ޔޫރޯ ސްޓޯރުން ރަންނަމާރި ޗެލެންޖަށް މީރު ބުއިންތަކަކާއި މަޖާ ހަރަކާތްތަކެއް

Nov 3, 2026, 11:23 AM
ޔޫރޯ ސްޓޯރުން ރަންނަމާރި ޗެލެންޖް 2026 އަށް ހާއްސަ ހަދިޔާތަކާއި އުފާވެރި ހަރަކާތްތަކެއް

ޔޫރޯ ސްޓޯރުން ރަންނަމާރި ޗެލެންޖް 2026 އަށް ހާއްސަ ހަދިޔާތަކާއި އުފާވެރި ހަރަކާތްތަކެއް

މިއަހަރުގެ ސީސްޕޯޓްސް ދިވެހި ސަރފް ލީގު 2026 ގެ ގައުމީ މުބާރާތް ކަމަށްވާ "ރަންނަމާރި ޗެލެންޖް" ގެ ކޯ-ޕާޓްނަރެއްގެ ގޮތުގައި ޔޫރޯ ސްޓޯރުން ބައިވެރިވެ، ގިނަ ހަރަކާތްތަކަކާއެކު ކިއޯސްކެއް ހުޅުވުމަށް ނިންމައިފި އެވެ.

ނޮވެމްބަރު 5 އިން 7 އަށް މާލޭ ވަރުނުލާ ރާޅުގަނޑުގައި ކުރިއަށްދާ މި މުބާރާތަށް ޒިޔާރަތްކުރާ ފަރާތްތަކަށް ހާއްސަކޮށްގެން ޔޫރޯ ސްޓޯރުން ވަނީ ތަފާތު ބްރޭންޑްތަކުގެ ތަޖުރިބާތަކާއި ކުޅިވަރުތައް ރާވާފަ އެވެ.

ޔޫރޯ ސްޓޯރުގެ ކިއޯސްކުން ލިބެން ހުންނާނެ ތަކެތި

މުބާރާތުގެ ފޯރިގަދަ ހަރަކާތްތައް ބަލާލަންދާ ފަރާތްތަކަށް ޔޫރޯ ސްޓޯރުގެ ކިއޯސްކުން މީރު ބުއިންތަކާއި ލުއިކާނާ ގަންނަން ލިބެން ހުންނާނެއެވެ. މީގެ ތެރޭގައި،

  • ކޯލްޑް ބްރޫ އަދި ޚާއްސަ އެހެނިހެން ބުއިންތައް
  • ތަފާތު ވައްތަރުގެ ލުއިކާނާ އަދި ސްނެކްސް
  • މަޝްހޫރު ފެބްރީ ޖެލާޓޯ

މީގެ އިތުރުން "ލޮރެންޒް ޕްލޭ އެންޑް ވިން" ގައި ބައިވެރިވުމުގެ ފުރުސަތުވެސް ވަނީ ހުޅުވާލެވިފަ އެވެ. ކިއޯސްކުން ލޮރެންޒް ބްރޭންޑުގެ އުފެއްދުމެއް ގަނެގެން އަގުހުރި އިނާމުތަކެއް ހޯދުމުގެ ފުރުސަތު ކޮންމެ މީހަކަށްވެސް ލިބިގެންދާނެއެވެ.

