މަނާބޭހުގެ މައްސަލައިގައި މުޑްރިކް އާއި ޔޫކްރެއިން އެފްއޭގެ ކޯޅުމެއް

Nov 21, 2026, 11:20 AM
ޓޮޓެންހަމްގެ މެޗެއްގެ ތެރެއިން މުޑްރިކް.

ޓޮޓެންހަމްގެ މެޗެއްގެ ތެރެއިން މުޑްރިކް.

ކިއޭވް، ޔޫކްރެއިން (ނޮވެމްބަރު 21) - މަނާބޭސް ބޭނުންކުރި މައްސަލައެއްގައި 21 މަސް ދުވަސް ކުޅުމާ ދުރުގައި ހުންނަން ޖެހުމުން ޔޫކްރެއިންގެ ތަރި، މިހައިލޯ މުޑްރިކް، ޔޫކްރެއިންގެ ފުޓްބޯޅަ އެސޯސިއޭޝަންގެ މައްޗަށް ކުރި ތުހުމަތުގެ މައްސަލަ ހޫނުވެއްޖެ އެވެ. 

މުޑްރިކް، 25، ގެ ސަސްޕެންޝަންގެ މައްސަލައިގައި ހައްލެއް ލިބި، 21 މަސް ދުވަސް ފަހުން، އަލުން ކުޅުމުގެ ތެރެއަށް އަންނަން ފުރުސަތު ފަހިވީ މިދިޔަ ސެޕްޓެމްބަރު މަހު ކުރީކޮޅުގަ އެވެ. 

މުޑްރިކްގެ ކެރިއަރު ހަމަމަަގަށް އަޅުވަން ޓޮޓެންހަމް އަށް

މަނާބޭހުގެ މައްސަލައެއްގައި ސަސްޕެންޝަނެއް ތަންފީޒުކުރުމަށްފަހު، ޗެލްސީގެ ވިންގަރ މިހައިލޯ މުޑްރިކް ލޯނު އެއްބަސްވުމެއްގެ ދަށުން ޓޮޓެންހަމްއަށް ބަދަލުވެއްޖެ. އޭނާ މި ބަދަލުވުން އިޚްތިޔާރުކުރީ ކުރީގެ ކޯޗު ރޮބާޓޯ ޑި ޒާބީގެ އިރުޝާދުގެ ދަށުން ގަވާއިދުން ކުޅުމުގެ ފުރުސަތު ހޯދައި، ކެރިއަރު އަލުން ކޮޅަށް ޖެހުމުގެ މަގްސަދުގައި

މުޑްރިކް މަނާބޭހެއް ބޭނުންކުރި މައްސަލަ ދިގުލައިދާތީވެ، އޭނާ ވަނީ މި އަހަރު ކުރީކޮޅުގައި، އެކަމަށް ހައްލެއް ހޯދަން، ކުޅިވަރުގެ އެންމެ މަތީ ކޯޓު، ކޯޓް އޮފް އާބިޓްރޭޝަން ފޯ ސްޕޯޓްސް (ކާސް) އަށް ހުށަހަޅައިފަ އެވެ. ކާސް އިން ރަނގަޅަށް މައްސަލަ ނުފަށަނީސް، އިނގިރޭސި އެފްއޭ އިން ނިންމާފައިވަނީ، މުޑްރިކްގެ މައްސަަލަ މިހާރު ނިމިފައިވާ ކަމަށެވެ. އެއީ، މި މައްސަލައިގައި މުޑްރިކް އަށް އަންނަން ޖެހޭ ވަރުގެ އަދަބަކާ އެއްވަރުގެ މުއްދަތެއް ކުޅުމާ ދުރުގައި އޭނާ މިހާތަނަށް ވެސް ހުރެފައިވާތީ އެވެ. 

Advertisement

ފުޓްބޯޅައިގެ ހުރިހާ ހަރަކާތަކުން 2024 ވަނަ އަހަރުގެ ނޮވެމްބަރުން ފެށިގެން މި އަހަރުގެ ޖުލައިގެ ނިޔަަލަށް މުޑްރިކް ހުރީ ދުރުގަ އެވެ. 

