ގަންނަ ކޮންމެ ލެނޯވޯ ބްރޭންޑުގެ ލެޕްޓޮޕަކާއެކު ހާއްސަ ހަދިޔާ ލިބޭ ޕްރޮމޯޝަނެއް ސިމްޑީން ފަށައިފި

Nov 2, 2026, 7:38 PM
ސިމްޑީ ޓެކްއަކީ ލެނޯވޯ ބްރޭންޑުގެ ރާއްޖޭގެ އޮތޮރައިޒްޑް ޑިސްޓްރިބިއުޓާ --

ސިމްޑީ ޓެކްއަކީ ލެނޯވޯ ބްރޭންޑުގެ ރާއްޖޭގެ އޮތޮރައިޒްޑް ޑިސްޓްރިބިއުޓާ --

އަހަރު ނިމުމާ ދިމާކޮށް ލެނޯވޯ ބްރޭންޑުގެ އެންމެ ފަހުގެ އައިއޭ ޓެކްނޮލޮޖީ އެކުލެވޭ ލެޕްޓޮޕްތަކަށް ހާއްސަ ޕްރޮމޯޝަނެއް ސިމްޑީ ޓެކްއިން މިއަދު ފަށައިފި އެވެ.

"ލެނޯވޯ އިޔާ އެންޑް ލެޕްޓޮޕް ޕްރޮމޯޝަން 2026" ގެ ނަމުގައި ކުރިއަށްގެންދާ މި ޕްރޮމޯޝަން ކުރިއަށްދާނީ ޑިސެމްބަރު 31، ގެ ނިޔަލަށެވެ.

މި މުއްދަތުގެ ތެރޭގައި ޕްރޮމޯޝަންގައި ހިމެނޭ ލެޕްޓޮޕެއް ގަންނަ ފަރާތަކަށް ހާއްސަ ހަދިޔާތަކެއް ލިބިގެންދާނެ ކަމަށް ސިމްޑީން ބުންޏެވެ. އެ ގޮތުން ކޮންމެ ލެޕްޓޮޕަކާއެކު ހިލޭ ލެނޯވޯ ބެކްޕެކެއްގެ އިތުރުން ކެނަން E470 މޮޑެލްގެ ޕްރިންޓަރެއް ލިބޭނެކަމަށް އެ ފިހާރައިން ބުންޏެވެ.

މި ޕްރޮމޯޝަންގެ ދަށުން ލެނޯވޯގެ އެންމެ ފަހުގެ ތިން މޮޑެލްއެއް ބާޒާރަށް ވަނީ ނެރެފަ އެވެ. އޭގެ ތެރޭގައި ޓަޗް ސްކްރީން އަދި 360 ޑިގްރީއަށް އަނބުރާލެވޭ ލެނޯވޯ ޕެން ހިމެނޭ އައިޑިއާ ޕެޑް5 ޓޫ އިން ވަން އަލްޓްރާ5 މޮޑެލް ހިމެނެ އެވެ.

މީގެ އިތުރުން މަތީ ފަންތީގެ މަސައްކަތްތަކަށް ހާއްސަ އައިޑިއާޕެޑް5 ޓޫ އިން ވަން އަލްޓްރާ7 މޮޑެލް އާއި، އޯއެލްއީޑީ ޑިސްޕްލޭއެއް ހިމެނޭ ލުއި ފަރުމާއެއްގެ އައިޑިއާޕެޑް ސްލިމް5 މޮޑެލް ވެސް މި ޕްރޮމޯޝަންގެ ދަށުން ލިބެން ހުންނާނެ ކަމަށް ސިމްޑީން ބުންޏެވެ.

ސިމްޑީ ގްރޫޕްގެ މާކެޓިން އެގްޒެކެޓިވް ފާތިމަތު މުޝްފާ ވިދާޅުވީ މި ޕްރޮމޯޝަނުގެ މައިގަނޑު މަގުސަދަކީ ކިޔަވާ ދަރިވަރުންނާއި އެކި ދާއިރާތަކުގެ ޕްރޮފެޝަނަލް މަސައްކަތްތެރިންނަށް އެންމެ ފަހުގެ ޓެކްނޮލޮޖީ ހެޔޮ އަގުގައި ފޯރުކޮށްދިނުން ކަމަށެވެ. އަދި މިއީ އާ އަހަރަކަށް ތައްޔާރުވާއިރު ކަސްޓަމަރުންނަށް ލިބިގެންދާނެ ވަރަށް ބޮޑު ލުޔެއްކަން އޭނާ ފާހަގަކުރެއްވި އެވެ.

މި ޕްރޮމޯޝަންގައި ހިމެނޭ ލެޕްޓޮޕްތައް ބަލާލުމުގެ ފުރުސަތު މާލެ އަދި އައްޑޫ ސިޓީގައި ހުންނަ ސިމްޑީ ޓެކްގެ ޝޯރޫމްތަކުގައި މިހާރު ވަނީ ހުޅުވާލައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބީއެމްއެލްގެ ސުކޫކަށް ސަރުކާރުން ގެރެންޓީ ދެނީ

ބީއެމްއެލް އިން ބޭރުގެ އިންވެސްޓަރުންނަށް ވިއްކާ 300 މިލިއަން ޑޮލަރުގެ ސުކޫކަށް ސޮވްރިން ގެރެންޓީ ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ދައުލަތުގެ ގެރެންޓީ ދަރަނީގެ އަމާޒުތައް ވަނީ މުރާޖައާކޮށްފަ. މި ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްގީކޮށް އިގުތިސޯދީ ފުރުސަތުތައް ފުޅާކުރުމަށް.

އިގުތިސޯދީ ދުވެލި ޕަސެންޓަކަށް ވުރެ ދަށް ވެދާނެ!

