މުސިއާލާ ފަރުވާ ހޯދަނީ ނާރުގެ ބައްޔަަކަށް

Aug 19, 2026, 11:38 AM
ބަޔާން މިއުނިކްގެ މެޗެއްގެ ތެރެެއިން މުސިއާލާ.

ބަޔާން މިއުނިކްގެ މެޗެއްގެ ތެރެެއިން މުސިއާލާ.

މިއުނިކް (އޮގަސްޓް 19) - ހަފްތާއެއްގެ ތެރޭގައި ދެ މެޗެއްގެ ތެރެއިން، ސިއްހީ ކުއްލި ހާލަތެއް ދިމާވި ބަޔާން މިއުނިކަށް ކުޅޭ ޖަރުމަނުގެ ތަރި، ޖަމާލް މުސިއާލާ، ފަރުވާ ހޯދަނީ ނާރުގެ ބައްޔަކަށް ކަމަށް ބުނެފި އެވެ. 

އުމުރުން 23 އަހަރުގެ މުސިއާލާ އަށް އެންމެ ފުރަތަމަ ސިއްހީ ހާލަތެއް ދިމާވެ، ހޭނެތޭ ގޮތްދިމާވާން ފެށީ މިދިޔަ ހަފްތާގެ އަންގާރަ ދުވަހު އެކުވެރިކަމުގެ މެޗެއްގައި ހެއިޑެންހައިމް އަތުން 4-2 އިން ބަޔާން މޮޅުވި މެޗުގަ އެވެ.

އޭގެ ފަހުން، މިދިޔަ ހޮނިހިރު ދުވަހު، ޓެލެކޮމް ކަޕްގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އަރައި، އާރްބީ ލައިޕްޒިގު ކޮޅަށް ލަނޑު ޖެހި މުސިއާލާ އަށް އަނެއްކާ ވެސް އެ މައްސަަލަ ދިމާވެ، ދަނޑުމަތީގައި ބާއްވައިގެން ފަރުވާ ދީފައިވެ އެވެ. 

ސިއްހީ ހާލަތެއް ދިމާވެ ދަނޑުމައްޗަށް ވެއްޓުނު މުސިއާލާގެ ހާލު ރަނގަޅުވަމުން އަންނަ ކަމަށް ބަޔާނުން ބުނެފި

އާރްބީ ލައިޕްޒިގާ ދެކޮޅަށް ކުޅުނު މެޗުގައި ސިއްހީ ކުއްލި ހާލަތެއް ދިމާވެގެން ދަނޑުމައްޗަށް ވެއްޓުނު ބަޔާން މިއުނިކްގެ ޖަމާލް މުސިއާލާގެ ހާލު މިހާރު ރަނގަޅުވަމުން އަންނަ ކަމަށް އެ ކްލަބުން ބުނެފި. ރިޕޯޓްތައް ބުނާގޮތުގައި މުސިއާލާއަށް މި މައްސަލަ ދިމާވީ މެޗު ކުޅުނު ވަގުތު ހޫނުމިން ގަދަވުމުގެ ސަބަބުން ހީޓް ސްޓްރޯކެއް ކުރިމަތިވެގެން

އިންސްޓަގްރާމް މެދުވެރިކޮށް މުސިއާލާ ވަނީ އޭނާ އަށް ކުރިމަތިވެފައިވާ ސިއްހީ ހާލަތާ ގުޅޭ މައުލޫމާތު ސަޕޯޓަރުންނާއި މީޑިއާ އަށް ހިއްސާކޮށްފަ އެވެ. އެ ގޮތުން، މުސިއާލާ ބުނެފައިވަނީ، އޭނާގެ ހާލު ރަނގަޅު ކަމަށާއި މިދިޔަ ދުވަސްތަކުގައި އޭނާގެ ކަންކަން ބެލުމަށްޓަކައި މެސެޖުކޮށް ހެދި އެންމެންނަށް ޝުކުރު އަދާކޮށް، ދިމާވެފައިވާ ހާލަތު އިތުރަށް ތަފްސީލްކޮށްދޭން ބޭނުންވާ ކަމަށެވެ. 