މިދިޔަ ބުދަ ދުވަހު ދިން އިންޓަވިއުއެއްގައި މުޑްރިކް ބުނީ، މަނާބޭހެއް ގޮތުގައި ވޯލްޑް އެންޓި ޑޯޕިން އެޖެންސީ (ވާޑާ) އިން ލިސްޓު ކޮށްފައިވާ މެލްޑޯނިއަމް ހުރި ބޭހެއް ބޭނުންކުރި ސާމްޕަލެއް އޭނާ ނަގަން ޖެހުނުއިރު، އެކަމުގައި ޔޫކްރެއިން ފުޓްބޯޅަ އެސޯސިއޭޝަންގެ އިހުމާލެއް އެބައޮތެވެ. މުޑްރިކް ބުނީ، ސަސްޕެންޝަނުގައި ހުރި މުއްދަތުގައި އެ ކަމަށް އެސޯސިއޭޝަނުން ލިބެން ޖެހޭ އެއްބާރުލުން ނުލިބި ދިއުމުން ބޮޑު ގެއްލުމެއް ލިބުނު ކަމަށެވެ. 

ޔޫކްރެއިންގެ ފުޓްބޯޅަ ރައީސް، ޝެވްޗެންކޯ.
ޔޫކްރެއިންގެ ފުޓްބޯޅަ ރައީސް، ޝެވްޗެންކޯ.

 އެ އަށް ރައްދުދެމުން، ޔޫކްރެއިން އެފްއޭގެ ރައީސް އަދި ކުރީގެ ފޯވާޑް، އަންޑްރީ ޝެވްޗެންކޯ ވިދާޅުވީ، މުޑްރިކް ހަދަނީ ދޮގު ކަމަށާއި އޭނާގެ އޭޖެންޓް، ޔޫކްރެއިން އެފްއޭގައި އެދެމުން ދިޔައީ އެ ކަމުގެ ޒިންމާއާ އެސޯސިއޭޝަނުން ހަވާލުވުމަށް ކަމަށެވެ. އަދި، މުޑްރިކްގެ މި ތުހުމަތުގެ ސަބަބުން ޕްރޮފެޝަނަލް އުސޫލުން އަމަލުކުރަމުން އަންނަ ބަޔެއްގެ ޒިންމާއާ މެދު ބޭކާރު ގޮތެއްގައި ސުވާލު އުފައްދައި، ބައެއްގެ އަގުވައްޓާލުން ހިމެނޭ ކަމަށް ޝެވްޗެންކޯ ވަނީ ވިދާޅުވެފަ އެވެ. 

ޝެވްޗެންކޯ ދެއްކެވި އެ ވާހަކަތަކަށް ވެސް މުޑްރިކް ވަނީ ރައްދުދީފަ އެވެ. މުޑްރިކް ބުނީ، ޝެވްޗެންކޯ އެ ފާހަގަކުރި ފަދަ ކަމެއް ކުރަން އެސޯސިއޭޝަންގެ ކިބައިން ނޭދޭ ކަަމަށެވެ. އަދި، އެއީ އޭނާ ވެސް އަދި އޭޖެންޓް ވެސް ކުރާނެ ފަދަ ކަމެއް ނޫން ކަމަށް މުޑްރިކް ވަނީ ބުނެފަ އެވެ. 

އާސެނަލްގެ ޑީލެއް، 2023 ވަނަ އަހަރު، ހައިޖެކްކުރުމަށް ފަހު، ޗެލްސީން މުޑްރިކްގެ ސޮއި ހޯދީ ޔޫކްރެއިންގެ ޝަހުތަރު ޑޮނެސްކަށް 100 މިލިއަން ޑޮލަރު ދައްކައިފަ އެވެ. ޗެލްސީ އަށް ކުޅުނު 73 މެޗުން މުޑްރިކަށް ޖެހުނީ އެންމެ 10 ގޯލެވެ. ސަސްޕެންޝަންގައި ހުރި ނަމަވެސް، ޗެލްސީން ދިޔައީ ބަރާބަރަށް މުޑްރިކްގެ މުސާރަ ދެމުންނެވެ.  އެއީ، އަހަރަކަށް ގާތްގަނޑަކަށް ހަތް މިލިއަން ޑޮލަރެވެ. 

