ސްޕެއިން ކައިރިން ބަދަލުހިފުމަށް ވުރެން ޒިދާން ބޭނުމީ ނޭޝަންސް ލީގު ކާމިޔާބުކުރަން

Nov 21, 2026, 7:20 AM
ފްރާންސްގެ ކޯޗު ޒިނެދިން ޒިދާން

ފްރާންސްގެ ކޯޗު ޒިނެދިން ޒިދާން

ޕެރިސް (ނޮވެމްބަރު 21) - ޔުއެފާ ނޭޝަންސް ލީގުގެ ކުއާޓާ ފައިނަލުގައި ސްޕެއިނާ ކުޅެން ޖެހޭ މެޗުގައި ބަދަލުހިފުމުގެ ރޫހުގައި ކުޅެގެން ކަމެއް ހާސިލްކުރުމަށް ވުރެން މި މުބާރާތުގެ ތަށި ހޯދަން ބޭނުންވާ ކަމަށް ފްރާންސްގެ ކޯޗު، ޒިނެދިން ޒިދާން ބުނެފި އެވެ.

ނޭޝަންސް ލީގުގެ ކުއާޓާ ފައިނަލުގައި ފްރާންސާއި ސްޕެއިން ޖެހުމާ އެކު، އެންމެ ބޮޑަށް ދެކެވެން ފެށި ވާހަކަަ އަކީ މި ފަހަރު، އެެމެރިކާ އާއި މެކްސިކޯ އަދި ކެނަޑާގައި ބޭއްވި ފީފާ ވޯލްޑް ކަޕްގެ ސެމީ ފައިނަލުގައި ސްޕެއިނުން ފްރާންސް ބަލިކުރި މެޗުގެ ވާހަކަތަކެވެ. އެ މެޗުން ފްރާންސް ކަޓުވާލާފައި ގޮސް ސްޕެއިނުން ވަނީ ވޯލްޑް ކަޕްގެ ޗެމްޕިއަަންކަން ހޯދައިފަ އެވެ. 

ފްރާންސް ފުޓްބޯޅަ ފެޑެރޭޝަން (އެފްއެފްއެފް) އަށް ދިން އިންޓަވިއުއެއްގައި ޒިދާން ބުނީ، އޭނާ ސިކުނޑީގައި އެއްވެސް ވަރަކަށް ބަދަލުހިފުމުގެ ކަމެއް ނެތް ކަމަށެވެ. 

Advertisement

"އަހަރެމެންނަށް އެނގޭ ކުއާޓާ ފައިނަލުގައި ޖެހޭނީ ވަރުގަދަ ޓީމަކާކަން. އެހެންވީމަ، މި ޖެހުނީ ސްޕެއިނާ ކުޅެން. ދުނިޔޭގެ ޗެމްޕިއަނުން. އަހަރެމެންނަށް އެ މީހުން ވަރަށް ރަނގަޅަށް އެނގޭ،" މި ފަހަރުގެ ވޯލްޑް ކަޕަށް ފަހު، ޑިޑިއޭ ޑެޝޯމްޕްސް، 14 އަހަރަށް ފަހު ފްރާންސް ކޯޗުކަން ދޫކޮށްލުމުން އެ މަގާމާ ހަވާލުވި ޒިދާން ބުންޏެވެ. 

"މިއީ، ވޯލްޑް ކަޕްގެ ސެމީ ފައިނަލުގެ ބަދަލުހިފުމެއް ނޫން. މިއީ، އެހެން މުބާރާތެއް، އެހެން ގްރޫޕެއް މި ކުޅެނީ ވެސް. އަހަރެމެންނަށް މި އޮތީ ސީދާ އަމާޒެއް. ފައިނަލަށް ގޮސް ނޭޝަންސް ލީގު ކާމިޔާބުކުރުން،" 

ކުއާޓާ ފައިނަލްގެ ދެ ލެގުގެ މެޗުތައް އޮތީ އަންނަ އަހަރުގެ މާޗް މަހުގަ އެވެ. ޒިދާން ބުނީ، އެންމެ ފަހުން ފްރާންސް އިން މި މަހު ކުޅުނު މެޗުތަކުގައި ޓީމުގައި ނެތް ކުޅުންތެރިންނަށް އެ މެޗުތަކުގައި އެނބުރި އައުމުގެ ފުރުސަތު އެބައޮތް ކަމަށެވެ. 