އެ ގޮތުން، މި ވަގުތު އެނާ ފަރުވާ ހޯދަމުން އަންނަނީ ނާރުގެ ބައްޔަކަށް ކަމަށާއި އެއީ ކުރު މުއްދަތެއްގެ ފަރުވާ އަށް ފަހު ވެސް ރިކަވާވެވޭނެ ކަމެއް ކަމަށް މުސިއާލާ ވަނީ ބުނެފަ އެވެ. އަދި، އެ މައްސަލައިގެ ސަަބަބުން ކުރިމަތިވި، ދެ އެޕިސޯޑެއް އެންމެ ފަހުން ކުޅުނު ދެ މެޗުގައި ހިނގާފައިވާ ކަމަށާއި މިހާރު މަސައްކަތް ކުރަމުން އަންނަނީ ދުވަހުން ދުވަހަށް ކުރަން ޖެހޭ ކަންކަން ބަރާބަރަށް ކުރުމަށް ކަަމަށް މުސިއާލާ ބުނެފައިވެ އެވެ. 

ބަޔާނުން  3-1 އިން އާރްބީ ލައިޕްޒިގު އަތުން މޮޅުވި މެޗުގައި، މުސިއާލާ ކުޅެން އެރީ 15 މިނިޓަށެވެ. އޭނާ ވަނީ މެޗުގައި ބަޔާނަށް ގޯލެއް ވެސް ކާމިޔާބުކޮށްދީފަ އެވެ. ގޯލު ޖެހިތާ މާ ލަސްތަކެއް ނުވެ، މުސިއާލާގެ ބޮލަށް އެނބުރުން އައި، ދަނޑު މައްޗަށް ވެއްޓެން ދިޔަ ގަނޑީގައި އޭނާ ހިފެހެއްޓީ، މި ފަހަރުގެ ސީޒަނުގައި ބަޔާނަށް ބަދަލުވި މޮރޮކޯގެ ފޯވާޑް، އިސްމާއިލް ސައިބާރީ އެވެ. ދަނޑުމަތީގައި ބާއްވައިގެން މުސިއާލާ އަށް ކުއްލި ފަރުވާ ދިންއިރު، ފަހުން، އޭނާ ދަނޑުން ފޭބީ މެޑިކަލް އޮފިޝަލުންގެ އެހީގައި އަމިއްލަ އަށް ހިނގައިފައި ގޮހެވެ. 

މުސިއާލާ ބުނީ، އޭނާ އަށް ދިމާވާ ކަންތައްތަކުގެ ސަބަބުން ކުއްލިއަކަށް އެކަން ފެންނަ މީހަކަށް ބިރުވެރިކަން އިހުސާސް ކުރެވޭނެކަން އެނގޭ ކަމަށާއި އެކަމަކު، ޑޮކްޓަރުންގެ އެހީގައި މިހާތަނަށް ހެދި ޓެސްޓްތަކުން ވެސް ޔަގީންކުރެވިފައިވަނީ، "ހެލްތު ރިސްކެއް" ނެތްކަމަށެވެ. އަދި، ނިއުރޮލޮޖިސްޓުންނާއި މި ފަދަ ބަލިތައް ތަހައްމަލުކޮށްފައިވާ އެކި ފަރާތްތަކުގެ ތަޖުރިބާއިން އޭނާގެ ކަންކަން ރަނގަޅު ކުރެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް މުސިއާލާ ވަނީ ބުނެފަ އެވެ. 

ދިރާސާ ރިޕޯޓްތައް ބުނާގޮތުން، މުސިއާލާ އަށް މި ދިމާވި ފަދަ ނާރުގެ މައްސަލަތައް މީގެ ކުރިން ބައެއް ކުޅިވަރު އެތުލީޓުންނަށް ކުރިމަތިވެފައިވެ އެވެ. 