ރާއްޖޭގެ އިގުތިސޯދީ ދުވެލި ކުރިން ލަފާކުރި 5.3 އިންސައްތައިން 0.6 އާއި 1.8 އިންސައްތައާ ދެމެދުގެ މިންވަރަކަށް ދަށްވާނެ ކަމަށް ޒަރީރު ވިދާޅުވި. މިއީ ދަތުރުފަތުރަށް ބުރޫއަރައި ތެލުގެ އަގު އުފުލުމުގެ ސަބަބުން ރާއްޖޭގެ މާލިއްޔަތަށް ކުރިމަތިވި ބޮޑު ގޮންޖެހުމެއް ކަމަށާއި، ނަމަވެސް އަންނަ އަހަރު އިގުތިސޯދު އިޔާދަވާނެ ކަމަށް ޒަރީރު ވިދާޅުވި.

ދިރާގު އެލީޓްކްލަބް+ ތައާރަފުކޮށްފި

ދިރާގުގެ ހުރިހާ މޮބައިލް ކަސްޓަމަރުންނަށް ބައިވެރިވެވޭ ގޮތަށް "ދިރާގު އެލީޓްކްލަބް+" މިއަދު ތައާރަފުކޮށްފި. މި ޕްރޮގްރާމްގެ ދަށުން 100 އަށް ވުރެ ގިނަ ތަނުން ޑިސްކައުންޓް ލިބޭއިރު، ހިދުމަތްތަކަށް ހޭދަކުރާ ވަރަކަށް ޕޮއިންޓް އެއްކުރެވޭނެ. އަދި މި ޕޮއިންޓްތައް ބޭނުންކޮށްގެން ހިލޭ ޑޭޓާ އާއި ގިފްޓް ކާޑު ފަދަ އިނާމުތައް ލިބޭނެ.

ރެފްކޫލްގެ ރޯދަ ސޭލް އުމްރާ ދަތުރަކާއެކު އަންނަ މަހުގެ 7 ގައި

ރެފްކޫލްގެ ރޯދަ ސޭލް ބޮޑެތި ޑިސްކައުންޓުތަކަކާއި އުމްރާ ދަތުރެއް ހިމެނޭ ބޮޑު އިނާމަކާއެކު އަންނަ މަހުގެ 7 ގައި ފެށުމަށް ވަނީ ނިންމާފަ. މި ޕްރޮމޯޝަންގައި ގްރީ އަދި އެލްޖީ ބްރޭންޑްގެ އުފެއްދުންތަކުން ހާއްސަ އަގުތަކެއް ލިބޭއިރު، ކޮންމެ 500 ރުފިޔާގެ ވިޔަފާރިއަކަށް ގުރުއަތު ކޫޕަނެއް ލިބޭނެ.

ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ވެއްޓިދާނެ: ދިރާސާ

މޫސުމީ ބަދަލުތަކުގެ ސަބަބުން މި ގަރުނު ނިމޭއިރު ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ދަށަށްދާނެ ކަމަށް ދިރާސާއަކުން ދައްކައިފި. ކަނޑުގެ ފިނިހޫނުމިން މަތިވުމުގެ ސަބަބުން މަސް އައިންތައް ދުރު ސަރަހައްދުތަކަށް ހިޖުރަކުރާތީ، މަސްވެރިންނަށް ބޮޑެތި ހަރަދުތަކާއި ތަކުލީފުތަކާ ކުރިމަތިލާން ޖެހިފައިވާކަން މި ދިރާސާއިން ފާހަގަކޮށްފައިވޭ.

ވިލާ ކޮލެޖުން 2027 ޖަނަވަރީ އިންޓޭކަށް ހުޅުވާލައިފި

ވިލާ ކޮލެޖުގެ ޖަނަވަރީ 2027 އިންޓޭކަށް، ސެޓްފިކެޓް ލެވެލްއިން ފެށިގެން މާސްޓަރސް ޑިގްރީއާ ހަމައަށް 100 އަށްވުރެ ގިނަ ޕްރޮގްރާމްތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މީގެ ތެރޭގައި އެ ކޮލެޖުގެ އަމިއްލަ ކޯސްތަކުގެ އިތުރުން، އިނގިރޭސިވިލާތާއި މެލޭޝިއާގެ މަޝްހޫރު ޔުނިވަރސިޓީތަކާ ގުޅިގެން ހިންގާ ބައިނަލްއަޤްވާމީ ފެންވަރުގެ ގިނަ ދާއިރާތަކެއްގެ ޕްރޮގްރާމްތައް ހިމެނެއެވެ.

ދިރާގުން އެލީޓް ކްލަބް ޕާޓްނަރުންނަށް ޝުކުރު އަދާކޮށްފި

ދިރާގު އެލީޓް ކްލަބްގެ ކާމިޔާބީގައި ހިއްސާވާ ޕާޓްނަރުންގެ އަގުވަޒަންކުރުމަށްޓަކައި ދުސިތްޑީ2 ރިސޯޓުގައި ހާއްސަ އިވެންޓެއް ބާއްވައި، އެ ފަރާތްތަކަށް އެވޯޑު ހަވާލުކޮށްފިއެވެ. މި ހަފްލާގައި އެލީޓް ކްލަބްގެ ކުރިމަގަށް ރޭވިފައިވާ ކަންކަމާއި، މި ހިދުމަތް ޑިޖިޓަލައިޒްކޮށް އިތުރަށް ފުޅާކުރުމާ ގުޅޭ މައުލޫމާތު ޕާޓްނަރުންނާ ހިއްސާކުރިއެވެ.

Newsletter

Get the latest news delivered straight to your inbox