ޒިދާން ބުނީ ކުރިއަށް އޮތް ހަތަރު މަހަކީ ފްރާންސް ކުޅުންތެރިން ކްލަބްތަކުގައި މުހިންމު މެޗުތަކެއް ކުޅޭނެ ދުވަސްވަރެއް ކަމުގައި ވިޔަސް އެ ކުޅުންތެރިން ސިކުނޑީގައި ސްޕެއިނާ ކުޅެން ޖެހޭ ކުއާޓާ ފައިނަލަށް ތައްޔާރުވުމުގެ ކަންކަން ހުންނާނެ ކަމަށެވެ. 

ފްރާންސް އިން ވަނީ 2021 ވަނަ އަހަރު ނޭޝަންސް ލީގު ކާމިޔާބުކޮށްފަ އެވެ. އެއީ ފައިނަލުގައި ސްްޕެއިން ބަލިކޮށްފަ އެވެ. 

ނޭޝަންސް ލީގުގެ ކުއާޓާ ފައިނަލުގައި ދެން އޮތް މެޗުތަކަށް ބަލާއިރު، އިންގްލެންޑުން ކުޅޭނީ ނޯވޭއާ އެވެ. އެންމެ ފަހުގެ ޗެމްޕިއަން، ޕޯޗުގަލް އިން ކުޅޭނީ 2019 ވަނަ އަހަރުގެ ފައިނަލުގައި އެ ޓީމާ ބައްދަލުކުރި ނެދަލެންޑްސްއާ އެވެ. އަދި، ބެލްޖިއަމުން ނުކުންނާނީ ޖަރުމަނާ ދެކޮޅަށެވެ. 

ސެމީ ފައިނަލުގައި ކުޅޭނީ ބެލްޖިއަމާއި ޖަރުމަނާ ކުޅެގެން މޮޅުވާ ޓީމަކާއި ނޯވޭ އާއި އިންގްލެންޑް ކުޅެގެން މޮޅުވާ ޓީމެެކެވެ. އަނެއް ސެމީ ފައިނަލުގައި، ނެދަލެންޑްސް އާއި ޕޯޗުގަލް ކުޅެގެން މޮޅުވާ ޓީމެއް ނުކުންނާނީ ސްޕެއިނާއި ފްރާންސް ކުޅެގެން މޮޅުވާ ޓީމަކާ ދެކޮޅަށެވެ. ސެމީ ފައިނަލް ދެ މެޗާއި ތިން ވަނަ ހޮވާ މެޗު އަދި ފައިނަލް މެޗު އޮންނާނީ އަންނަ އަހަރުގެ ޖޫން މަހުގަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ބްރޭކްތައް އަންނަ ގޮތުން "ލީގުގެ ފީލްއެއް ނީނދޭ": އާތީ

ދިވެހި ޕްރިމިއާ ލީގު މެދުކަނޑާލަން ޖެހުމުން ކުޅުންތެރިންގެ ފިޓްނަސް އާއި ޕާފޯމަންސަށް އަސަރުކޮށް، ލީގުގެ އަސްލު ފޯރި ނުލިބޭ ކަމަށް ޓީސީގެ ކޯޗު އާތީ ބުނެފި. އާތީ ފާހަގަކުރި ގޮތުގައި ގިނަ ދުވަސްތަކެއްގެ ބްރޭކްތަކުގެ ސަބަބުން ޓީމުތަކުގެ ކޮންޓިނިއުޓީ ގެއްލި، މެޗުތަކަށް ތައްޔާރުވުމުގައި ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވޭ

ފީފާގެ އިންތިހާބުގައި އަރަބިންގެ ތާއީދު އިންފަންޓީނޯ އަށް

އަންނަ އަހަރު ބާއްވާ ފީފާގެ އިންތިހާބުގައި މިހާރުގެ ރައީސް ޖިއާނީ އިންފަންޓީނޯއަށް ތާއީދުކުރުމަށް 22 ގައުމު ހިމެނޭ އަރަބް ފުޓްބޯޅަ ޔޫނިއަން (ޔޫއޭއެފްއޭ) އިން ނިންމައިފިއެވެ. އިންފަންޓީނޯއާ އެކު ޖުމްލަ ތިން ކެންޑިޑޭޓުން ވާދަކުރާ މި އިންތިހާބުގައި، އޭޝިއާ އާއި އެފްރިކާގެ ގައުމުތަކުގެ ބޮޑު ތާއީދަކާއެކު އޭނާއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ބޮޑުކަމަށް ބެލެވެއެވެ. ފީފާގެ އާ ރައީސަކު ހޮވުމަށް ވޯޓުލުން އޮންނާނީ އަންނަ އަހަރުގެ މާޗް މަހު މޮރޮކޯގައި ބާއްވާ ފީފާ ކޮންގްރެސްގައެވެ.