އިނގިރޭސި ޔޫތު ގައުމީ ޓީމުތަކަށް ކުރިން ކުޅުނު މުސިއާލާ، ޖަރުމަނަށް ބަދަލުވެ، ބަޔާނުގައި މޮޅު ކުޅުމެއް ދައްކަމުން އަންނައިރު، ފާއިތުވި ދެ އަހަރަކީ އަނިޔާގެ ސަަބަބުން އޭނާ އަށް ގިނަ ކަންތައްތަކެއް ދިމާވި މުއްދަތެކެވެ.

އެ ގޮތުން، މިދިޔަ އަހަރުގެ ފީފާ ކްލަބް ވޯލްޑް ކަޕްގެ ތެރެއިން މުސިއާލާގެ ފައިގެ ކުޑަ ހުޅަށް ސީރިއަސް އަނިޔާއެއް ދިމާވެގެން، އޮޕަރޭޝަނެއް ކުރުމަށް ފަހު، ރިކަވާވެގެން ކުޅުމަށް އެނބުރި އައީ މި އަހަރުގެ ޖެނުއަރީ މަހު އެވެ.  އެކަމަކު، ފަހުން ވެސް ފަޔަށް އަނިޔާގެ އިތުރު މައްސަލަ ދިމާވެގެން ކުޅުމާ ދުރުގައި މަޑުކުރަން ޖެހުނެވެ. އަލުން ފިޓްނަސް ރަނގަޅުކޮށް، މި ފަހަރުގެ ފީފާ ވޯލްޑް ކަޕްގައި ވާދަކުރި ޖަރުމަނު ޓީމުގައި ހިމެނި މެޗުތަކުގައި ވެސް ކުޅުނެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ރާއްޖެ ވެސް ވާދަކުރާ ގޮތަށް ސައުދީގައި އޮތް އައިމެގް ފަސްކޮށްފި

ސައުދީ އަރަބިއްޔާގައި މިއަހަރުގެ ޑިސެމްބަރު މަހު ބޭއްވުމަށް ތާވަލުކުރި "އޭޝިއަން އިންޑޯ މާޝަލް އާޓްސް ގޭމްސް" (އައިމެގް)، ލޮޖިސްޓިކްސް އަދި ސަލާމަތީ ސަބަބުތަކަށްޓަކައި އަންނަ އަހަރުގެ މާޗް މަހަށް ފަސްކޮށްފި. ޖުމްލަ އެކު، 45 ގައުމަކުން ވާދަކުރާ މި މުބާރާތުގައި ރާއްޖޭގެ ފަރާތުން ބިލިއާޑް އަދި ޗެސްގެ ކުޅުންތެރިން ބައިވެރިވުމަށް ވަނީ ހަމަޖެހިފައި

ހާލަތު ބަދަލުކުރަން ކެރިކަށް ޔުނައިޓެޑުން ފަހު ފުރުސަތު ދީފި

މެންޗެސްޓާ ޔުނައިޓެޑްގެ ނަތީޖާތައް ދަށްވުމާ ގުޅިގެން ކޯޗު މައިކަލް ކެރިކް މަގާމުން ވަކިކުރަން އުޅުމަށްފަހު، ޓީމުގެ ހާލަތު ރަނގަޅުކުރުމަށް އޭނާއަށް ފަހު ފުރުސަތެއް ދޭން އެ ކްލަބުން ނިންމައިފި. މި ސީޒަނުގައި ކުޅުނު 12 މެޗުން އެންމެ ދެ މެޗުން މޮޅުވެފައިވާއިރު، މިއީ ފާއިތުވި 40 އަހަރު ތެރޭގައި އެ ޓީމުން ސީޒަނެއް މިހާ ދަށްކޮށް ފެށި ފުރަތަމަ ފަހަރު.