މުޑްރިކް ވަނީ ކުޅުމުގެ ފުރުސަތު އިތުރަށް ހޯދުމުގެ ގޮތުން، ލޯން އެއްބަސްވުމެއްގެ ދަށުން ޓޮޓެންހަމް ހޮޓްސްޕާސް އަށް ބަދަލުވެފަ އެވެ. ޓޮޓެންހަމްގެ. ކޯޗަކަށް ހުރި ރޮބާޓޯ ޑި ޒާބީ ވަނީ މުޑްރިކާ އެކު، ޝަހުތަރު ޑޮނެސްކްގައި މަސައްކަތްކޮށްފަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ބްރޭކްތައް އަންނަ ގޮތުން "ލީގުގެ ފީލްއެއް ނީނދޭ": އާތީ

ދިވެހި ޕްރިމިއާ ލީގު މެދުކަނޑާލަން ޖެހުމުން ކުޅުންތެރިންގެ ފިޓްނަސް އާއި ޕާފޯމަންސަށް އަސަރުކޮށް، ލީގުގެ އަސްލު ފޯރި ނުލިބޭ ކަމަށް ޓީސީގެ ކޯޗު އާތީ ބުނެފި. އާތީ ފާހަގަކުރި ގޮތުގައި ގިނަ ދުވަސްތަކެއްގެ ބްރޭކްތަކުގެ ސަބަބުން ޓީމުތަކުގެ ކޮންޓިނިއުޓީ ގެއްލި، މެޗުތަކަށް ތައްޔާރުވުމުގައި ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވޭ

ފީފާގެ އިންތިހާބުގައި އަރަބިންގެ ތާއީދު އިންފަންޓީނޯ އަށް

އަންނަ އަހަރު ބާއްވާ ފީފާގެ އިންތިހާބުގައި މިހާރުގެ ރައީސް ޖިއާނީ އިންފަންޓީނޯއަށް ތާއީދުކުރުމަށް 22 ގައުމު ހިމެނޭ އަރަބް ފުޓްބޯޅަ ޔޫނިއަން (ޔޫއޭއެފްއޭ) އިން ނިންމައިފިއެވެ. އިންފަންޓީނޯއާ އެކު ޖުމްލަ ތިން ކެންޑިޑޭޓުން ވާދަކުރާ މި އިންތިހާބުގައި، އޭޝިއާ އާއި އެފްރިކާގެ ގައުމުތަކުގެ ބޮޑު ތާއީދަކާއެކު އޭނާއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ބޮޑުކަމަށް ބެލެވެއެވެ. ފީފާގެ އާ ރައީސަކު ހޮވުމަށް ވޯޓުލުން އޮންނާނީ އަންނަ އަހަރުގެ މާޗް މަހު މޮރޮކޯގައި ބާއްވާ ފީފާ ކޮންގްރެސްގައެވެ.

އިންޑިއާގެ ލެޖެންޑުން ފުޓްބޯޅަ ރައީސްގެ ޝަކުވާ ސަރުކާރަށް

އިންޑިއާގެ ފުޓްބޯޅަ ފެޑެރޭޝަންގެ ރައީސް ކަލްޔާން ޗޯބޭގެ އިތުބާރު ނެތްކަމުގެ މައްސަލަ، ބައިޗުން ބުޓިއާ ހިމެނޭހެން އެ ގައުމުގެ 14 ލެޖެންޑުން ސްޕޯޓްސް މިނިސްޓަރަށް ހުށަހަޅައިފި. މި ސިޓީގައި ފާހަގަކޮށްފައިވަނީ ފެޑެރޭޝަންގެ މާލީ ހާލަތު ގޯސްވެ ބަނގުރޫޓުވަމުންދާ ކަމަށް

ސުޒޭނާއި މޯހަންގެ ދުލުން: ބަދުނަސީބާއި ހައްލެއްގެ ވާހަކަ!

