރާތުން މުސިއާލާގެ ވާހަކަތައް މި ދެކެވުނީ އެންމެ ރަނގަޅަށް ނޫން ކަމަށް ފިފްޕްރޯ އިން ވަނީ ބުނެފަ އެވެ. 

"ބަޔާން ކަހަލަ ޓީމަކަށް މި އަށް ވުރެން ރަނގަޅަށް މިކަން ކުރެވެންވާނެ،" ފިފްޕްރޯ އިން ބުނެފައިވެ އެެވެ. 

މުސިއާލާ ވަނީ މި ސީޒަނުގައި މިހާތަނަށް ފަސް މެޗު ކުޅެ، ދެ ގޯލު ޖަހައި، އެއް ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފަ އެވެ. 

ފިފްޕްރޯ އިން ބުނީ، ބަޔާންގެ މައްޗަށް މި ވަގުތު އޮތް އެއް ޒިންމާ އަކީ މުސިއާލާ އަށް ނަފްސާނީ ގޮތުން ވެސް ދެވެން އޮތް އެހީތެރިކަމެއް ދިނުން ކަމަށެވެ. އާންމު ގޮތެއްގައި ދިމާނުވާ ފަދަ ކަމެއް ތަހައްމަލު ކުރަމުން އަންނަ ކުޅުންތެރިއެއްގެ މުސްތަގުބަލާ ބެހޭގޮތުން، ކްލަބަކުން ވާހަކަ ދައްކަން ޖެހޭނީ ޒިންމާދާރުގޮތެއްގައި، އެކަމުގެ މަސްލަހަތަށް ވެސް ފުރިހަަމަ އަށް ބެލުމަށް ފަހު ކަމަށް ފިފްޕްރޯ އިން ވަނީ ބުނެފަ އެވެ. 

ޗެލްސީގެ އެކަޑަމީން ވިދާލި މުސިއާލާ ބަޔާނަށް ސޮއިކުރީ 2019 ވަަނަ އަހަރު އެވެ. އިނގިރޭސި ޒުވާން ގައުމީ ޓީމުތަކަށް ކުޅުނު މުސިއާލާ، ސީނިއާ ލެވަލްގައި ޖަރުމަނަށް ކުޅެން ނިންމީ ބަޔާނަށް ބަދަލުވުމަށް ފަހު އެވެ.

ސިއްހީ ހާލަތެއް ދިމާވުމުން، ފަރުވާ ހޯދަމުން އަންނަ މުސިއާލާ ފުޓްބޯޅައިން ރިޓަޔާކުރަން އުޅޭ ކަމަށް ވާހަކަ ދެކެވުނު ނަމަވެސް އެ ހަަބަރުތަކުގެ ސައްހަ ކަަމެއް އަދި ނެތެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ސިޓީ އާއި އާސެނަލަށް މޮޅެއް ނުލިބުނު، ޗެލްސީ ބަލިވެއްޖެ

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން މެންޗެސްޓާ ސިޓީ އާއި އާސެނަލް އެއްވަރުވިއިރު، ޗެލްސީ ވަނީ ލީޑްސް ޔުނައިޓެޑް އަތުން 4-1 އިން ބަލިވެފައި. ސިޓީ އާއި ފުލަމް ބައްދަލުކުރި މެޗު 1-1 އިން އެއްވަރުވިއިރު، އާސެނަލް އާއި ނިއުކާސަލް ބައްދަލުކުރި މެޗު ނިމުނީ 2-2 އިން އެއްވަރުވެގެން.

އޮޑިން ކޮންމެ މެޗެއްގައި ވެސް ޓީމު ވަރުގަދަކޮށްގެން ނަތީޖާ ނެރެން

ދިވެހި ޕްރިމިއާ ލީގުގައި އޮޑި ސްޕޯޓްސް ކްލަބުން ކޮންމެ މެޗަކަށް ވެސް ނުކުންނަނީ ޓީމު ވަރުގަދަކޮށް ރަނގަޅު ނަތީޖާއެއް ނެރުމުގެ އަމާޒުގައި ކަމަށް އެ ޓީމުގެ ކޯޗު ލޫޗޯ ބުނެފި. ލީގުގެ ބްރޭކުގެ ތެރޭގައި ޓީމުގެ ފިޓްނަސް އާއި ކުޅުން ރަނގަޅުކުރަން ގިނަ މަސައްކަތްތަކެއް ކޮށްފައިވާއިރު، މާދަމާ ޓީސީއާ ދެކޮޅަށް ނުކުންނާނީ މެޗުގެ ކޮންޓްރޯލް ހޯދައިގެން މޮޅުވާން

