ކުރިއަށް އޮތް ބަރަކާތްތެރި ރަމަޟާން މަހާ ދިމާކޮށް، ގަވިން އިން "ރަމަޟާން ވޯމް އަޕް ސޭލް" ގެ ނަމުގައި ހާއްސަ ޕްރޮމޯޝަނެއް ފަށައިފި އެވެ.
މި ޕްރޮމޯޝަންގެ ދަށުން، ގޭގެ ބަދިގެ އެންމެ ފުރިހަމައަށް އާކޮށްލުމަށް ބޭނުންވާ ފަރާތްތަކަށް ހެޔޮ އަގުތަކެއްގައި ފެންވަރު ރަނގަޅު ބަދިގެ ސެޓުތަކެއް ވަނީ ތައާރަފުކޮށްފަ އެވެ.
މުޅިން އަލަށް ތައާރަފުކުރި މި ޕެކޭޖުތަކުގެ ތެރޭގައި 64،000 ރުފިޔާ އަދި 66،000 ރުފިޔާގެ ދެ ބަދިގެ ސެޓެއް ހިމެނެ އެވެ. މި އަގުތަކުގެ ތެރޭގައި ބަދިގެ ކެބިނެޓް ސެޓުގެ އިތުރުން ސިންކާއި އިސްކުރު، ހޫޑް އަދި އުނދުން ވެސް ހިމެނޭނެއެވެ.
ގަވިން އިން ބުނި ގޮތުގައި މިއީ ރޯދަމަހަށް ބަދިގެ އާކޮށްލަން ބޭނުންވާ ކަސްޓަމަރުންނަށް ލިބިގެންދާނެ ރަނުގެ ފުރުޞަތެކެވެ.ބަދިގެ ސެޓުތަކުގެ އިތުރުން، ކަސްޓަމަރުންނަށް އިތުރު ލުއިފަސޭހަތަކެއް ހޯދައިދިނުމުގެ ގޮތުން މި ސޭލްގެ ތެރެއިން އެހެނިހެން ޚާއްޞަ ޕެކޭޖުތަކެއް ވެސް ވަނީ ތައާރަފުކޮށްފައެވެ. އެގޮތުން؛
- ލޯންޑްރީ ޕެކޭޖް: ދޮންނަ މެޝިނާއި ހިއްކާ މެޝިނާއެކު ލޯންޑްރީ ކެބިނެޓެއް އެންމެ 12،500 ރުފިޔާއަށް.
- ފްރިޖް ޕެކޭޖް: އައިސްއަލަމާރިއަކާއެކު ކެބިނެޓެއް އެންމެ 15،000 ރުފިޔާއަށް.
ގަވިންގެ ހުރިހާ އައުޓްލެޓްތަކެއްގައި ވެސް ކުރިއަށްދާ މި ޕްރޮމޯޝަން، ކުރިއަށް އޮތް މާރިޗު މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.
ގަވިންގެ ފިހާރަތައް ހުޅުވިފައި ހުންނާނީ ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 09:00 އިން ރޭގަނޑު 22:00 އަށެވެ. މި ޕެކޭޖުތަކާ ގުޅޭ އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގަވިން ޕްރޮޖެކްޓްސްގެ ނަންބަރު 9348899 އަށް ގުޅުއްވުމަށް އެ ކުންފުނިން އެދެ އެވެ.