ހަތަރު ވަނަ ޑިވިޝަންގެ ފްލީޓްވުޑް އިން އާސެނަލް ކަޓުވާލައިފި

އިނގިރޭސި ލީގު ކަޕްގެ ގަދަ 16 ބުރުގައި ހަތަރު ވަނަ ޑިވިޝަންގެ ފްލީޓްވުޑް ޓައުން އިން އާސެނަލް ބަލިކޮށް މުބާރާތުގެ ކުއާޓާ ފައިނަލަށް ދަތުރުކޮށްފި. މެޗުގެ ފުރިހަމަ ވަގުތު 1-1 އިން އެއްވަރުވުމުން، ފްލީޓްވުޑް މޮޅުވީ ޕެނަލްޓީ ޖަހައިގެން 5-3 ގެ ނަތީޖާއަކުން

ފަސް ބަދަލަކާ އެކު ގައުމީ ފުޓްސަލް ޓީމު އެކުލަވާލައިފި

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތަށް، ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި ޓީމަށް ފަސް ބަދަލެއް ގެނައުމަށްފަހު ގައުމީ ފުޓްސަލް ސްކޮޑު އެކުލަވާލައިފި. ކޯޗު ފާރޫކް ޒަކީރޯވްގެ އިރުޝާދުގެ ދަށުން ކުޅޭ މި ޓީމުގެ ކެޕްޓަނަކީ މުހައްމަދު އިމްރާން (އިންމި).

ޕޮލިހުން ގައުމީ ވޮލީބޯޅަ މުބާރާތުގެ ތަށި އުފުލާލައިފި

މިދިޔަ އަހަރުގެ ޗެމްޕިއަން ސިފައިންގެ ކްލަބް ސީދާ ތިން ސެޓުން ބަލިކޮށް، ޕޮލިސް ކްލަބުން ގައުމީ ވޮލީބޯޅަ މުބާރާތުގެ ތަށި އުފުލާލައިފި. ޝެޑިއުލަށް އައި ބަދަލަކާ ގުޅިގެން ސިފައިންގެ ޓީމުގެ މުހިންމު ދެ ބިދޭސީ ކުޅުންތެރިން ނުލައި ކުޅުނު މި މެޗު ޕޮލިހުން ކާމިޔާބުކުރިއިރު، މޮޅުވީ ތަފާތު ކުޅުމެއް ދައްކައި، ސިފައިންނަށް އެއްވެސް ފުރުސަތެއް ނުދީ.

ރިސޯޓް ސުޕަ ލީގުގެ ފައިނަލްގެ ފަހު ޖާގަ އޮޅުވެލި އަށް

ރިސޯޓް ސުޕަ ލީގުގެ ސެމީ ފައިނަލުގައި ވޮއްމުލި ބަލިކޮށް، ފައިނަލުގެ ފަހު ޖާގަ ސަން ސިޔާމް އޮޅުވެލިން ހޯދައިފި. މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު 2-2 އިން އެއްވަރުވުމުން، އޮޅުވެލި މޮޅުވީ ޕެނަލްޓީ ޖަހައިގެން 7-6 ގެ ނަތީޖާއަކުންނެވެ. ފައިނަލް މެޗުގައި އޮޅުވެލި ބައްދަލުކުރާނީ ވެލާ ޕްރައިވެޓް އައިލެންޑާ.

ވެމްކޯ އިން ގައުމީ ވޮލީ ލީގު އަންހެން ޑިވިޝަން ކާމިޔާބުކޮށްފި

ކުޅުނު ހުރިހާ މެޗަކުން މޮޅުވެ، ގައުމީ ވޮލީބޯޅަ ލީގުގެ އަންހެން ޑިވިޝަންގެ ޗެމްޕިއަންކަން ކްލަބް ވެމްކޯ އިން ހޯދައިފި. ވެމްކޯ އިން މި މުބާރާތް ކާމިޔާބުކުރީ ލީގުގެ ފަހު މެޗުގައި ޕޮލިސް ކްލަބް ބަލިކޮށް، ޖުމްލަ 12 ޕޮއިންޓާއެކު ތާވަލުގެ އެއްވަނަ ހޯދައިގެން.

Newsletter

Get the latest news delivered straight to your inbox