ނިއު ރޭޑިއަންޓް ބަލިކުރުން މުޅި ވިކްޓަރީ އަށް އިތުބާރަކަށްވާނެ

Nov 21, 2026, 6:55 PM
ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން މޯހަން ވާހަކަ ދައްކަނި.---- ފޮޓޯ: އިސްމާއިލް ތޯރިގު/ އަދަދު ސްޕޯޓްސް

ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން މޯހަން ވާހަކަ ދައްކަނި.---- ފޮޓޯ: އިސްމާއިލް ތޯރިގު/ އަދަދު ސްޕޯޓްސް

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މާދަމާރޭ ކުޅޭ މެޗުން ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބް އަތުން މޮޅުވުމަކީ މުޅި ވިކްޓަރީ ސްޕޯޓްސް ކްލަބަށް ވެސް އިތުބާރު ބޮޑުވާނެ ނަތީޖާއަކަށް ވާނެ ކަމަށް އެ ޓީމުގެ ކޯޗު މުހައްމަދު ޝިޔާޒް (މޯހަން) ބުނެފި އެވެ. 

ލީގުގެ އެއް ވަނައިގައި ވިކްޓަރީ އޮތީ ހަ މެޗުން 16 ޕޮއިންޓާ އެކު އެވެ. ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ވަނީ ފަސް މެޗުން 11 ޕޮއިންޓް ލިބިފަ އެވެ. މި ދެ ޓީމަކީ މި ވަގުތު ދިވެހި ޕްރިމިއާ ލީގުގައި މެޗަކުން ބަލިނުވެ އޮތް ދެ ޓީމެވެ. 

"ވަރަށް ތާރީހީ މެޗެއް، ވަރަށް ހާއްސަ ވެސް މެޗެއް. ޕްރެޝަރު ވެސް ބޮޑު މެޗެއް ހަގީގަތުގައި، ހުރިހާ ގޮތަކުން ވެސް މުހިންމު ޕްރެޝަރު މެޗަކަށް ވެފައި މީނދީ، އަޅުގަނޑަށް، ވިކްޓަރީ އަށް ވެސް ވަރަށް މޮޅުވާން މުހިންމު މެޗަކަށް ވެފައި މީނދީ.  ތައްޔާރު، ދެން އަޅުގަނޑު ދަންނަވާނީ، ﷲ އިރާދަކުރެއްވިއްޔާ ވަރަށް ރަނގަޅަށޭ ދިޔައީ، އެހެންވީމަ މެޗުގައި އަޅުގަނޑަށް ގަބޫލުކުރެވެނީ ހަމަ އަޅުގަނޑުމެން ކުޅުންތެރިންގެ މެކްސިމަމް އެންމެ ރަނގަޅު ކުޅުން ފެނިގެންދާނެ ކަމަށް ގަބޫލުކުރެވެނީ، ޕްރެކްޓިސްތަކުަގައި މަސައްކަތް ވަރަށް ހިތްހަމަޖެހޭ،" ކުރިން ނިއު ރޭޑިއަންޓާ އެކު ގިނަ ކާމިޔާބީތަކެއް ހޯދި މޯހަން، ވިކްޓަރީއާ ހަވާލުވެ، ނިއުއާ ދެކޮޅަށް ކުޅޭ ފުރަތަމަ މެޗުގެ ކުރިން ބުންޏެވެ. 

Advertisement

މޯހަން ބުނީ މުޅި ވިކްޓަރީ އަށް ވެސް އަދި ރާއްޖޭގެ ފުޓްބޯޅަ އަށް ވެސް ނިއު އާއި ވިކްޓަރީގެ ކުރިމަތިލުން މި ދެ ޓީމު މިހާރު އޮތް ލެވަލްގައި މުހިންމު ކަމަށެވެ. 

"ފުޓްބޯޅަ އަށް ބަލާއިރު ވެސް މީގެ މެޗުތަކަކީ ވެސް މުހިންމު މެޗުތަކެއް. ދެން، ވިކްޓަރީ އަށް މި ކަހަލަ މެޗެއްގައި ކާމިޔާބު ހޯދުމަކީ ވިކްޓަރީގެ ސަޕޯޓަރުން އަނެއްކާ ވެސް އެނބުރި ނޫނީ އިތުބާރު ލިބިގެން އިތުރަށް ދަނޑަށް ވަންނާނެ ނޫނީ ފޮލޯކުރާނެ ކަމެއް ކަމަށް، އަޅުގަނޑަށް ގަބޫލުކުރެވެނީ، މޯހަން ބުންޏެވެ. 