ނޮވެމްބަރު 6 އަދި 7 ގައި ކުރިއަށްދާ ޚާއްސަ ހަރަކާތްތައް

  • ހުކުރު، 6 ނޮވެމްބަރު (ލޯކަރ މެސްކޮޓާއެކު ވަގުތުކޮޅެއް): ހުކުރު ދުވަހުގެ ހަވީރު 4:00 ގައި ޔޫރޯ ސްޓޯރުގެ ކިއޯސްކަށް ލޯކަރ މެސްކޮޓް ޒިޔާރަތްކުރާނެ އެވެ. މިއީ ކުޑަކުދިންނަށް ފޮޓޯނަގައި މަޖާކޮށްލުމަށް ލިބޭނެ ރަނގަޅު ފުރުސަތެކެވެ. އަދި ހަމައެހެންމެ ލޯކަރ މިނީސް ހިލޭ ރަހަބަލާލުމުގެ ފުރުސަތުވެސް މި ވަގުތު އޮންނާނެ އެވެ.
  • ހޮނިހިރު، 7 ނޮވެމްބަރު (ފެރޭރޯ ގޯލްޑަން ހަންޓް): މުބާރާތުގެ އެންމެ ފަހު ދުވަހުވެސް މަޖާ ހަރަކާތްތައް ކުރިއަށްދާނެއެވެ. އެގޮތުން ޔޫރޯ ސްޓޯރު ކިއޯސްކުން "ފެރޭރޯ ގޯލްޑަން ހަންޓް" ގެ ނަމުގައި ކުރިއަށްގެންދާ ފޯރިގަދަ ހަރަކާތުގައި ބައިވެރިވުމުގެ ފުރުސަތު އާންމުންނަށް ވަނީ ހުޅުވާލާފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގަންނަ ކޮންމެ ލެނޯވޯ ލެޕްޓޮޕަކާއެކު ހަދިޔާ ލިބޭ ޕްރޮމޯޝަނެއް

އަހަރު ނިމުމާ ދިމާކޮށް ސިމްޑީން ފެށި މި ޕްރޮމޯޝަންގައި، ޑިސެމްބަރު 31 ގެ ނިޔަލަށް ލެނޯވޯގެ އައު މޮޑެލްތަކުގެ ލެޕްޓޮޕް ގަންނަ ފަރާތްތަކަށް ހިލޭ ޕްރިންޓަރަކާއި ބެކްޕެކެއް ލިބޭނެއެވެ. މި ޕްރޮމޯޝަންގެ މަގުސަދަކީ ކިޔަވާ ދަރިވަރުންނާއި މަސައްކަތްތެރިންނަށް އެންމެ ފަހުގެ އައި.އޭ ޓެކްނޮލޮޖީގެ ލެޕްޓޮޕްތައް ފަސޭހަކަމާއެކު ފޯރުކޮށްދިނުމެވެ.

ބީއެމްއެލްގެ ސުކޫކަށް ސަރުކާރުން ގެރެންޓީ ދެނީ

ބީއެމްއެލް އިން ބޭރުގެ އިންވެސްޓަރުންނަށް ވިއްކާ 300 މިލިއަން ޑޮލަރުގެ ސުކޫކަށް ސޮވްރިން ގެރެންޓީ ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ދައުލަތުގެ ގެރެންޓީ ދަރަނީގެ އަމާޒުތައް ވަނީ މުރާޖައާކޮށްފަ. މި ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްގީކޮށް އިގުތިސޯދީ ފުރުސަތުތައް ފުޅާކުރުމަށް.

އިގުތިސޯދީ ދުވެލި ޕަސެންޓަކަށް ވުރެ ދަށް ވެދާނެ!

ރާއްޖޭގެ އިގުތިސޯދީ ދުވެލި ކުރިން ލަފާކުރި 5.3 އިންސައްތައިން 0.6 އާއި 1.8 އިންސައްތައާ ދެމެދުގެ މިންވަރަކަށް ދަށްވާނެ ކަމަށް ޒަރީރު ވިދާޅުވި. މިއީ ދަތުރުފަތުރަށް ބުރޫއަރައި ތެލުގެ އަގު އުފުލުމުގެ ސަބަބުން ރާއްޖޭގެ މާލިއްޔަތަށް ކުރިމަތިވި ބޮޑު ގޮންޖެހުމެއް ކަމަށާއި، ނަމަވެސް އަންނަ އަހަރު އިގުތިސޯދު އިޔާދަވާނެ ކަމަށް ޒަރީރު ވިދާޅުވި.