އިންޑިއާގެ ލެޖެންޑުން ފުޓްބޯޅަ ރައީސްގެ ޝަކުވާ ސަރުކާރަށް

އިންޑިއާގެ ފުޓްބޯޅަ ފެޑެރޭޝަންގެ ރައީސް ކަލްޔާން ޗޯބޭގެ އިތުބާރު ނެތްކަމުގެ މައްސަލަ، ބައިޗުން ބުޓިއާ ހިމެނޭހެން އެ ގައުމުގެ 14 ލެޖެންޑުން ސްޕޯޓްސް މިނިސްޓަރަށް ހުށަހަޅައިފި. މި ސިޓީގައި ފާހަގަކޮށްފައިވަނީ ފެޑެރޭޝަންގެ މާލީ ހާލަތު ގޯސްވެ ބަނގުރޫޓުވަމުންދާ ކަމަށް

ސުޒޭނާއި މޯހަންގެ ދުލުން: ބަދުނަސީބާއި ހައްލެއްގެ ވާހަކަ!

ސަރަހައްދުގެ އެހެން ގައުމުތަކުން ބޭރުގައި އުޅޭ އެ ގައުމުތަކުގެ ދަރިފަސްކޮޅުގެ ކުޅުންތެރިންނަށް ރަށްވެހިކަން ދީގެން ގައުމީ ޓީމުތައް ވަރުގަދަކުރަމުންދާއިރު، ރާއްޖެއަށް އެ ފުރުސަތު ކުޑަކަމަށް ކުރީގެ ކޯޗުން ފާހަގަކުރެއެވެ. މިކަމުގެ ސަބަބުން ރާއްޖޭގެ ފުޓްބޯޅައަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކަށް ހައްލެއް ހޯދުމަށް އެކަށީގެންވާ ނިޒާމެއް ނެތްކަމުގެ ކަންބޮޑުވުން ވަނީ ފާޅުކޮށްފައެވެ.

ވޭގާގެ ނަމެއް ނެތް، ފީފާ އިންތިހާބުގައި ތިން ކެންޑިޑޭޓުން!

އަންނަ އަހަރު ބާއްވާ ފީފާގެ އިންތިހާބުގައި ވާދަކުރާ ތިން ކެންޑިޑޭޓުންގެ ނަން އިއުލާނުކުރިއިރު، ކުރީގެ ކުޅުންތެރިޔާ ރަމޮން ވޭގާގެ ނަން ޝަރުތު ހަމަނުވުމުގެ ސަބަބުން ވަނީ ބާކީވެފައި. މި އިންތިހާބުގައި ވާދަކުރައްވަނީ މިހާރުގެ ރައީސް އިންފަންޓީނޯގެ އިތުރުން ފްރާންސްގެ ފިލިޕޭ ޑިއާލޯ އަދި ޖަޕާނުގެ ކޯޒޯ ޓަޝީމާ

އަނިޔާއިން ރަނގަޅުވެ އިލާން އެނބުރި އަންނަން ތައްޔާރު

ކަކުލަށް ލިބުނު އަނިޔާއަކާ ގުޅިގެން ދެ މަހެއްހާ ދުވަހު ކުޅުމާ ދުރުގައި ހުރުމަށްފަހު، މާޒިޔާގެ ފޯވާޑް މުހައްމަދު އިލާން އިމްރާން އަލުން ކުޅުމަށް އެނބުރި އަންނަން ތައްޔާރުވެއްޖެ. މި އަނިޔާގެ ސަބަބުން އިލާނަށް ސާފް ޗެމްޕިއަންޝިޕާއި ލީގުގެ މުހިންމު މެޗުތަކެއް ގެއްލުނު ނަމަވެސް، އޭނާ މިހާރު ވަނީ ފަރިތަކުރުންތަކުގައި ބައިވެރިވާން ފަށާފައި

ފީފާ އިން ނޭޕާލްގެ ސަސްޕެންޝަން އުވާލަނީ؟

ފީފާގެ އެންގުންތަކަށް ބޯނުލެނބުމުގެ ސަބަބުން ނޭޕާލް ފުޓްބޯޅަ ފެޑެރޭޝަނަށް ދީފައިވާ ސަސްޕެންޝަން، ކުރިއަށް އޮތް މަހެއްހާ ދުވަސް ތެރޭގައި އުވާލާނެ ކަމަށް ނޭޕާލުން ވަނީ ބުނެފައި. މި ސަސްޕެންޝަން އުވާލުމަށް ނޭޕާލް ސަރުކާރުގެ މަންދޫބުން ފީފާ އާއި އޭއެފްސީއާ އެކު މަޝްވަރާކޮށްފައި

Newsletter

Get the latest news delivered straight to your inbox