ރާއްޖޭގެ ފުޓްބޯޅަ އަށް ކުރިން އޮތް ފޯރި ގެންނަން ވަގުތު ނަގާނެ ކަމަށް މޯހަން ވަނީ ފާހަގަކޮށްފަ އެވެ.  އޭނާ ބުނީ، އެއީ ކައިރި މުސްތަގުބަލެއްގައި ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. 

"ދެން ކުރީގައި އެ އޮތް ފޯރި އަންނާނެތޯ، އެއީ އަޅުގަނޑަށް އެއްގޮތަކަށް ވެސް ގަބޫލެއް ނުކުރެވޭ، މިހާރު ގަލޮޅު ދަނޑުގައި އެކަން އަންނާނެ ކަމަކަށް، މުބާރާތް ބަދަލުވެގެން ދާ ގޮތަށް، ރަނގަޅު ގޮތަކަށް ގޮސްފިއްޏާމު މީގެ 10 ވަރަކަށް އަހަރު ފަހުން ގަލޮޅު ދަނޑުގައި ފޯރިގަދަ ލީގެއް ފެނިގެންދާ ހިސާބަށް ގޮސްދާނެ ކަމަށް،" މޯހަން ބުންޏެވެ. 

ލީގުގައި ވިކްޓަރީއާ އެންމެ ބޮޑަށް ވާދަކުރާ ކްލަބްތަކުން ސީޒަން ފެށީ ކަޕް ވިނާސް ކަޕުންނެވެ. ރަނގަޅު މެޗުތަކެއް އެ މުބާރާތުގައި ލިބިފައި އޮތުމަކީ އެ ޓީމުތަކަށް ވިކްޓަރީއާ އަޅާކިޔާއިރު އެޑްވާންޓޭޖެކެވެ. މޯހަން ވަނީ އެކަން ކުރިން ފާހަގަކޮށްފަ އެވެ. ލީގުގައި ހަ މެޗު ނިމުނުއިރު، މޯހަން ވަނީ މިހާރު އެ ފަރަގެއް އޮތް ކަމަށްް ނުބެލެވޭ ކަމަށެެވެ.

މޯހަން ބުނީ، ކޮންމެ ޓީމަކާ ދެކޮޅަށް ކުޅެން ޖެހުނަސް މިހާރު ވަރަށް ޔަގީންކަމާ އެކު ނަތީޖާނެރެން ނުކުމެވޭނެ ކަމަށެވެ.  

"މިހާރު ދެން އަޅުގަނޑަށް ވަރަށް އިތުބާރު އެބައޮތް. ކޮންމެ މެޗަކަށް ނުކުންނައިރު ވެސް، ވިކްޓަރީގެ ކުޅުންތެރިންް އެ ތިބީ އެންމެ ރަނގަޅު ލެވަލްގައި ކަމަށް، އެއީކީ އަޅުގަނޑު ޝައްކެއް ކުރެވޭ ކަމެއް ނޫން. ދެން، އެންމެ ވަރުގަދަ ޓީމުތަކާ އެކީ ކޮމްޕީޓް ކުރެވިދާނެތޯ އެ ކަމަށް ވެސް ޝައްކެއް ނުކުރަން. ދެން، ނަތީޖާ ކޮންމެ ގޮތަކަށް ވެސް ނުކުމެދާނެ، އެއީ އަދި މުޅިން އެހެން ކަމެއް. ވަރަށް ޔަގީންކަން އެބައޮތް ޓީމާ ކުޅުންތެރިންނާ މެދު،" މޯހަން ބުންޏެވެ.  

ކުރިން ވެސް ބުނި ގޮތަށް މޯހަން ވަނީ މި ވަގުތަށް ބަލާއިރު، ވިކްޓަރީ އަކީ ހަމައެކަނި ރަނގަޅު ތާރީހެއް އޮތް "ބޮޑު ނަމެއް" ކަމަށް ބުނެފަ އެވެ. 

ވިކްޓަރީ އަކީ ބޮޑު ޓީމެކޭ މި ވަގުތު ކިޔަންޖެހޭނީ ތަށި ހޯދައިގެން: މޯހަން

ވިކްޓަރީއަކީ ބޮޑު ތާރީޚެއް އޮތް ކްލަބެއް ނަމަވެސް، އެއީ ބޮޑު ޓީމެއްގެ ގޮތުގައި މިހާރު ބެލެވޭނީ ތަށި ހޯދައިގެން ކަމަށް އެ ޓީމުގެ ކޯޗު މޯހަން ބުނެފި. މާޒިޔާއާ އެއްވަރުވި މެޗުން ވިކްޓަރީއަށް ބޮޑެތި ޓީމުތަކާ ވާދަކުރެވޭނެކަން ސާބިތުވެފައިވާތީ، ކޯޗުގެ އަމާޒަކީ ކާމިޔާބީ ހޯދައިގެން އަލުން އެ ލެވަލަށް ޓީމު ގެންދިއުން

ވިކްޓަރީން އެންމެ ފަހުން ފުޓްބޯޅައިގައި ތަށްޓެއް ހޯދީ 2011 ވަނަ އަހަރުގެ ޕްރެޒިޑެންޓްސް ކަޕްގަ އެވެ. އެ ޓީމު ފުރަތަމަ ޑިވިޝަނުގައި ޖެހިޖެހިގެން ދެ ވަނަ ސީޒަނުގައި މި ކުޅެނީ، ސަސްޕެންޝަނަކުން އެނބުރި އައިސް، ދެ ވަނަ ޑިވިޝަނުގައި ދެ ސީޒަން ކުޅެފަ އެވެ. 

