ލިވިން އެކްސްޕޯގައި "ގަވިން 360" ތައާރަފުކޮށްފި

Aug 6, 2026, 11:25 PM
ލިވިންގ އެކްސްޕޯ: ގެވިންގެ "360" ފުލް އިންޓީރިއާ ސޮލިއުޝަން

ލިވިންގ އެކްސްޕޯ: ގެވިންގެ "360" ފުލް އިންޓީރިއާ ސޮލިއުޝަން

މޯލްޑިވްސް ލިވިން އެކްސްޕޯގައި ގަވިންގެ އާ ކޮމްޕޯނަންޓެއް ކަމަށްވާ "ގަވިން 360" ތައާރަފުކޮށް، ގޭގެ އިންޓީރިއާގެ ހުރިހާ ކަމެއް އެއްފުރާޅެއްގެ ދަށުން ފުރިހަމަކޮށްދިނުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ގަވިން 360 އަކީ ގޭގެ އިންޓީރިއާގެ ހުރިހާ ކަމެއް އެއްތަނަކުން ފުރިހަމަކޮށްދޭ ސޮލިއުޝަން ޕްރޮވައިޑަރެކެވެ. މީގެ ތެރޭގައި،

  • ފަރުނީޗަރު: ކަސްޓަމަރުން ބޭނުންވާ ގޮތަށް ކަސްޓަމައިޒް ކުރެވޭ ހުރިހާ ބާވަތެއްގެ ފަރުނީޗަރު.
  • ބޮކި އަދި ފްލޯރިން: ގޭގެ އެކި ސަރަހައްދުތަކަށް ބޭނުންވާ ލައިޓިން އަދި ފްލޯރިންގެ ހުރިހާ މަސައްކަތްތައް.
  • ދޮރުފޮތި: ގޭގެއަށް ބޭނުންވާ އެކި ބާވަތްތަކާއި ޑިޒައިންތަކުގެ ދޮރުފޮތި އިހުތިޔާރުކުރުމުގެ ފުރުސަތު.

ހިލޭ ކޮންސަލްޓޭޝަން އަދި ކަސްޓަމައިޒްޑް ޑިޒައިން

ހުޅުމާލޭ ސެންޓްރަލް ޕާކްގައި އާދީއްތަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ ލިވިން އެކްސްޕޯގައި ހުންނަ ގަވިންގެ ސްޓޯލަށް ޒިޔާރަތްކުރާ ފަރާތްތަކަށް، އެ ކުންފުނީގެ އަމިއްލަ އިންޓީރިއާ ޑިޒައިނަރުންގެ ފަރާތުން ހިލޭ ކޮންސަލްޓޭޝަން ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.

ކަސްޓަމަރުން ބޭނުންވާ ހުވަފެނީ ދިރިއުޅުމުގެ މާހައުލު ބިނާކުރުމަށްޓަކައި، ގޭގެ ފްލޯ ޕްލޭން ހިފައިގެން ސްޓޯލަށް ދިއުމުން، ކޮންމެ ކުލައެއްގެ އަދި ކޮންމެ ޑިޒައިނެއްގެ މަސައްކަތެއް ވެސް ކޮށްދިނުމުގެ ޔަގީންކަން ގަވިން އިން ދެއެވެ.

"އޭވިން" ބްރޭންޑުގެ އާ ދޮންނަ މެޝިން

މި އެކްސްޕޯގައި ގަވިންގެ އަމިއްލަ ބްރޭންޑެއް ކަމަށްވާ "އޭވިން" ގެ އާ ދޮންނަ މެޝިން ވެސް ވަނީ ތައާރަފުކޮށްފަ އެވެ. އެއްކޮށް ހިއްކޭ ގޮތަށް ފަރުމާކޮށްފައިވާ މި ދޮންނަ މެޝިނަކީ މިވަގުތު ބާޒާރުގައި ލިބެން ހުރި އެންމެ އަގުހެޔޮ މެޝިނެވެ.

ސްޓޯލަށް ޒިޔާރަތްކޮށްގެން އިނާމު

ގަވިންގެ ސްޓޯލަށް ޒިޔާރަތްކުރާ ފަރާތްތަކުގެ މެދުގައި ނަސީބުވެރިއަކު ހޮވުމަށް ވަނީ ހަމަޖެހިފަ އެވެ. ގުރުއަތުން ހޮވޭ ފަރާތަކަށް ލިބޭ އިނާމުތަކުގެ ތެރޭގައި:

  1. އޭވިން ބްރޭންޑުގެ ދޮންނަ މެޝިނެއް.
  2. އަލަމާރީގެ ތެރޭގައި ހަރުކުރެވޭ ފަދަ ޕާސަނަލް ސޭފެއް.

ކޮމެންޓް

ފަހުގެ ޚަބަރު

އިއްތިހާދުގެ މައިލްސްއިން މޯލްޑިވިއަންގެ ޓިކެޓް ނެގޭގޮތް ހަދައިފި

އިއްތިހާދު އެއާވޭސްގެ "އިއްތިހާދު ގެސްޓް" މެމްބަރުންނަށް އެ މީހުން އެއްކޮށްފައިވާ މައިލްސް ބޭނުންކޮށްގެން މޯލްޑިވިއަންގެ ފްލައިޓްތަކުން ޓިކެޓް ނެގޭނެ އިންތިޒާމު މިހާރު ވަނީ ހަމަޖައްސާފަ.

