ގަވިންއިން ރަމަޟާން ސޭލް: އައިސްއަލަމާރިއާއި ދޮންނަ މެޝިންގެ އަގު ވަރަށް ބޮޑަށް ހެޔޮކޮށްފި

Oct 12, 2026, 8:30 AM
ގަވިންގެ ރަމަޟާން ޕްރޮމޯޝަން ފަށައިފި

ގަވިންގެ ރަމަޟާން ޕްރޮމޯޝަން ފަށައިފި

އަންނަ ރަމަޟާން އަމާޒުކޮށް "ގަވިން" ފިހާރައިން އައިސްއަލަމާރިއާއި ދޮންނަ މެޝިންގެ ވަރަށް ހާއްސަ ސޭލެއް ފަށައިފި އެވެ.

މި ޕްރޮމޯޝަންގައި އެ ފިހާރައިގެ އަމިއްލަ ބްރޭންޑެއް ކަމަށްވާ "އޭވިން" ބްރޭންޑުގެ އައިސްއަލަމާރިއާއި ދޮންނަ މެޝިނުގެ އަގުތައް ވަނީ ވަރަށް ބޮޑަށް ހެޔޮކޮށްފަ އެވެ. އެގޮތުން ހިއްކޭ ގޮތަށް ޑްރަޔަރާއެކު ފަރުމާކޮށްފައިވާ އޭވިންގެ 10 ކިލޯގެ ދޮންނަ މެޝިނެއް ކުރިން 9,000 ރ. އަށް ލިބުނު ނަމަވެސް، މި ސޭލްގައި މިހާރު 7,020 ރ. އަށް ލިބޭނެ އެވެ.

މީގެ އިތުރުން، އެއް ދޮރުލީ އައިސްއަލަމާރިއެއް 7,560 ރ. އަށް އަދި ދެ ދޮރުލީ އައިސްއަލަމާރިއެއް 9,720 ރ. އަށް މި ސޭލްގެ ތެރެއިން ލިބެން ހުންނާނެ އެވެ.

Advertisement

ގަވިންގެ ހުރިހާ ފިހާރައަކުންވެސް މި މުދާތައް ލިބެން ހުންނާނެ ކަމަށާއި، ގްރޭޓަ މާލެ ސަރަހައްދުގެ ކޮންމެ ތަނަކަށް އަދި މާލެ އަންނަ ބޯޓުފަހަރަށްވެސް މުޅިން ހިލޭ ޑެލިވަރީ ކޮށްދޭނެ ކަމަށް ގަވިންއިން ބުންޏެވެ.

މި ސޭލްގެ އިތުރުން، ކޮންމެ ހަފްތާ ބަންދަކާ ދިމާކޮށް "ހަފްތާ ބަންދު ސޭލް" ގެ ނަމުގައި ހާއްސަ ހަރަކާތެއް ހުޅުމާލެ ޝޯރޫމް ކުރިމަތީގައި ކުރިއަށްދާނެ އެވެ. މި ސޭލް އޮންނަނީ ކޮންމެ ބުރާސްފަތި އަދި ހޮނިހިރު ދުވަހެއްގެ ހަވީރު 4:00 އިން 6:00 އަދި ރޭގަނޑު 8:00 އިން 10:00 އަށެވެ.

 އަންނަ ރަމަޟާން މަސް ފެށޭނީ ފެބްރުއަރީ 7، 2027 ގަ އެވެ. 

ގަވިންގެ ފިހާރަތައް ހުންނަ ތަންތަނާއި ހުޅުވާފައި ހުންނަ ގަޑިތައް: 

  • ހުޅުމާލެ: ރީތިގަސް މަގު، 
  • މާލެ: މަޖީދީމަގު (ސްޓާރ ރެސްޓް ކުރިމަތީގައި)
  • ގަވިން ބާޒާރު: ބޮޑުތަކުރުފާނު މަގު (އެމް.ޕީ.އެލް ކައިރީގައި)
  • ހުޅުވިފައިގަޑިތައް: ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން ރޭގަނޑު 10:00 އަށެވެ.

ފަހުގެ ޚަބަރު

ރަޝިއާއަށް ހާއްސަ ސިޔާސަތެއް ނުގެންގުޅެން: ބީއެމްއެލް

ބީއެމްއެލްއިން ބުނީ ރަޝިއާގެ އެއްވެސް މީޑިއާއަށް މައުލޫމާތު ނުދޭ ކަމަށް. އަދި އެ ގައުމަށް އަމާޒުކޮށް ވަކި ހާއްސަ ސިޔާސަތެއް ނުގެންގުޅޭ ކަމަށް ވެސް ބުނި. ބީއެމްއެލްއިން ބުނި ގޮތުގައި ބޭރު ފައިސާގެ މުއާމަލާތްތައް ނިންމުމުގައި ބަރޯސާވަނީ ބައިނަލްއަގުވާމީ ކޮރެސްޕޮންޑެންޓް ބޭންކުތަކުގެ ކޮމްޕްލަޔަންސް ސިޔާސަތުތަކަށް.

