އޮޑި ސްޕޯޓްސް ކްލަބުން ދިވެހި ޕްރިމިއާ ލީގުގެ ކޮންމެ މެޗަކަށް ނުކުތް ކަމުގައި ވިޔަސް ޓީމު ވަަރުގަދަކޮށްގެން ރަނގަޅު ކުޅުމަކާ އެކު ނަތީޖާ ނެރެން ފޯކަސް ކުރާ ކަމަށް އެ ޓީމުގެ ކޯޗު، ލޫޝިއާނޯ ތެއިލާ (ލޫޗޯ) ބުނެފި އެވެ.
މި ސީޒަނުގައި އޮޑިން ގެނައި ފުރަތަމަ ކޯޗު، ޕޯޗުގަލްގެ ރުއީ ގްރެގޯރިއޯ ދޫކޮށްލައި، އެ ޓީމުން ދެން ގެނައި، ލޫޗޯގެ ކޯޗުކަމުގައި އަންނަނީ ރަނގަޅު މަސައްކަތްތަކެއް ކުރަމުންނެވެ.
ރާއްޖޭގެ ފުރަަތަމަ ޑިވިޝަނުގައި މިދިޔަ އަހަރު މުޅިން އަލަށް ވާދަކޮށް ފުރަތަމަ ސީޒަނުގައި ރަނގަޅު ނަތީޖާތަކެއް ނެރުނު އޮޑިން މިދިޔަ ސީޒަނުގެ ލީގު ނިންމާލީ ދެ ވަނައިގަ އެވެ. މިދިޔަ ސީޒަނުގެ ލެވަލަށް ދާން މަސައްކަތް ކުރަމުން އަންނަ އޮޑިން، ލީގުގެ މިިދިޔަ 30 ދުވަހުގެ ބްރޭކުގެ ތެރޭގައި ރަނގަޅު މަސައްކަތްތަކެއް ކޮށް ޓީމުގެ ފިޓްނަސް ރަނގަޅު ކުރި ކަމަށް ލޫޗޯ ވަނީ ބުނެފަ އެވެ.
"ތަފާތު ވިސްނުންތަކަށް އަހަރެމެން މި ބްރޭކުގައި މަސައްކަތް ކުރިން، އަހަރެމެންނަށް ވަރަށް ގިނަ ވަގުތު ލިބުުނު ތައްޔާރީތައް ރަނގަޅަށް ކުރިއަށް ގެންދަން. އަހަރެން އިތުބާރުކުރަން އަހަރެންގެ ކުޅުންތެރިންނަށް. އަހަންނަށް ފެނޭ ކޮންމެ ދުވަހަކު ޓްރެއިނިނިންގައި އެ މީހުން ވަރަށް ބުރަކޮށް މަސައްކަތްކުރިތަން،" ކުޅުންތެރިންނާ މެދު އޮތް އިތުބާރު ފާހަގަކުރަމުން ލޫޗޯ ބުންޏެވެ.
ލީގުގެ ބްރޭކަށް ފަހު، އޮޑިން ކުޅޭ ފުރަތަމަ މެޗުގައި މާދަމާ ހަވީރު ކުޅޭނީ ޓީސީ ސްޕޯޓްސް ކްލަބާ އެވެ.
ކުރިން ރާއްޖޭގެ ވިކްޓަރީ އަށް ކުޅެފައިވާ ލޫޗޯ ބުނީ، އިދިކޮޅަށް ނުކުންނަ ޓީމަށް އޮޑިން އަބަދުވެސް އިހުތިރާމް ކުރާނެ ކަމަށެވެ. އަދި، އެ ގޮތަށް އެކަން ދިޔަ ނަމަވެސް މެޗުގައި ކުރަން ޖެހޭ ކަންކަމަށް ސަމާލުވެގެން ކުރަން ޖެހޭނެ ކަމަށް ލޫޗޯ ފާހަގަކުރި އެވެ.
"އަހަރެމެން އެބަޖެހޭ މެޗުގެ ކޮންޓްރޯލް އޮވެގެން ކުޅެން. ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ހޯދަން ވެސް އެބަޖެހޭ. އަހަރެމެން ޖެހޭނެ ވިސްނުންތެރިކަމާ އެކު އަތުގައި ބޯޅަ އޮންނަ ވަގުތުގައި ކުޅެން،" ލޫޗޯ ބުންޏެވެ.
"ޓީސީ އަކީ ރަނގަޅު ޓީމެއް، ރަަނގަޅު ކުޅުންތެރިން ވެސް ތިބި ޓީމެއް. އަވަހަށް އެޓޭކުގައި ކުޅޭ ޓީމެއް، އެ ޓީމު ކައިރީގައި ރަނގަޅަށް ކުޅެގެން ނަތީޖާ ނެރެވޭނީ، ކޮންމެ މެޗަކީ ވެސް އަހަރެމެންނަށް ޗެލެންޖެއް. އަހަރެމެން ޖެހޭނެ އިމްޕްރޫވްކުރަން މަސައްކަތްކުރަން. އަހަރެމެން ޖެހޭނެ އިތުބާރު ކުރަން ކުޅެން މި އުޅޭ ސްޓައިލަށް. ދެން، މެޗުން މޮޅުވާން ހުރިހާ ކަމެއް ކުރަން،"
ހަ މެޗުން އަށް ޕޮއިންޓާ އެކު އޮޑިން ލީގުގެ ހަ ވަނައިއިގަައި އޮތްއިރު، ޓީސީ ހަތް ވަނައިގައި އޮތީ ހަ މެޗުން ހަ ޕޮއިންޓް ހޯދައިގެންނެވެ. ލީގުގެ ފުރަތަމަ ބުރުގައި މި ދެ ޓީމަށް ވެސް ބާކީ ތިން މެޗު އޮތްއިރު، ލޫޗޯ ބުނީ އޭނާ ވިސްނަނީ މެޗަކަށް ފަހު މެޗެއްގެ ކަންކަމަށެެވެ.
"މި ވަގުތު ވިސްނުން ބަހައްޓަނީ ކުރިއަށް އޮތް މެޗަށް. ރަނގަޅަށް ކުޅެން މަސައްކަތްކުރަން، ރަނގަޅު ޕާފޯމަންސް އެއް ދައްކަން. ދެން، ޕޮޒިޓިވް ނަތީޖާއެއް ނެރެން. އަހަރެންގެ މަސައްކަތް ވެސް އޮތީ ޓީމު ވަރުގަދަކޮށް ކުރިއަށްގެންދަން. ކޮންމެ ހަފްތާ އަކު ލީގުގެ މަގާމުތައް ބަދަލުވާނެ. އަހަރެމެން ވިސްނަންވީ ކުރިމަަތީގައި އޮތް މެޗުން މޮޅުވަން،" ލޫޗޯ ބުންޏެވެ.
ޓީސީ އާއި އޮޑި ބައްދަލުކުރާ މެޗު ފަށާނީ މާދަމާ ހަވީރު 16:00 ގަ އެވެ.