ސަރަހައްދުގެ އެހެން ގައުމުތަކުން ބޭރުގައި އުޅޭ އެ ގައުމުތަކުގެ ދަރިފަސްކޮޅުގެ ކުޅުންތެރިންނަށް ރަށްވެހިކަން ދީގެން ގައުމީ ޓީމުތައް ވަރުގަދަކުރަމުންދާއިރު، ރާއްޖެއަށް އެ ފުރުސަތު ކުޑަކަމަށް ކުރީގެ ކޯޗުން ފާހަގަކުރެއެވެ. މިކަމުގެ ސަބަބުން ރާއްޖޭގެ ފުޓްބޯޅައަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކަށް ހައްލެއް ހޯދުމަށް އެކަށީގެންވާ ނިޒާމެއް ނެތްކަމުގެ ކަންބޮޑުވުން ވަނީ ފާޅުކޮށްފައެވެ.

ވޭގާގެ ނަމެއް ނެތް، ފީފާ އިންތިހާބުގައި ތިން ކެންޑިޑޭޓުން!

އަންނަ އަހަރު ބާއްވާ ފީފާގެ އިންތިހާބުގައި ވާދަކުރާ ތިން ކެންޑިޑޭޓުންގެ ނަން އިއުލާނުކުރިއިރު، ކުރީގެ ކުޅުންތެރިޔާ ރަމޮން ވޭގާގެ ނަން ޝަރުތު ހަމަނުވުމުގެ ސަބަބުން ވަނީ ބާކީވެފައި. މި އިންތިހާބުގައި ވާދަކުރައްވަނީ މިހާރުގެ ރައީސް އިންފަންޓީނޯގެ އިތުރުން ފްރާންސްގެ ފިލިޕޭ ޑިއާލޯ އަދި ޖަޕާނުގެ ކޯޒޯ ޓަޝީމާ

އަނިޔާއިން ރަނގަޅުވެ އިލާން އެނބުރި އަންނަން ތައްޔާރު

ކަކުލަށް ލިބުނު އަނިޔާއަކާ ގުޅިގެން ދެ މަހެއްހާ ދުވަހު ކުޅުމާ ދުރުގައި ހުރުމަށްފަހު، މާޒިޔާގެ ފޯވާޑް މުހައްމަދު އިލާން އިމްރާން އަލުން ކުޅުމަށް އެނބުރި އަންނަން ތައްޔާރުވެއްޖެ. މި އަނިޔާގެ ސަބަބުން އިލާނަށް ސާފް ޗެމްޕިއަންޝިޕާއި ލީގުގެ މުހިންމު މެޗުތަކެއް ގެއްލުނު ނަމަވެސް، އޭނާ މިހާރު ވަނީ ފަރިތަކުރުންތަކުގައި ބައިވެރިވާން ފަށާފައި

ފީފާ އިން ނޭޕާލްގެ ސަސްޕެންޝަން އުވާލަނީ؟

ފީފާގެ އެންގުންތަކަށް ބޯނުލެނބުމުގެ ސަބަބުން ނޭޕާލް ފުޓްބޯޅަ ފެޑެރޭޝަނަށް ދީފައިވާ ސަސްޕެންޝަން، ކުރިއަށް އޮތް މަހެއްހާ ދުވަސް ތެރޭގައި އުވާލާނެ ކަމަށް ނޭޕާލުން ވަނީ ބުނެފައި. މި ސަސްޕެންޝަން އުވާލުމަށް ނޭޕާލް ސަރުކާރުގެ މަންދޫބުން ފީފާ އާއި އޭއެފްސީއާ އެކު މަޝްވަރާކޮށްފައި

Newsletter

Get the latest news delivered straight to your inbox