ރަޝިއާއާ ގުޅުން ހުރި މުއާމަލާތްތައް ބީއެމްއެލް އިން ހުއްޓުވައިފި

ބީއެމްއެލްގެ ރެމިޓެންސް މަނާ ގައުމުތަކުގެ ލިސްޓުގައި ރަޝިޔާ ހިމަނައި، އެ ގައުމުން ފައިސާ ބަލައިގަތުމާއި ފޮނުވުން ވަނީ ހުއްޓާލާފަ. މި ނިންމުމުގެ ސަބަބުން ރަޝިޔާގެ ޓޫރިސްޓުން ރާއްޖޭގެ ހޮޓާތަކަށް ފައިސާ ދެއްކުމުގައި ދަތިވާ މައްސަލަ ހައްލުކުރަން ރާއްޖެއާ މަޝްވަރާކުރާނެ ކަމަށް ވަނީ ބުނެފަ.

ގަވިންގެ ރަމަޟާން ސޭލް ފަށައިފި

ރަމަޟާން މަހާ ދިމާކޮށް ގަވިން އިން ފެށި "ރަމަޟާން ވޯމް އަޕް ސޭލް" ގެ ދަށުން، ބަދިގެއަށް ބޭނުންވާ ހުރިހާ ސާމާނަކާއެކު ހާއްސަ އަގުތަކެއްގައި ދެ ބަދިގެ ސެޓެއް ވަނީ ތައާރަފުކޮށްފައެވެ. މާރިޗު 15 ގެ ނިޔަލަށް ކުރިއަށްދާ މި ޕްރޮމޯޝަންގައި ހިމެނޭ ޕެކޭޖުތަކުގެ ތެރޭގައި 64،000 ރުފިޔާ އަދި 66,000 ރުފިޔާގެ ސެޓުތައް ހިމެނެއެވެ.

ޓޯޓަލް ފިޒިއޯގެ އަހަރީ ދުވަހުގައި ހިލޭ ސްކްރީނިން

ޓޯޓަލް ފިޒިއޯގެ ދެވަނަ އަހަރީ ދުވަހާ ގުޅިގެން، ނޮވެމްބަރު 9 އިން 15 އަށް ހިލޭ މޮބިލިޓީ ސްކްރީނިންގް ހެދުމުގެ ފުރުސަތު އާންމުންނަށް ވަނީ ހުޅުވާލާފައެވެ. މި ހަރަކާތުގެ މަގްސަދަކީ ހަށިގަނޑުގެ ދުޅަހެޔޮކަން ވަޒަންކޮށް، ބަލިތަކުން ރައްކާތެރިވުމަށް ހޭލުންތެރިކަން އިތުރުކުރުމެވެ. މީގެ އިތުރުން، އަހަރީ ދުވަހުގެ މުނާސަބަތުގައި ކްލިނިކްގެ އެކި ހިދުމަތްތަކުން ހާއްސަ ޑިސްކައުންޓްތަކެއް ދިނުމަށްވެސް ވަނީ ނިންމާފައެވެ.

އައިކެއާއިން އޭއައިގެ އެހީގަ ލޮލުގެ ރެޓީނާ ސްކްރީންކުރަން ފަށަނީ

އައިރިސް ކުންފުންޏާ ގުޅިގެން އޭއައި ޓެކްނޮލޮޖީ ބޭނުންކޮށްގެން ލޮލުގެ ރެޓިނާ ސްކްރީންކުރުމުގެ ޚިދުމަތް އައިކެއާ ހޮސްޕިޓަލުން ރާއްޖެއަށް ތައާރަފުކޮށްފި. އައިކެއާގެ މައި ހޮސްޕިޓަލުން މި ޚިދުމަތް ވަރަށް އަވަހަށް ލިބެން ފަށާނެ.

ރަންވޭ އާއި ހުޅުލޭ ބިން ރަހުނުކޮށްފަ 56 މިލިއަން ޑޮލަރު ނަގައިފި

ވީއައިއޭގެ ރަންވޭ އާއި ހުޅުލޭގެ ބިން ބީއެމްއެލްއަށް ރަހުނުކޮށްފަ ނެގި 56 މިލިއަން ޑޮލަރާއެކީ އެމްއޭސީއެލްއިން ބީއެމްއެލްއަށް ދައްކަންޖެހޭ ދަރަނި ވަނީ 112 މިލިއަން ޑޮލަރަށް އަރާފަ. މީގެ ބޮޑުބަޔަކީ މި ސަރުކާރުގެ ދައުރުގައި ނަގާފައިވާ ފައިސާ. އެމްއޭސީއެލްގެ ޖުމްލަ ދަރަނި މިހާރު 1.08 ބިލިއަން ޑޮލަރަށް އަރާފައިވާއިރު، ކުންފުނީގެ މާލީ ހާލަތު ވަރަށް ގޯސް.

ދިރާގު އެޕްރެންޓިސްޝިޕް 2027 އަށް ފުރުސަތު ހުޅުވާލައިފި

ޒުވާނުން ވަޒީފާގެ މާހައުލަށް އަހުލުވެރިކޮށް ތަމްރީނު ދިނުމަށް ހިންގާ "ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމް 2027" ގައި ބައިވެރިވުމުގެ ފުރުސަތު 18 އަހަރާއި 30 އަހަރާ ދެމެދުގެ ޒުވާނުންނަށް ހުޅުވާލައިފިއެވެ. މި ޕްރޮގްރާމްގެ ދަށުން މާލެ އާއި އަތޮޅުތެރޭގެ އެކި ސެންޓަރުތަކުގައި ތަފާތު ދާއިރާތަކުން އާމްދަނީ ލިބޭގޮތަށް މަސައްކަތުގެ ތަޖުރިބާ އާއި ހުނަރު ދަސްކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

Newsletter

Get the latest news delivered straight to your inbox