މިދިޔަ މަހު މައްޗަށް ދިޔަ ޓޫރިސްޓު ނަމްބަރުތައް މި މަހު ދަށަށް

މިދިޔަ އޮކްޓޫބަރު މަހު ރާއްޖެއަށް ޓޫރިސްޓުން އައި އަދަދު މައްޗަށް ދިޔަ ނަމަވެސް، ނޮވެމްބަރު މަހު އެ އަދަދު ވަނީ މިދިޔަ އަހަރާ އަޅާބަލާއިރު 6.3 ޕަސެންޓު ދަށަށް ގޮސްފަ. މިއާއެކު މި އަހަރުގެ މިހާތަނަށް ރާއްޖެއަށް އައި ޖުމްލަ ފަތުރުވެރިންގެ އަދަދު ވެސް ވަނީ މިދިޔަ އަހަރަށް ވުރެ 3.7 ޕަސެންޓު މަދުވެފަ.

އައިކެއާގައި ފްލޭޝް ސޭލްއެއް

އައިކެއާ އޮޕްޓިކަލްސްގެ ފަރީދީމަގު ފިހާރައިގައި ނޮވެމްބަރު 28 އަދި 29 ގައި އަވިއައިނަށް ޚާއްޞަ ފްލޭޝް ސޭލެއް ބޭއްވުމަށް ވަނީ ނިންމާފައެވެ. މި ސޭލުގައި ދުނިޔޭގެ މަޝްހޫރު ބްރޭންޑްތަކުގެ އަވިއައިނުން 15 އިންސައްތައާއި 50 އިންސައްތައާ ދެމެދުގެ ބޮޑެތި ޑިސްކައުންޓްތަކެއް ލިބިގެންދާނެއެވެ.

ފަތަން ނޭނގޭ ކޮންމެ ދެ ޓޫރިސްޓަކަށް ގައިޑެއް މަޖުބޫރުކޮށްފި

މޫދު ކުޅިވަރުތަކުގައި ހަރަކާތްތެރިވާ ހުރިހާ ގައިޑުންނަކީ ފަސްޓްއެއިޑާއި ރެސްކިއު ސަނަދު އޮތް ބަޔަކަށް ހެދުމަށްޓަކައި އެއް އަހަރު ދުވަހުގެ މުހުލަތެއް މި ގަވާއިދުން ވަނީ ދީފަ. އަދި އެކްސްކާޝަންތަކަށް ދާއިރު ފަތަން ނޭނގޭ މީހުންނާއި ސްނޯކްލިން ހަރަކާތްތަކުގައި ބައިވެރިވާ ހުރިހާ ފަރާތްތަކުން ލައިފް ޖެކެޓް އެޅުން ވެސް މިހާރު ވަނީ ލާޒިމުކޮށްފަ.

މޫދު ކުޅިވަރާއި އެކްސްކާޝަންތަކަށް ގަވާއިދެއް ހަދައިފި

މި ގަވާއިދުގެ ދަށުން މިފަދަ ހިދުމަތްދޭ ހުރިހާ ތަނެއް މިނިސްޓްރީގައި ރަޖިސްޓްރީ ކުރުމާއި، ޕަބްލިކް ލައިބިލިޓީ އިންޝުއަރެންސް ނެގުމުގެ އިތުރުން މޫސުމީ ހަރުކަށި މިންގަނޑުތަކަކަށް އަމަލުކުރުން ލާޒިމުވާނެ. އަދި މި އުސޫލުތަކާ ހިލާފުވާ ފަރާތްތައް އެއް ލައްކަ ރުފިޔާއާ ހަމައަށް ޖޫރިމަނާކޮށް، ހުއްދަ ބާތިލުކުރުމުގެ ބާރު ވެސް މިނިސްޓްރީއަށް ވަނީ ދީފަ.

އާރުޑީސީގެ ހުރިހާ މަޝްރޫއުތަކެއް އެމްޓީސީސީއާ ހަވާލުކޮށްފި

މާލީ ބޮޑު ގެއްލުމަކާ އެކު އާރުޑީސީގެ ހާލަތު ދަށަށް ގޮސްފައި ވަނިކޮށް، ދައުލަތުގެ ހަރަދު ކުޑަކުރަން އެ ކުންފުނީގެ ހުރިހާ މަޝްރޫއުތަކެއް އެމްޓީސީސީގެ ދަށަށް މިއަދު ވަނީ ބަދަލުކޮށްފަ. އެމްޓީސީސީން އެ ހުރިހާ މަސައްކަތްތަކަކާ ހަވާލުވި ނަމަވެސް، އާރުޑީސީގެ މަޝްރޫއުތަކުގެ އަދަދާއި އެ ކުންފުނީގެ މުވައްޒަފުންނާ މެދު ނިންމި ގޮތެއް އަދި ހާމައެއް ނުކުރޭ.

ހުޅުމާލޭގެ ވޯޓާ ތީމް ޕާކު މަޝްރޫއު ސޮލެންޒާރާ ހޯލްޑިންގްސްއާ އެޗް

ހުޅުމާލޭގައި ހަދަން ފަށައި ނުވަ އަހަރު ވަންދެން ހުއްޓިފައި އޮތް ވޯޓާ ތީމް ޕާކު މަޝްރޫއު، އާ މާސްޓާ ޕްލޭނެއްގެ ދަށުން ހަވާލުކުރީ ހޮންކޮންގެ ކުންފުންޏަކުން ހިއްސާވާ ސޮލެންޒާރާ ހޯލްޑިންގްސްއާ. މި މަޝްރޫއުގެ ދަށުން 18 މަސްދުވަހުގެ ތެރޭގައި ވޯޓާ ޕާކަކާއި، 250 ކޮޓަރީގެ ހޮޓަލެއްގެ އިތުރުން އެޕާޓްމަންޓްތަކާއި ވިޔަފާރި ބްލޮކްތައް ތަރައްގީކުރާނެ.

Newsletter

Get the latest news delivered straight to your inbox