ނިއު ރޭޑިއަންޓް ބަލިކުރުން މުޅި ވިކްޓަރީ އަށް އިތުބާރަކަށްވާނެ

ދިވެހި ޕްރިމިއާ ލީގުގައި ނިއު ރޭޑިއަންޓާ ދެކޮޅަށް ކުޅޭ މެޗުން މޮޅުވުމަކީ ވިކްޓަރީގެ އިތުބާރު ބޮޑުވެ، ސަޕޯޓަރުންގެ ޝައުގުވެރިކަން އިތުރުވާނެ ކަމެއް ކަމަށް އެ ޓީމުގެ ކޯޗު މޯހަން ބުނެފި ލީގުގައި މިހާތަނަށް ބަލިނުވެ އޮތް މި ދެ ޓީމުގެ ކުރިމަތިލުމަށް ވިކްޓަރީ އޮތީ ވަރަށް ރަނގަޅަށް ތައްޔާރުވެފައި ކަމަށްވެސް އޭނާ ފާހަގަކުރި

މުޑްރިކް އާއި ޔޫކްރެއިން އެފްއޭގެ ކޯޅުމެއް

މަނާބޭހުގެ މައްސަލައެއްގައި 21 މަސް ދުވަހުގެ ސަސްޕެންޝަނެއް ފުރިހަމަކުރުމަށްފަހު، ޔޫކްރެއިންގެ މިހައިލޯ މުޑްރިކް އެ ގައުމުގެ ފުޓްބޯޅަ އެސޯސިއޭޝަނުން އިހުމާލުވި ކަމަށް ބުނެ ކުރި ތުހުމަތުތަކާ ގުޅިގެން މައްސަލަ ހޫނުވެއްޖެއެވެ. މުޑްރިކްގެ މި ވާހަކަތަކަށް ރައްދު ދެއްވަމުން ޔޫކްރެއިން އެފްއޭގެ ރައީސް އަންޑްރީ ޝެވްޗެންކޯ ވިދާޅުވީ މުޑްރިކް ހަދަނީ ދޮގު ކަމަށާއި، މިއީ އެސޯސިއޭޝަނުގެ އަގުވައްޓާލަން ކުރާ ކަމެއް ކަމަށެވެ.

ޓޮމް ބްރެޑީ ޗެލްސީގެ ހިއްސާއެއް ގަންނަނީ

އެމެރިކަން ފުޓްބޯޅަ ލެޖެންޑް ޓޮމް ބްރެޑީ، ކްލިއަލޭކް ކެޕިޓަލް މެދުވެރިކޮށް އިނގިރޭސި ކްލަބް ޗެލްސީގެ މައިނޯރިޓީ ހިއްސާއެއް ގަތުމަށް ދަނީ މަސައްކަތް ކުރަމުންނެވެ. މި އިންވެސްޓްމަންޓާއެކު އޭނާއަށް ވޯޓުލުމުގެ ހައްގު ނުލިބުނު ނަމަވެސް، ކުރިއަށް އޮތް ތަނުގައި ކްލަބުގެ ބޯޑުން ފުރުސަތު ލިބުމުގެ ފުރުސަތު އެބައޮތެވެ. ބްރެޑީ މި ފިޔަވަޅު އަޅަނީ ބާމިންހަމް ސިޓީގައި އޮތް އޭނާގެ ހިއްސާ ދޫކޮށްލުމަށްފަހުއެވެ.

ބަޔާން އެއްވަރުވި މެޗުގައި ކޭން އަށް ސީރިއަސް އަނިޔާއެއް

ޖަރުމަނު ލީގުގައި ކޮލޯންއާ ދެކޮޅަށް ކުޅުނު މެޗުގައި ބަޔާން މިއުނިކްގެ ފޯވާޑް ހެރީ ކޭންގެ ކުޑަހުޅަށް ލިބުނު ސީރިއަސް އަނިޔާއަކާ ގުޅިގެން، ތިން މަސް ދުވަހަށް އޭނާ ކުޅުމާ ދުރުގައި ހުންނަން ޖެހިއްޖެ. ބަޔާން މި މެޗުން 1-1 އިން އެއްވަރުވިއިރު، މި ނަތީޖާއާއެކު ލީގުގެ އެއްވަނަ މަގާމު ގެއްލުމުގެ ބިރު އެ ޓީމަށް ވަނީ ކުރިމަތިވެފައި

ސްޕެއިން ކައިރިން ބަދަލުހިފަން ޒިދާން ބޭނުމެއް ނޫން

ނޭޝަންސް ލީގުގެ ކުއާޓާ ފައިނަލުގައި ސްޕެއިނާ ދެކޮޅަށް ނުކުންނައިރު، ފްރާންސްގެ އަމާޒަކީ ވޯލްޑް ކަޕްގެ ބަލިވުމުގެ ބަދަލުހިފުމުގެ ބަދަލުގައި މުބާރާތުގެ ތަށި ހޯދުން ކަމަށް ކޯޗު ޒިދާން ބުނެފި. ޒިދާން ފާހަގަކުރި ގޮތުގައި މިއީ އާ މުބާރާތެއް ކަމަށާއި، އަންނަ މާޗް މަހު އޮންނަ މި މެޗުތަކަށް ޓީމު އޮތީ ވަރުގަދަ އަމާޒެއްގައި

Newsletter

Get the latest news delivered straight to your inbox