މޯހަން ބުނީ، ކާމިޔާބެއް ހޯދާފައި ނޫނީ ބޮޑު ޓީމެއްގެ ގޮތުގައި ވިކްޓަރީ ގުނަން ބޭނުންނުވާ ކަމަށެވެ، 

"ވަރަށް ގިނަ އަހަރުތަކެއް ވެއްޖެ. ކާމިޔާބުތަކެއް ނުލިބި ދާތާ އެހެންވީމަ، އެ ހިސާބަށް އަރަން އަދިވެސް ޖެހޭނީ ކާމިޔާބުތަކެއް ހޯދަން. އަޅުގަނޑު ގަބޫލުކުރަނީ. މީކީ އަދި ކާމިޔާބު ހޯދުމެއް ނޫން، މެޗުތަކަކުން މޮޅުވުމަކީ އަދި ކާމިޔާބު ހޯދުމެއް ނޫން، ކާމިޔާބީ އަކީ ތަށްޓެއް ލީގެއް ޝީލްޑެއް މީގެއިން ކޮންމެވެސް މުބާރާތެއް ކާމިޔާބުކުރުން،" މޯހަން ބުންޏެވެ. 

"އެކަން ވަންދެން އަޅުގަނޑު ގަބޫލެއް ނުކުރަން ބޮޑު ޓީމެއްގެ ގޮތުގައި މިހާރު ގުނާނެއެކޭ. މިހާރު މި އޮތީ ނިއު ރޭޑިއަންޓް، މާޒިޔާ ދެން އޮޑި، މި ޓީމުތައް، އެ ޓީމުތައް ކުރިއަށް ގުނާނީ ވިކްޓަރީ އަށް ވުރެން،" 

ވިކްޜަރީ އާއި ނިއު ކުޅޭ މެޗު ފަށާނީ މާދަމާރޭ 9 ޖަހާއިރު އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ބްރޭކްތައް އަންނަ ގޮތުން "ލީގުގެ ފީލްއެއް ނީނދޭ": އާތީ

ދިވެހި ޕްރިމިއާ ލީގު މެދުކަނޑާލަން ޖެހުމުން ކުޅުންތެރިންގެ ފިޓްނަސް އާއި ޕާފޯމަންސަށް އަސަރުކޮށް، ލީގުގެ އަސްލު ފޯރި ނުލިބޭ ކަމަށް ޓީސީގެ ކޯޗު އާތީ ބުނެފި. އާތީ ފާހަގަކުރި ގޮތުގައި ގިނަ ދުވަސްތަކެއްގެ ބްރޭކްތަކުގެ ސަބަބުން ޓީމުތަކުގެ ކޮންޓިނިއުޓީ ގެއްލި، މެޗުތަކަށް ތައްޔާރުވުމުގައި ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވޭ

ފީފާގެ އިންތިހާބުގައި އަރަބިންގެ ތާއީދު އިންފަންޓީނޯ އަށް

އަންނަ އަހަރު ބާއްވާ ފީފާގެ އިންތިހާބުގައި މިހާރުގެ ރައީސް ޖިއާނީ އިންފަންޓީނޯއަށް ތާއީދުކުރުމަށް 22 ގައުމު ހިމެނޭ އަރަބް ފުޓްބޯޅަ ޔޫނިއަން (ޔޫއޭއެފްއޭ) އިން ނިންމައިފިއެވެ. އިންފަންޓީނޯއާ އެކު ޖުމްލަ ތިން ކެންޑިޑޭޓުން ވާދަކުރާ މި އިންތިހާބުގައި، އޭޝިއާ އާއި އެފްރިކާގެ ގައުމުތަކުގެ ބޮޑު ތާއީދަކާއެކު އޭނާއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ބޮޑުކަމަށް ބެލެވެއެވެ. ފީފާގެ އާ ރައީސަކު ހޮވުމަށް ވޯޓުލުން އޮންނާނީ އަންނަ އަހަރުގެ މާޗް މަހު މޮރޮކޯގައި ބާއްވާ ފީފާ ކޮންގްރެސްގައެވެ.