ދިރާގު އެލީޓްކްލަބް+ ތައާރަފުކޮށްފި

ދިރާގުގެ ހުރިހާ މޮބައިލް ކަސްޓަމަރުންނަށް ބައިވެރިވެވޭ ގޮތަށް "ދިރާގު އެލީޓްކްލަބް+" މިއަދު ތައާރަފުކޮށްފި. މި ޕްރޮގްރާމްގެ ދަށުން 100 އަށް ވުރެ ގިނަ ތަނުން ޑިސްކައުންޓް ލިބޭއިރު، ހިދުމަތްތަކަށް ހޭދަކުރާ ވަރަކަށް ޕޮއިންޓް އެއްކުރެވޭނެ. އަދި މި ޕޮއިންޓްތައް ބޭނުންކޮށްގެން ހިލޭ ޑޭޓާ އާއި ގިފްޓް ކާޑު ފަދަ އިނާމުތައް ލިބޭނެ.

ރެފްކޫލްގެ ރޯދަ ސޭލް އުމްރާ ދަތުރަކާއެކު އަންނަ މަހުގެ 7 ގައި

ރެފްކޫލްގެ ރޯދަ ސޭލް ބޮޑެތި ޑިސްކައުންޓުތަކަކާއި އުމްރާ ދަތުރެއް ހިމެނޭ ބޮޑު އިނާމަކާއެކު އަންނަ މަހުގެ 7 ގައި ފެށުމަށް ވަނީ ނިންމާފަ. މި ޕްރޮމޯޝަންގައި ގްރީ އަދި އެލްޖީ ބްރޭންޑްގެ އުފެއްދުންތަކުން ހާއްސަ އަގުތަކެއް ލިބޭއިރު، ކޮންމެ 500 ރުފިޔާގެ ވިޔަފާރިއަކަށް ގުރުއަތު ކޫޕަނެއް ލިބޭނެ.

ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ވެއްޓިދާނެ: ދިރާސާ

މޫސުމީ ބަދަލުތަކުގެ ސަބަބުން މި ގަރުނު ނިމޭއިރު ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ދަށަށްދާނެ ކަމަށް ދިރާސާއަކުން ދައްކައިފި. ކަނޑުގެ ފިނިހޫނުމިން މަތިވުމުގެ ސަބަބުން މަސް އައިންތައް ދުރު ސަރަހައްދުތަކަށް ހިޖުރަކުރާތީ، މަސްވެރިންނަށް ބޮޑެތި ހަރަދުތަކާއި ތަކުލީފުތަކާ ކުރިމަތިލާން ޖެހިފައިވާކަން މި ދިރާސާއިން ފާހަގަކޮށްފައިވޭ.

ވިލާ ކޮލެޖުން 2027 ޖަނަވަރީ އިންޓޭކަށް ހުޅުވާލައިފި

ވިލާ ކޮލެޖުގެ ޖަނަވަރީ 2027 އިންޓޭކަށް، ސެޓްފިކެޓް ލެވެލްއިން ފެށިގެން މާސްޓަރސް ޑިގްރީއާ ހަމައަށް 100 އަށްވުރެ ގިނަ ޕްރޮގްރާމްތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މީގެ ތެރޭގައި އެ ކޮލެޖުގެ އަމިއްލަ ކޯސްތަކުގެ އިތުރުން، އިނގިރޭސިވިލާތާއި މެލޭޝިއާގެ މަޝްހޫރު ޔުނިވަރސިޓީތަކާ ގުޅިގެން ހިންގާ ބައިނަލްއަޤްވާމީ ފެންވަރުގެ ގިނަ ދާއިރާތަކެއްގެ ޕްރޮގްރާމްތައް ހިމެނެއެވެ.

Newsletter

Get the latest news delivered straight to your inbox