އިންޑިއާގެ ލެޖެންޑުން ފުޓްބޯޅަ ރައީސްގެ ޝަކުވާ ސަރުކާރަށް

އިންޑިއާގެ ފުޓްބޯޅަ ފެޑެރޭޝަންގެ ރައީސް ކަލްޔާން ޗޯބޭގެ އިތުބާރު ނެތްކަމުގެ މައްސަލަ، ބައިޗުން ބުޓިއާ ހިމެނޭހެން އެ ގައުމުގެ 14 ލެޖެންޑުން ސްޕޯޓްސް މިނިސްޓަރަށް ހުށަހަޅައިފި. މި ސިޓީގައި ފާހަގަކޮށްފައިވަނީ ފެޑެރޭޝަންގެ މާލީ ހާލަތު ގޯސްވެ ބަނގުރޫޓުވަމުންދާ ކަމަށް

ސުޒޭނާއި މޯހަންގެ ދުލުން: ބަދުނަސީބާއި ހައްލެއްގެ ވާހަކަ!

ސަރަހައްދުގެ އެހެން ގައުމުތަކުން ބޭރުގައި އުޅޭ އެ ގައުމުތަކުގެ ދަރިފަސްކޮޅުގެ ކުޅުންތެރިންނަށް ރަށްވެހިކަން ދީގެން ގައުމީ ޓީމުތައް ވަރުގަދަކުރަމުންދާއިރު، ރާއްޖެއަށް އެ ފުރުސަތު ކުޑަކަމަށް ކުރީގެ ކޯޗުން ފާހަގަކުރެއެވެ. މިކަމުގެ ސަބަބުން ރާއްޖޭގެ ފުޓްބޯޅައަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކަށް ހައްލެއް ހޯދުމަށް އެކަށީގެންވާ ނިޒާމެއް ނެތްކަމުގެ ކަންބޮޑުވުން ވަނީ ފާޅުކޮށްފައެވެ.

ވޭގާގެ ނަމެއް ނެތް، ފީފާ އިންތިހާބުގައި ތިން ކެންޑިޑޭޓުން!

އަންނަ އަހަރު ބާއްވާ ފީފާގެ އިންތިހާބުގައި ވާދަކުރާ ތިން ކެންޑިޑޭޓުންގެ ނަން އިއުލާނުކުރިއިރު، ކުރީގެ ކުޅުންތެރިޔާ ރަމޮން ވޭގާގެ ނަން ޝަރުތު ހަމަނުވުމުގެ ސަބަބުން ވަނީ ބާކީވެފައި. މި އިންތިހާބުގައި ވާދަކުރައްވަނީ މިހާރުގެ ރައީސް އިންފަންޓީނޯގެ އިތުރުން ފްރާންސްގެ ފިލިޕޭ ޑިއާލޯ އަދި ޖަޕާނުގެ ކޯޒޯ ޓަޝީމާ

އަނިޔާއިން ރަނގަޅުވެ އިލާން އެނބުރި އަންނަން ތައްޔާރު

ކަކުލަށް ލިބުނު އަނިޔާއަކާ ގުޅިގެން ދެ މަހެއްހާ ދުވަހު ކުޅުމާ ދުރުގައި ހުރުމަށްފަހު، މާޒިޔާގެ ފޯވާޑް މުހައްމަދު އިލާން އިމްރާން އަލުން ކުޅުމަށް އެނބުރި އަންނަން ތައްޔާރުވެއްޖެ. މި އަނިޔާގެ ސަބަބުން އިލާނަށް ސާފް ޗެމްޕިއަންޝިޕާއި ލީގުގެ މުހިންމު މެޗުތަކެއް ގެއްލުނު ނަމަވެސް، އޭނާ މިހާރު ވަނީ ފަރިތަކުރުންތަކުގައި ބައިވެރިވާން ފަށާފައި

ފީފާ އިން ނޭޕާލްގެ ސަސްޕެންޝަން އުވާލަނީ؟

ފީފާގެ އެންގުންތަކަށް ބޯނުލެނބުމުގެ ސަބަބުން ނޭޕާލް ފުޓްބޯޅަ ފެޑެރޭޝަނަށް ދީފައިވާ ސަސްޕެންޝަން، ކުރިއަށް އޮތް މަހެއްހާ ދުވަސް ތެރޭގައި އުވާލާނެ ކަމަށް ނޭޕާލުން ވަނީ ބުނެފައި. މި ސަސްޕެންޝަން އުވާލުމަށް ނޭޕާލް ސަރުކާރުގެ މަންދޫބުން ފީފާ އާއި އޭއެފްސީއާ އެކު މަޝްވަރާކޮށްފައި

Newsletter

Get the latest news delivered straight to your inbox